"ވާމްއަޕް" މުޒާހަރާގެ ނަމުގައި މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން އަނިޔާވި ރާއްޖެޓީވީގެ ނޫސްވެރިޔާ އިތުރު ފަރުވާ އަށް ސްރީލަންކާ އަށް ފުރައިފިއެވެ.

މިރޭ އެއްވުމުގެ ތެރެއިން އަނިޔާވެފައި ވަނީ، ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަންއަށެވެ. އިތުރު ފަރުވާ އަށް ހުސެއިން ލަންކާ އަށް ފުރީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އޭނާ އަށް އަނިޔާވެފައި ވަނީ، އެއްވުމުގައި ބައިވެރިވި މީހުން ފަހަތަށް ނުޖެހުމުން ބާރުގެ ބޭނުން ކޮށްގެން އެފަރާތްތައް ފަހަތަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރި ވަގުތުއެވެ.

މިހާދިސާގައި ހުސެއިންއަށް އަނިޔާވުމާއި ގުޅިގެން އޭނާ އަށް އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދީފައިވާއިރު، ފަހުން ވަނީ އޭޑީކޭއަށް ބަދަލުކޮށްފައެވެ.

ރާއްޖެޓީވީ އިން ބުނިގޮތުގައި، ހުސެއިން ހޮސްޕިޓަލަށް ގެންދިޔައިރު އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން އޮތީ ހޭނެތިފައެވެ. އެ ޓީވީން ބުނީ، ފުލުހުން ގަސްތުގައި ހުސައިންއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށެވެ.

މި މުޒާހަރާގެ ތެރެއިން ކުރިންވެސް ބައެއް ފަރާތްތަކަށް އަނިޔާވިއިރު، އާޓިފިޝަލް ބީޗް ސަރަޙައްދަށް އެއްވި މުޒާހަރާގެ ބައިވެރިންތަކެއް ފަހަތަށް ޖައްސަން ފުލުހުން މަސައްކަތްކުރި ވަގުތު ދުއްވައިގަތުމުން ވެއްޓިފައި މީހެއްގެ އަތްވެސް ބިންދައިގެންދިޔައެވެ.

އިދިކޮޅު ފަރާތްތަކުން މި މުޒާހަރާ ކޮށްފައި ވަނީ، އެއްވެ އުޅުން މަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޕޮގުބާ

  ތީބާގީއެއް ނޫސްވެރިންނަކަށް އަނިޔާއެއް ނުވާނެ

 2. ޢައިޝަތު

  މިެީ މިކަލޭގެ ކުޅޭ ފިލްމްގެ ބަޔެއް

 3. ސ ނުން ސޮނިބެ

  ހުސޭނު ގޭގަ އޮއްވަތޯ އަނިޔާވީ... މުނާފިގު ހާއިނު ހައިވާނުންގެ ދިފާއުގަ ނުކުތީމަ ތިވަރުކުޑަ... އާހިރަތުގެ އަޒާބު އަދިއޮތީ ހުސޭނުބޭ

 4. ާބޫސުފުޔާން

  ޢަވަހައްފޮނުވާލާއެއުޅެނީ ފިލަން ތީހުސް ފޭކު

 5. ާވަތުބަތާނަ

  ދެން އަވަހަށް ފަންޑު ފޮއްޓެއަް ހުޅުވަން ވީނު.

 6. ކޭސީ

  ދައްތާތީ ކުރފުރުގެ މުއްލާ އަންނި ޕްރޮމޯޓް ކުރަން އުޅޭ ދަރިޔެއް އެސޮރު ހަމަމަގަށް އަޅުވާ އަވަހަށް

 7. ސީދީ

  ދަރިފުޅާ. ﷲ ދަރިފުޅަށް އަވަސް ޝިފާދެއްވުން އެދި ދުޢާކުރަން. މިއީ ކާކުކަން ނޭގުނަސް މި ބައްޕަގެ ދުއާ އަބަދުމެ ދަރިފުޅާއެކުވާނެ. އަނިޔާވެރިންނަށް ކާމިޔާބެއްނުވާނެ. އަނިޔާކުރި މީހުނަށް އޭގެ ބަދަލު ﷲ ދައްކަވާނެ. އައި ސެލިއުޓް ޔޫ. މައިސަން.

 8. އައްޑޫގޫބައްޑާ

  ގޫބައްޑާއެއް ދޯ! މީ ވަކިވެރިކަމެއްބޭނުންވެގެން ތެޅޭ ކުރުދީންތަކެއް

 9. ޙަވިރު

  ޢަނިޔާވީ މިސްކިތުގައި ނަމާދަށް ހުއްޓާތޯ ސުވާލު ކޮއްލަން ، ކީއްވެ ބާ؟