ދ.ކުޑަހުވަދޫ ދިރުން 2 ދޯނީގެ ފަޅުވެރިން ކަރަންޓީންވުމަށް އަންގާފައިވަނިކޮށް، އެންގުމާއި ހިލާފަށް ރަށުން ފުރި މައްސަލާގައި ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ފުލުހުން ރޭ ހައްޔަރުކޮށްފައި ވަނީ އެ ދޯނީގެ 15 ފަޅުވެރިއެކެވެ.

ފުލުހުން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް، ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިފައިވާ ބާރުގެ ދަށުން ކުޑަހުވަދޫ ދިރުން 2 ދޯނީގެ ހުރިހާ ފަޅުވެރިން ކަރަންޓީންވުމަށް އަންގާފައި ވަނިކޮށް، ރަސްމީ އެއްވެސް އިދާރާއަކުން ނަގަން ޖެހޭ ހުއްދަ ނެގުމަކާއި، ނުލައި، ކަރަންޓީންވުމަށް އެންގި އެންގުމާއި ހިލާފަށް އެރަށުން ފުރި މައްސަލަ އިއްޔެ އެރަށު އީއޯސީން ފުލުހުންނަށް ހުށަހެޅި ކަަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން އެ ދޯނީގެ ފަޅުވެރިން ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކަަމށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް 14 ދުވަހުގެ މުއްދަތެއް މިއަދު ދީފައިވާ ކަަމަށެވެ.

މީގެ ކުރިންވެސް ކަރަންޓީނާއި ހިލަފުވި ބައެއް ފަރާތަކުން ހައްޔަރުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ކައި

  ޖަޒީރާ ރާއްޖޭގައުޅޭނީ މި ކަހަލަ ޖަނަވާރު މީހުން

  10
  3
 2. ކުޑަހުވަދޫ

  ކޮބާ ރީތި ވެއްޖެއެއްނު! އަދިވެސް ފުއްޕާފަ އުޅެބަލަ! 😂

  15
  2
 3. ޙިގީގަތް

  ހުއްދަ ނެގުމަށްފަހު ފުރީ ނާޒިމްގެ ހުއްދައާއެކު. މީ ގަސްތުގަދިން ލަނޑެއް. ލިއުންނުލާ ފުލުހުން ކޮންމެ ފަޅުވެރި އެއްގެ އަތުން 5000 ޖޫރިމަނާ ނެގީ. މާސްކު ނާޅާ ފުލުހުން އައީވެސް ފުރަތަމަ. ޕީޕީ މީހުން އިސްކޮ އުޅެނީ މިކަން ބަލަން މިރަށު. ސަރުކާރާ ރައްޔިތުންނާޖައްސަން

  7
  22
  • ރިއާން

   ގަވައިދާ ހިލާފަށް ކަންތަށް ކޮށްފަ އެހެން މީހުން ގޯސް ކުރަން އުޅޭނެ ކަމެއް ނެތް... ހުއްދަ ނުހޯދާ އުޅުނީ... ރައްޔިތުންނަށް އުންދަގޫ ކުރަން ފުރަން އުޅެނިކޮށް ހިފެހެއްޓީ... ތިއަށް ވުރެ ގަނައިން ޖޫރިމަނާ ކުރަން ވީ.... ސަރުކާރުން ރަގަޅު

   3
   2
 4. ދިރުވާލި

  ތީ ދޯނީ އޮ ޑިވެރިޔާގެ ނުލަފާކަން.

  11
  3
 5. ދިރުން

  އީއޯސީގެ އަލީނާޒިމުގެ ހުއްދަނެގުމަށް ފަހު ފުރީ.

  10
  6
 6. ނަސް

  ފަޅުވެރިންތަ މަސްވެރިންތަ؟

  4
  1
  • މަހޭ

   މަސްވެރިން! ފުރީ ހުއްދަ ހޯދައިގެން!

   10
   3
 7. ދެން

  އަދިވެސް ދޮގު ހެދޭތޯ ބަލާ

 8. މާމިގިލީ މީހާ

  ސޭޓް ރިސޯޓް މެނޭޖަރުން ނުޖެހޭ ކަރަންޓީނުވާކަށް މާލޭގަ އި ތެޅިތެޅި އައ އިސް ގެސްޓުންނާ އި ސްޓަރފުންތެރޭ ތެޅެބާލަނީ. އެހެންތާވާނީ ސޭޓް މީނަ އަށް ރާ އްޖޭގެ ރަ އީސް އަށްވުރެ ބޮޑް މުސާރަ އެއ އްދޭ. ބަފާބެވެސް ހަމަ އެހެން މާލޭގަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ތެޅިތެޅިފަ އިސް ލަދެ އްހަޔާތެ އްނެތި ބޭރުތެރޭގަ މި އުޅެނީ ބުރުޖަހާން ކޮބާ އިންސާފް

 9. ޢަހްމަދު

  ސަޕްރައިޒް

 10. ގަލަން ތުނޑު

  މީކަލޯ މަޖާކަމެއް މައިމޫނާ ކިހިނެތް ތޯ ޗިޔަ ހައްސަވަނީ