ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ މަންމަ، ހއ. އިހަވަންދޫ، ވައިޖެހޭގެ ޖަމީލާ ހުސެއިން 82، އަވަހާރަވުމުން އެ އާއިލާއަށް ރައްޔިތުންގެ ރައީސުލްޖުމްހޫރިއްޔާ އިނމަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުޒިޔާ ދަންނަވައިފިއެވެ.

ރައީސް ސާލިހު ކުރެއްވި ޓްވީޓްގައި ވަނީ ޖަމީލާ އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ދަންނަވާކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައިމޫނާގެ މަންމަ ނިޔާވި ހަބަރު އައްސަވައި މައިމޫނާއާއި އާއިލާއަށް ލިބިވަޑައިގެންނެވި ހިތާމައިގައި އިހްލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ.

ޖަމީލާއަކީ މައިމޫނާގެ އިތުރުން ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. އަހުމަދު ޝަފީއުގެ ވެސް މަންމައެވެ. އަދި ކުރިން ދ.އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި އަދި ފަހުން އޭސީސީގެ މެންބަރުކަން ކުރެއްވި މުހައްމަދު ޝަފީއުގެ ވެސް މަންމައެވެ.

ޖަމީލާއަކީ ރައީސް އޮފީހުގެ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމުގައި މިހާރު ހުންނެވި ހާމިދު ޝަފީއުއާއި މީރާގެ ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އަސްމާ ޝަފީއުގެ ވެސް މަންމައެވެ.

މައިމޫނާގެ މަންމަ މިއަދު އަވަހާރަވި އިރު، މިދިޔަ ސެޕްޓެމްބަރު މަހު 13 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޖަމީލާ އަވަހާރަވި ކަމަށް ވިދާޅުވެ އާއިލާ އަށް ތައުޒިޔާ ފޮނުވައި ޓުވީޓެއް ކުރައްވައިފައެވެ. ނަމަވެސް ފަހުން އެ ޓުވީޓު އެމަނިކުފާނު ޑިލީޓް ކުރެއްވިއެވެ.

އެކަމާ ގުޅިގެން ނަޝީދު ވަނީ މައިމޫނާ ކިބައިން މައާފަށް ވެސް އެދިވަޑައިގެންފައެވެ. ނަޝީދު ވިދާޅުވީ ކޮންމެ ދުވަހަކު މައިމޫނާ ކުރައްވާ ބުރަ މަސައްކަތް ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށާއި ހާއްސަކޮށް މި ދަނޑިވަޅުގައި މަންމަ ބަލިވުމުން ވާނެ ގޮތް އިހުސާސް ކުރެއްވޭ ކަމަށެވެ. އަދި ތައުޒިޔާ ވިދާޅުވެވުނީ ލިބިވަޑައިގެންނެވި ނުރަނގަޅު މައުލޫމާތަކުން ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބީރުމީހާ

    ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައިމޫނާގެ މަންމަ ނިޔާވި ހަބަރު އައްސަވައި މައިމޫނާއާއި އާއިލާއަށް ލިބިވަޑައިގެންނެވި ހިތާމައިގައި އިހްލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ. އެ މަނިކުފާަނުގެ ދެވަނަ ޓްވިޓް ލަދުން ސަހަރާއަށްވެސް ދާން ނުޖެރުނު