ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުފޮށިން އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ބަލިކޮށްދެއްވުމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްެޖެ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ އެމަނިކުފާނުގެ މިހެން ވިދާޅުވީ، މިއަދު ދެއްވި މެސެޖެއްގައެވެ. އެ މެސެޖް ރައީސް ޔާމީން ދެއްވާފައި ވަނީ ޕީއެންސީގެ ރައީސް އަދި މިވަގުތު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ)އާ މާފުށި ޖަލުން މިއަދު ބައްދަލު ކުރައްވައެވެ.

އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް އެއް އަހަރު ފުރުނީ މިއަދު އެވެ. އެކަމާއި ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ކަނޑުމަތީގައި މުޒާހަރާއެއް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ހައްގުގައި ވާން ޖެހޭ ކޮންމެ ގުރުބާނީއެއް ވުމަށްވެސް ތައްޔާރަށް ހުންނެވި ކަަމަށެވެ. އަދި އެމަނިކުފާނު ކޮންމެ ހާލެއްގައިވެސް ރާއްޖެ ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށާއި، ކައުންސިލް އިންތިހާބުގައި މި ސަރުކާރު ބަލި ކުރުމަށްޓާކައި ސާބިތުކަމާއި، ހިތްވަރާއެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެެއްވިއެވެ.

"ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ފޮށިން އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ބަލިކޮށްދީ، އެއީ މިއަދު އަޅުގަނޑަށްޓަކައި ތިޔަ ބޭފުޅުންނަށް ކޮށްދެވޭނޭ އެންމެ މުހިންމު މަސައްކަތް". ރައީސް ޔާމީން ދެއްވި މެސެޖުގައި ވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. ދައުލަތުން ވިދާޅުވާ ގޮތުގައި އެއީ ގއ. ވޮޑަމުލާ ލީޒްކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ އެއް މިލިއަން ޑޮލަރެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމަކީ ނުހައްގު ދައުވާއެއްކޮށް އިއްވާފައިވާ ހުކުމެއް ކަމަށް އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީން ދެކެއެވެ. ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕިއާރުސީ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތުކޮށް އިތުރު ދައުވާތަކެއް އުފުލާފައިވާއިރު ހައި ކޯޓުގައި އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލަ ކުރިއަށް ނުގޮސް ލަސްވެފައިވެއެވެ. މިކަމާ މެދު ވެސް އިދިކޮޅުން ކަންބޮޑުވުން ފާޅުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. މުލަށްދަނޑި

  ސާބަހޭ ރައީސްޔާމީން ﷲ ގެވާގިފުޅުން މިފަހަރު މަކަރުހެދި އެމްޑީޕީ ބަލިކުރާނަން ތިޔައީޒައީމެ އަދު ގައުމުފަހުރުވެރިވާ...

  87
  86
 2. ބާބުލްއަވާލީ އަބްދުލްމަލިކު ސުއޫދު

  މޮޅު ވާހަކަ ނުދައްކާ ސަރުކާރަށް ދަށްކަންޖެހޭ 5 މިލިއަން ރުފިޔާ ދައްކާ ހަލާސް ކުރޭ! ބޮޑު ވަގު!

  121
  178
  • Anonymous

   މިސަރުކާރުގަތިބި ކަލޭގެ އަ އުވާނުންކާރި ބުނޭ ވަގަށްނެގި ފަ އިސާދޭށޭ، ޖަނަވާރު ބަ އެ އް.

   14
   1
 3. ކުޑޭ

  އެތައްބަޔަކު ބައިވެރިވާ މައްސަލައަކަށް އެންމެ ފުރާނައަކަށް ނަހައްގުން ދޭ އަދަބެއް ޤަބޫލެއް ނުކުރެވޭނެ އިންޝާﷲ މި ސަރުކާރު ބަލިކުރެވޭނެ ރައީސް ޔާމީނަށް ޝުކުރިއްޔާ

  107
  97
 4. ބާބުލްއަވާލީ ބުހުތާން

  ސަރުކާރު ދަވާލި ބައިގަނޑު އޮތީ މިސަރުކާރުގައި. ބޮޑު ބަޖެޓެއް ދިރުވާލިއިރު ރައްޔިތަކަށް ކުރި ފައިދާއެއް ލިބުނު އެއްޗެއް ދައްކަބަލަ. ތިޔަހެން ކޮސްގޮވަން ތިބޭ ލައިގެން ހުރި އޭތި ބޭލޭއިރު ވެސް.

  11
 5. ނާޝިޒް

  ސާބަހޭ ރައީސް ޔާމިން ތޯ މިޤައުމު ދުއް އެންމެ ހިންގުންތެރި ޤާބިލް ރައީސް...

  11
  3
 6. ޢިންޖިނިއަރ އެޑިލް

  ޙަޖަމް ރާގޮންޑާ.. ބީ ކޫލް އެންޑް ސްޓޭ ދެއަރ

  1
  9
 7. ޙުސައިން

  ތިކަންވެސް ވާނެ

 8. އަލްޖިބްރާ

  ތިޔަ " ހިޔަންޏަށް މުޑި " ނަގަނީ ! ﷲގެ އިރާދަފުޅުން ޔާމީނަކަށް ތިކަމެއް ނުވާނެ !

  1
  12
 9. ދަރަނި ދަންތުރަ

  އިންތިހާބުން ފަސްމާމުލު ފަސްވަގުންގެ ކޯޅޭސަން ބަލިވާނެ އިންސާ ﷲ

  28
  3
 10. މުހަައްމަދު

  ﷲ ވާގިފުލާއިއެކު ލޯކަލް ކައުންސިލް އިންތިހާބް ބާއްވާ ދުވަހު މުލި ރާއްޖެއިން ބޮޑު މެޖޯރިޓީ އެއް ޕީ.ޕީ.އެމް ހޯދާ މަނިކުފާނުގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އަލުގަނޑުމެންނަށް ކޮތްދެވުނު ކޮންމެ ކަމެއްކޮއްދޭން ޖާނާއި މާލުން ގުރުބާންވާނަން.

 11. ނުފޮރޮއްޕާން

  ކީއްކޮއްގެން ބަލިކުރާށޭ ތަ؟ ބަލަ ކަލޭމެން ނޫންތަ ކައުންސިލަރުންގެ މުސާަ ކުޑަކޮށް ލާމަރުކަޒީ ނިޒާފު ފުޑާލީ. މިއަދު ލަދުހަޔާތުގެ ކަންފުޅެއްވެސް ހުރި ނަމަ ކައުންސިލަރުން ނޭވެސް ނުކިޔާނެ. ނުލިބޭނެ މިރާއްޖެއިން ވޯޓެއް. ކައުންސިލަރުކަން ކުރާކަށް ޕީއެންސި އަކަށް ނެއެގޭނެ. އަދި ޕީޕިއެމް އަކީ އެންމެންގެ ކުރިމަތިން ވަގަށް ނެގި ޕާޓީއެއް. ޕީއެންސީ އަކި ކޯޓު މަރުހަލާއިން މައުމޫނުއަށް ޕީޕީއެމް ދީފާނެ ކަމަށް ހީކޮށް އުފެއްދި ނަމެއް. އަސްލު ޕީއެންސީ ޖެހެނީ އުވާލަން. އެއްބަޔަކަށް ދައުލަތުން ބޮޑު ލާރިގަޑެއް ލިބިގެން ހިންގާ އެއް ޖަމާޢަތެއް. ހަބަރުދާރު. އެމްޑީޕީ ކަލޭމެނަށް ބަލިކުރެވުނު ދުވަހެއް ތާރީޚުގެ ތެރެއިން ދައްކަބަލަ. އަދި މިފަހަރު އޮތީ އެމްޑީޕީ ކޯލިޝަނެއް. މިފަހަރު މީ އިތުރަށް ކަލޭމެން ފަޟީހަތް ކޮށް ބޮޑުތަނުން ބަލިކުރާނެ ފަހަރު.