ރާއްޖޭގައި ދޭން އުޅުނު ނިރުބުވެރި (ޓެރަރިސްޓް) ހަމަލާ އާއި ގުޅިގެން އިއްޔެ ތ. ތިމަރަަފުށިން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެެވެ

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިިޔަކަމަށް ތުހުމަތު ކުރެވޭ ނިރުބަވެރި އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮަށް އެ އަމަލު ހުއްޓުވާފައިވާކަން ހާމަކޮށްފައި ވަނީ، ނޮވެމްބަރު 11 ވަނަ ދުވަހު އެވެ.

ދޭން އުޅުނު އެ ހަމަލާއާ ގުޅިގެން މިހާތަނަށް ފުލުހުން އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ މާލެ އިންނެވެ. އަދި ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ ތިމަފަރުށިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް އިއްޔެ ވިދާޅުވީ، 28 އަހަރުގެ ދިވެހި ފިރިހެނަކާއި، 34 އަހަރުގެ ފިރިހެނެކެވެ. އެ މީހުންގެ ތެރޭގައި ހިމެނޭ އެކަކީ އެރަށު ސްކޫލްގައި މަސައްކަތް ކުރާ މީހެކެވެ. ދެވަނަ މީހާއަކީ އެރަށު އެއާޕޯޓްގައި މަސައްކަތް ކުރާ މީހެެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.

އަދި އެ މައްސަލާގައި ކުރިން ހައްޔަރު ކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ވަނީ މާލެ އާއި އަތޮޅުތެރޭގެ ކަނޑުމަތީގައި އާއި ތިމަރަފުށީގައި އޮަޕަރޭޝަނެއް ފަށާފައިވާކަން އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މި ސަރުކާރުގެ މަގުސަދު ރައްޔިތުންނަށް ވަރަށް ސާފު. އޮޅިފައެއްނެތް. ހަރުކަށި ފިކުރު ވިއްކައިގެން އިންޑިއާ އަށް މި ގައުމު އަޅުވެއްޗެއް ކުރާކަށް އަދި މި ރާއްޖޭގައި މިނިވަން ފިކުރު ލާދިނިއްޔަތުގެ ފިކުރަށް ރައްޔިތުން ދޭނީ ޒީރޯ ޓޮލެރަންސް

    19
    1
  2. މާޟީ

    މަޑުކަށި މީހުން ވީމަ މައިސަރުކާރާ ޙަވާލުކޮއްލާ..

    11
  3. މުހައްމަދު އަންޖުމް

    ރޯބުހުތާންދޮގު ހަދައިގެން ކުރާހާކަމަކީ މިކަހަލަ ވާހަކަފެތު ރުން އިތުރުން ކުރާއެއްކަމެއް ނެތް މިސަރުކާރު އައިއްސު ރެން އިދިކޮޅުމީހުންވަނީ ކަސްތޮޅުއަޅައި ގެއްލުވާލައިފަ އިތުރުން ދީންދެކެ ކުޑަވެސް ލޯތްބެއް ހުންނަމީހެއްނަމަ ބާކީ ކޮށް ފައްސާލާފަ ދެން ކާކުކޮންތާކުން ހަމަލާދޭނީ އަނެއްކާ މިމީހުންގެ މޮޅުކަމަކީ ރާއްޖޭގެ ކޮންމެހިސާބެއްގައި ކަމެއް ނުހިނގިޔަސް ޝައްކުކުރެވިގެން ކޮންމެސް ބަޔަކު އެބަ ހައްޔަރުކޮށްލާ މީހަމަ އިންޑިޔާގެ ރާޑަރުތަކުގެ މޮޅުކަންއުތަ

  4. ދިވެހިރާއްޖޭގެ ޤާނޫނު

    ދިވެހިރަތް ޔެތުން ހަދާންކުރާތި
    އިންޑިޔާ ސިފައިންނާ މިޢުޅޭ ލާދީނީ ގުރޫޕާ ވަރަށް ނުބަޢިރޭވުރާވާ ލާދީނީ މީހުން ޖެހެލުމެޢްނުވާނެ ދިވެހިންމަރަންވެސް

  5. ގެރި ބުއްޅަ ކިނބޫ

    މި ސަރުކާރުގެ މަގުސަދު ރައްޔިތުންނަށް ވަރަށް ސާފު. އޮޅިފައެއްނެތް. ހަރުކަށި ފިކުރު ވިއްކައިގެން އިންޑިއާ އަށް މި ގައުމު އަޅުވެއްޗެއް ކުރާކަށް އަދި މި ރާއްޖޭގައި މިނިވަން ފިކުރު ލާދިނިއްޔަތުގެ ފިކުރަކައް ޖާގަ އެއްނުދޭނަން ބުއްޅަ އަމާފަތުރާ

  6. Anonymous

    އަނދިރި ސޮސައިޓީގެ މީޓިންގް ގައި އަންނި ބުނިގޮތައް މިކަން އަވަސް ކުރަންވީ! ފުލުސް ރެޕް މާ ސްލޯމޯގަ އުޅޭނީ، ދެން އޮންނަ މީޓިންގ އައް ބީ ވާރންޑް

    2
    1