ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވެރިކަމުގައި ހުންނެވި ފަސް އަހަރަކީ އެމަނިކުފާނުގެ އާއިލާ އަށް އެންމެ އުނދަނގޫ ފަސް އަހަރު ކަމަށް، އެމަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތު ވުމާއި ގުޅިގެން ޖަލު ހުކުމެއް ތަންފީޒުކުރައްވާތާ އަހަރު ފުރުމާއި ގުޅިގެން، ޗެނަލް 13 އަށް ދެއްވި ބަސްތީގަތުމެއްގައި ޒެއިން ވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު ސިޔާސީ މީހުންގެ އެތައް ފިއްތުންތަކެއް އައި ކަމަށް ވިދާޅުވެފައެވެ.
އަދި ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރި މީހުން މަސައްކަތް ކުރީ އެމަނިކުފާނުގެ އާއިލާ ފަނާކޮށްލަން ކަމަށް ވެސް ޒެއިން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޕަރސަނަލީ އާއިލާ އާއި މެދު ވާހަކައެއް ދަންނަވާ ކަމަށް ވެއްޖެއްޔާ އެއީ އަޅުގަނޑުމެންގެ އާއިލާ އަށް ކުރިމަތި ކުރުވި އެންމެ އުނދަނގޫ ފަސް އަހަރު. ރައީސް ޔާމީންގެ ޒަޢާމަތަކީ ވަރަށް ބައިވަރު ޕާސަނަލް ސެކްރިފައިޒް އަޅުގަނޑުމެން ކޮންމެ މީހަކު، ކުރަން ޖެހުނު. ރައީސް ޔާމީންގެ ފަސް އަހަރު ހޭދަކުރެއްވީ ދިވެހި ރައްޔިތުންގެ ޚިދުމަތުގައި. ދިވެހި ދައުލަތުގެ ޚާދިމެއްގެ ގޮތުގައި." އޭނާ ވިދާޅުވިއެވެ.
އިތުރަށް ޒެއިން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކީ ސިޔާސީ ޙުކުމެއް ކަމަށާއި، އެއީ ނުހައްގުން ކޮށްފައިވާ ހުކުމެއް ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ތިން ބަޣާވާތެއް ކުރަން އުޅުނު ކަމަށް ވެސް ޒެއިން ވިދާޅުވިއެވެ. "ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ތިން ބަޣާވާތެއް ކުރަން އުޅުނު. އޭގެ ތެރެއިން އެއް ބަޣާވާތަކީ އުދުވާނީ ހަމަލާއެއް. ރައީސް ޔާމީންގެ އާއިލާ ފަނާކޮށްލައިގެން ކުރަން ދިމާކުރި ބަޣާވާތެއް ބަޣާވާތަކީ. ތިން ވަނަ ބަޣާވާތަކީ ކޯޓުތެރެއިން ޖުޑީޝަރީ މެދުވެރިކޮށް އެހެން ސިޔާސީ ފަރާތްތަކުން ގެންނަން މަސައްކަތް ކުރި ބަޤާވާތެއް. އެހެންވީމަ ވަރަށް ގިނަ ގޮތް ގޮތުން އުނދަނގޫ ދަތި 5 އަހަރު އެ އަހަރުތަކަކީ." ޒެއިން ވިދާޅުވިއެވެ.
މިހާރު ޖުޑީޝަރީއިން އަތްބާނާ، ހެކި އުފައްދައިގެން ރައީސް ޔާމީން އާއި މެދު އިތުރު މައްސަލަތައް ބަލަން ނިންމާއިރު، އަސްލު ކުށުގެ މޭސްތިރީން ތިބީ ގޭގައި އަރާމުގައި ކަމަށް ޒެއިން ވިދާޅުވިއެވެ.
ރައީސް ޔާމީން އަކީ ޤައުމެއްގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް ވާއިރު، އެމަނިކުފާނު ނިކަމެތިކޮށް ތަފާތު ކުރުންތައް ކުރިމަތިކުރުވަނީ ސިޔާސީ އަމުރުތައް ކޮށްގެން ކަމަށާއި އެކަން ކުރައްވަނީ ކަމާއި ބެހޭ ފަރާތްތައް ބަލަހައްޓަން ތިބި ސިޔާސީ ފަރާތްތަކުން އަމިއްލަ މަސްލަހަތު އިސްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖަނަވާރުތައް ރައީސް ޔާމީން ޖަލަށް ލިޔަސް ގެނެސްދެއްވި ތަރައްގީއެއް ނުފޮހެވޭނެ.. ކަލޭމެނަށް ރައީސް ޔާމީން ޖަލަށްލައި އަނިޔާ ކުރެވިދާނެ.. އެކަމަކު ދެނެއް މި ފިކުރެއް ނުފޮހެވޭނެ. ވަގު ރޭޕް ސަރުކާރު އިސްތިއުފާ
މި ދާވަރުން ދަންޏާ ގެރީގެ ކުޑަކަމުދާތަކެތި ބޯން ނުޖެހުނަސް ރަނގަޅު. އެނަރޖީ ދަޅެއް ބޯލެވެން ނެތް މި ޖަނަވާރުން ވެރިކަމަށް އައިފަހުން.. ވަގު ސަރުކާރު އިސްތިއުފާ.. ރައީސް ޔާމީން ގައުމު ހިންގެވިޔަސް ނުކިޔަވާ ގުންޑާއިން މަތީ މަގާމުތަކަށް ލައިގެން މި ސަރުކާރަކަށް ނުވާނެ
ﷲވޮޑިގެންވަނީކެތްތެރިނާ އެކުވ. މާތްﷲ އެންމެހާ ދިވެހިންނަށްހެޔޮވިސްނުންދެ އްވާށި. އާމީން.
ވެރިކަމަށް ސަވާރުވީވެސް ވޯޓަކުން ނޫން ! ކޯޓަކުން ! މިވަރުން ވެރިކަމަށް ސަވާރުވީމަ ލިބޭނީ އަމާން ކަމަށް ވުރެ ނާމާންކަން !
އަސްލުވެސް ދޯ. ވޯޓް އޮޅުވާލައިގެން ވެރިކަމަށް އަރާ އެވަރު ނުވެގެން ފަޅާ އަރާފާނެތީ އަވަހަށް ކަރުދާސްތައް އަންދާޒާ.. ދެން ކޮން އަމާންކަމެއް. ވައްކަމާ ކޮރަޕްޝަނާ ނުހިފެހެއްްޓިގެން މިހާރުވެސް މިއުޅެނީ.
އެމީހުން ވެސް ޖަލަށް ދާންޖެހޭނެ! އޭރުން އިނގޭނެ!
ޔާމީނުގެ ސަރުކާރުގަ އީ ވައްކަމާ އީ ކޮރަޕްޝަން ބޮޑަކަސް އެއަށް ވުރެ މާ ބޮޑެތި ތަރައްޤީ ގެނެސްދިން! އެކަމަކު މިސަރުކާރު ކުރަނީ ހަމައެކަނި ވައްކަން އެކަނި، ތަރައްޤީ ގެ އެއްވެސް ކަމެއް ނުކުރެވޭ، ހަމައެކަނި ފުއްދުނު ވައުދަކީ ޔާމީން ޖަލަށް ލުން، މިވަރު ބައެކޭ މީ، ލަދެއް ޙަޔާތެއް ނެތް ލާދީނީ ގުންޑާއިން
އަހަނ އިންސާފުވެރިކަމުން އެހެރީ ޑީލް ހަދާފައި އަދީބު ބުރޯ ގޭގައި ބަހައްޓާފައި މެޝިނެކޭ ކިޔާފައި، މި ސަރުކާރު ގައި ތިބީ ހުދު ކާފޫރުން ވިއްޔާ ކިރިޔާ ކީރިތިކުރެއްވެނީ، ކުކުޅު ރިހަ ކައްކާ ފައި ވިއްކަން ގޭގަ ހުރިއްޔާ މާ ރީތި ވާނެ ވެރިކަން ކުރުމަށްވުރެ،
ކޮބާ ވަރުދައްކާލާފައި ސުލޯލިހު ސަރުކާރަށް ވޯޓް ދިން މީހުން ބާރަށް އަތްޖަހާ ދެން ޑާންސް! މިއީ ކަލޭމެން އަމިއްލައަށް ބޭނުންވެގެން ގެނައި ވެރިކަން! ހެދިހާ ގޮތެއް ހެދިގެން ތިބޭ، ޔާމީން އެއޮތީ ޖަލުގައި، އޭނާ ޖަލަށް ލެވުމުން ކަލޭމެނަށް ވަކި ވީ ކޮން މޮޅެއް! އެއް މޮޅެއް ވެސް ނުލިބުނު، ބޮޑު ތަނުން ފޭލިވީ،
ކޮބާ މިސަރުކާރު އައިފަހުން އަލަށް އުފަން ވީ ކޮންމެ ކުއްޖަކަށް ދޭން ވައުދުވި ހަދިޔާ ފޮށި ލިބުނު ތަ! ހައްހައްހައް
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ޔާމީން ސަރުކާރުން ނެހެދިނަމަ މިހާރު ވެސް އުޅެން ޖެހުނީ އެ ބާ ހޮސްޕިޓަލް ގަ! ލަދެއްނުގަނޭ ވިއްޔާ! ރައްޔަތުންގެ ލާރިންވެސް ކަމެއް ކޮށްނުދޭ ވޭ ސަރުކާރެކޭމީ!
އައްޑޫ މީހުން ކޮބާ ތާރު އަޅަން ފަށައިފި ތަ ؟އަދި ޕާކު ނުނިމޭ ތަ! ވަރަށް ރީތި ދޯ ޕާކު
މިސަރުކާރަށް ކުރަން އެނގޭ ހާ ކަމަކީ ވައްކަން ކުރުން، ދޮގުހެދުން، މިއުޅޭ ލދނ މީހުން ހިމާޔަތް ކުރުން، އިންޑިއާ ގެ ފަެިބުޑަށް ވެއްޓުން، ރުއިން،
ލ. ގަމަށް ކިނބޫ އެހެންވީމަ ކަރަންޓީން ވާކަށް ނުޖެހޭނެދޯ؟ ހިނގާ ހުރިހާކުދީން ބަލަންތިބެން ކިހާވަރެ އއްގެ ގަ އިދުރުކަމެ އްހުރިތޯ އަނެ އްކާ ކިނބޫ ލާމަށް އަރަން ވާ އިރަށް ކަރަންޓީން އުވަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެ އއްނުލާނެބާ!
ރަ އީސް ޔާމިން އަކީ މިދިވެހި ރާ އްޖޭގެހަޔާތުގަ އި އުފެދުން ވެރިކަންކުރި ބޭފުޅުންގެތަރެ އިން އެންމެކުޅަދާނަ ކަމަށްގާބިލް ހިދުމަތްތެރި ވިސްނުންތޫނު ނުގުޑާފަދަވަރުގަދަ ސަހުސި އްޔަތެ އް ދިވެހިންމި އަދުދެކެމުންމިދަނީ އެމަނިކުފާނު ގެނެސްދެ އްވި ތަރަ އްގީގެބާނީ
ރަގަޅު ވާހަކަ އެ އް..ހިތާމަނުކުރޭ ﷲގެ އިރާދަފުޅާ އެކު މި އަނިޔާވެރިކަންވެސް ނިމުމަކަށް އަންނާނެ...ރޔާމީންގެ އެ އްމެބޮޑު ދުޝްމަނަކީ އަހަންނަން ފެންނަގޮތުގަ ރމަ އުމޫނު...ރމަ އުމޫނު ރޔާމީނާ ހަސަދަވީމަ ރމަ އުމޫނުގެ ދުޝްމަނުންނާ އެކު ރޔާމީން އާ ދެކޮޅަށް ނުކުތީ...ރމަ އުމޫނު ފުރަތަމަ އިނުން އިންޑިޔާ އިން ކަޅުފޮ އްޓެގެނެސް ފާރިސްލަ އްވާ މަލިސް