22:08

ރާއްޖެ އިން އިތުރު 47 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

11:54

އެމެރިކާގައި ފާއިތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވާ ކުޑަކުދިންގެ އަދަދު 28 އިންސައްތަ އިތުރުވެއްޖެ.

10:11

ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި މައުލޫމާތުދޭ ހޮޓްލައިން 1676 އަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް އަލުން ޚިދުމަތް ދޭން ފަށައިފި.

08:44

ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި މައުލޫމާތުދޭ ހޮޓްލައިން 1676 އަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ޚިދުމަތް މެދުކެނޑިއްޖެ. އެޗްޕީއޭ އިން ވިދާޅުވީ މައްސަލަ ހައްލުކޮށް އަލުން ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް. އަދި ޚިދުމަތް މެދުކެނޑުމުން ދިމާވާ ދަތިތަކަށް އެޗްޕީއޭ އިން ވަނީ މައާފަށް އެދިފައި.

08:21

ކޮވިޑް-19 ފުރަތަމަ އުފެދި އިންސާނުންގެ ގަޔަށް ވައިރަސް އަރާފައި ވަނީ އިންޑިއާ އިން ކަމަށް ޗައިނާގެ ސައިންސްވެރިން ބުނެފި.


މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ 14 މީހުންނެވެ. މިއަދަކީ ޖުލައި މަހުގެ 08 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މަދުވި ނަމަވެސް މިއަދު އިރުއޮއްސުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޓެސްޓް ކުރި ސުންކު (ސާމްޕަލް)ގެ އަދަދު އިއްޔެ ޓެސްޓް ކުރި ސުންކަށްވުރެ ގިނައެވެ. އިއްޔެ ޓެސްޓް ކުރީ 1538 ސުންކުއެވެ. ނަމަވެސް މިއަދު 1816 ސުންކު ޓެސްޓް ކޮށްފައި ވެއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 32 މީހުން މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެއާއިއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1178 އަށް އަރާފައެވެ.

މިއަދު ފައްސިވި މީހުންގެ އަދަދު މަދުވި ނަމަވެސް އެކްޓިވް ކޭސްތައް ނުވަތަ މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1113 އަށް އަރައެވެ. އޭގެ ތެރެއިން 92 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. ގިނަ ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހުމަކީ ބޮޑު ބިރުވެރިކަމެކެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަނާޒާ

    ފުރަބަންދު ނިންނާލަން ޖައްސާ ގޭމެއް ކަމަށްބެލެވޭ ، #ގޭމްޖައްސާ ސަރުކާރު

    4
    2
  2. ކޮވިޑް

    ދެން ދައްވާނެކަން އެންގޭ އެއްމެނަށް ވެސް ރައްޔަތުން މުޒާ ހަރާ އޭ ކީމަ ވިއްޔަ އަދަދު މަތިވީ އެކަން ނިމުނީމަ ދައްތާވާނީ....ކޮވިޑް ނިވަފަތްގަނޑަކަށް ހަދައިގެން މިސަރުކާރު މުޅި ޤައުމު ހަލާކު ކޮށްފި..... ކިހާ ބޮޑު ވެއްޖެ ކަމެއް މީ.....