އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ކުރިން ހުންނެވި އަލީ ވަހީދު އެ ޕާޓީ އިން ވަކިވެ ވަޑައިގެންފިއެވެ.

އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޯބިވާ އެމްޑީޕީގެ ހުރިހާ އާންމު މެންބަރުންނަށް ހިތުގެ އިހްލާސްތެރި ޝުކުރު ދަންނަވާ ކަމަށާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް އަބަދުވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު މިވަގުތު ވަކިވެލީ. އެހެނަސް އަޅުގަނޑުމެންގެ ހިތާ ހިތުގެ ގުޅުމެއް ނުފޮހެވޭނެ،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދުގެ ޓްވީޓްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު ނަންގަވާފައިވާ ފޮޓޯއެއް ވެސް ހިއްސާކުރައްވާފައިވެއެވެ.

https://twitter.com/ali20waheed/status/1000313276180332544

ޖުމްހޫރީ ޕާޓީގެ ހާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ޖަލްސާގައި އަލީ ވަހީދު އެ ޕާޓީ އަށް ސޮއިކުރާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.

2015 ވަނަ އަހަރުގެ މޭ ޑޭގެ މުޒާހަރާ އަށް ފަހު ދައުވާކުރަން އުޅުމުން އަލީ ވަހީދު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އޭގެފަހުން އޭނާ އަލުން އަނބުރާ ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އަލީ ވަހީދު އެމްޑީޕީ އާއި ގުޅިވަޑައިގެންނެވީ ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނެވި އިރުއެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއެކު ޑީއާރްޕީގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަން

    އެތަނުގަ ހުރި އިރު ހަރަދު ނުލިބުނީދޯ.

  2. ރަށްދު

    ކޮންމެއިރަކުރާއްޖެއަޔަސް ރަށްދު ދޭނަން

  3. ޖިންނި

    ވައިސަރީ !

  4. ކްރޯޑް

    ޜަތް ޓައީއރއްނު އަޅާފަވެސް އެހުރީ ޔޫކޭގަ އުޅޭއިރު ޛަރަފު ވަރަށް ބޮޑުވާނެ އެހެންވީމަ އަންބޮޑި ބޮޑުވާ ދިމާލަކަށް ދީލާލާނެ އެމްޑީޕީއަށް ދިޔައީވެސް އެއުޞޫލުން ނޫންތޯ

    • މީހާ

      ތީ ހަމަ ތެދު

  5. ސިވިލް މީހާ

    ތެޅިތެޅިހުންނަންޖެހޭނީ ރައީސްޔާމިން2018އިންޝާﷲ

  6. Anonymous

    ތެޅިތެޅިހުންނަންޖެހޭނީ ރައީސްޔާމިން2018އިންޝާﷲ

  7. މާމިގިލީ މީހާ

    ޖޭޕީ އިން އަލީ ވަހީދު ގަތީ ވަރަށް ބޮޑު އަގެއް ދީފަކަމަށް މިހާރު މާމިގިލީ ތެރޭގައި އަޑުތައް ދަނީ ފެތުރެމުން.. އަދި ގާސިމްގެ ވެރިކަމެއްގައި ބޮޑެތިކަންތައްތައް އަލީ ވަހީދު އަށް ކޮއްދޭނެކަމަށް... ވެސް

  8. ރަސްފާ

    ޑީއާރުޕީ ، އެމްޑީޕީ ކަފާސް! މިހާރު ޖޭޕީއިން ބޮނޑިވަރެއް ހޯދަނީ! ޤާސިމަކީ ބޯނެތް މީހެއްކަން މީނަވެސް ދަނޭ! އަދި އެބައޮތް ދެޕާޓީ!

  9. ޙަފްޞާ / މާލެ

    އަހުރެމެނަށް ކީއް؟

  10. މިލިޓަރީ

    އެމްޑީޕީ ދެންދާނީއޮވެމުން