އިއްޔެ ރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި ނިޔާވި ޅ.ހިންނަވަރު އައިޝަތު ނަޒްރާގެ ޖަނާޒާ އޮންނާނީ މިއަދު ޢަޞްރު ނަމާދަށް ފަހުގައި ކަމަށް އޭނާގެ އާއިލާ އިން މައުލޫމާތު ދީފިއެވެ.

ނަޒްރާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު ޢަޞްރު ނަމާދަށް ފަހު މަސްޖިދުލް ތަޢާވުން (އާސަހަރާ މިސްކިތް) ގައި ކަމަށް މައުލޫމާތު ލިބެއެވެ.

ނަޒްރާ ނިޔާވީ 27 ވަނަ ދުވަހުގެ ރޭ 22:00 ކަންހާއިރު ބާރު ސްޕީޑްގައި މާލޭ އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ބޮޑުތަކުރުފާނު މަގަށް ނިކުތް ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ދުވާ ޓްރެކް މައްޗަށް އަރައި ހިނގި އެކްސިޑެންޓެއް ގައެވެ. އެކްސިޑެންޓް ހިނގިއިރު ސައިކަލް ފަހަތުގައި އިން ނަޒްރާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުއެވެ. ފުލުހުން ވިދާޅުވީ ސައިކަލް ދުއްވީ ލައިސަންސް ނެތް މީހެއް ކަމަށާއި އެއީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ނަޒްރާ އަކީ ޓިކްޓޮކް ގައި މަޝްހޫރު ފަންނާނެކެވެ. އަދި ނަށާ ގްރޫޕެއްގައި ވެސް އޭނާ މަސައްކަތް ކުރެއެވެ. ނަޒްރާއަށް ޓިކްޓޮކްގައި ފޮލޯ ކުރާ މީހުންގެ އަދަދު 17000 އަށް އަރައެވެ. އޭނާގެ ބައެއް ވީޑިއޯތައް ބަލާފައިވާ މީހުންގެ އަދަދު ލައްކައަކާއި ކައިރި ކުރެއެވެ.

ނަޒްރާ ނިޔާވި އެކްސިޑެންޓް އާއި ގުޅޭ މައްސަލަ ތަޙްޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ނަޒްރާއަކީ ފާއިތުވި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކްސިޑެންޓެއްގައި ނިޔާވި ދެވަނަ ޒުވާނާ އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ދިވެހި ދަރިއެއް

  إنا لله وإنا إليه راجعون... ދެރަވެ ހިތާމަ ވަނީ ކާކުކަން އެނގިގެނެ އް ނޫން ، އެކަމަކު ލަވަކިޔާ ނަށާ ގުރޫޕެއްގަ މަސައްކަތް ކުރާ ކަމަށް ބުނެފަ އޮތީ މާ ، ކުއްލިގޮތަކަށް މަރުވެދާނެ ކަމަށް އަހަރުމެން ގެ ލޮބުވެތި ވަތަނުގެ ދިވެހި ޒުވާނުން ގަބޫލު ނުކުރާ ފަދަ ގޮތަކަށް އުޅެމުންދާ ދިޔުން އެނގި ފެންނާނީ ވެއެވެ. މާތްﷲ މައްޔިތާގެ ފާފަ ފުއްސަވައި ރަޙމަތް ލައްވާށި ، އާމީން

  32
  1
 2. ޥާލުސޮރު

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

  26
 3. ހައްޤު1

  ޓިކްޓޮކް ގައި ކިތަންމެ ގިނަ ފޮލޯވާސް ތިއްބަސް އޭގެން އާޚިތަށް ކުރާނެ ފައިދާއެއް ނެތެވެ. ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ، ހޭ އަރާށެވެ. އެނބުރި ދާން ޖެހޭނީ ހެއްދެވި ފަރާތުގެ ހަޟްރަތަށެވެ. އަދި މި ދުނިޔެމަތީގައި ކުރި ހެޔޮކަމަކުން ނޫނީ އެދުވަހުން ފައިދާއެއް ނެތެވެ. މާތް ﷲ ނަޒްރާއަށް ރަޙްމަތް ލައްވާށިއެވެ

  45
  2
 4. Thoddoo 😘😘😘

  😢😢😢😢😢😢😢😢😢👮👮👮👮👮👮👮👮👮😷😷😷😷😷💔💔💔💔 9888999

 5. އެކުވެރިޔަ

  މިއަދު ޒުވާނުން އެބަޖެހޭ ހެލަން. ޓިކްޓޮކު ކުޅެވިދަނެ، ބެލުންތެރިންގެ ސަޕޯޓްވެސް ލިބިދާނެ. ލައިކްވެސް ހާހުން ލިބިދާނެ، އެެއި ފަނާވެދަނިވި މިދުނިޔެއެވެ. މަދަމާއަށްޓަކައި ކުރެބުނީ ކޮންކަމެއްތޯ ވިސްނާލަން ޖެހެއެވެ. ﷲގެ ރުއްސެވުން ހޯދުމަށްޓަކައި ކުރެބުނީ ކޮންކަމެއްތޯ ބަލަންޖެހެއެވެ. ތިމާ މަރުވާނީ ކޮން ބިމެއްގައި ކިހިނެއް ކޮންވަގުތަކު ކަމެއް ނޭގޭ ނެއެވެ. އޭ މުސްލިމް އަޚުންނާއި އުޚްތުންނޭވެ. ސައިތާނަ ދައްކަމުންދާ ޓިކްޓޮކައި އިންސްޓަގުރާމާއި ސްނެޕްޗެޓް ފަދަ ވަސިލަތްތަކަކިވެސް ހެޔޮގޮތުގައި ބެނުން ކުރަ އެއްޗަކަށް ހަދަށެވެ. މަދަމައަށް ވިސްނަށެވެ

  27
  2
 6. Anonymous

  Mi

 7. ޣދ

  އޭނާގެ ޓިކްޓޮކް ފޮލޯވަރުން ގިނަވެގެން މިއަދު އޭނާޔަށް ކުރާނީ ކޮން ފައިދާއެއްތޯއެވެ. މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވާ ޤަބުރުގެ އަޒާބުން ދިންނަވާނދޭވެ.

  37
  1
 8. Hi

  Its not good to show her photo ަanywަaަy

  13
  1
 9. ޢާދަނު

  މީ މިހާރުގެ ޒިންމާދާރުކަން ކުޑަ ޒުވާނެއްގެ ސަބަނުން މިދުނިޔެ ދޫކޮއް ދިޔަ ޒުވާނެއް...ހާއްސަ ކޮއް އެހެންމީހުންނަށް ބަލާލުމެއް ނެތި އިންތިހާޔަށް ބާރަށް ސައިކަލު ދުއްވުމުގެ ހިތާމަވެރި ނިމުން ޒުވާނެއްގެ ފުރާނަ....މައްޔިތާގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީނިއުމަތް ދެއްވާށި...

  26
 10. Anonymous

  އަދިވެސް ވިސްނާކަށް ނުވޭތޯ.... ތިބާގެ އެންމެ ގާތުގަ ވަނީ މަރު... ﷲ އެންމެނަށް ހެޔޮވިސްނުން ދެއްވާށި..... ޢާމީން

  30
  1
 11. ނޫނު

  އަހަރެންނަށް އިނގެނީ އަހަރެންގެ ގޮތް. އަހަރެންވަރަށް ބަލައިގެން ސައިކަލު ދުއްވަނީ.. މާ ގައްޑާވާން ބާރަށް ދުއްވީމަ ނަތީޖާ ސަޅިއެއްނުވާނެ.

  11
 12. މުޑޭ

  ނަޒޫ އެހާޅައުމުރުގައި މިދުނިޔެ ދޫކޮއްދިޔައީއެވެ.ގިނަރައްޓެހިންގެ ހިތްއުފާކޮއްދީފައެވެ. މަޖާ ކުރުމުގައި މަސްއޫލުވެ އުޅެނިކޮށެވެ.ކޮންމެ އަކަސް ދުނިޔޭގައި ނަޒޫ އުޅުނު މަދުވަސްކޮޅުގައި ޒުވާން އުމުރު ހޭދަކުރީ ކޮންގޮތަކައްތޯ ސުވާލު ވެވޭނެއެވެ.އާޓިކަލްގައި ލިޔެފަވާ ހިތްހެޔޮކަމާ ނައިސް ސްމައިލުން ކުރާނެ ފައިދާއެއް އެދުނިޔޭގައި ވޭހެއްޔެވެ؟