ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނު އަހަރު ކަމުގައިވާ 1953 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު 17، 2018 އަށް ރާއްޖޭގައި އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް އަމަލުތައް ތަހުގީގު ކުރާ ގޮތަށް އިންތިގާލީ އިންސާފުގެ ބިލް ބަދަލުކޮށް އެ ބިލް ދިރާސާކުރި ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އެ ބިލުގައި ފުރަތަމަ ވަނީ ޖެނުއަރީ 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 ގެ ނިޔަލަށް ހިނގި ކަންކަން ތަހުގީގު ކުރާ ގޮތަށެވެ.

އެ މުއްދަތަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފަހު ދުވަސްކޮޅާއި ވެރިކަން ނިމުމަށް ފަހު އަލުން އެ ޕާޓީއަށް ސަރުކާރު ލިބި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ހިނގައި ދިޔަ މުއްދަތެވެ.

ބިލުގައި ވަނީ އެ މުއްދަތުގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބެލުމުގެ ގާނޫނީ އޮނިގަނޑެވެ.

މި ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާގައި ބޭއްވި ފޯރަމުގައި ހިޔާލު ފާޅުކުރި ގިނަ އަދަދެއްގެ އާންމުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ އިސް ބޭފުޅުން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ވަކި މުއްދަތެއް ކަނޑައެޅިޔަސް ބިލުގައިވާ މުއްދަތު ކުރު ކަމަށް ގިނަ ބަޔަކު ފާހަގަކުރިއެވެ.

މަޖިލީހުގެ ހިއުމަންޓް ރައިޓްސް ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އިން އެ ބިލް ދިރާސާކޮށް އެކުލާވާލާފައިވާ ރިޕޯޓްގައި ވަނީ 1953 އިން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހާ ހަމައަށް ހިނގާފައިވާ މައްސަލަތައް ތަހުގީގު ކުރާ ގޮތަށް ބިލް ބަދަލުކޮށްފައެވެ.

މި މައްސަލަތައް ބެލުމުގެ ގޮތުން އޮމްބުޑްސްމަންގެ އޮފީހެއް ގާއިމު ކުރަން ބިލުގައި ބަޔާން ކޮށްފައިވެއެވެ. އެފަދަ މައްސަލަތައް ދެނެގަނެ އެ ކަމުގައި ޒިންމާވާ މުއައްސަސާތަކާއި އެ ކަން ކުރި ފަރާތްތަކުގެ މައްސަލަ ބަލައި ހަގީގަތާ ހަމައަށް ވާސިލުވުމަކީ އެ އޮފީހުގެ ޒިންމާއެކެވެ. އެ ގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަވާބުދާރީ ކުރަވަން ވެސް ޖެހޭނެ ކަމަށެވެ.

އޮމްބުޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށް ފަހު ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލަށް އަދި މަދަނީ ދައުވާ އުފުލުމަށްޓަކައި އެޓާނީ ޖެނެރަލްއަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ރަސްދޫ

    ކަލޯ ވައްކަން ކުރަންވެސް ތި ދެން ބޮޑުވަރެއްނު. ރާއްޖެ އުފެދުނީއްސުރެ ކޮއްފަހުރި ހުރިހާ ވައްކަމެއްބަލަން ފަށަންވީނު... ކީއްކުރަން 1953

    13
    1
  2. ކާފަބޭ2020

    އިންތިޚާބު ވަރަށްކައިވެއްޖެ! 2 އަހަރުވީ ތިޔަގާލީކޮބާ؟ މަރުކޮމިޝަނަށްލިބުނީ ޕްރޮމޯޝަން މަރުތަކުގެބެލެނިވެރިންނަށް ލިބުނީމިރުސްހުސްކުރިގޯނިގަނޑެއް ކިނބިހިއަޅަންތިބެންޖެހުނީ ގޭދޮރުމަތީގަ މީތޯތިޔަކިޔާގާލިފަތިގެނައިމަ ވާފަސޭއަކީ؟؟؟؟؟

    10
    1
  3. ބަދީޢު

    ކުޅޭކުޅޭ މަޖިލިސް، ކިހާބޮޑު މުސީބަތެއްތަތީ، ރައްޔުތުންގެ ލާރިކައިގެން ބިނާކުރަނިވި އެއްވެސް ވާހަކައެއް ނުދައްކައި ހުސް ސިޔާސީ ވާހަކަދައްކައިގެން އަމިއްލަ ފައިދާނަގަން އުޅެން ގޮތެއްފޮތެއްވެސް ނަތީތަ، އުސްތާޛް ނަޝީދު (ކުއްޓި) މެންފަދަ ތަޖްރުބާހުރި ބިނާކުރަނިވި ބިލްތައް ހުށަހަޅާ މީހުން ބޭނުންވަނީ. އަބަދު ހުސް ބޮޑުމީހާ ރއްސަން ވާހަކަދައްކާ ގަމާރުންނެއް ބޭނުމެއްނުވޭ، އަތުގަ ފައިސާ ފޮއްޗެއް އޮތީމަ ހޮވުނަކަސް ތިތާ ގިނައީ ނާގާބިލް މީހުން. އެކަމަކު ރަނގަޅު ޤާބިލް މީހުންވެސް ކޮންމެވެސް ވަރަކަށް އެބަތިބި.

    11
  4. ަކުރަފިދާދާ

    ހަމަ އެކަނި ގާނޫނު ހެދިޔަކަސް ނުފުދޭ! ކޮންމެ ގާނޫނެއްގެ ދަށުން ވުޒާރާއެއް އުފެދި އެތައް މުއައްޒަފުންނަކަށް ބޮޑު މުސާރަތަކެއް ދޭންޖެހޭ! މިހާރުވެސް މުޅި ރާއްޖެ އެތައް ބިލިއަނަކުން ދަރާފައި އޮންނައިރު، މިއީ އިޚުލާސްތެރިކަމާއެކު ފާސްކުރާ އެއްޗެހިކަމަށް ގަބޫލެއް ނުކުރެވޭ! އަނެއްކާ ތިއޮއްދިގު މުއްދަތުގައި ހިނގާފައި ހުރި ހުރިހައި ކަމެއް ބަލަން ނަގާނެ 20 ވަރަކަށް އަހަރު ނަގާނެހެން ހީވަނީ! އަދި ބެލޭނީ ވަކިބައެއް ގެ މައްސަލަތައް! މަޖުލިހަށް ވަރަށް ސަލާމް.

    11
  5. ޅަބޭ

    1953 އިން ފެށިގެނޭ؟؟ އިންތި ކޯންޗެއް ބައްލަވައިގެންތޯ ސްޓޭޖް މަތީ ތިހިރީ؟؟!

    7
    1
  6. ބޮކުރި

    ލުތުލީމެން ކަހަލަ އަދި އިބޫ ބަފައިބެމެން ކަހަލަ މީހުންނަކީ ކުއްވެރިން ނޫންކަމަށް ހަދައި ސަރުކާރުން އެމީހުންނަށް ބަދަލުދޭން އެއުޅެނީ

    13
    2
  7. އަހުމަދު

    މިހާރުދެން ތިއުޅެނީ މި ގައުމު ހިންގާކަށް ނޫން. ގައުމުގައި ހަމަނުޖެހުން ހިންގަން. ތިނޫންކަމެއް ނެތީތަ ރައްޔިތުންނަށް ކޮށްދޭނެ. މާޒީފަހާ ދުވުމަށްވުރެ ރަނގަޅު ފައިދާކުރަނިވި މުސްތަގުބަލެއް ރައްޔިތުންނަށް ހޯދައިދެވޭތޯ ނޫންތަ ބަލަންވީ.

    15
  8. މޮޔަފުޅު

    ހަވަރު ތިނަދޫއިން މީހުންބޭލި ހާދިސާ ތަހުގީގުކޮއް ބަދަލުދޭން ޖެހިއްޖެނަމަ މުޅި ސަރުކާރުގެ ހަޒާނާ އެއްކޮން ދިނަސް ބަދަލެއް ނުދެވޭނެ. މާލޭގެ ބަެއް މުއްސަދިންނަކީ ހަވަރު ތިނަދޫއިން މީހުން ބޭލިއިރު ހިރިހިމައިދި އާއިލާގެ މުދަލާެއި ލާރިން މުއްސަދިވެފައިތިބި ބައެއް. މާލޭމީހާގެ ދަރިންނާއީ ދަރަިންގެ ދަރިންނަށް ފަހަރުގައި މިކަން ނޭގި އޮވެދާނެ. އަހަރެންގެ ކާފަ މާލޭ މިވެނި ބައެއްގެ ނަންކިޔާފަ މިވާހަކަ ކިޔައިދިން. ވަރަށް ހެޔޮދުއާއާއި ސަލާމެވެ

    11
  9. ފުއާދު

    ކިހިނެއްތޯ ވާނީ 1945 ފެށިގެން ހިނގި ކަންތައްތައްވެސް ބަލާ ގޮތައް ބިލް ފާސްނުކުރީ..އެއީ ދެވަނަ ބޮޑު ހަގުރާމައިގައި ޖަޕާން ސިފައިންގެ ބަލާވެސް ރާއްޖެ އައް ޖެހުން

  10. މިއަދު

    18 ނޮވެމްބަރ 2018 މމިއީ ރާއްޖެ ބޯކިރުވި ދުވަސްތަ؟
    ޏޮވެމްބަރ 18 ވަނަދުވަހުގެ ކޮނގަޑިއެއް؟

  11. ކިރިދޫނި

    ދައުލަތުގެ ޚަޒާނާ ހުސްކުރުމުގެ ބާބު 2 ގެ ފެށުން

    9
    1
  12. ތުނބުޅި

    ކޮންހާ ހަޑިއެއްހާވާކަށް. ވެރިކަންދިނީ ޤައުމު އާރާސްތު ކޮށް ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދޭން. އަންޒަމާނު ކަރައިގަ ހިނގާފަ ހުރި ކަންކަން ހޯދައި ބަދަލު ހިފާކަށްނޫން. އިސްތައްޓޭ ނުކިޔާ އިސްތިއުފާދީ

  13. ރޯދަމުބާރަކް!

    އަނެއްކާ؟ ތަފާތުވެރިން ހެއްދެވި ބާރުގަދަ ކޮމިޓީތަކާއި މިނިވަން ގުރޫޕުތަކުގެ ތަހުގީގު ތަކަށް އަނެއްކާ އަނެއް ގުރޫޕް!... ސަލާމަތްވާނެބާ؟

  14. ޓ

    ބަލަ މިސަރުކާރުން ކިތައްމީހުންގެ ހައްގު ނިގުޅައިގެންފި
    ކޮބާ ޒުވާނުނަން ދޭންބުނި އެލަވަންސް...ކިތައް މީހުން ވަޒީފާއިން ވަކި ކުރީ...ކޮބާ ފޫޅުމާ ފޮށި...ބަނޑުގައި އޮތް ދަރިފުޅަށްވެސް ބުނި އެހީވާނަމޭ...
    ދުނިޔެ އުފެދުނީންސުރެ މައްސަލަ ބަލަން ފެންނަނީ

  15. ނާދިރާ

    މިރާއްޖޭގައި މީހުން އުޅެންފެށި ދުވަހުން ފެށިގެން ތިޔަ ކަންތައް ނުބަލަންވީ ކީއްވެ.

  16. ސާމިޔާ

    ހަ ހަ ހަ .. އެކަމަކުވާ 1953 ވަނައަރުންފެށިގެންނޭތޯ ؟؟ 1723 ވަނައަހަރުގެފަހުން 1953ވަނައަހަރާދެމެދު ހިނގާފަހުރިކަންތައްތައް؟؟ ތިއުޅެނީ ފަޓާސްބަރިއެންހެން އެހުރިހާކަމެއްބަލަން؟، މީހަކުހޭބަލިނުވާނެތަ ؟ މިހާރުމިއުޅެނީ މިހާރުހިނގާފަހުރިކަކެއްވެސް ނުބެލިގެން. ދެންކިހިނެތް އެހެންކަމެއްބަލާނީ؟؟ ކޮބާ ތިކަމުގެމޭސްތިރީއަކީ ؟ ކޮބާ އިންޖިނޭރަކީ ؟؟ ކޮބާ ފައިސާ ؟؟ ކޮބާ ބޮޑުވަޒީރު ؟؟

  17. މާމީ

    މައުމޫނު އައް އަހުވާ ދައްކަން ވެގެން

  18. އަޙްމަދު

    ކަލޭމެން ކިތައްމެ ވަރަކަށް ކަން ކަން ތަޙުޤީގް ކުރިޔަސް -/444 ރުފިޔާގެ ޚިޔާނަތާއި، ފާއިތުވެދިޔަ ދެ އަހަރު ދައުލަތުގެ މާލިއްޔާ ހުސްވެގެން ދިޔަ ގޮތް ވެސް ތަޙްޤީގް ހިންގާނޭ ދުވަހެއް އަންނާނެ
    ތި ފޭއްސާ ޤާނޫނީ އިލޮށީގަވެސް ޖެހޭނީ ނަޝީދުގެ ވެރިކަމުގަ ތިބި ވެރިން އެ ވަގުންތައް ތިއިން ގަދަކަމުން ސަލާމަތް ކުރަން ޖެހޭނީ
    ﷲ އީ ކުޅަދުންވަންތަ ވެރި ރަސްކަލާންގެ ކަލޭމެންގެ ވެރިކަން ނިމެނީ އިންޝާ ﷲ

  19. ބޭޗާރާ

    މޮޔައިންނަކަށް ތިމާމެންނަކީ މޮޔައިންކަން ނޭނގުނީމާ މޮޔަ މީހުން ކުރާ ކަންކަން ބަލަން ތިބޭ މޮޔަ މީހުންނަށް އެކުރަނީ މޮޔަ ކަމެއްކަން ނޭނގުނީމާ މުޅި ގައުމުގައި ތިބޭނީ މޮޔައިން. ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޝަރީޢާ. އިސްލާމީ ޝަރީޢަތުގައި ޖިނާއީ ދައުވާއެއް އުފުލައި ޙުކުމެއް ކުރެވޭނީ އެއްވެސް ކަހަލަ ޝައްކެއް ނެތް މިންވަރަށް ހެކި ހުރެގެން، އަދި ހެކިދޭނެ އަދުލުވެރި ހެކިން ތިބެގެން. މީގެ 80 ވަރަކަށް އަހަރުކުރިން ހިނގާފައި ހުންނަ ކަންކަމަށް ހެކިދޭނެ އަދުލުވެރި ހެކިން ހޯދަނީ ކަށްވަޅުކޮނެގެންބާ؟!

  20. ސލ

    ރާ އްޖޭގަ ހުޅުޖެހި މަ އްސަލަ ބެލުން އަވަސްކުރަން ޖެހެއެވެ.

  21. ތޯތާ

    ވެލާނާ އުނދުޅިއަތުން އަހަރެންގެ ބައްޕަގެ މަރުވެދިޔަ ހޯދަދޭންޖެހޭނެ އެއްވެސް ކުށެއްނެތި ގެނެސްގެން މާލެ ވިލިނގިލި ޖަލައްލާ ރޭގަނޑު ކަރުތާފެނަށް މޫދައްބާލާ ކަރުގައި ކަރުގޮހޮރު އަޅުވާ އެވަރުންނުފުދިގެން ބަލިވެހޮސްޕިޓަލަށްދިއުމުން ވިހައިންޖެކުޝަން ޖަހާމަރާލި

  22. ހުސޭނުބޭ

    ކެރަފާ ނަސީމުގެ ބަޣާޥާތްވެސް އަލުން ތަޙްޤީޤްކޮށް އަދަބުދޭން ޖެހޭތަ؟

  23. ޙސހސހ

    މިއުޅެނީ ބާގީން ޤާޟީންނަށް ހަދަން.

  24. ތޮރާ

    މުޅި ގައުމުގައި ހުޅުޖެހިމައްސަލަބަލަންޖެހޭނެ

  25. އެމަންޖެ

    މިސަރުކާރަކީ ދިވެހި ދައުލަތް ދިރުވައިލައިގެން ބޭކާރު ކަންކަމައް ހަރަދު ކުރާ ސަރުކާރެއް.

  26. މޮޔަގޮލާ

    މީ ބޯވަތިވަމުން އަންނަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކުރީގެ ހުރިހާ ރައީސުންނަށާއި ސިޔާސީ ލީޑަރުންނަށް ބިރުދައްކަން ޖެހި މަޅިއެއް. މިވެރިން ހީކުރަނީ މިނޫން މީހުންނަކީ ބޯގަޅިން ކަމަށް އުތަ؟