މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތުމަށް މުޅި ބައިނަލް އަގްވާމީ މުޖުތަމައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަނެއްކާ ވެސް ގޮވާލައްވައިފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަސްތީނުގައި އަމާންކަމާއި އިންސާފު ގާއިމް ކުރުމަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ފަލަސްތީނާ އެކީ ދެމިތިބޭނެ ކަމަށެވެ.

"މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަނެ ފަލަސްތީނަށް ހައްގު ބިމާއި ދައުލަތް ކަށަވަރު ކޮށްދޭން މުޅި ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލަން،" އިނގިރޭސި ބަހުން ލިޔުއްވައި ރައީސް ކުރެއްވި ޓްވީޓްގައިވެއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ފޮރިން މިނިސްޓަރުންގެ މި އަހަރުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ މެދުއިރުމަތީގެ ސުލްހައަށް ފަލަސްތީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ބަލައިގަންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަޓީ ޗާއެވާލާ

    މުނާފިގު ކަލޭ ހިތުން ލޯކަލް ކަ އުންސިލް އިންތިހާބަށް ކިނބޫ ކަރުނަ އަޅާ ރޮނީ ދޯ...އަސާސީ ތަ އުލީމު ހޯދަން ދޭ...

    8
    25
  2. ޖަނާޒާ

    އަދުންދަޅު. ރައްޔިތުން ބޭނުމެއްނުވޭ