އދ. ފެންފުށީގައި ގެއްލިގެން ހޯދަމުންދިޔަ ހަތަރު އަހަރުގެ ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

އެ ކުއްޖާ ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ހޯދަމުންދާތާ ގަޑިއެއްހާ އިރު ފަހުންނެވެ.

އެރަށު ކައުންސިލް ރައީސް ޝާހިދު އަބްދުއްރަހީމް ވަނީ އެރަށުން ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިފައިވާކަން "ވަގުތު" އަށް ކަށަވަރުކޮށްދެއްވާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، އެރަށުގައި ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އުޅޭކަމަށް މިއަދު 15:20 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި އެ ކުއްޖާ ހޯދަމުން ދަނިކޮށް މޫދުގައި އޮއްވާ ފެނިފައި ވެއެވެ.

"ހެލްތް ސެންޓަރަށް ކުއްޖާ ގެނައި އިރުވެސް ނިޔާވެފައިވާ ކަމަށް ފެންފުށި ހެލްތް ސެންޓަރުން ޑޮކްޓަރާއި ހަވާލާދީ ފުުލުހުންނަށް މައުލޫމާތު ދީފައިވޭ".ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެެވެ.

ފުލުހުން ވަނީ މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ގެރިމަސް

    މިވެސް ރައީސް ޔާމީން ކުރިކަމެކޭ ބުނޭ އަވަަހަށް. މި ސަރުކާރަކީ ޖެހިފަ އޮތް ބޮޑު ބަލާވެރިކަމެއް

    80
    98
    • ހުސޭނު

      ބައްޔެއްނު ކަޔޭއާހެދި. މައުސޫމު ތުއްތުކުޖަކު ނިޔާވެގެންނޭމި އުލެނީ. މިސިޔާސީ ކުލިވަރެއްނޫ، ކަލޭއައް މީގެކަމެއް ވީމަ އިގޭނީ ވާހިދަތި.

      އިރާދުކުރެއްވިޔާ ކަލޭއައްވެސް އަދި އެހެންމީހަކައް މީގެ ދުވަހެއް ނުދައްކަވާށި.

      87
      3
      • ދެން ދޯ!

        އއއާނ ދެން ފަހެ މީހަކު ބަނޑެ ހިކިލިޔަސް ބޭރަށް ހިންގިޔަސް އިބޫ ނޫނީ ޔާމީން.. ދިވެހިން ގެ ވިސްނުން މިޔަށްވުރެ ތަރައްގީ ވާނެބާ؟

        25
        3
      • ގެރި

        ކުރީގަ މީހަކު މަރުވިޔަސް ބޮޑުކަމުދެވުނަސް ރައީސް ޔާމީން ކުށްވެރިކުރީ.. ރައީސް ޔާމީން ބޮލުގަ ދޮގު އިލްޒާމު އަޅުވައިގެން އައި ސަރުކާރެއް މީ.. ސޯލިހު ޒިންމާ ނަގަން ޖެހޭ މިހާރު ވާ ކަންކަމުގަ.. އޭރުން ހަމަހަމަވާނީ

    • ލޮލްލޮލް

      ނޫނޭ ކަލޯ ވަރަށް ވެފަ ތިޔަ ހުރީ

      7
      2
    • އެއްކަލަ ގޮލާ

      މީން ޒަމާނަކުވެސް ނުކިޔަން މިހައި ޖާހިލު ކޮމެންޓެއް. ޕާޓީއަށް ޖާނު ދިނަސް ފުކެއް ބޮޑުވަރު.

      18
      2
  2. ގެރިމޯދީ

    މޫދަށް ވެއްޓި މީހުން މަރުވުން މީ މިސަރުކާރުގަ އާންމު ކަމެއްހެން ހީވަނީ

    77
    66
  3. ޕާޓޭ

    އެޖެންޑާ 19 ފުރާ ފުރިހަމަވަނީދޯ

    64
    62
  4. މުނާފިގު ސަރުކާރު

    ވަގު ރޭޕް ސަރުކާރު އިސްތިއުފާ

    81
    53
  5. ފުލުސްމީހާ

    " ފުލުހުން ވަނީ މިކަމާ ގުޅި ގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ވިދާޅުވެފަ އެވެ." ބަލާ ނިމިގެން އެވާހަކަ އެއކަން ވީގޮތް ދުވަހަކުވެސް ބުނެވިފަ އެއ އް ނެތް

    102
    5
  6. ހުސޭނު

    މި ކޮމެންޓު ކުރާ މުސްލިމު އަހުންގެ ރަހުމެއް ނެތްކަން ހާމަވެއްޖެ.

    ކުއްޖަކު ނިޔާވީމަ އެކަންވެސް ސިޔާސީ ކުރެވެތޯ.
    މާތް ﷲ ތިޔަ ބޭފުލުންނައް ހެޔޮވިސްނުން ދެއްވާށި. އަދި އެ ތުއްތު ކުއްޖާ ފަދައިން ތިޔަ ބޭފުލުންނައްވެސް ސުވަރުގެ ދެއްވާށި. އާމިން.

    80
    4
  7. Anonymous

    ކަށްވަޅުގައި އިންސާނާއާ ކުރެވޭނެ 3 ސުވާލު:
    1. ތިބާގެ ރައްބަކީ ކޮބާ؟
    2. ތިބާގެ ދީނަކީ ކޮބާ؟
    3. ތިބާގެ ނަބިއްޔަކީ ކޮބާ؟

    ތިމާގެ ސީޔާސީ ވިސްނުމެއް، އީބޫގެ އަދި ޔާމީން ކުރި ކުސެއްގެ ވާހަކަ ތިބާކައިރީ ނާހާނެ.

    އަހުތަކުންނޭ ސިޔާސީ ދަލުގަ ނުޖެހި ގާފިލުކަމުން ހޭއަރާ. ހުލަގުން ބޭނުންވާގޮތައް ތިބާގެ “ވަގުތު” ސިޔާސީ މަކަރުވެރިންނައް ނުވިކާ ﷲގެ މަގުގައި އެވަގުތު ހޭދަކުރައްވާ.

    74
    4
  8. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ💔

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ💔

    65
  9. ސައިއްޓޭ

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ💔

    54
  10. އަހަންމާކަލޯ

    މިހާ ދައުލަތުގެ ދަރަނި ބޮޑުވެފަ އޮތްވާ މިހާގިނަ މީހުން ނިޔާވާތީ ވަރަށް ކަންބޮޑުވެއެވެ. އެހެނީ ބޮލަކަށް ޖެހޭ ދަރަނީގެ އަދަދު މަތިވާތީއެވެ. اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ 

    19
    16
  11. ލޮލ

    މިކަމުގަ މައިންބަފައިންގެ އިހުމާލެއް ނެތީބާ ހަމަ... ދަރި އެކަނިގޮސް މޫދަށް ފުންމާލާއިރުވެސް ނޭނގޭނީ ބަލާލެއް ރަގަޅު ކަމުން..

    26
    6
  12. ކީކީ

    މޫދަށް ވއޓިގެން މަރުވީމަ ސަރުކާރަކާ ކީކީ؟

    25
    4
  13. ބަކުރު

    ސޯލިހުޒިންމާނަގަންޖެހޭ މިސަރުކާރުއައީ ޔާމީނުގެބޮލަށް މަރު އަޅުވައިގެން .

    27
    12
  14. މަބި

    😭

    21
    1
  15. Thoddoo

    Thoddoo police station 😭😭😭😭😭😭😭😭👮👮👮👮👮👮👮👮👮👮😷😷😷😷😷👮👮😢😢😢😢😢

    3
    7
  16. އަރީ

    ވަރައްދެރަވެއްޖެ. އާއިލާއަށް މާތްﷲ ކެއްތެރިކަން މިންވަރު ކުރައްވަވާށި. އާމީން

    22
  17. Anonymous

    انا لله وانا اليه راجعون!
    އެ ތުއްތުކުއްޖާ އަކީ ސުވަރުގެވަންތަވެރިއެއް ކަމުގައި ލައްވަވާންދޭވެ!

    27
  18. ދެން ދޯ!

    އއއާނ ދެން ފަހެ މީހަކު ބަނޑެ ހިކިލިޔަސް ބޭރަށް ހިންގިޔަސް އިބޫ ނޫނީ ޔާމީން.. ދިވެހިން ގެ ވިސްނުން މިޔަށްވުރެ ތަރައްގީ ވާނެބާ؟

    8
    1
  19. ..

    ހާދަ ދެރަކަމެކޭ.
    ބޮޑުމީހެއް ނަމަވެސްދޯ.