ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ފަސް މެންބަރަކު އައްޔަނު ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހް ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަނުކުރައްވާފައިވަނީ އއ. މަތިވެރި ވެސްޓްބީޗު އަލްއުސްތާޛް މުހައްމަދު މުނައްވަރު ޢަލީއާއި، ގ.ގޮފި އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތާއި، މ. ފާމްދޭރިގެ ހުސައިން ޒައިދާން ޖަލީލާއި، މއ. ވިލާރޮދި އިސްމާޢީލް ސާޖިދާއި، ދަފްތަރު ނަންބަރު ރސ 7883 އަލްއުސްތާޛު އަޙްމަދު އަޝްރަފެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވައިލައްވާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އަދި، އެއީ އެ ޓްރައިބިއުނަލްގައި އޭރު ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ މަޤާމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވުމާއުު ގުޅިގެންނެވެ.

ރައީސް ސާލިހް ޓެކްސް އެޕީލް ޓައިބިއުނަލްއަށް މި ފަސް މެންބަރުން އައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ފަސް ބޭފުޅުންނަށް ރުހުން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގެރިމަސް

    ޖަނަވާރުތައް އަނެއްކާ އަނެއް ޓެކްސް ނަގަން ތައްޔާރުވަނީދޯ

    1
    1
    • ބަކަރިމަސް

      ޕިސް ޕިސް. ސާބަސް އިނގޭ ހަމަ. ޓެކްސް ނަގަން ގާނޫނު ހަދާނީ ރައްޔިތުންގެ މަޖިލީހުން. ޓެކްސް އެޕީލް ޓްރައިބިއުނަލް އާއި ބެހޭ ގޮތުން އެކައްޗެއްވެސް ނޭނގި ހުރެ ކޮމެންޓް ކުރުމުން އެހެން މީހުންނަށް ލިބޭނީ ދޮގު މައުލޫމާތު. ތިޔަ ކުރެވެނީ ފާފަ އެއް. އެއްޗެއް އިނގިގެން ކޮމެންޓް ކޮށްބަލަ....