އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ކިޔަވަމުންދާ ދަރިންނާއި މެދު ބޭއިންސާފުން ކަންތައް ކުރަމުންދާ ކަމާއި، އެކަމަށް އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ދެއްވައިފިއެވެ.

އޭއޭއޭ އަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށް، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ދަށުން އޮޕަރޭޝަންސް ރެގިއުލޭތް ކުރާ އެކަޑަމީއެކެވެ.

އައްޑޫ ފްލައިންގ ސްކޫލުން ދަރިވަރިންނާއި މެދު ކަންތައް ކުރާގޮތުން، ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެތަނުގައި ދި،މާވެފައިވާ ގިނަ މައްސަލަތައް ހައްލު ނުވެ ދިގުލައިގެން ގޮސް، އެންމެ ފަހުން އެތަނުގައި ކިޔަވަމުންދާ ދަރިވަރުން ވަކިކުރާ މައްސަލަވެސް އޮތީ ހޫނުވެފައެވެ.

އަދި އެ އެތަނުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލައިގެން ދާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. އަދި ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިންނާއި އެ އެކަޑަމީގެ ސޫޓެންޑްޓް ޔޫނިއަން އިން އެ މައްސަލަ ފެންމަތިކޮށްފައި ވެއެވެ. އަދި އެކަމާއި ގުޅޭ ޕެޓިޝަނެއް ކަމައި ބެހޭ މުވައްސަސާތަކަށް ފޮނުވިއެވެ.

މި މައްސަލަތައް ދިގުލައިގެން ގޮސް، އެތަނުގައި ކިޔަވަމުންދާ ދަރިވަރުން ނުރުހުން ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައި މިނިސްޓަރ ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏އައްޑޫގައި ގާއިމް ކޮށްފައިވާ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.

"‏ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ވާާހަކަ ދަންނަވަން". މިނިސްޓަރުގެ ޓްވީޓްގައި ވެއެވެ.

އައްޑޫ ފްލައިިންގ ސްކޫލްގައި ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން އެތަނާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރާނިޔާ

    ކަމަނާ ފިރިކަލުން ހިންގާ ލާ އިންސާނި އްޔަތު އަމަލުތަ އް ދެކިބަލާ. އެންމެ ފުރަތމަ ކޮވިޑް އާއ އި ހެދި މުސާރަކުޑަކުރީކާކު؟ މިހާރު އެންމެ ގެސްޓުން ގިނަ އީ ފިރިކަލުން ގެ ރިސޯޓް ތަކުގަ އަދިވެސް ހަމަ މުސާރަ ނުދޭ. ބޭރުމީހުންނަށް ދެމަހު މުސާރަނުދޭ. ގަވާ އިދާ ހިލާފަށް ރިސޯޓް ތަކުގަ ކިތަ އް އިމާރާތް އަޅާފި. ރިސޯޓްގަ ރިހާކުރު ކެ އްކޭބާ؟؟ ފިރިކަލުން އެކަންވެސް ކުރޭ އެބަ. ފިޔަވަޅު އަޅާ މިކަންތަ އްތަކަށް ސްޓަރފުންނަށްޓަކަ އި

    29
    4
  2. ހުސޭނުބޭ

    ދަތްއަޅާނެ ކުއްތާއެއް ވައްވައްޖަހާކަށް ނޯންނާނެ!

    27
    1
  3. އުނގުޅޭ

    ނަހުލާ ފިޔަވަޅުއަޅަންވީނު ގާސިމު ފައިގެ ހިޔަނީގަ .

    25
    2
  4. އަލީ

    މިތާ ކޮމެންޓް މިކުރާ ތަންދޮރު ނޭނގޭ ގަމާރުންނާއި ހެދީ މީހަކަށް ރަނގަޅު ނިޔަތެއްގަ އެއްޗެއް ބުނެވޭކަށްވެސް ނޯވޭ. ސުރުހީގަ އޮތް ވާހަކަޔާ ކޮމެންޓްތަކާ ދިމާނުވީމަ ބުނެވޭނީ ބޯބުރާނތިންނޭ

    6
    6
    • ކަލޭ

      ކަލޭ ތި ކުރި ކޮމަންޱް ވަރަށް ސަޅި😂😂😂