ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އާންމުން ސުވާލު ކުރުމުގެ ޕްރޮގްރާމެއް އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

"އާސްކް ސްޕީކާ" ގެ ނަމުގައި ބާއްވާ ދެވަނަ ޕްރޮގްރާމް ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ރޭ 9:00 ގައެވެ. އެ ޕްރޮގްރާމް ކުރިއަށް ދާނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ސްޓޫޑިއޯގައެވެ. ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި މަޖިލީހުގެ މީސް މީޑިއާ އެކައުންޓްތަކުން އެ ޕްރޮގްރާމް ވަގުތުން ދުރަށް ދައްކާނެއެވެ.

ފޯނު މެދުވެރިކޮށާއި ޕްރޮގްރާމުގައި ވީޑިއޯ ކޮންފެރެންސްކޮށް ރައީސް ނަޝީދުއާ ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން 7234566 އަށް އެ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޮނުވުމަށް މަޖިލީހުގެ އިދާރާއިން އެދެއެވެ. ފޮނުވާ މެސެޖްގައި ސުވާލާ އެކީ އެ ފަރާތުގެ ނަން ހިމެނުމަށް އެދެއެވެ.

މީގެ އިތުރުން މީސް މީޑިއާގައި #އާސްކްސްޕީކާ ހޭޝްޓެގް ޖެއްސުމަށް ފަހު ސުވާލު ޕޯސްޓް ކޮށްގެން ވެސް ސުވާލު ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

މިއީ މަޖިލީހުގެ ރައީސަކު އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތު ހުޅުވާލައި ޕްރޮގްރާމް ބާއްވާ ފުރަތަމަ މަޖިލީހެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މީގެ ފުރަތަމަ ޕްރޮގްރާމް ބޭއްވިއެވެ. މީގެ ދެވަނަ ޕްރޮގްރާމެއް މި ބާއްވަނީ އޭގެ އަހަރު ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ށ

    ސުވާލުކޮށްލަބަލަ ޑެންމާކުގަ ހުރެ ޖެޒުއިޓްސް ރާއްޖެއައސް ކްރިސްޓިއަންދީން ފަތުރަން ގޮވާލީ ކީއްވެތޯ.

    24
  2. ހުސޭނުބޭ

    ފުރަތަމަ ސުވާލު
    ރަލުގެ ޙުކުމަކީ ކޮބައި؟

    23
  3. ކެކެ

    މަ އަހާލަން ބޭނުންވަނީ ދުނިޔޭގަ ތިއުޅެނީ ކީއްކުރަންތޯ؟؟

    21
    • ޚަދީޖާ

      މީހުން މަގުފުރައްދަން.

  4. ކަނީރު

    ކޮމެންޓްތައްކިޔާލުމުން އެނގެނީ ބައެެްދިވެހިންގެ ސިކުނޑީގެ ތެއްކަން ހުރިމިންވަރު.

    2
    9
  5. ރައްޔިތުމީހުން

    ސުވާލު ކުރިން ފޮނުވަންޖެހެންޔާ ކަޑަ.. ނިކަން ލައިވްކޮން ކޮންމެ މީހަކު ގުޅިއަސް ޖަވާބުދޭގޮތައް ހަދާ..

    ތީގަ ދެން ރެޖިސްޓްރީ ވެފަ ތިބޭނީ ހުސް ބޮނޑިބަތް ކޭ ގްރޫޕް އެކަނި..

    16
  6. އެމަންޖެ

    މީނާ މިގައުމުން ބޭރުކުރަން ރައްޔިތުން ކިބައިން ވޯޓަކައް އެހިއްޔާ މާރަނގަޅު ވާނެ ، މީނަޔާ ސުވާލު ކުރުމެކޭ މޯދީމެން އަޅުކަން ކުރާ ގެރިޔަކާ ސުވާލުކުރުމެކޭ އެކައްޗެއް.

    17
    1
  7. ސާ

    ސުވާލު ކުރާވަރުގެ މީހެއްނަމައެއްނު ތިމީހާއާ ސުވާލުކުރާނީވެސް

    16
  8. ރާބެ

    އއ އެއއއ އީ ކި އެއ އްކުރަންތަ އޭނަޔާ ސުވާލުކުރަނީ؟.. އެ އީ ކި އެ އްކުރާ މީހެ އް؟..

    10
  9. ޕީޖޭ

    ދިވެހިރާއްޖޭގައި ބަނގުރާ އަދި ގަންޖާ އާއްމުކޮށް ލިބޭނީ ކޮން ތާރީހެއްގައިތޯ؟؟
    ދިވެހިރާއްޖޭގައި ބޭނުން ދީނަކަށް އުޅުމުގެ ފުރުސަތު ލިބޭނީ ކޮންދުވަހަކުތޯ؟؟
    އިސްލާމްދީނާއި ދުރަށް ދިވެހިން ގެންދަން ކުރެވުނީ ކިހާ މަސައްކަތެއްތޯ؟؟
    އިސްރާއީލާއި މެދު އޮންނަ ސިއްރު ގުޅުން މީޑިޔާ ނުރަނީ ކީއްވެތޯ؟؟ އިސްރާއީލް ގަބޫލު ނުކުރަނީތޯ؟

  10. ހަބީބު

    އިސްލާމް ދީނުގަ ކިތައް ރުކުން އޮވޭ؟

  11. މަރޭ

    ރަގަޅުވާނީ އެއްވެސް ސުވާލޭއްނުކުރުން. ސުވާލޭއްކޮށްފިއްޔާލިބޭނީ މޮޔަޖަވާބެއް.

  12. ޑެންމާކްސުވާލް

    ތިޔަ މަންޑޭލާގެ ތާކިހާ އަޅައިގެން ބާރްލިބުނީމާ ބަދަލް އަންސަންސޫކީގެ ސުޓައިލް ގެންގުޅޭ މީހާޔާ ސުވާލް ކުރާނީވެސް އޭނާޔައްވުރެ އެއްދަރަޖް މަތީގައި ތިބޭ ބަޔެއް