އިންޑިއާގެ ސީޕްލޭން ހިދުމަތް ފެށުމަށްޓަކައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ދިޔަ މޯލްޑިވިއަންގެ ކްރޫން އެނބުރި ރާއްޖެ އަށް މިއަދު އަތުވެއްޖެއެވެ.

މޯލްޑިވިއަނުން ކުރި ޓުވީޓެއްގައި ވިދާޅުވީ ސްޕައިސް ޖެޓުން އެގައުމުގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ އަށް ދިޔަ މޯލްޑިވިއަންގެ ދިވެހި ކްރޫ މެމްބަރުން މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ. މޯލްޑިވިއަނުން ވަނީ އެ ކްރޫންނަށް މަރުހަބާ ދަންނަވައިފައެވެ.

ރާއްޖޭގެ އެހީތެރިކަމާއެކު އިންޑިއާގައި އަލަށް ފެށި ސީ ޕްލޭންގެ ހިދުމަތް ފައްޓަވައި ދެއްވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއެވެ. އިންޑިއާގެ ކެވެދިއާ އާއި އަހްމެދަބާދް އަދި ގުޖްރާތާއި ދެމެދުގައި ސީޕްލޭންގެ ހިދުމަތް ސްޕައިސް ޖެޓުން ފޯރުކޮށްދޭ ހިދުމަތެކެވެ.

މި މަޝްރޫއުގައި އިންޑިއާ އިން ފުރަތަމަ ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ މޯލްޑިވިއަންގެ ޑީއެޗްސީ-6 މަރުކާގެ ސީޕްލޭން އެކެވެ. އިންޑިއާގައި މި މަޝްރޫއު ފަށާފައި ވަނީ، އެ ގައުމުން ފާހަގަކުރާ "ސަރްދާރް ވައްލާބްބާހީ ޕަޓޭލް" އަހަރީ ދުވަހާއި ދިމާކޮށެވެ.

މި ތިން އަވަށުގެ ދެމެދުގައި ދުވާލަކު އަށް ސީޕްލޭން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ދަތުރެއްގައިވެސް ޖާގަ ލިބޭނީ 14 ދަތުރުވެރިންނަށެވެ.

މި ދަތުރުތައް ކުރާ ފަރާތްތަކަށް ދޫކުރާ ޓިކެޓުގެ އަގަކީ 4،800 އިންޑިއާ ރުޕީސްއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ށ

    އެހެންވީމަ ބޯޓު ބާއްވާފަ ހުސްއަތާދޯ އެއައީ.

    25
    1
  2. ހުސޭނުބޭ

    ކޯސްޓްގާޑު ހިލޭ މަރާމާތުކޮށްދިނީމަ ހަދިޔާއަކަށް ބޯޓްދިނީ

  3. ކާފަބޭ2020

    ވެރިކަންދިފާ އުކުރެވޭނީ އެޅިހާބަތަކަށް ރިހަ ހެޔޮވަރުވެގެން މިހާރުމި އޮތީ ތުންމަޅި އަޅުވާފަ ވާގަނޑަށްވާންވިވަރަކަށް ޖެހޭނީބޯގުދުކުރަން ނޫނީ ސޯޓުބޭލިދާނެ!

    2
    1
  4. ބުއްޅަބޭ

    މިހާބައިވަރު ހުނަރުވެރިން ތިބި ގައުމެއްގައި އިންޑިއާއިން ރާއްޖެއަށް "ހަދިޔާ" ކުރި ހެލިކޮޕްޓަރ ދުއްވަން އިނގޭވަރު ބަޔަކޔނެތް ؟