އުމުރުން 18 އަހަރު ނުވަނީސް ކުޑަކުއްޖަކު ކުރާ އެއްވެސް ކުށަކަށް މަރުގެ އަދަބު ދިނުން ރާއްޖޭގައި މަނާކުރަން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އިޞްލާޙު ހުށަހަޅައިފިއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޖީހާން ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ. އެއިސްލާހުތަކުގެ ފުރަތަމަ ކިޔުން މިދިޔަ ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައެވެ.

ޖީހާން ހުށަހެޅި އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 74 ވަނަ މާއްދާގެ ދަށަށް އިތުރު މާއްދާއެއް އިތުރު ކުރުމަށެވެ. އެމާއްދާގެ (01) ވަނަ ނަމްބަރުގެ ދަށަށް ތިން އަކުރެއް އިތުރު ކުރަންށެވެ. އެގޮތުން އިތުރު ކުރާ ފުރަތަމަ އަކުރުގައި ބުނަނީ ކުޑަކުދިންގެ މައްޗަށް ހިންގޭ ޝަރީޢަތްތަކުގައި ކުށް ސާބިތުވާ ޙާލަތުގައި އަދަބު ކަނޑައަޅާނެ ގޮތް، ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށެވެ.

އަދި ދެވަނަ އަކުރުގައި ބުނަނީ ޢުމުރުން 18 އަހަރު ވުމަށްފަހުގައިވެސް ޢުމުރުން 18 އަހަރު ފުރުމުގެ ކުރިން، ކުއްޖަކު ކޮށްފައިވާކަމަކަށް ޝަރީޢަތަށް ސާބިތުވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެ ކަމަށެވެ. ތިން ވަނަ އަކުރުގައި ބުނަނީ އެއްވެސް ޤާނޫނެއްގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް، ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ޙާލަތުގައި އެކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރު ބައިކުޅަ ތިންބަޔަށްވުރެ ބޮޑު ނޫން އަދަބަކަށް ބަދަލުކުރަންވާނެއެވެ.

އެހެންކަމުން އުމުރު ދުވަހަށް ޖަލަށްލުމުގެ ޙުކުމް ކަމަށްވާ 25 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ވެސް ކުޑަކުއްޖަކަށް ނާންނާނެއެވެ. ކުޑަކުއްޖެއްގެ މައްޗަށް އަންނާނީ 18 އަހަރު ދުވަހުގެ ޖަލު ޙުކުމެކެވެ.

މަރުގެ ޙުކުމް ރާއްޖޭގައި ތަންފީޒު ކުރަމުން ނުގެންދިޔަ ނަމަވެސް މަރުގެ ޙުކުމް ތަންފީޒު ކުރަން މިހާރު ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯވެއެވެ. ނަމަވެސް މަރުގެ ޙުކުމް ތަންފީޒު ނުކުރާނެ ކަމަށް ރައީސް ޞާލިހްގެ ސަރުކާރުން ވަނީ މީގެ ކުރިން ބައިނަލްއަޤުވާމީ އެކި ބައްދަލުވުންތަކުގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސސ

    ޢިސްލާމީ ޝަރީޢަތުގައި ބާލިޢުވެ ބުއްދި ސަލާމަތުން ހުރެއްފިނަމަ އެއީ މުކައްލަފެއް ހުރިހާ މަސްޢޫލިއްޔަތެއް އުފުލަންޖެހޭ މީހެއް، ދެންހަމަ ކުޑަކުދިންގެ ޢުމުރަކީ 25 އަހަރޭ 30 އަހަރޭ 35 އަހަރޭ 40 އަހަރޭ ވެސް ބުނަންވީ ނުންތޯ ؟

    58
    1
  2. ދުންތަރި

    ކަމަނާއަށް މީއިސްލާމީ ދައުލަތެއްކަން އެނގޭބާ؟ މިޤައުމުގަ ހިނގާނީ އިސްލާމީ ޝަރީޢަތްކަން ނޭނގޭތަ؟ ކަމަނާއަށް އިސްލާމީ ޝަރިޢަތުގެ ކުނޑިފަށެއްވެސް އެނގޭބާ؟ ސަފާރީ ރޭޕްކޭސް ބޮނޑުނަގުލައްވެ އެންމެފަހުން އެވާހަކަ ދެއްކި މީހުން ކުށްވެރިވި ގޮތަށް މިޤައުމުގެ ޝަރުޢީ ނިޒާމުވެސް ބަދަލްކުރަންތަ ތި ބޭނުންވަނީ؟ އިސްލާމީ ޝަރީޢަތުގަ ހައްދު ކަނޑައެޅިފަވާ ޢުމުރު ނޭނގެންޠަ ނޭނގެންޔާ އެނގޭމީހުންގާތު އަހަންވީނު؟ މަމީ ހުރިހާކަމެއް އެނގޭމީހަކަށްވެގަނެގެން މާމޮޅުވެގެން މަޖިލީހުގެ ފުމި އެރުވިއަކަސް ތިޔައީ ކަމެއްދަންނަ މީހެއްނޫންކަން އެބައެނގޭ ތިޔައީ ލާދީނީ މުޖުރިމުން

    24
    1
  3. ބަކުރުބެ

    ފުރަތަމަ ކަމަކަށް ތިޔަގާނޫނުގަ ލިޔެބަލަ ތިމާގެފިރިމީހާ އެހެން އަންހެނަކު ރޭޕްކޮށްފިނަމަ ހަދާނެގޮތުގެ ވާހަކަ !

    30
  4. ައަހުމަދު

    ކުޑަކުދިންނެއް މީހުންމަރަމުން ނުދުވާނެ މޮޔަވަހަކަ ނުދައްކާ. ތިސިޔާސީ މިހުންނަކާއިހުރެ މިޤައުމު ހަލާކުވަމުން މިދަނީ.

    29
  5. ލޮލް

    17 އަހަރުގެ ސޮރަކު ކޮއްޕާލާ ވަޅި މީހެއްގެ ގަޔަށް ވަންނާނެތޯ؟ ވަދެއްޖެއްޔާ މަރުވާނެތޯ؟ އޭނާ އަކީ ދީނުގައި މުކައްލަފެއްތޯ؟ ބާލިޢުވެފައި ހުރި ފިރިހެނަކު ކުރާ ކުށުގެ ޒިންމާއިން ބަރީއަވެވޭނެތޯ؟ ފާފާވެރިވާނެތޯ؟ އަދަބު ކަނޑައެޅުމުގެ މަންހަޖަކީ ކޮބައިތޯ؟ މަރުވި މީހާގެ އާއިލާއަށް ދިޔަ ލިބޭތޯ؟

  6. ހަޖަމް

    ލާދީނީ މީހުން މަޖިލިހަށް ހޮވީމަ ވާނީ މިހެން. ކުފޫހަމަނުވާ ޖާހިލުން މަޖިލިހަށް ނެރުނީމަ ވާނީމިހެން.

  7. ޖީއްކޮގެ ބަފާ

    އައުރަ ނިވާ ކުރޭ ޕްލީޒް.

  8. އެލެކުސް މައިކާލޯ

    ރޮޔަލްރޭޕްތަ؟

  9. Anonymous

    ﷲ ގެ ޝަރީއަތުގައި، މުކައްލަފަކަށްވަނީ ދިވެހިރާއްޖޭގެ ގާނޫނުގައި އޮންނަ އުމުރާއެއްގޮތަކަށްނޫން. ﷲ ގެ ޝަރީއަތަށް ކަލޭ ގޮންޖަހަމުން ތިދަނީ ބިރެއްނެތި. އެކަމުގެ ސަބަބުން ލިބޭނީ ގެއްލުން. ﷲ އަށް އުރެދޭ އަޅުންނަކީ ނިކަމެތި ބައެއް. އެމީހުން އެނުބައި ޖާހިލު ނުކިއްސަރު އަމަލުގެ ސަބަބުން ލިބޭގެއްލުން އެމުޖުތަމައުގެ އެންމެން ތަހައްމަލް ކުރާނެ. އުމުރާ ގުޅުވައިގެން، މިފަދަ ނުބައި ކަންކަން ކޮށްފިނަމަ އެމީހުން ބޭނުންކޮށް ނުބައި އަމަލުތައް ހިންގުމަށް މަގުފަހިކޮށްދޭނެ. އިންސާނާ ހެއްދެވި އިލާހުގެ ހުކުމާ ދެކޮޅު ނުހަދާތި. ކަލޭ އަމިއްލަ ގައުމެއް ހަދައިގެން ކަލޭ ތިގެންނަންއުޅޭ ޝައިޠާނީ ގޮތްގަނޑު ގެނޭ. މިގައުމުގައި ތިކަހަލަ ޖާހިލު އިންސާނީ މުޖުތަމައު ހަލާކު ކުރުމަށް މަސައްކަތް ނުކުރޭ.

  10. ކޮރަލް

    އިސްލާމީޝަރީއަތުގަ ހައްދު ކަނޑަ އަޅާފަ އޮތް ހުކުމެއް ބަދަލު ކޮށްފިނަމަ ގިޔާމަތް ދުވަހު ޖަވާބު ދާރީވާން ޖެހޭނެ އެވެ. ދުނިޔެ އަކީ ވަގުތީ ތަނެކެވެ. ދީނީ އިލްމު ވެރީން މަޖްލިސް ހުރިހާ މެމްބަރުންނަށް ދައުވަތުދޭން ވީ އެވެ. އިލްމް ވެރީންގެ މަސްއޫލިއްޔަތު ބޮޑެވެ. މިޒަމާނުގަ މީހަކާ ބައްދަލު ނުކުރިއަސް ބުނަން ބޭނުންވާ ވާހަކަ އެއް ބުނެވޭނެ އެވެ.

  11. ފައްލަންބޭ

    ކޮބައިތޯ؟ ރޯޔަލް ރޭޕް ކޭސް ކަންތައް؟؟

  12. ހޫދު

    ތިތަނަހޮވީމަ ދެއްކޭނުދެއްކޭ ވާހަކަ އިގޭތަ؟އެހެންވީމަ ބުނެވެނީ އައިރުމުސްލިމުންގެ ފިކުރޭ ގެންގުޅެނީ....