(އައްޑޫ ސިޓީ، ހިތަދޫ) ހުވަދޫ އަތޮޅާއި އައްޑޫ އަތޮޅާ ދެމެދުގައި ތަރައްގީ ހައްގުވާ މިންވަރުގެ ރޭހެއްގައި ތިބިނަމަ މިހާރު ވެސް ކުރީގައި ތިބީ ރާއްޖޭގެ ދެ ވަނައަށް އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމުގައިވާ އައްޑު ސިޓީ ކަމަށް އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވެއްޖެއެވެ.

ހުވަދޫ އަތޮޅާއި އައްޑޫ އަތޮޅަކީ ވެސް ގުދުރަތީ ވަސީލަތްތަކާއި އާބާދީގެ ނިސްބަތަށް ބަލާއިރު މުއްސަނދި ދެ އަތޮޅެކެވެ. އެކަމަކު ޖިއޮގްރަފީ ގޮތުން ތަފާތު ދެ އަތޮޅެކެވެ. އެހެން ވިޔަސް ޖިއޮގްރަފީ ގޮތުން ދެ އަތޮޅު ވެސް އޮތީ އިގްތިސާދީ މަންފާތަކެއް ލިބޭނެ ސަރަހައްދެއްގައެވެ.

މި ދެ އަތޮޅަށް ވެސް ކޮންމެ އިންތިހާބަކާ ދިމާކޮށް ދެ އަތޮޅުގެ މުހިއްމުކަން ފާހަގަކޮށް ސިޔާސީ ލީޑަރުން ވަރަށް ގިނަ ވައުދުވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވެރިކަމަށް ވަޑައިގަތީ ދެ އަތޮޅަށް މުހިއްމު ވައުދުތަކެއް ވެގެނެވެ. އެންމެ ބޮޑު އެއް ވައުދަކީ ހުވަދޫ އަތޮޅު ދެ ބުރީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމު ކުރުމާއި އައްޑޫ ގަމުގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ ވައުދެވެ.

މިއީ އެހެން ސަރުކާރުތަކުން ވެސް އިންތިހާބުތަކާ ދިމާކޮށް ވެފައިވާ ވައުދަކަށްވާއިރު ދެ އަަތޮޅުގެ ރައްޔިތުން އަދިވެސް ތިބީ މި ވައުދުތައް ހަގީގަތަކަށް ވުމުގެ އިންތިޒާރުގައެވެ.

ދިވެހި ރައްޔިތުންގެ ތެރެއިން ބޮޑު އާބާދީއެއް އެތައް ދުވަހެއް ވަން ދެން ތިއްބައި އެ މީހުންގެ މެދުގައި އިތުރު ނުތަނަވަސް ކަމެއް އައިސް ރާއްޖޭގެ ބޮޑު ދެ އަތޮޅެއްގެ ރައްޔިތުންގެ މެދުގައި ހޫނު ބަހުސެއް އުފެދިގެން މި އުޅެނީ މަޖިލީހުގެ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދެއްކެވި ވާހަކައަކާ ގުޅިގެނެވެ. ތިނަދޫ ދެކުނު ދާައިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ އައްޑޫގައި ގުދުރަތީ ވަސީލަތްތައް ނެތް ކަމަށެވެ. އެހެންވެ އައްޑޫ އެއާޕޯޓް ތަރައްގީ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަގުތު" ގެ ނޫސްވެރިންގެ ޓީމު އައްޑޫ ސިޓީގައި ގެންދާ "ހޭރިޔާ" ދަތުރުގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި އައްޑޫ މޭޔަރު ސޯދިގް އެ ކަމުގައި ނޫސްވެރިއަކު ސުވާލު ކުރުމުން މޭޔަރު ވިދާާޅުވީ އެންމެ ޒިންމާދާރު ވިސްނުންމަކީ އަތޮޅުތަކުގެ މެދުގައި ތަފާތުކުރުން ނުގެންގުޅުން ކަމަށެވެ. އަދި އެ އަތޮޅަކަށް ލިބިފައިވާ ވަސީލަތަކުން އެ އަތޮޅަށް ހައްގުވާ ތަރައްގީ ލިބެން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ހުވަދޫ އަތޮޅުގައި ފަސްވަނަ އެއާޕޯޓެއް ކަމަށް މި ބެލެވެނީ އަޅަން އެ އުޅެނީ، ހަމަ އަޅަން ވެސްވީ، އަޅުގަނޑުމެން އެ ވާހަކައެއް ނުދައްކަން، [އެކަމަކު] އަޅުގަނޑުމެންގެ އެންމެން އަތުން ނެގޭ ޓެކްސް އިން ހަރަދު ކޮށްފައި އެ އަތޮޅުގައި އިތުރު އެއާޕޯޓް އެ އަޅަނީ، އަޅުގަނޑުމެންގެ ތެރެއިން މަޖިލީހުގެ މެންބަރަކު ވެސް އެ ވާހަކައެއް ނުދައްކަވާ،" މޭޔަރު ސޯބެ ވިދާޅުވެއެވެ.

މޭޔަރުގެ އެ ޖަވާބަށް ފަހު މެންބަރު ސަނީފްގެ ވާހަކައަށް ކޮންމެ ވެސް ވަރެއްގެ ރައްދެއް ދެއްވިއެވެ. އެ ރައްދު ދެއްވަމުން ވެސް މަސްހަލަތު އިސް ކުރައްވައި އެހެން ވިދާޅުވީ "ކޮންމެހެން ރައްދު" ދޭން ވެގެން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާާޅުވި ގޮތުގައި މެންބަރުގެ ވާހަކަތަކުން ދޭހަވަނީ އައްޑު ސިޓީއާއި ހުވަދޫ އަތޮޅާ ދެމެދު ރޭހެއް އުފެދިފައި އޮތް ކަމެވެ. އެއީ ވިސްނުން ބަހައްޓަވަންވާނެ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ. ހުވަދޫ އަތޮޅަށް ވެސް ހައްގުވާ ތަރައްގީ ލިބެން ޖެހޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. އެކަމަކު ވެސް އެ ގޮތަށް ރޭހެއް އޮތް ކަމަށް ބަލާނަމަ، އެ ރޭހުގައި ކުރީގައި އޮތީ އައްޑޫ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޮންނަން ޖެހޭނީ ވެސް އައްޑޫ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހިނގަމާ މިސާލަކަށް [މެންބަރު ފާހަގަކުރައްވާ ގޮތަށް] ވާދައަކަށް ނުކުންނަން. އަޅުގަނޑަކަށް ނުފެނޭ އެ ރޭހުގައި [އަޅުގަނޑުމެން] ފަހަތުގައި ތިބި ކަމަކަށް. މިހާރު ކުރީގައި މި ވަނީ އަޅުގަނޑުމެން. ރޭހެއް ކަމަށް ބަލަންޏާ އަޅުގަނޑުމެން ކުރީގައި މި ތިބީ، ތިބެން ޖެހޭނީ ވެސް،" މޭޔަރު ސޯބެ ވިދާޅުވިއެވެ.

ތަރައްގީ ހައްގުވާ މިންވަރާއި ވަސީލަތްތައް ހުރި މިންވަރުގެ ރޭހުގައި އައްޑޫ ކުރީގައި އޮންނަ ކަމަށް ސޯބެ ގަބޫލު ކުރައްވާ ސަބުބަތައް ތަފާސް ހިސާބުތަކުންނާއި ހަގީގީ އަސާސްތަކުން ވިދާޅުވިއެވެ. ތާރީހުގައި ހިނގާފައިވާ ކަންކަމަށް އިޝާރާތް ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އިނގިރޭސިން އައިސް އައްޑޫގައި ތިބީ ވަސީލަތްތަކުގެ އިތުރުން ޖިއޮގްރަފީ ގޮތުން އައްޑޫ އޮތް ލޮކޭޝަންގެ މުހިއްމު ކަމުގެ ސަބަބުންނެވެ.

"ދުނިޔޭގެ އެންމެ ބޮޑު އަތޮޅަށް މި އަތޮޅު ނުވެދާނެ. މުޅި ރާއްޖެއަށް ބަލާއިރު ވެސް އެންމެ ކުޑަ އެއް އަތޮޅު. އެކަމަކު ގުޅިފައި ހުރި ބޮޑެތި ރަށްތަކެއް އެބަ ހުރި. ޖިއޮގްރަފިކަލީ މި ތިބީ އީކުއޭޓާ އިން ސައުތުގައި. އެއީ އިރުމަތިންނާއި އޭޝިއާ ބައްރުން އެފްރިކާ ބައްރަށް ދާން އެންމެ މުހިއްމު ލޮކޭޝަން. އެތެރެވަރިއަށް ބަލާއިރު ވަރަށް ރައްކާތެރި. އެ ހުރިހާ ކަމަކަށް ބަލާފައި އިނގިރޭސިން މި ތަނަށް އައިސް ތިބީ." އައްޑޫ މޭޔަރު ސޯބެ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މޭޔަރު ސޯދިގު ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އައްޑޫ އެއާޕޯޓަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއާޕޯޓް ކަން ފާހަގަކުރައްވައި މޭޔަރު ސޯބެ ވިދާޅުވީ އެ އެއާޕޯޓް ތަރައްގީވެ އައްޑޫގެ ރައްޔިތުން ފުދުންތެރިވުމުގެ މަސައްކަތް އައްޑޫގެ ރައްޔިތުން ކުރާނެ ކަމަށެވެ. އައްޑޫ އިން ހަމައެކަނި އެދެނީ ލާމަރުކަޒީ އުސޫލުން ބާރުތައް އައްޑޫގެ ރައްޔިތުންނަށް ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހާސިލް ވާނެ. އުއްމީދު ގެއްލުވައެއް ނުލާނެ، އައްޑޫ އެއާޕޯޓް ވެސް، ދެމެހެއްޓެނިވި ގޮތަކަށް ހިންގަން ބޭނުން ވަނީ ހަތަރު ހާހެއްހާ އެނދު، މިއީ އައްޑޫ ރައްޔިތުން ވަރަށް އެދޭ ކަމެއް، އެ ކަން އައްޑޫ ރައްޔިތުން ކުރަން ވެސް ކުރާނަން،" މޭޔަރު ސޯބެ ވިދާޅުވިއެވެ.

މޭޔަރު ސޯބެ އަނެއްކާ ވެސް އައްޑޫ އަތޮޅާއި ހުވަދޫ އަތޮޅުގެ ވެސް މަސްލަހަތު އިސްކުރައްވައި ވިދާޅުވީ މި ދެ އަތޮޅުގައި ވެސް ދެ އަތޮޅުގެ ރައްޔިތުން އިންތިޒާރު ކުރަމުން ގެންދާ އެތައް މަޝްރޫއެއްވާ ކަމަށެވެ. ތަރައްގީ ނުލިބި ލަސްވަމުންދާތީ ދެ އަތޮޅުގެ ކަންބޮޑުވުން ވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަންބޮޑުވުމުގައި މެންބަރު ސަނީފް ވެސް އެ ވާހަކަ ދެއްކެވީ "ޖަޒުބާތުގައި" ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މަރަދޫ ދާއިރާގެ މެންބަރު އަލީ ފަހުމީ އަހުމަދު ވެސް ވިދާޅުވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އެ ވާހަކަތައް ދެއްކެވީ ހުވަދޫ އަތޮޅު ވެސް ތަރައްގީ ނުކުރެވޭތީ އެ އުދާހުގައި ހުންނަވައިގެން ކަމަށެވެ. މޭޔަރު ސޯބެ ވެސް މެންބަރު ސަނީފްގެ އުދާސްތަކުގެ ވާހަކަ ދެއްކެވީ ކައުންސިލަރު ފަހުމީ އެ ވާހަކަތައް ފާހަގަކުރެއްވުމުންނެވެ. ކައުންސިލަރު ފަހުމީ ވިދާޅުވީ އޭނާގެ އުފަން ރަށް މަރަދޫއަކީ ފުޓުބޯޅަ އޯޑިއަންސް އެންމެ ބޮޑު އެއް ރަށް ކަމުގައިވާއިރު މަރަދޫގައި ފުޓޯބަޅަ ދަނޑެއް ނެތް ކަމަށެވެ.

މަރަދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހުމީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މަރަދޫ މަގުތައް ހެދުމާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާއި އެތައް ކަމެއް ލަސްވެފައިވާ ކަން މެންބަރު ފަހުމީ ފާހަގަކުރެއްވިއެވެ. އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމަކީ މުޅި އައްޑޫ ރައްޔިތުންގެ އުއްމީދަކަށް ވާއިރު އެ ކަން ވެސް ނުވެ އެތައް ސަރުކާރެއް ހިނގައި ދިޔައީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އައްޑޫ ރައްޔިތުން މި ތިބެނީ މި ކަންކަން ވާނެ ކަމުގެ އިންތިޒާރުގައި. އިންތިޒާރުގައި ތިބެ މާޔޫސްވެއްޖެ، މެންބަރު ސަނީފްގެ އުދާސްތައް، ޖަޒުބާތުތައް އަޅުގަނޑަށް ވިސްނޭ، އަޅުގަނޑުމެން މިއިން ކަމެއް ނުވެ އެ މާޔޫސް ކަމުގައި ތިބިއިރު، ހުވަދޫ ރައްޔިތުން ވެސް ގުޅިގެން މަސައްކަތް ކުރަން ވެގެން އިންތިޒާރުގައި ތިބެގެން އެއް ކަމެއް ވެސް ނުވުމުން އެ ރައްޔިތުން ވެސް މާޔޫސް ވާނެ." ކައުންސިލަރު ފަހުމީ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް ޕްރެޒެންޓޭޝަނެއް ދެއްވައިފައެވެ. މި ޕްރެޒެންޓޭޝަންގައި އައްޑޫ ސިޓީގެ މަގުތައް ހެދުމާއި ބްރިޖު އެޅުމާއި ބިން ހިއްކުމާއި ފަތުރުވެރިކަމުގެ ދާއިރާ ފުޅާ ކުރާނެ ގޮތުގެ ޕްލޭން ހިއްސާ ކުރިއެވެ. އަދި ބައެއް މަޝްރޫއުތައް އަންނަ އަހަރު ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސޯދިގު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

55 ކޮމެންޓް

  1. ނައިކް

    ސޯބެ ކަލެއަށް ކުރި ލިބޭނި ކަންނެއްކަމާ ބޮޑާކަމާ ސަރުކާރުގެ ކުންފުނިތަކާ އޮފީސްތަކުން ޕުރޮޖެކްޓްތަކަށް އައްޑޫއަށް ގެންދާ ވެހިކަލްފަދަ އަގު ބޮޑެތިތަކެތި ވެރިކޮށް އައްޑޫއިން ބޭލިޔަ ނުދީ ހިފަހައްޓައިގެން.. އެހެންކަމަކުން ކުރިއެއް ނުލިބޭނެ.. މުޅި ދިވެހިރައްޔިތުން ވެސް އެންމެ ރުޅިއަރާ ނަފުރަތުކުރާ މީހުން ތިޔައީ

    72
    11
    • ޖުހާ

      ސޯޓުބޭ ބޮޑު އަބުރަންވީނުންދޯ

      9
      3
  2. ފަސާދަ

    ނިކިޔަވައި ހުރި މަޖިލިސް މެމްބަރަކާއި ކިޔަވައިގެން ހުރި މޭޔަރެއްގެ ތަފާތު މިލިއުމުން އެބަ އިނގޭ.
    ނުކިޔަވައި ތިބޭމީހުން ދައްކާނީ ބަޔަކު ސައިމޭޒުގައި ހަލުވާ ވާހަކައެއް. އެއިގެ ކުޑަބޮޑު އަދި ފުންމިންނޭގި.

    42
    42
    • ޙާމް

      ޢޯކޭ ކިޔަވައިގެން ހުރި މޭޔަރު ގެ ދެވަނަ ދައުރު ކަންނޭގެ ނިމިގެންދަނީ. ކޮބައިތޯ ތިބުނާ ކިޔަވައިގެން ހުރި މޭޔަފު އައްޑޫ ސިޓީގެ ރައްޔަތުންނަށް ކޮށްދިން ކަމަކީ. މާލެއަށް ވުރެ ކުށް ކުރުން ގިނަ. ޢެކްސިޑެންޓްތައް ގިނަ. ޙަމަނުޖެހުން އެންމެ ބޮޑު އަތޮޅު ރާއްޖޭގައޮތް. ދެން މިހެން ބުނީމަ ރައްދުދީ ތީއީ އެނާގެ ޒިއްމާއެއް ނޫނޭ. މިއޮތީ އޭގެ ޖަވާބު. މުޖުތަމައުއެއްގައި އުޅޭ ރައްޔަތުންގެ އެކުވެރިކަމާއި ހަމަޖެހުމާއި އަމަން އަމާންކަން ބިނާވަނީ އެތަނެއް ހިންގަން ހަވާލުވެގެން ތިބޭ ވެރިންގެ ޤާބިލު ކަމުގެ މަށްޗަށް. ދެން ބުނޭ ތިއީ ފުލުހުންގެ ޒިންމާއެކޭ. ފުލުހުންގެ ޒިންމާވެސް އޮވޭ އެކަމަކު އެކުލުންތެރި ރައްޔިޔެއް ބިނާކުރެވޭނީ ސ.ކައުންސިލްފަދަ ބަޔަކަށް. އެކަމެެއްނެތް ތިޔަ މޮޅަށް ކިޔަވައިގެން ހުރި ފޯނުއެނދުރުގެ ކިބަޔަކު. ޥ.ސަލާމް

  3. ނައިބު ތުއްތު

    އެއްމެ ފަޅުގެތައް ގިނަ ކަމުން ކުރި ލިބިފައިތިތިބީ

    60
    8
  4. ޑެރަވެއްޖެ

    ތި އީ ހުވަފެނެ އް ކުރީގާ އި އޮތީ ހުވަދު އަތޮޅު

    72
    15
  5. އައްޑުބެއްޔާ

    ޤުދްރަތީ ވަސީލަތްތަކާއި މުއްސަނދިކަން ބޮޑުކަމުންދޯ ދިހަ ބާރަ އަހަރު މޭޔަރުކަން ކުރާއިރުވެސް ކުރިއެރުމެއް ނުލިބިގެން މިދަނީ. ކުރާއެއްކަމެއްވެސް ނެތް. މުޅިންވެސް ފޮނިވާހަކަ.

    46
    2
  6. ރަދީފް

    ސަނީފް ޖެހޭނީ މުޑިކާށި ހޮވަން ދާން.ސާބަހޭ ސޯބެ.

    28
    57
    • ޖުހާ

      އެކޮ އެ ހިނގާ ބަލަމާ ކާކުތޯ މުޑި ހޮވަނީ މިފަހަރު...

      18
      2
      • މުޑި

        މުޑި މިހާރު ވެސް ހޮވާ އި ވި އްކަނީ ސޯބޭ . އަދި އަ އްޑޫ މީހުން

        6
        1
  7. ހުވަދޫދަރިއެއް

    ހުވަދޫ އަކީ 32000 މީހުން އަބާދީއެއް އޮތް ގުދަރަތީ މުއްސަދިކަން އޮތް އަތޮޅެއް ، ހުވަދޫގައި އިންވެސްޓަރ ފައިނޭންސް އުސޫލުން ހަރުދުކޮށްގެން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ހުވަދޫ ރައްޔިތުންގެ އުއްމީދު ފުޑާލުމަށް ނުފޫޒްގަދަ ބައެއްފަރާތަކުން ހުރަސްއަޅާތީ ހިތާމަކުރަން . ސޯބެ ޓެކްސް ފައިސާގެ ވާހަކަ ދައްކާއިރު މިޕްރޮޖެކްޓަކީ ސަރުކާރުން އެންމެފައިސާއެއް ހަރުދުނޮކޮށް އެތައް ފައިސާއެއް ދައުލަތައް ލިބިގެންދާކަމެއް . އައްޑޫގައި އެއަރޕޯޓެއް އޮތުމަކީ ހުވަދޫ ރައްޔިތުންނަށް ލިބެންޖެހޭ ކުރިއެރުމަށް ހުރަސް އެޅުމެއްނޫން . ހުވަދޫގައި ކުރިއަރަމުންދާ ޓުއަރިޒަމް އިތުރުން މަސްވެރިކަމުންވެސް ރާއްޖޭގެ އެންމެކުރީގައި އޮތީ ހުވަދޫ ، ހުވަދޫ މަސްވެރިންބާނާ މަސް އެކިގައުމުތަކަށް ބޭރުކުރެވެން އޮތީވެސް ހުވަދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮވެގެން . ހުވަދޫ ރައްޔިތުންވެސް އެދެނީ އައްޑޫ އައްވެސް ކުރިއެރުން ލިބުން ، ސަނީފް މަޖްލީހުޖައިދެއްކެވީ ހަގީގަތް ކަމަށް ސޯބެ ގަބޫލުކުރާނަމަ މިކަމަށް ހުރަސްނާޅާ ދައުލަތައް އެތައްމިލިން ރުފިޔާއެއް ލިބިގެންދާ ހުވަދޫގެ ރައްޔިތުން އުއްމީދު ފުޑާލުމަށް މަސައްކަތްނުކުރުމަށް ނުފޫޒްގަދަ ފަރާތަކަން ގޮވާލަން

    37
    2
    • އަކްމެޑް

      ރެޖިސްޓްރީގަ އޮތީ. އުޅެނީ 10 މީހުން

      4
      7
  8. އައްޑޫ / ހަސަންބެ

    ހުވަދޫ އާއި ވާދަކުރަންބޭނުންނަމަ ހުވަދޫއަށް އަންނަ ޕްރޮޖެކްޓްތައް ހުއްޓުވަން ސޯބެއާއި ، ސޯބެގެ ޓީމުން މަސައްކަތް ނުކުރާނެ ...

    32
    2
  9. ބެއްޔާ / ފޭދޫ

    ސަނީފް މަޖްލީހުގައި ދެއްކެވީ ހަގީގަތް ، އައްޑޫ މީހުންގަބޫލު ކުރިޔަސް ނުކުރިޔަސް . ހުވަދޫގެ ކުރިމަގު މާއުޖާލާ ..

    39
    8
  10. ދޮންވެލި

    އައްޑޫ ރައްޔިތުންނައް އެއްމެފައިދާ ގޮތަގީ ހުވަދޫގެ ރިސޯސް ބޭނުން ކުރުމުގެ ވިސްނުން ދޫކޮށް . އައްޑޫ އެއަރޕޯޓް ހިންގޭނެ އެހެން މޮޑެލް އެއް ހޯދުން ... ހުވަދޫ މީހުން ވެސް އެމީހުންގެ ލިބެންޖެހޭ ހައްގު ހޯދުމަށް މަސައްކަތް ކުރާނެކަމަށް އަހަރަމެން އަައްޑޫ މީހުން ގަބޫލު ކުރަންޖެހޭ ...

    32
    2
    • ޖުހާ

      ހުވަދޫގަ ގިނަ ރިސޯޓް އެޅި ތަރައްގީ ވީމާ ހަމަ ތި އަޑޫމީހުނައްވެސް ފައިދާ ވާނެ.

  11. ފަސްފަހެތިން ފަޑައި

    ހުވަދޫ މީހުން ޖެހޭނީ މަހަށް ދާން.

    10
    40
  12. ރާއްޖެމީހާ

    ސަނީފް ދެކެ އަަހަރަމެން ރުޅިއަންނާކަން ނުޖެހޭ . އޭނަދެއްކީ ހަގީގަތް . އައްޑޫއަށް ހޮވަފަތިބި މެމްބަރުންނަކީ ގަމާރުން ، ސަރުކާރު ތަކުން އައްޑޫ ރައްޔަތުން އަބަދުވެސް ހައްދަނީ .. ހުވަދޫއާއި އަހަރަމެންނަށް ވާދައެއް ނުކުރެވޭނެ ...

    42
    3
  13. Anonymous

    ހަހަހ ލޮލް
    ވަރަށް ކުރީގަ

    11
  14. ޙަސަނު

    ޤަޥްމު ބައިިބައި ކުރުވަން ނޫޅުން އެދެން

    20
    2
  15. ދވހ

    ސޯބެ ދައްކާވާހަކަ ދިމާނުވޭ . ރައީސް އިބޫ ވަނީ ބާރުތައް އަތޮޅު ތަކަށް ދީފަ ، ކަލޭމެން އެފެންވަރު ނެތީމަ އެއްކަމެއްވެސް ނުވާނެއެއްނުން ...

    25
    4
  16. ބޯކިބާ

    މިހާރު އެއަޅާ އެއާޕޯޓުތަކަކީ އެއީ ކ އަތޮޅު މާލޭމީހުން ގޭގޭ ކޮޓަރިކުލީ ވިޔަފާރި ފުޅާކުރަން ހަދާތަންތަން. ކޮންމެ އެއާޕޯޓަކުން މާލޭ ގޭގެއިން ދުވާލަކު އެވްރެޖްކޮށް 120 މީހުން އަތުން ކުލިއަތުލާނެ، 14 އެއާޕޯޓުން ދުވާލަކު 2000 ގެއަށް ކުލިލިބޭނެ. އެއާޕޯޓު އަޅާއިރު ބަލަނީވެސް މާލޭ ގޭގޭގެ ކުލީވިޔަފާރިއާ ދުރުގަ އުޅޭ ރަށްރަށް. އެއީ ހޯރަފުށި، ފުނަދޫކަހަލަ ތަންތަން. ގަމާރުކަމުން މިވަރުވެސް ނޭނގޭމީހުން އަދިވެސް ގިނައީ.

    9
    2
  17. ޢަލީ

    އިންސާފަށް ކަންކަން ކޮށްދޭނަމަ ހުވަދު އަތޮޅަށް ކޮށްނުދީ އައްޑުއަށް ކޮށްދޭންޖެހޭ ސަބަބެއް ނެތް. އެކަކަމު ތަރައްގީ ކުރާނަމަ އެކުއެކީގައި ފަހަރަކު ތަނަކަށް ދޭ އުސޫލުން ކުރާނަމަ މައްސަލައަކަށް ނުވާނެ. އެއްމެންވެސް އެ ދައްކާ ވާހަކައަކީ އެހެން ތަންތަނަށް ކޮށްނުދީ ހަމަ އެކަނި އައްޑުއަށް ކަންކޮށްދޭ ވާހަކަ. ހަޖަމް ނުވިއަސް މިއީ ހަގީގަތަކީ.

    22
    4
  18. ޑައިވަރޭ

    މޭޔަރުށަ ނޮއެގެންނެން، ތިކަންތިގޮތަށް ވިނަމަ އިންވެސްޓްމެންޓުތަކާއި ރިސޯޓުތައްވެސް ގިނަވީ އައްޑޫގަ... އިގިރޭސިން ތިބިއިރު ވީކަމެއްވެފަ އޮތީ...
    ހުވަދޫ ދަނީ ރާސްލާފައި ކުރިޔަށް. ހުވަދޫމީހުން ނުދާނެ ވަޒަން ދޫކޮށް މާލޭ ވަޒަންވެރިވާކައް.. މިސާލަކީ އެއީ

    20
  19. ޑައިވަރޭ

    އައްޑޫ ސިޓީ، ހިތަދޫ) އައިޝަތު ފާއިޒާމެން ކަލަލަ އެހީތެރިކަން ބޭނުންވާ އެކަނިވެރި މައިންނަށް އެހީނުވެވޭ މޭޔަރު ކޮން ފޮނިއެއް ކަޑަނީ...

    24
    • ޖުހާ

      މޯދީ އަ އްވީވަރު ތިވީ ސޯޓުބޭ އަ އް.

  20. ދާންދޫ ރައްޔިތުން

    އައ އްޑޫ ހުވަދޫ އަދި ފޯ އްމުލަ އް ވެސް ތަރަ އްގީކުރެވިގެން ދާނީ އެ އަތޮޅަކަށް ޚާ އްސަ ސިފަތަކާ އެކު. މި އީ އެ އްބަޔަކު އަނެ އްބަޔަކާ ދެމެދަށް ޒާތީ ތަ އަ އްސުބެ އް ވަ އްދަން ޖެހޭ ކަމެ އްނޫން. ސަނީފު ދެ އްކި ވާހަކަ ރަނގަޅެ އް ނޫން. ސަނީފު އެކަމަށް މާފަށް އެދެން ޖެހޭނެ.

    10
    12
  21. އަމިތް ސިންގް

    ހުވަދޫ އާއި ވާދަކުރުމުގެ ބަަދަލުގައި ހުވަދުއަންނަ ކުރިއެރުމައް ހުރަސް ނޭޅުން މާބުއްދިވެރި ..

    23
    3
  22. ހަސަނުބެ232323

    ސަނީފުއޭ ކިޔާ ޖާހިލަކަށް މެމްބަރުކަން ދިނީމަ ވީގޮތް މިއީ.. އެއް ގައުމެއްގެ 2 ސަރަހައްދެއް ޖައްސާލައިފި. ސަނީފުމެންނަށް އޯކޭ އިންޑިޔާއިން އައިސް މުޅި ގައުމު ހިފިޔަސް.

    6
    17
  23. އަހުމަދު / ވިލިގިނލި

    އައްޑު މީހުން ވަރުގެ މޮޅު ބަޔަކު މިރާއްޖެއަކު ނުތިބޭނެ! އެހެންރަށެއްގެ ބަޔަކަށް ކަމެއް ވެގެން ނުވާނެ! އެހެންމީހުން ޖެހޭނީ އައްޑު މިހުން ކައިރިއަށް ސަލާމް ޖަހަން އަންނަން!

    13
    14
  24. ޢިންގިރޭސިވެފަ

    1950 ގަ އިންގިރޭސިން އައްޑުގަ އަސްކަރީ ތަނެއް ހެދިއެއްމެބޮޑު ސަބަބަކީ އޭއީ އެހެން ދެވަނަ ބޭނުމެއް ހިފޭތަނަކައް ނުވާބޭކާރު އަތޮލަކައްވާތީ. ޢޭރު އެއީ އޮޅުއަލަހައްދާބައެއް.
    ޙުވަދޫގެ އާއި މުލަކުގެ ރީތިކަމައި މުއްސަދިކަމާއި އައްޑުވާދައެއް ނުކުރެވޭނެ. ޙިތަދޫ ގަ އުލޭނީވެސް މަދު މުއްސަދިން ކޮލަކާއި ހުސް ވަގުން.

    19
    4
  25. ކޯރި

    އެއާޕޯޓެއް އޮވެގެން ތަރައްގީވާނަމަ ހުވަދޫ މިހާރު ތަރައްގީވެ ނިމިފަ އޮންނާނީ، 4 އެއާޕޯޓު އެބައޮތޭ މިހާރުވެސް. ދެންއޮތީ އަތޮޅު ބޮޑުވެފަ ރިސޯޓު ގިނަކޮށްގެން އެއާޕޯޓު ހެދީމަ ކުރިއަރަންޏާ އަރިއަތޮޅު ކުރިއަރާފަ އޮންނާނީ. އަވާމެންދުރު ތިދެކެނީ، މާލޭމީހުނަކީ ކޮންބައެއްކަން ނޭނގިގެން އަދި ތިއުޅެނީ.

    7
    12
  26. ހުސެއިން ރަސީދު

    މަޖިލީހުން އެންމެފުރަތަމަކުރަންވީ ކަމަކީ ކަންކަމުގައި ހައްގުވާ މިންވަރު ކަނޑައެޅުން. އަބަދު ހައްގުވާ މިންވަރޭ ބުނުމަކުން އެމިންވަރަކީ ކޮބައިކަމެއް ނޭގެ.
    މިސާލަކައް:ބުނެދޭންވީ 100ރ އިން މަސްވެރިމީހާއައްލިބޭނެވަރު

  27. އަލިބެއްޔާ

    ކުރި ހޯދީމޭ ކިޔާ ހުވަދު އަތޮޅަށް ބާރުހިންގަން ވާހަކަ ނުދެއްކޭނެ.. މޭޔަރުގެ ތި ވާހަކަ ތަކުން ފިތުނަވެރިކަން އުފެދުން ފިޔަވާ އިތުރު ކަމެއް ނެތް.. ބަލަ އައްޑޫ ތަރައްޤީ ކުރަނީވެސް ހަމަ ހުވަދޫ ރައްޔިތުންވެސް ދައްކާ ޓެކްސް އިން.. މޭޔަރުގެ ޤަމާރުކަމުން ތި ޒާތުގެ ވާހަކަ ތި ދައްކަނީ.. އައްޑޫގައި އިތުރަށް ތަރައްޤީ އެއް ނެތް.. އެއީ ޙަޤީޤަތަކީ.. ކިތަންމެ ހިތްދަތިވިޔަސް ކުރިޔަށް އޮތް 20 އަހަރު ތެރޭގައި ދެކުނުގެ އެންމެ ކުރި އަރާފައި ތަނަކަށް ހުވަދޫ ވާނެ.. އައްޑޫ މީހުންނަކީ ހުވަދޫ މީހުންގެ ލޭ ހިނގާ ގާތް ތިމާގެ ބައެއް.. ހުވަދޫ ކޮންމެ ޢާއިލާއެއް ގޮސް ހުއްޓެނީ އައްޑޫ ފުވައްމުލައް މީހަކަށް.. މޭޔަރުގެ ފިތުނައިން ސުވަދީބް ސަލާމަތް ކުރަށްވާށި.. އާމީން..

    24
    1
  28. ޢެސީ

    ކޮމެންޓް ލިޔާމީހުން ހަމައެކަނި ސުރުހީ ކިޔާފަހެން ހީވަނީ ވާހަކަތައް ލިއަނީ ސޯބެ ވާހަކަދައްކަވާފައި ވަނީ ހުވަދު އަތޮޅަށް ވެސް ބޭނުންވާ ތަރައްގީ ގެންނަންޖެހޭނެކަމަށް އެކަމަކު ޝަނީފު ވާހަކަ ދެއްކި ގޮތުން ހީވަނީ އައްޑުއާއި ވާދަކުރަން އުޅޭހެން އެހެންވެ ވާދަކުރާކަމަށްވަންޏާ އައްޑޫ މިހާރުވެސް އޮތީ ކުރީގައިކަމަށް ސޯބެ ވިދާޅުވީ އޭނަ ދެއްކެވި ވާހަކަތަކަށް ބަލާއިރު އޭނަ އެދެއްކެވީ ވަރަށް ފުރިހަމަ ތެދުހަގީގަތް ކަން ވިސްނުމެއްހުރި ކޮންމެ މީހަކަށް ވެސް އިގޭނެ ވަކިބަޔަކަށް ބުރަވެ އޭނަ ވާހަކަ ދައްކާވާފަ ނުވާއިރު އޭނައަށް ބަސްބުނުމުން ދޭހަވަނީ ހަމައެކަނި ސުރުހީ ކިޔާމީހުންކަން ގިނައީ ވީމާ ސުރުހީ ލިއްވާއިރު ކިޔާމީހުން އަނެކަކާމެދު ނަފުރަތު ނުއުފެދޭ ގޮތަށް ލިޔުއްވުން ރަގާޅީ!

    2
    12
  29. ހަގީގަތް

    އައްޑޫ މީހުންނަށް ގަބޫލުކުރަން އުދަގޫވިޔަސް ހުވަދޫ ވާނީ ދެކުނުގެ އިގްތިސާދީ މައިހަބައް .
    ހުވަދޫގައި މިހާރުވެސް ރިޒޯޓް ގޮތުގައި ހެދިފައިވަނީ މަދު ރަށްތަކެއް ނަމަވެސް ކާޑެއްދޫ އަދި ކޫއްޑޫ އަށް ކޮންމެދުވަހަކު މޯލްޑިވިއަންގެ 8 ފްލައިޓް އޮވޭ . އެވްރެޖް 5 ފްލައިޓް ޑައިރެކް ، ކާގޯ ގިނައަދަދަކަން މިހާރުވެސް ފުނުވަމުންދޭ .. މީގެއިތުރުން މާވަރުލާ އެއަރޕޯޓަށްވެސް މިހާރުފްލައިޓް ޝެޑިއުލްތައް އޮވޭ.. ހުރިހާރައްތަކެއް ތަރެއްގީވެގެންދާއިރު މިއެއަރޕޯޓް ތަކަކީވަރަށް ބިޒީއެއަރޕޯޓް ތަކަކައް ވެގެންދާނެ ކަމާއިމެދު ޝައްކެއްނެތް .

    11
  30. ފުއާދު

    ސަނީފު ބުނީ ތިއީ ދޮގެއްކަމައް

  31. ާއަހުމަދު

    މި އަށް ކިޔަނީ ޑިވަިޑް އެނޑް ރޫލް.

  32. މާލެ / ހަސަން

    ސޯބެ އަށް ބުނެލަން ބޭނުންވަނީ ހުވާދޫ މީހުންނާއި ވާދައެއް ނުކުރެވޭނެ . ހުރިހާސަރުކާރުތަކުންވެސް ހުވަދޫ އާއި ދޭތެރޭ އިހްމާލުވުމުގެ ސަބަބުން މިއަދު ހުވަދޫ އަށް ލިބެންޖެހޭ ހަގީގީ ކުރިއެރުމެން ނުލިބިގެން މިދަނީ . ހުވަދޫގައި ޓްއަރިޒަމް ތާއާރަފްވެގެން އައީ ވަރަށްފަހުން ގިނަރަށްތަކެއް ތަރައްގީކުރުމަށް ދީފައިވީކަމުގައިވިޔަސް އޮޕަރޭޝަންގައި ވަނީ މަދުރަށްތަކެއް .

  33. މޯޑް ، މަޑަވެލި

    ރައީސް ޔާމިންގެ ވައުދެއް ހުވަދޫގައި އިންޓަރނޭޝަލް އެއަރޕޯޓަކާއި އިންޓަގްރޭޓެޑް ސީޕްލޭން ހަބެއް ހުވަދޫގައި ގާއިމްކުރުން ހަމަ މިއާއެކު ހުވަދޫގައި 50 ރަށް ރިޒޯޓްގޮތުގައި ތަރައްގީ ކުރުމާއި އެކު 10000 އަށް ބެޑް ކެޕޭސިޓީ އިތުރުކުރުން ، ކުރީސަރުކާރުގެ ދެވަނަދައުރުގައި މިކަން ކޮއްދިނުމަށް ވަނީ ނިންމާފަ ، ހަމަ މިހގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ހުވަދޫ ރައްޔިތުން އިންޓަރ ނޭޝަނަލް އެއަރޕޯޓެއް ގާއިމްކޮށްދޭން ވައުދުވެފެ . ސަރުކާރުތަކުން ހުވާދޫއާއިމެދު މިފަދަ އުއްމީދުތައް ކުރަމުންދާނީ އިގްތިސާދީގޮތުން ދެކޮޅުޖެހޭ ކަމަކަށްވާތި ، އަދި މިފަދަ ކަންކަމަކީ ސަރުކާރުން ހަރަދުކޮށް ކުރާކަންތަކެއް ނޫންކަން ފާހަގަ ކޮއްލަންބޭނުންވޭ . ހުވަދޫ ރައްޔިތުން ނޫޅޭ އައްޑޫ އައްލިބެންޖެހޭ ކުރިއެރުމަކަށް ހުރަސް އަޅާކަން .

    10
  34. ހުވަދޫ 8 އަށްޑޫ 7

    🤣🤣🤣

  35. ޏަވިޔަނި

    އަޅުގަނޑުމެން އައްޑޫ ރައްޔިތުން މި ތިބެނީ މި ކަންކަން ވާނެ ކަމުގެ އިންތިޒާރުގައި. އިންތިޒާރުގައި ތިބެ މާޔޫސްވެއްޖެ.... ކޮބާ މާލޭ ސަރުކާރު ،

    5
    2
  36. Anonymous

    ދިވެހިރާއްޖެ ފެޑަރަލް ދައުލަތަކަށް ހަދަންވީ އޭރުން އެބައެއްގެ ސަރަހައްދު ތަރައްޤީ ކޮށްގެން އެބަޔަކު އުޅެފާނެ.ދެންބަންގާޅިންވެސް ފޮނުވާލާ

    3
    1
  37. ޖުހާ

    ފުރަތަމަ އެޗްޕީ އޭ ގެ އެންގުމާ އެއ އްގޮތަ އް މާސްކް އަޅަން ދަސްކުރަމާ...

  38. ސްކިޕަރ

    ހުވަދޫއޭ ކިޔާ ވަކި އަތޮޅެއް ނޯވޭ. އޮންނަނީ ގާފު އަލިފު އަދި ގާފު ދާލު. މިއީ ދެ އަތޮޅު. ތިޔަހެން ކިޔާނަމަ. އައްޑުއާއި ފުވައްމުލަކަކީ އެއީވެސް އެއްބައެއް. ނޫން ނަމަ ހުވަދުއާއި ފުވައްމުލަކާއި އައްޑުއަކީ އެއް ގައުމެއް. ބޯހަލާކު. އަހަރުމެން އެންމެންނަކީ ދިވެހީން. މިޒަމާނުގައި ވަކި އަތޮޅެއް ވަކި ރަށެއް ނޯވޭ. އާއިލާތައް އޮތީ އެކި ހިސާބުތަކަށް ބެހިފައި. ބޯދާ ވިސްނުން ދޫކޮށްފައި މުޅި ގައުމު އެކުގައި ތަރައްގީ ކުރަން އުޅޭން ވެއްޖެ. ތައުލީމީ މީހުން މަޖިލީހަށާއި މޭޔަރުކަމަށް ލާންވެއްޖެ

    3
    2
  39. އާދަމުގެދަރި

    ދިވެހިސަރުކާރުގެ ޚަރަދުގައި އޮސްޓްރޭލިޔާގެ އެޑެލައިޑަށް ފަސްޓް ޑިގްރީއެއް ހަދަން ކިޔަވަން ފޮނުވީމާ ފާސްނުވެގެން އަންނަ ގަމާރު ކަޑުކޮހުންނަށް ރޭސްޖަހައިގެން މޮޅުވާނެ މީހުންނާއި ނުވާނެ މީހުން ނޭނގޭނެ. މިކަން މިހާރު އައްޑުއަތޮޅުގެ ރައްޔިތުންވެސް މިހާރު ދަންނާނެ. އައްޑޫ ރައްޔިތުންގެ ބޯކައިގެން ހައްދައިގެން އުޅުނު ޒަމާން ފާއިތުވެ ނިމިއްޖެ.

  40. ބޮޑު ހުވަދޫ

    ކުރިޔަށް އޮތީ ބޮޑު ހުވަދޫ އަތޮޅުގެ ތަރަ އްގީ މެކުހަށް ޖަހާނެ ދުވަސް ތަ އް. ސާބަސް ސަނީފް.

    7
    1
  41. ސޯބެ މެން

    ޥީހާ ވައުދަކަށް ހިޔާނާތްތެރިވި މީހުޏް ނަށް ހަލާކު

  42. ސޯލަހް

    އަޑޫ ދެވަނައައް އާބާދީ ބޮޑުވެފަ ކޮން ފައިދާއެއް ތަރައްގީއެއް އޮތީ... ތީ ރާއްޖޭގަ އޮތް އިންޑިއާ. ތަރައްގީނުވާ ތަނެއް ނުވެސްވާނެ ތަނެއް.

  43. ސސ

    މިހާރު ޤައުމު މިއޮތީ 1953 ގައި ނުންތޯ އެހެންވީމާ މިފަދަ ކަންކަން އަތޮޅު ތަކުގެ މެދުގައި އޮންނާނެ !

  44. Anonymous

    އައްޑޫގަ ގިނަވާނީ މޮޔައިންކަން މިހާރު އައްޑޫގަ ހިގާކަންތަކުން ވ ދާފުކޮއްއެގޭ. ހުވަދޫއަކާ ވާދައެއް ނުކުރެވޭނެ😁

    6
    1
  45. ރުނޑިޔޯ

    ނިކިޔާ، ހުވަދު އަތޮޅު މާ ކުރީގަ އުޅެނީ، މާގިނަ ފަޅު ރައްތަކާ ރެސޯޓާވެސް އެބަ ހިށި

  46. އިބޫ

    އަޅުގަނޑަކީ ހުވަދޫ އަތޮޅު މީހަކަސް ޙަޤީގަތްވާނީ ޙަގީގަތަށެވެ. އައްޑޫ ހުވަދޫ މި ޢީ އެއް ބައެއް ޔުނއިޓެޑް ސުވައިދީ ބު އައިލެންޑުސް އުފެއްދި ވަރުގަދަ ދެއަތޮޅު އޭރުވެސް މިވެރިކަމުގެ ވެރިރަށަކީ އައްޑޫަ. މި ބާވަތުގެ އެއްވެސްކަމެގައި އައްޑުއާއި ވާދަކުވޭވަރު ބަޔަކު ހުވަދޫ އަތޮޅަކުނެތް. އިންސާނީ ވަސީލަތަށް ބެއްޔަސް ޤުދުރަތީ ވަސީލަތަށް ބެއްޔަސް.

  47. ޙާމް

    ޢޯކޭ ކިޔަވައިގެން ހުރި މޭޔަރު ގެ ދެވަނަ ދައުރު ކަންނޭގެ ނިމިގެންދަނީ. ކޮބައިތޯ ތިބުނާ ކިޔަވައިގެން ހުރި މޭޔަފު އައްޑޫ ސިޓީގެ ރައްޔަތުންނަށް ކޮށްދިން ކަމަކީ. މާލެއަށް ވުރެ ކުށް ކުރުން ގިނަ. ޢެކްސިޑެންޓްތައް ގިނަ. ޙަމަނުޖެހުން އެންމެ ބޮޑު އަތޮޅު ރާއްޖޭގައޮތް. ދެން މިހެން ބުނީމަ ރައްދުދީ ތީއީ އެނާގެ ޒިއްމާއެއް ނޫނޭ. މިއޮތީ އޭގެ ޖަވާބު. މުޖުތަމައުއެއްގައި އުޅޭ ރައްޔަތުންގެ އެކުވެރިކަމާއި ހަމަޖެހުމާއި އަމަން އަމާންކަން ބިނާވަނީ އެތަނެއް ހިންގަން ހަވާލުވެގެން ތިބޭ ވެރިންގެ ޤާބިލު ކަމުގެ މަށްޗަށް. ދެން ބުނޭ ތިއީ ފުލުހުންގެ ޒިންމާއެކޭ. ފުލުހުންގެ ޒިންމާވެސް އޮވޭ އެކަމަކު އެކުލުންތެރި ރައްޔިޔެއް ބިނާކުރެވޭނީ ސ.ކައުންސިލްފަދަ ބަޔަކަށް. އެކަމެެއްނެތް ތިޔަ މޮޅަށް ކިޔަވައިގެން ހުރި ފޯނުއެނދުރުގެ ކިބަޔަކު. ޥ.ސަލާމް

  48. ޙާމް

    ސޯބެ ކަނގެ ލޮކޭޝަނަށް ބަލަންޏާ ހުވަދޫވެސް ވަކި އޮތީތީ ދެރަ ލޮކޭޝަނަކުނޫން. ދެން ބުނެލަން ބޭނުމީ، މިހާ ދުވަސް ވާއިރު އަށްޑޫއަށް ތަރައްޤީ ނުގެނެވިގެން ސޯބެ ތިއުޅެނީ ކީޢްވެހޭ އެހެން ވިއްޔާ. ޢެންޑު އައްޑޫ ތަރައްޤީގެ ތެރެއަށް ހުވަދޫ ނުވައްދާ އެހެން ވިއްޔާ އެއީ ކަލޭމެންނާ ބެހޭތަނެއްނޫން