ޤަވާއިދާ ޚިލާފަށް ބާރަށް ދުއްވާ މީހުން ހުއްޓުވުމުގެ ބަދަލުގައި، ހަވީރު ފިންޏަށް ދެމަފިރިއަކު އާދައިގެ ގޮތަށް ދުއްވާފައި ދާދިއުމުގައި ހުއްޓުވައި، ޗެކްކުރުން ގިނަކަން ފާހަގަކުރެވޭ ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ އިއްޔެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާން އަންހެނަކު މިއަދު ހެނދުނު ނިޔާވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އިންތި ވިދާޅުވީ ލައިސަންސް އޮތަސް ނެތަސް ޤަވާއިދާ ޚިލާފަށް ބާރަށް ދުއްވާ މީހުން ހުއްޓުވުމުގެ ބަދަލުގައި، ހަވީރު ފިންޏަށް ދެމަފިރިއަކު އާދައިގެ ގޮތަށް ދުއްވާފައި ދާދިއުމުގައި ހުއްޓުވައި، ޗެކްކުރާލަތް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވައިގެން، އެންމެން ރައްކާތެރިކުރަންޖެހޭ ކަމަށެވެ.

އިއްޔެ ރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި ނިޔާވީ ޅ.އަތޮޅު ހިންނަވަރަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އައިޝަތު ނަޒްރާއެވެ.

ނަޒްރާ ނިޔާވީ 27 ވަނަ ދުވަހުގެ ރޭ 22:00 ކަންހާއިރު ބާރު ސްޕީޑްގައި މާލޭ އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ބޮޑުތަކުރުފާނު މަގަށް ނިކުތް ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ދުވާ ޓްރެކް މައްޗަށް އަރައި ހިނގި އެކްސިޑެންޓެއް ގައެވެ. އެކްސިޑެންޓް ހިނގިއިރު ސައިކަލް ފަހަތުގައި އިން ނަޒްރާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުއެވެ. ފުލުހުން ވިދާޅުވީ ސައިކަލް ދުއްވީ ލައިސަންސް ނެތް މީހެއް ކަމަށާއި އެއީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ނަޒްރާ އަކީ ޓިކްޓޮކް ގައި މަޝްހޫރު ފަންނާނެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

 1. ހާމިދު ޝާހިދު

  އިންތި ވިދާޅުވިއެއްކަމަކު މިއީ ހަމަ ތެދު ވާހަކައެއް.

  96
  5
  • ގ

   ތިގޮތަށް ފިރިހެންނަކާ އަންހެނަކާ ދުއްވަނިކޮށް ސައިކަލް އެކްސިޑެންޓް ވެ އިހަށް ދުވަހު އަންހެނަކު ނިޔާވީ... އިންތި ވާހަކަ ވަރަށް ގޯސް

 2. ރާގު

  ތިކަމައް %500 ތާއީދު

  79
  5
 3. ސޭކްސްތާން

  ރަނގަޅު ވާހަކައެއް. ކާފަރުކަން އިންތިހާއަށް ދާތީ މިހެންވަނީ. ހަމައެކަނި ބާރަށް ދުއްވާ މީހުން ހުއްޓުވަނީ ބުރިޖާއި ހައިވޭގައި ވަގަށް ކެމެރާ އަޅައިގެން. އޭރުންތާ ލާރިކޮޅެއް ލިބޭނީ. ދެން ވަރިހަމަ އުދުހިފަ ދިޔަޔަސް އޯކޭ ވާނެ. ފުލުހުންގެ ނާގާބިލުކަން އިންތިހާއަށް ގޮސް މާލެތެރެ ނުބެލެހެއްޓިގެން ކަންކަން ދިމާވަނީ. މިހެން ބުނީމާ މަގުތަކަށް ފުލުހުން ނެރެ ދެން ބަލާނީ ލައިސަންސް އާއި ރޯޑް ވާދިނަސް އާއި އަހަރީ ފީއާ ދެންހުރި އެއްޗެއް ހަމަތޯ. ދެން ޖަހަން ފަށާނީ ތަނެއް ދޮރެއް ނުބަލާ ސްޓިކާ ދެން ހިތަށް އެރީމަ ޓޯކޮށްލާނީ. ރައްޔިތުންނަށް ނޮހޮރުއްޕަން ނޫންކަމެއް ނެތް.

  68
  4
  • ނޫރުބާން

   މިގަރުނުގެ އެންމެ ފުރިހަމަ ކޮމެންޓް

  • މަ

   ހުއްޓުވަން އުޅެނިކޮށް ގެއްލުމެއްވިޔަސް ގޯސްވާނީ އެމީހަކު. ރަނގަޅު އެއްގޮތްވެސް ނޯންނާނެ ތިޔަމީހުނަށް.

 4. ލައިސަން ސް

  ބާރަށް ދު އްވާ މީހުން ހިފާ ހަ އްޔަރު ކުރުމުގެ ކެމްޕަ އިނެ އް ފަށަން ތަ އްޔާރު ވަނީ!

  40
  1
 5. ހުސޭނުބޭ

  ކަލޭމެން އިސްލާޙްުކުރާށޭ ކިޔާފައި ނުކުތް މީހުން މިހާރު ތި ދައްކަނީ އަތަށް ގޮއްވާލި ވާހަކަ! ބަލަގަ އެއީ ކަލޭ އޭގެ މައިމުގުލުގައި ހިއްސާވާ ކަލޭގެ ސަރުކާރުގައި ވާ ކަންތައްތަކޭ!

  90
  6
  • ހުސޭނު

   މިކޮމެންޓަށް މަށަށް ދެވޭނަމަ 500 ލައިކު ދޭނަން.

   76
   4
   • އިއްބާ

    މަށަށް ދެވޭ ނަމަ 500 ޑިސްލަ އިކް ދޭންޖެހޭ

    9
    34
  • ސަޓޯ

   10000% ތާއީދު މިކޮމެންޓަށް..އިސްލާހު ކުރަންށޭ ކިޔާ ވޯޓު ހޯދާފަ އެހެން މީހުންގެ ބޮލަށް ކަންތައްތައް ކަންޑާލަނީ... އަނގަޗޭ ކޮއްފަ ވާހަކަ ދައްކަން ލަދެއްވެސް ނުގަނޭ މި ޖިންތި މެން ކަހަލަ މީހުން

   35
   2
 6. ފާލިހް

  މަ ތިކަން ބަލާއިފިން! ބެލިއިރު މާލޭ މަގުމަތީގައި ދުއްވާ ސައިކަލުގެ ތެރެއިން %99 ސައިކަލުގެ ފަހަތުގައި އަންހެނެއް ހުރޭ، ނޫނީ ތިބުނާ ކަހަލަ ދެމަފިރީން. ޔަގީން މަށާ އިންތިޔާ ދެމީހުން ލޯމަރާފަ ހިފެހެއްޓިއަސް، އޭގެ ދެމަފިރިން އަތުވާނީ. ވަކި އަތަކައް ޖެހި ބުނި އެއްޗެއް ނޫން މީކި

  18
  8
 7. ލާމު

  މިފަހަރު ތިބުނީ ހަމަ 100 ގެ ވާހަކައެއް.

  37
  1
 8. އަހުމަދު

  އިންތި އެބުނީ ތެދެއް ފުލުހުން ތިބެނި ބާރަށް ދުއްވާ ކުދިންގެ ދަށުވެފަ. އަދި އެކަން ރަނގަޅު ކުރަންދޯ އިންތިމެން ގެނައީ ވާހަކަ ދެއްކިޔަކަސް ނުނިމޭނެ.

  52
  4
 9. ކުރޯ

  އެޖެންޑާ 19 ތަފާތުވާނެ

  35
  2
 10. ފާތުން

  ތިޔައީ ހަމަ ތެދެއް އިންތި.

  37
  1
  • ާއަބުޅޯ

   ބަންގާޅީން ވެސް ލައިސަނސް ނެތި ބައިވަރު

   17
 11. ޖަރަބު

  ތިބުނީ ހަމަ ތެދެއް. ވުސްލާފަ ދިޔަ އެތައް ބަޔަކު ނުހުއްޓުވައި އަހަރެން ގަވައިދުން 20 ކިލޯމީޓަރުގައި ދަނިކޮށް ހުއްޓުވައިގެން ވަރަށް ހަޑިކޮށްވާހަކަދެއްކީ.

  18
 12. ލީލިއާ

  މަގުމަތި ބަލަހައްޓަން ނުކުމެތިބޭ ސިފައިން ނުގަވައިދުން ނުވަތަ މިންގަނޑަށް ވުރެ ބާރަށް ދުއްވާ މީހާ ހުއްޓުވާ ސުވާލު ކުރުމަކީ މައްސަލައެއް ނޫން، އެކަމު އޮފީސް ވަގުތުވެސް މަގުމަތިން ހުއްޓުވާ، ބުރެއްޖަހާލިޔަސް ހުއްޓުވާ، އެއްދުވަހު ހަތަރު ފަހަރުވެސް އެބަހުރި ހުއްޓުވާފަ... މިދެން ރައްޔިތުންނަށް ދޭޚިދުމަތްކަށް ވުރެ ކުރާ ޖެއްސުމަކަށް ވެއްޖެ

  16
 13. ޣައިސް

  ވަރައް ބޮޑުތެދެއް.

  11
 14. ގލ

  ބާރު ސްޕީޑްގަ އި ދު އްވާ ވެހިކަލެއ އް ހުއްޓުވިތަން ވަރަށް ނުފެނޭ. އިންތި ބުންޏަސް ތެދެ އްވާނީ ތެދަކަށް ދެއއއ އްތޯ.

  18
 15. ސަޓޯ

  ހަވީރު ފިންޏަށް ނިކުންނަ ދެމަފިރިންވެސް ހިފަހައްޓަންވީ ބާރަށް ދުއްވާ މީހުންވެސް ހިފަހައްޓަންވީ އިންތިވެސް ހިފަހައްޓަންވީ!!!!

  13
  3
 16. .....

  ތީ ތިކަން ހިނގާދާގޮތް ކަމަށް ބުނެވިދާނެ ފުރުސަތު އެބައޮތް...އެހެނަސް އިންތި ތިހެން ބުނަން ލަދު ގަންނަން ޖެހޭނެކަން އިންތިއަށް ނުވިސްނުނުކަން އެއީ އިންތިގެ އިހްލާސްތެރިކަމާމެދު ސުވާލު އުފެއްދިދާނެ ސަބަބެއް...
  ގައުމުގެ ކަންކަން އިސްލާހުކުރުމުގެ ނަމުގައި އިންތިމެން އޭގެ އެންމެ ފުރިހަމަ އަގުލަބިއްޔަތާއިވެސް އެކުގަ މިއަދު ތިބި އިރު ތިވާހަކަ އާންމުންގެ ތެރޭ ދެއްކުމަށްވުރެ އިސްލާހުވާނޭ މަގުން ކުރިޔަށް ނުދިޔައީ ކީއްވެތޯވެސް ސުވާލު ކޮށްލެވިދާނެ...ގައުމުގެ މުހިންމު މުއައްސަސާއެއް އަދި އެ މުއައްސަސާގެ ޒިންމާ އަދާކުރުމަށްޓަކައި އާންމުންގެ އިހްތިރާމާއި އިތުބާރު ފުރިހަމައަށް އޮތުން އެއީ ޒިންމާ އަދާ ކުރެވޭނެ މަގަށް މަސައްކަތް ކުރުމަށްޓަކައި އަސާސަކަށް ވާ އިރު އެ އިހްތިރާމާއި އިތުބާރު ކުޑަވެގެންދާނޭ ފަދަ އަމަލެއް ތިފަދަ މީހަކު ދެއްކުން އެއީ ހަމަ އިސްލާހަށް ކަންކުރާނޭ ގޮތްތޯވެސް އަހާލެވިދާނެ...

  14
 17. ައަހުމަދު

  ތެދެއްވާނީ ތެދަކަށް ފުލުހުން އަޅައެއްނުލާނެ ބާރަށް އަޑުގަދަކޮށްފައި ދުއްވާ މީހުންނަކަށް ޤަވާއިދުން ދުއްވާމީހުން ޗެކްކޮށްހަދަން ވަރަށް ފޯރިހުންނާނެ، އެހެންވީމަ މަގުތަށް އަމާންނުވެގެން އުޅެނީ ދެން ޓި.ވީ އަށް އަރާ ބުނާނެ ރައްޔިތުންގެ އެއްބާރުލުން ލިބިގެނޭ އެކަންތަށް ހުއްޓުވޭނީ، އެހިސާބުން އެނިމުނީ މިހާރު ކުރިޔަށްވުރެން ގިނަ އެގޮތަށް ދުއްވާމިހުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ، ދެން ކީއްކުރަން ބަހައްތާފައި ތިބޭ ޓުރެފިކް ފުލުހުންތަކެއް ބާވައޭ ހިތަށް އަރަނީ ރައްޔިތުންގެ ލާރި އިސްރާފްކުރަން، ހަމްނެތަސް ރަނަގަޅެއްނޫން އެއިރުން ނެތްކަން އެނގޭނެނުން ،

  14
 18. ލާބަ

  މިވަރަށް ރަނގަޅު ވާހަކައެއް. ޗެކް ކޮށްލަން ވެސް ހުއްޓުވާނީ ޑީސެން ބަސް އަހާނެހެން ހީވާމީހުން. ލައިސަންސް ނެތް. ގަވައިދާ ދިލާފަށް ބާރު ސްޕީޑުގައި ދުއްވާމީހުން ހުއްޓުވާކަށް ނުކެރޭނެ. ޢަންދާ ގާނޫން

  18
 19. އާސިދާ

  މިއީ ވަރައް ބޮޑު ތެދެއް މީހުންނަ އް އުދަގޫ ޖައްސާ ޕޮކިހުން

  13
 20. ނުރަބޯ

  ކަލޭމެން ހަދާ ގާނޫނުތަކުގެ ސަބަބުން އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ ވާގޮތް ތިޔައީ. ޖޫރިމަނާ ކިތަންމެ ބައިވަރު އެރިޔަސް އެ ދައްކާނީ މަދު ބަޔަކު، ނުދެއްކިޔަސް ވަރިހަމަ ހަމަ ނިކުމެ ދުއްވަންވީ އެއްވެސް ތަކުލީފެއް ނުޖެހޭ. އިންތިމެން ވާނުވާގަ މޮޅެތި ކަރާ ފެޅިޔަސް ކަމަކު ނުދާނެ. ދިވެހިރާއްޖޭގައި ރައިޓްސް އޮންނަނީ ހަމައެކަނި ޖަރީމާ ހިންގާ މީހުންގެ، އޭގެތެރޭގައި ޓައީ އަޅައި ދަށަށް ޖަހާފަ ތިބޭ މީހުން ވެސް ހިމަނައިގެން.

  18
 21. Happy

  ޢިންތި ތިބުނީ ވަރަށް ބޮޑު ތެދެއް!! 😡

 22. ޙުސޭ

  އައްޑޫގައި ހުއްޓުވާނީ ކާރުތަކުގައިދާ އަންހެންކުދިން.

 23. އަނހަތަކުރާ

  ތި އެނގެނީ ކަލޭމެން ބޮޑު މުސާރަކައިގެން ހަދާ ގާނޫނުގެ ބޭނުމެއް ނުހިފޭކަން، ތަންފީޒު ނުވާކަން. ކޮންބައެއްގެ ބޭކާރު ކަމެއް މިތަނުން މިއެނގެނީ؟؟؟؟؟ ސުޕަމެޖޯރިޓީއޮއްވާ ފުލުހުންގެ ތިހެންހުރި ކަންކަން އިސްލާހުކޮށްލަބަލަ. ޒީރޯޓޮލަރެންސް ޖައްސަބަލަ

 24. ތ

  ތިޔަށް ވުރެ މާ ނޮހޮރޮއްޕާން ކަމެއް އެބައޮތޭ ކޮންމެ ވަގުތަކުވެސް ބޮޑެތި މަގުތައް ބަންދު ކުރުން ދެން މަގުތައް ތޮއްޖެހި ފުރި ބާރުވެ އެހެން މަގުތަކުން ބާރަށް ދުއްވާ އެކްސިޑެންޓްވެ
  މިހާރު ކޯރު ކޮންނަން ވިއަސް މެންދުރު ބާރަ ޖަހާއިރު ވެސް ހުއްދަ ދެނީ މިއީ ޖަޒީރާ ވަންތަ ވީމާ ވާގޮތް ދޯ ބަލަ ތަހުޒީބު ވުމަކީ ދުވާލު ވަގުތު ތަކުގައި ގަސްކޮށުން މަގުގައި ރޮނގު ދެމުން މަގު ކޮނުން އިމާރާތް ކުރަން މަގު ބަންދު ކުރުން ރޭނގަނޑު ދަންވަރަށް ބަދަލް ކުރުމޭ މިވެރިން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ހެޔޮބޮޑު ވާން މިޖައްސާ ބަލާވެރިކަން ދޯ
  ރަނގަޅަށް ޖަޒީރާ ވެއްޖެ

 25. ހިތުން ހިތަށް

  ރަގަޅަށް ތިބުނީ.... މިއުޅޭ ޕާޓޭމެން ކިތައްމެ ބާރަކަށް ދުއްވިއަސް ނުހިފެހެއްޓޭ.... ބައްތި ނުޖެހިއަސް، އޯކޯ....އެކަމަކު އާއްމު އެހެން މީހަކު ފެނިއްޖެތަ ވަގުތުން ޖުރިމަނާ.... ކިހެނެތްބާ ވަނީ... ބައެއް ޕޮލިހުން ބިރުގަންނަނީބާ.....ނޫނީ .....

 26. ހުސާމް

  އަމާ ބުނީފަރައްދާށޭ ބޮލިހިލާށެކޭނޫނޭ، އެހެންވީމަވާގޮތް

 27. ދެބޯމޫސަ

  ތިކަންވާގޮތް ކިޔާދީފާނަން
  ޑިޢުޓީޢަޢް ފުލުސްމީހާ ނިކުންނަޢިރަޢް ޑިޢުޓީ ހަވާލުވެ ހުރި އައއއޢިސީ ބުނާނެ ކޮންމެ ބީޓަކުން ވެސް
  15ލަޢިސެންސް
  50ޗެކް
  25ޢިސްޓިކާ
  މިގޮތައް މަސައްކަތް ނުކޮށް ދޫކޮށްލައިފިނަމަ މަސައްކަތް ނުކުރާކަމައް ބުނެ ފިޔަވަޅު އަޅާނީ
  މަށާ މަޢަންހެނުން ހިފެހެއްޓި ފުލުހަކުބުނި

 28. ފުއާދު

  މިހާރުވެސް ބުރިޖު މަތީގައި ބޮޑެތި ރޭސް ސައިކަލް ތަކެއް ބޭނުން ކޮއްގެން ވަރައް ގިނައިން ރޭސްޖަހާ ޕޮލިހުން ތިބެނީ ބަލަން..އެ ސައިކަލް ތައް ދުއްވަނީ ކޮން ބައެއްކަން ކަން ވަރައް ސާފު ކޮއްއިގޭ ..އެކަމުވެސް އިންތި އެބުނި ގޮތައްވަނީ. އަނެއްކާ ވަރައްގިނައިން ލައިސަންސް ނެތިވެސް ސައިކަލް ދުއްވާ ދުވަހަކުވެސް އަތެއްނުވޭ..

 29. ސިނަމާލެ ކުރިޖް

  ފުލުހުން މިކަން ކުރަނީ ވަރަށް އާދައިގެ ގޮތަކަށް. މިހެން މިބުނީ ބުރިޖުގަ ހުންނަނީ އެންމެ ފުލުހެއް ނޫނީ ދެފުލުހުން. އެދެމީހުން ދެސައިކަލްުހުއްޓާފަ ހުއްޓާ ދެން ފުރޭތައެއް ސައިކަލެއްގަ ދިޔައަސް ހުއްޓުވާތަނެއް ނުފެނޭ..ދެން އަނެއްކޮޅުން ބުރިޖަށްއެރުމުގެ ކުރިން ކުރާ ސުވާލެއްކޮށް ކުރާޗެކެއްކުރަން ފުުލުހުންނަށް އިލްތިމާސްކުރަން

 30. އަސްލް

  100ގައިގެ ވާހަކަ އެއް ހުވާ

 31. އަލީ އާމިރު

  ހަމަ ވަރަށްބޮޑު ތެދުފުޅެއް، ޝުކުރިއްޔާ އިންތި

  2
  1
 32. ބިންތި

  ކަލޯގަޔާ އިންތިއަށްވެސް ތެދު ހަދަން އިނގޭދޯ ؟

 33. މަބޮއިހަލާކު

  ރަނގަޅު ބާރައް ދުއްވާމީހަކު ހިފެހެޓީމަ ދޫކުރަން ފައިން ނުކުރަން ބުނަނީވެސް ހަމަ ތި ގްރޫޕް ދޫނުކޮށް ފިނަމަ އެ ފުލުސް މީހާ ގޯސްވެ އޭނަގެ މައްސަލަވެސް ބަލާނެ... ގަވާއިދާ ހިލާފަ އުޅެނީ ހަމަ ތިބައިގަންޑު ގްރޫޕް... ފުލުހުން ނައް ފުލުހުންގެ މަސަކައި ކުރެވޭނެ މަގު ހޯދަދީފަ ބަލާލާ ނިކަމެތި މީހާ ހުއްޓުވަނީ މަސައްކައި ކުރަނޖެހޭތީ ތިބުނާ ބަޔަކު ހުއްޓުވާ ފައިން ކޮށް ފިއްޔާ މާފްދީފަ ލައިސަންސް ވެސް ހުއްޓުވި ފުލުސް މީހާ ދޭހިސާބުގަ އޮންނަނީ...

 34. އަހްމަދު

  ބާރަށްދުއްވާމީހާ ހުއްޓުވާނީ ކިހިނެއް؟ ޕޮލިސްމީހާ އަތްއުފުލާ ލާއިރު ސައިކަލްއޮންނަނީ ނުފެންނަ ހިސާބަށް ގޮސްފައި. ހުއްޓުވެނީ މަޑުން ދުއްވާފާ އަންނަ މީހާ. ކޮންމެސް ބަޔަކު ހުއްޓުވަން އެބަޖެހޭ. އެހެންނޫނީ ޑިޔުޓީ އަދާކުރެވުނު ކަމަކަށް ނުވޭ.