ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި "ގެވެށި ގުޅުން" ޖެއްސެވުމަށް ނިންމަވާފައިވާ ކަަމށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ވިދާޅުވީ، ޖެންޑާ މިނިސްޓްރީން ހިންގާ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމުގެ ގައުމީ ކެމްޕޭނުގައި ބޭނުންކުރެއްވުމަށްޓަކައި، ލޯގޯއާއި ޝިއާރު، ކަނޑައަޅުއްވާފައިވާ ކަމަށާއި، އެ ލޯގޯއާއި ޝިއާރު، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި ޖެއްސެވުމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށެވެ.
ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ ކެމްޕޭނުގައި ބޭނުންކުރުމަށް ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "ގެވެށި އަނިޔާ ހުއްޓުވާނަން" މިއެވެ.
މި ޝިޢާރު ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ނިޔަލަށެވެ.
ކަންނުވެ ނަން ވުމަކީ މިމީހުންގެ ސަގާފަތެއް.. ހާއްސަކޮށް ހިޔާލީ ނަންކިއުމުގައި އެއްވަނަ.
ބޭކާރުކަމެއް ތިޔަށްވުރެމާމުހިއްމުވާނެ މިސަރުކާރުން ކުރާވަށްކަން ދެންނުކުރާނެކަމުގެ ގެރަންޓީގެ ޝިއާރު ބޭނުންކުރަން ނިންމުން.
"އަހަރެން ވައްކަމެއް ނުކުރާނަން ވައްކަމަށް ޒީރޯ ޓޮލެރެންސް" މިހެން ސަރުކާރުގެ މުވައްޒަފުންގެ ނިއްކުރީގައްޔާއި މޭމަތީގައި ޖެހިޔަސް ވަގުންގެ ސަރުކާރުން ވައްކަން ކުރާނެ. ދެވިހިފާފަ އެތިބީ އިގޭވިއްޔާ ވައްކަން ކުރަން ލިބޭނީ ހަމަ އެކަނި މި ފަސް އަހަރު އެކަނި ކަން.