އައްޑޫ ސިޓީގައި މިރޭ ދެސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އޭގެތެރެއިން އެއް ސައިކަލް ދުއްވަން އިން މީހާ ސައިކަލާއި އެކު މޫދަށް ވެއްޓިއްޖެއެވެ.

އެކްސިޑެންޓް ހިނގީ ފޭދޫ އިން ގަމަށް ދާ ކޯޒްވޭ މަތިންނެވެ. މަންޒަރުދުއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓް ހިނގީ އެއްކޮޅަށް ދުއްވާފައި ދިޔަ ދެސައިކަލް ޖެހިގެންނެވެ. ދެސައިކަލް ޖެހުނީ އެއް ސައިކަލް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ޖެހިގެންނެވެ.

މަންޒަރު ދުށް ފަރާތްތަކުން "އައްޑޫލައިވް" އަށް ކިޔައިދީފައިވާ ގޮތުގައި، އެކްސިޑެންޓު ވީ އެއްކޮޅަށް ދަތުރުކުރި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު އޯވަޓޭކު ކުރަން އުޅުމުގެ ތެރޭގައެވެ.

އެއް ސައިކަލްގައި އިން ޒުވާނާ ސައިކަލާއި އެކު މޫދަށް ވެއްޓުނު ނަމަވެސް އޭނާ އަށް މާބޮޑު އަނިޔާއެއް ނުލިބެއެވެ. އޭނާ ވަނީ އަމިއްލަ އަށް މޫދުން އަރާފައެވެ. އެކްސިޑެންޓްގައި އަނިޔާވި ދެވަނަ ޒުވާނާ އަށް ވަނީ ފޭދޫ ހެލްތު ސެންޓަރުގައި ފަރުވާ ދީފައެވެ.

މިއެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ރޭ ވެސް އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. އެއެކްސިޑެންޓްގައި ވަނީ ކުޑަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަލޯ ބޭ

    މި އެކުސިޑެންޓު ދިމާވި އިރު ސަ އިކަލު ދު އްވަމުން ދިޔަ އީ ފުލަ އިޓަށް ވުރެ ބާރު ސްޕީޑުގަ އި ކަމަށް މަންޒަރު ދު އްމީހަކު ބުނި

    15
    3
  2. ސޯބެއްޔާ

    އައްޑޫގެ ހަބަރެއް ނޫހަކުން ނުފެންނަ އިރެއް މިހާޜު ނާދޭ ވައްކަން، މާރާމާރީ އެކްސިޑެންޓް މިހެން ގޮސް ނުކިޔާކަށް އެއްޗެއް ނެތް ކިހިނެއް ވެގެންބާ މިއުޅެނީ ކޮންބައެއްބާ ފެއިލް ވެގެން މިއުޅެނީ އައްޑޫ ސިޓީގައި މިހާރު އިސްކޮށް ތިބި ފުލުސް އޮފިސަރުން ފެއިލްވިތޯ ނުވަތަ ހިންގަން ނޭގިގެން އުޅެނީތޯ މިކަމަށް އެބަޖެހޭ ވިސްނަން އަޞްލު މިކަންތައް ފެއިލްވީ ޓާރމަކަށް އަތޮޅު ނުވެސް ދަންނަ ބަޔަކު ފޮނުވުމުން ވީގޮތް އެމީހުންގެ ވިސްނުން ހުންނާނީ އަވަހަށް ޓާރމް ނިންމާލާފައި ބެޗުން އައްޑޫ ސިޓީއަށް ފޮނުވަންވީ އެއަތޮޅަށް ނިސްބަތްވާ މީހުން ވެރިންގެ ގޮތުގައި އޭރުން އެމީހުން ރަށާއި ދޭތެރޭ އަދި ތަނާއި ދޭތެރޭ އަދި ކޮމުއިނިޓީއާއި ދޭތެރެ ވިސްނާ ކަންތައް ހައްލުކޮށް ރަގަޅޫ ކުރަން މަސައްކަތް ކުރާނެ އެމީހުން ވިސްނާނެ މިކަމަށް އައްޑު އަތޮޅަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން އަޅުގަޑަށް އައްޑި އަތޮޅު ކައުންސިލް އަދި ރައްޔިތުން މިކަމަށް ވިސްނާ މަސައްކަތް ކުރުން ބުއްދި ވެރި

  3. ނައިބު ތުއްތު

    މަރަކީ އެންމެން ތައްޔާރުވެ ތިބެންވާ އެއްޗެއް ރަގަނޅަށް ވިސްނާ މީހަކަށް ދުނިޔެމަތީ މަޖާކުރަން ވަގުތު ދުއްވާ ނުލާނެ ... ކޮންމެ މަރަކީ ވެސް އިބުރަތުން ފުރިގެންވާ މަރެއް ...