22:01

ރާއްޖެ އިން އިތުރު 17 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:30

ލ.ގަމު ސްކޫލުތަކުގެ ކުދިންނަށް މަޖުބޫރުކޮށްގެން ރައީސްއަށް މަރުޙަބާ ކިޔަން ނެރޭތީ ފާޑުކިޔައިފި.

20:17

16:24

13:25

ކޮވިޑް-19 އާ ގުޅިގެން ބަންދު ކުރި ރާއްޖޭގެ ބޯޑަރު ހުޅުވާލި ދުވަހުން ފެށިގެން، މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 70،000 އަށްވުރެ މައްޗަށް އަރާފައިވާ ކަަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި.

12:07

ސްެރީލަންކާގައި މިހާރު އައިސޮލޭޓްކޮށްފައިވާ ސަރަހައްދުތަކުގެ ސަރުކާރު އޮފީސްތަކާއި، ޕްރައިވެޓް އިންސްޓިޓުޝަންތަކުގައި ކޮވިޑް-19 ފެތުރިދާނެ ކަމުގެ ހިރަސް ވަރަށް ބޮޑު (ހައި ރިސްކް) ކަމަށް ސްރީލަންކާގެ ޕަބްލިކް ހެލްތް އިންސްޕެކްޓްރސް ޔުނިއަން އިން އިންޒާރު ދީފި.


ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އިއްޔެ ވަރަށް ބޮޑަށް މަދުވުމުން ބޮޑު ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް މިއަދު ފައްސި އިތުރުވެ މިވަނީ އަނެއްކާވެސް ނުތަވަސްކަމާއި ކުރިމަތިވެފައެވެ. މިއަދު 47 މީހަކު ފައްސިވިއިރު އޭގެ ތެރެއިން 46 މީހަކު މާލޭ ސަރަހައްދުން ފައްސިވުމުން އެއީ ވެސް އިތުރު ނުތަނަވަސް ކަމެކެވެ.

މިއަދު ވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އިއްޔެއަށްވުރެ އިތުރު ވެފައެވެ. މިހާރު 94 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އިއްޔެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައީ 92 މީހުންނަށެވެ.

މިއަދު 121 މީހަކު ވަނީ ކޮވިޑް-19 އިން ރަނގަޅު ވެފައެވެ. އެއާއިއެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 1039 އަށް މަދުވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.