އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދޫ އަތޮޅަށް ތަރައްގީ ލިބެން އޮތީ ތިން އަތޮޅު ގުޅިގެން މަސައްކަތް ކޮށްގެން ކަމަށާއި ތިން އަތޮޅު ހިމެނިގެން "ސްވަދީވު" އެއްބައިވާން ޖެހޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިދިޔަ އާދިއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން، އިނގިރޭސިން އައްޑޫގައި ތިބި އިރު 1959 ވަނަ އަހަރު ޔުނައިޓެޑް ސުވަދީބް އައިލެންޑްސްގެ ނަމުގައި އައްޑު އާއި ފުވައްމުލައް އަދި ގދ. އަތޮޅު ހިމެނޭ ގޮތަށް ވަކި ދައުލަތެއް އިއުލާން ކުރިއެވެ. އެކަމަކު އޭގެ ތިން އަހަރު ފަހުން އޭރުގެ ރައީސް އިބްރާހިމް ނާސިރު ސިފައިންނާއެކު ވަޑައިގެން އެ ދައުލަތް އުވާލައްވައި، ދެކުނުގެ ތިން އަތޮޅު ވެސް ދިވެހި ދައުލަތުގެ ބާރުގެ ދަށަށް އަނބުރާ ގެންދެވިއެވެ.

ދިވެހި ތާރީހްގައި ހިނގައި މި ދިޔަ ކަންކަމާ ގުޅޭ ގޮތުން ތާރީހީ އިލްމުވެރިން އެކި ގޮތަށް ލިޔުއްވާފައި ވެސް ވެއެވެ. ދެކުނުގެ އަތޮޅުތަކުގެ ގިނަ ރައްޔިތުން ދެކޭ ގޮތުން "ސްވަދީވް" އަކީ ރާއްޖޭގައި "ލާމަރުކަޒީ ފަލްސަފާ" ފެށުނު ގޮތެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވެސް ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގައި ލާމަރުޒީ ނިޒާމު ގެނައުމަށް ފުރަތަމަ ވާކާލާތު ކުރެވުނު ހަރަކާތެވެ. އަދި އޭރު ތިން އަތޮޅުގެ ބަދަހިކަން ވެސް ފެނިގެން ދިޔަ އިރު، މޭޔަރު ސޯދިގް ގަބޫލު ކުރައްވާ ގޮތުގައި ތިން އަތޮޅު ގުޅިގެން މަސައްކަތް ކުރުމުގެ އެ ސަގާފަތަށް މިއަދު ވެސް ބަދަލު އައިސްގެން ނުވާނެއެވެ.

ނަމަވެސް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ތަރައްގީގެ ވާހަކަ މިއަދު ބަހުސެއްގެ ތެރެއަށް ވަނީ ގޮސްފައެވެ. އައްޑޫ ސިޓީއާއި ހުވަދޫ އަތޮޅުގެ ތެރެއިން އެންމެ ވަސީލަތްތައް ހުރީ ކޮން އަތޮޅެއްގައި ކަމުގެ ބަހުސެކެވެ. މި ބަހުސް ހޫނުވެގެން އައިސް މި އުޅެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ވާހަކައަކާ ގުޅިގެނެވެ. ސަރުކާރުން ހުށަހަޅާފައިވާ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެފައިވަނީ އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރާނެ ވަސީލަތެއް ނެތް ކަމަށާއި އެހެންވުމުގެ ސަބަބުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ވެސް ތަރައްގީ ކުރެވެން ނެތް ކަމަށެވެ.

މޭޔަރު ސޯބެ "ވަގުތު" އާ ވާހަކަ ދައްކަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް އަފްޒަލް

"ވަގުތު" ގެ ނޫސްވެރިންގެ ޓީމު އައްޑޫ ސިޓީގައި ގެންދާ "ހޭރިޔާ" ދަތުރުގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިޔަކު މި ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ލޯކަލް ކައުންސިލްތައް އުފެއްދި ފަހުން ސިޓީއެއްގެ މޭޔަރެއްގެ ގޮތުގައި އެންމެ ގިނަ ދުވަހު ހުންނެވި މޭޔަރު ސޯދިގްގެ ޖަވާބުގައި ފުރަތަމަ އިސް ކުރެއްވީ ވެސް އައްޑޫ ސިޓީގެ އިތުރުން ހުވަދޫ އަތޮޅުގެ ރައްޔިތުން ވެސް ހިމެނޭ ގޮތަށް ދެ އަތޮޅުގެ ރައްޔިތުންގެ މަސްހަލަތެވެ.

މޭޔަރު ވިދާޅުވީ އެންމެ ޒިންމާދާރު ވިސްނުންފުޅަކީ އަތޮޅުތަކުގެ މެދުގައި ތަފާތުކުރުން ނުގެންގުޅުން ކަމަށެވެ. އެ އަތޮޅަކަށް ލިބިފައިވާ ވަސީލަތަކުން އެ އަތޮޅަށް ހައްގުވާ ތަރައްގީ ލިބެން ޖެހޭ ކަމަށް ވިދާޅުވިއެވެ. ހުވަދޫ އަތޮޅަށް ވެސް އެ އަތޮޅަށް ހައްގުވާ ތަރައްގީ ލިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމަ އެ އުސޫލުން އައްޑޫއަށް ވެސް ލިބެން ޖެހޭ ތަރައްގީ ލިބެން ޖެހޭނެ ކަމަށާއި ދެ އަތޮޅުގައި ވެސް އެ އަތޮޅެއްގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ މަޝްރޫއުތަކެއް ދިގު ދެމިގެންގޮސް މިއަދާ ހަމައަށް ވެސް އެ ކަމެއް ނުވެ އުދާސްވެފައިވާ ކަމަށް ވިދާޅުވިއެވެ.

މޭޔަރު ސޯބެ "ވަގުތު" އާ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މި ދެ އަތޮޅަށް ވެސް ކޮންމެ އިންތިހާބަކާ ދިމާކޮށް ދެ އަތޮޅުގެ މުހިއްމުކަން ފާހަގަކޮށް ސިޔާސީ ލީޑަރުން ވަރަށް ގިނަ ވައުދުވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވެރިކަމަށް ވަޑައިގަތީ ދެ އަތޮޅަށް މުހިއްމު ވައުދުތަކެއް ވެގެންނެވެ. އެންމެ ބޮޑު އެއް ވައުދަކީ ހުވަދޫ އަތޮޅު ދެ ބުރީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމު ކުރުމާއި އައްޑޫ ގަމުގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ ވައުދެވެ.

މިއީ އެހެން ސަރުކާރުތަކުން ވެސް އިންތިހާބުތަކާ ދިމާކޮށް ވެފައިވާ ވައުދަކަށްވާއިރު ދެ އަަތޮޅުގެ ރައްޔިތުން އަދިވެސް ތިބީ މި ވައުދުތައް ހަގީގަތަކަށް ވުމުގެ އިންތިޒާރުގައެވެ.

"ސްވަދީވް ތަރައްގީ ވާނީ ގުޅިގެން. އައްޑޫ، ފުވައްމުލައް، ހުވަދޫ ތަރައްގީ ވާން އޮތީ މި އަތޮޅު ގުޅިގެން. ސްވަދީވް ގުޅިގެން" މޭޔަރު ސޯދިގް ވިދާޅުވިއެވެ.

"ވަގުތު" ޓީމުން އައްޑޫ ސިޓީއާ އެކު ބޭއްވި ބައްދަލުވުން. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މޭޔަރު ސޯދިގް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެހާ ގިނަ އެއާޕޯޓްތައް ގާއިމު ކުރުމަކީ އެހާ ދެމެހެއްޓެނިވި ވިސްނުމެއް ނޫނެވެ. ދުނިޔޭގެ އެންމެ މުއްސަނދި އަދި އަވަށްތައް ބޮޑެތި ގައުމުތަކުގައި ވެސް ފެޑެރަލް ސްޓޭޓްތަކަށް ބެހިގެން ދާނެ ގޮތަކަށް އެއާޕޯޓްތައް ތަރައްގީކުރާ ކަން މޭޔަރު ފާހަގަކުރެއްވިއެވެ. ރާއްޖެއަކީ ދައުލަތަށް ލިބޭ އާމްދަނީ އިން ދައުލަތް ހިންގުމުގެ ހަރަދުތައް ކިރިޔާ ހަމަޖެއްސޭ ގައުމެއް ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ކޮންމެ އަތޮޅެއްގައި އެހާ ގިނަ އެއާޕޯޓްތައް އެޅުމުގެ ވިސްނުން ރަނގަޅު ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

މޭޔަރު ސޯދިގް ވިދާޅުވީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ހުވަދޫ އަތޮޅު ގުޅިގެން އެއްބަސްވެވޭ ކަންކަން އިސްކޮށް ތިން އަތޮޅު ގުޅިގެން މަސައްކަތް ކޮށްފިނަމަ ތިން އަތޮޅުގެ ރައްޔިތުންނަށް ވެސް ފުދުންތެރި ދިރިއުޅުމެއް ލިބިދެވޭ ގޮތަކަށް ތިން އަތޮޅު ތަރައްގީ ކުރެވޭނެ ކަމަށެވެ. ތިން އަތޮޅުގެ ތަރައްގީގެ ޕްލޭނެއް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ބައެއް ކައުންސިލަރުން ބައްދަލުވުމުގައި. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ ކައުންސިލް އިން އިސް ނަގައިގެން ސަރަހައްދީ ތަރައްގީގެ ޕްލޭނެއް އެކުލަވާލަމުންދާއިރު އެ ނޫން ސިޓީ ކައުންސިލަރެއްގައި ތަރައްގީގެ ޕްލޭނެއްގެ މަސައްކަތް ވެސް ނެތް ކަމަށެވެ.

"އެ ޕްލޭން އޮންނާނީ ވެސް އައްޑޫގެ އިތުރުން ފުވައްމުލަކާއި ހުވަދޫ އަތޮޅު ހިމެނޭ ގޮތަށް. އަޅުގަނޑު ވެސް ގަބޫލެއް ނުކުރެވޭ ވަކިވަކިން ތިބެގެން މި އަތޮޅުތައް ތަރައްގީ ކުރެވޭނެ ކަމަކަށް. އަޅުގަނޑުމެން އައްޑޫ ސިޓީ ކައުންސިލް އިސްވެ ތިބެ ވާނެ ހުވަދޫއާއި ފުވައްމުލަކާ އެކީގައި ތިން ބައްދަލުވުން ބާއްވާފައި. އަޅުގަނޑުމެން ގުޅިގެން މަސައްކަތް ކުރުމަށް ބައެއް ކަންކަން ނިންމުމަށް. އެއީ އައްޑޫ ސިޓީ ކައުންސިލްގެ ސްޓޭންޑް،" ޔަސްރިފް ވިދާޅުވިއެވެ.

މޭޔަރު ސޯބެ އައްޑޫ އަތޮޅާއި ހުވަދޫ އަތޮޅުގެ ވެސް މަސްލަހަތު އިސްކުރައްވައި ވިދާޅުވީ ދެ އަތޮޅުގެ ރައްޔިތުން އިންތިޒާރު ކުރަމުން ގެންދާ އެތައް މަޝްރޫއެއްވާ ކަމަށާއި އެ މަޝްރޫއުތައް މަޑުޖެހި ތަރައްގީ ނުލިބި ލަސްވަމުންދާތީ ދެ އަތޮޅުގެ ރައްޔިތުން މާޔޫސް ވެފައިވާ ކަމަށެވެ. މެންބަރު ސަނީފް ވެސް އެ ވާހަކަ ދެއްކެވީ އެ "ޖަޒުބާތުގައި" ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ "ޖަޒުބާތު" އައްޑޫއާއި ހުވަދޫގެ ކޮންމެ ރައްޔިތެއްގައި ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. Anonymous

    އައްޑޫ ސިޓީ މެޖޯރިޓީ ނޯ އޭ ބުނެ ފެއިލް ކޮށްފައިވާ މީހެކޭ ތި ސޯއްބެއަކީ ، ކަލޭ މިހުރިހާ ދުވަހު މޭޔަރަކަށްވެ ހުރެގެން އައްޑޫ ތަރައްޤީ ކުރަން ކުރެވުނު ކަމެއް ހަރާން! ތަނެއްގަ ގަހެއް ހުރިއްޔާ ގަސް ކެނޑާފައި ފެންފޯއް ރުއް އިންދަން އެކަނި އެނގޭ ބައެއް ތީ، ލަދުނުގަނޭތަ

    119
    4
    • އަސްލުހާލަތު

      އެހެން.. އަދި ސުވަދީބަކީ ވެސް އޮންނަތަނެއް ނޫން.. ނަސާރާ އިނގެރޭސިންގެ ހުތުގަ ޖެހި ދިވެހި ޓައިގަރުންގެ ވެރިޔާ ޤައުމާ ދީނަށް ޢައްދާރުވި އަބްދުﷲ އަފީފް އުފައްދަން އުޅެ އަތަށް ގޮވި ޢައިރު ޤާނޫނީ ބާޢީ ދަޢުލަތެއް.. ފަހުންވެސް ޝީޝެލްގަތިބެ ފީވާ ރޭޑިއޯ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގަ ނަސާރާ ދީން ފަތުރަން އޭނާގެ އާއިލާ އަޑީގަ ތިބެ މަސައްކަތްކުރިކަމީ އެންމެން ދަންނަ ބޮޑު ސިއްރެއް.. ސޯބެ ކަހަލަ ފެއިލް ވެފައި ހުރި މީހަކު ދައްކާނީވެސް ފެއިލްވެފަ އޮތް ކޮންސެޕްޓެއްގެ ވާހަކަ. ނާސިރުލްހުއްރިއްޔާ ޤައުމާ ދީނުގެ ހައްޤުގަ ކުރެއްވި މަތިވެރި ޖިހާތުގެ ސަބަބުން މުސްތަޢުމިނުން ބަލިވެ ޖިއްގަޅިވާލެވުނީ.. ޖިހާދެއް ނުވަތަ ހަނގުރާމައެއްގައި ކޮންމެވެސް ބަޔަކަށް އަނިޔާވާނެ، އުސޫލާ ޚިލާފަށް ދިޔަ ކަންކަން ތަހުޤީޤުކޮށް ފިޔަވަޅު އަޅަންވެސް ވާނެކަމަށް ޤަބޫލުކުރަން އެކަމަކު އޭގެ އަސްލު ސަބަބުކަމަށްވި އިނގެރޭސި ހުތުގަ ޖެހުނު ބާޢީ ބޮޑުންވެސް އޭގެ ޒިންމާ އުފުލަންޖެހޭނެ.. ސުވަދީބެއް ދުވަހަކުވެސް ނާންނާނެ ތީ ކުލަ ނުވާނެ ނަނާ ހުވަފެނެއް މާތްﷲ އިރާދަފުޅުން. އެނގޭ މި ކިޔާފަ ހަޖަމެއް ނުވާނެކަން ތަރަތަރަލައިގެން ހެދި ގަންނާނެކަންވެސް އެކަމަކު ހައްޤު ބަހަކޯ ހިތި އެއްޗެއް ހަޖަމު ކުރަން އުނދަގޫވެސް އެއްޗެއް.. ވަރަށް ސަލާމް

      34
      6
      • ކުދުވާނޑި މުހުންމާ

        އައްޑޫމޭޔަރު "ސުވަދީވް" އެއްބައިވާންޖެހޭ ކަމަށް އެބުނި ބުނުމުންދޭހަވާއެއްޗެއް ސާފެއްނުވޭ. ސުވަދީވް ކިޔާ ޖަމާއަތެއް ރަށެއް އަތޮޅެއް ފަޅެއް ނެތް. ދެން އެއްބައުވާންޖެހެނީ ކޮންބަޔަކު ކިހިނެތް ކޮންކަމަކަށް ކަމަށްނޭގޭ.
        ވަރަށް ކުރުކޮށް ބުނަންޏާމު ބުނެވޭނީ އައްޑޫ ވެސް ހުވަދު އަތޮޅުވެސް ތަރައްގީގައި މިއޮތީ މާފަހަތުގައޭ، އޭގެ އެއްސަބަބަކީ މިސަރަހައްދުގެ އިސްވެރިން ސިޔާސީގޮތުން ވަކިބަޔަކު ހިޔާރުކޮށްގެން ތިބެ މިއުފެދޭ ސިޔާސީ ފިތުނައިގައި އަތޮޅާއި ރަށަށް ވުރެން ތިމާމެންގެ އަމިއްލަ އެދުން އިސްކުރެވުނުކަމޭ. ހަގީގަތަކީ މާލޭގައި ގާއިމްވެފައި އޮންނަ މައިސަރުކާރުން ދެކުނުގެ އައްޑޫ ފުވައްމުލަށް ހުވަދޫ މިދެކެނީ އެހެން ނަޒަރަކުންކަން. އެހެންވީމައި އެކަކު އަނެކަކަށް ގުދޯ ގުދޯ ނުގޮވައި މައުމޫނަށް ޔާމީނަށް ނަޝީދަށް ސޯލިހަކަށް އެމްޑީޕީ ޕީޕީއެމްއަކަށް ނުބަލައި އިހްލާސްތެރިކަމާއި އެކު ރަށް އަތޮޅަށް ރައްޔިތުންނަށް ފާގަތިކަން ހޯދައިދޭން މަސައްކަތް ކުރަންވީ.
        ދެން އޮތީ ތިޔަބުނާ ބާޢީ ދައުލަތުގެ ވާހަކަ ބާގީ ވެއްޖެއްޔާ ބާޢީ، އެދައުލަށް އުފެއްދުމަށް އިސްކޮށްތިބީ އައްޑޫ ފޯއްމުލަށް ހުވަދޫ ގެ އެއިރުގެ އިސްރަށްވެހިން. އެދައުލަތް އުފެއްދުމަށް ހިތްވަރު ދިނީ މިތިން އަތޮޅުގެ ރައްޔިތުން، މިހާރުގެ ނަމުންނަމަ ޑީމޮކްރަސީގެ އުސޫލުން އެންމެ އާދައިގެ ރައްޔިތުން ފެށިގެން އިސް ރަށްވެހިން ތިބޭ އެކަމަށް ލޮލުން ބޮލުން ރުހި ގަބޫލުވެގެން. އެދުވަސްވަރު އެމީހުން އެދައުލަތެއް އުފައްދާންޖެހުނު ސަބަބަކީ މާލޭގައި އޮތް މައިސަރުކާރުން އައްޑޫ ފޯއްމުލަށް ހުވަދޫގެ މީހުންނަށް އަނިޔާވެރިވެ އެމީހުންގެ ވިޔަފާރި ހަލާކުކޮށް އެމީހުންނަށް ޖެއްސުމާއި ފުރައްސާރަ ކުރިކުރުން. އެދުވަސްވަރު އެމީހުން އެކަން ކުރީ އެނޫން އެހެން ގޮތެއްނެތިގެން. އެދުވަސް މިއަދުގެ ޒުވާނުންނަކަށް ނޭގޭނެ. ސުވާދީވް ގެ ސަރުކާރު އުފެދުނުގޮތާއި ނިމުނު ގޮތް ވަރަށް ތަފްސީލުކޮށް ލިޔެދީފައިވާނެ "ސުވާދީވް އާއި ހަވަރު ތިނަދޫ" ގެ ނަމުގައި ދިވެހި ބަހުން ލިޔެފައިވާ ފޮތެއްގައި. ޔަގީނުންވެސް ނޮވެލްޓީ ބުކްޝޮފުން އެފޮތް ލިބޭނެ. އެމައުލޫމާތު ބޭނުންވާ މީހަކު އެފޮތްކިޔާލީމައި ކަން ހިނގާދިޔަގޮތް ސާފުކޮށް ފެންނާނެ.
        ދެން އޮތީ އަބްދުއްﷲ އަފީފުދީދީ ގައުމަށާއި ދީނަށް އަޢްދާރުވެ ސީޝެލްސް އަށްގޮސް ފީވާ ރޭޑިއޯ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގަ ނަސާރާ ދީން ފަތުރަން އޭނާގެ އާއިލާ އަޑީގަ ތިބެ މަސައްކަތްކުރި ވާހަކަ. ހީވާގޮތުން ކޮމެންޓްކުރި ބޭފުޅާ މިގޮތަށް މިލިޔުނީ އައިސްފައި ހުރި ޖޯޝެއްގައި އައި ރުޅިއެއްގެ ސަބަބުން. މިއީ ރޯބުހުތާނު ދޮގެއް. ނޭގެންޏާމު ކަން ދަނެހުރި މީހެއްގެ ހައިސިއްޔަތުން ކުޑަކޮށް ބުނެލާނަމެވެ. އަބްދުއްﷲ އަފީފް އާއި އާއިލާ ސީޝެލްސް އަށްގޮސް އެތާގައި އުޅުނީ ވަރަށް ދަތިހާލުގައި، އަފީފްދީދީ އަކީ އިސްލާމްދިނަށް އުޅުއްވި ހެޔޮލަފާ ބޭފުޅެއް، އެބޭފުޅާގެ ބޭފުޅުން ނަކީވެސް ދީނަށް އުޅޭ އިހްލާސްތެރި ހިތް ހެޔޮބައެއް، އަފީފްގެ ބޭފުޅުންގެ ތެރެއިން އިބްރާހިމް އަފީފް ވަރަށްގިނައިން އައްޑުއަށް ވަޑައިގަންނަވާ، އަޅުގަނޑާއިވެސް ބައްދަލުވި އެއްފަހަރު، ހިތް ހެޔޮ ހިތްތިރި ރިވެތި އަހްލާގެއްގެ ބޭފުޅެއް.
        ހދ ކުރިނބީ، ދިވެހި ސީމަނަކު އެއްދުވަހު ބުނިއަޑު އެހިން، ތިމަންނާ ދަތުރުކުރުމުގައި އެއްފަހަރަކު ބޯޓު ސީޝެލްސްގައި ބަނދަރުކުރުމުން އާދަކާދައިގެ މަތީން ރަށުތެރެ ބަލާލަން ނިކުމެފައި އިއްތިފާގުން އަސުރު ނަމާދު ވަގުތުގައި ހުރެވުނީ މިސްކިތެއް ހުރި ހިސާބެއްގައި ކަމުން އެމިސްކިތަށް ނަމާދަށް ދިޔައީމޭ، ވަރަށް ކުޑަކުޑަ މިސްކިތެކޭ، ނަމާދަށް ދިޔައީ 12 ވަރަކަށް މީހުންނޭ، ނަމާދުން ފައިބައިގެން ތިމަންނާއާއި އަނެއް ރަހްމަތްތެރިޔާއާއި ދެމީހުން އަންނަނިކޮށް ފަހަތުން އައިމީހަކު ހަމަ ރިވެތި ދިވެހިބަހުން ތިޔައީ ދިވެހި ކުދިން ތޯ އެއްސެވުމުން ވަރަށް ހައިރާންވެފައި އާނއެކޭ ބުނީމައި ކޮނޑާއި ކޮނޑުޖައްސައި ސަލާމްކޮށް ފައި ބުންނޭ އަޑުއަހަންހޭ އައްޑޫ ފިނިފެންމާގޭ އަފީފު، ތިމަންމެން އަޑުއެހީމޭ ބުނީމައި ބުންޏޭ ތިމަންނާ މިއީ އެ އަފީފޭ. ދެން ގޮވައިގެން ގެއަށް ގެންގޮސް އަފީފުގެ އަނބިކަބަލުންނާއި ކުދިންނަށް ތިމަންނާމެން ތައާރަފްކޮށްދީ ހަވީރު ސައިދީ ހަދާފައި ޖެހިގެން އައިދުވަހު މެންދުރު ކާން އެގެއަށް ގެންގޮސް ތިމަންނާއާއި ދެންވެސް ބޯޓުގައި ތިބި ދިވެހި ތިން މީހުންނަށް ވަރަށް ކަމޭހިތިއޭ. ވަރަށް އާދައިގެ ގެއެކޭ، ހީވަނީ ހަމަ ރާއްޖޭގެ ގެއެއްހެންނޭ. އަފީފްދީދީ ތިމަންނާމެން ތިންމީހުންނަށް އެރަށުގައި ހުންނަ ވަރަށް މަޝްހޫރު ކާށިރުކެއްގެ ތިންކާށީ ދިފައި ބުންނޭ މިރަށަށް އައިމާ ކޮންމެވެސް ހަދިޔާއެއްދޭންވާނެނޫންހޭ. ދެން ބައްދަލުވާނެ ކަމެއްވެސް ނޭގެޔޭ.

        3
        2
    • އިސްތިރި އަލިބެއްޔާ

      އައްޑޫގައި އިތުރު ތަރައްޤީ އެއް ނެތް.. އޮތް އެކުވެރި ކަމެއް އޮންނާނެ.. ނަމަވެސް، ހުވަދޫގައި ހުރި ރިސޯސްތަކަށް އައްޑޫ މީހުން ވެރިވިޔަ ނުދޭނަން.. ހުވަދޫ ކަނޑު ފަޅާއި މި އިމުގައިވާ ހުރިހާ އެއްޗަކީ ސީދާ ހުވަދޫ ރައްޔިތުންގެ ބާރު ހިނގާނެ، ހުވަދޫ ރައްޔިތުންގެ މިލްކެއް.. ހުވަދޫ އަކީ ދެކުނުގެ މުސްތަޤުބަލް.. ދެކުނުގެ މައި އިޤްތިސާދު.. އައްޑޫ އަކީ ކުރިން އޮތް އަހަރުމެންގެ އެއްބަނޑު އެއްބަފާ އައްޑޫ އެއް ނޫން.. އަހަރުމެން ހުރިހާ ކަމެއް ވަރިހަމަ ކޮށް ނުތިބޭނަން.. އައްޑޫ އަކީ މިހާރު އިންޑިއާގެ ބައެއް.. ސޯބެމެން، ނިޒާރުމެން ލަދު ގަންނަން ޖެހޭނެ.. ހުވަދޫ އޭ ނުކިޔާ.. ވ.ސަލާމް..

      21
      1
  2. Anonymous

    ކިނބިސް ބީޗު ވެސް ހެދީ ގަސްތައް ކަހާ ނަގާލާފަ ގަސްތައް ނުކަނޑާ ކަމެއް ކުރަން ނޭނގޭ ބައެއް އެކަމަކު ނަމުން ތިމާވެށީގެ ބައްޕަ ،ކަމުން ފެންފޯއް ސަރުކާރު

    108
    3
  3. Anonymous

    ކަރަޕްޝަނާ ބޮޑުތަނުން ކަރަޕްޝަނާ އީ ވައްކަން، އެންމެ ފުރަތަމަ ޗާޓުގަ އޮތް ގޮތަކަށް ނޫން މިހާރު ސިޓީ ސްކެއަރ ހުރީ، އެވެސް ބަދަލުކޮށްލާފަ. އަދި ވެސް 100 ދުވަސް ހަމަނުވަނީދޯ. އެ ޕާކުގަ ހުރިހާ ހިޔާދޭ ގަސްތަކާ ރުއްތައް ކަނޑާލުމަށްފަހު ފާޑެއްގެ ފެންފޯއްރުއްތަކެއް އިންދައިގެން އަދި އެބަ އަނގަ އަރުވައެއްނުން. އެއަށްވުރެ މާ ތާހިރުވީސް އެތަން ހުރިގޮތަށް ބެހެއްޓިނަމަވެސް

    13
  4. Anonymous

    ހުވަދުއަތޮޅާއި މުލަކު މީހުންނަކީ އައްޑޫ މެޖޯރިޓީ މީހުން ގޮތަށް ކޮންމެ ކަމެއް ވަރިހަމަ މީހުންނެއް ނޫން، ކަލޭމެން ތިތިބެނީ ބޮޑުމާސިންގާ ބިމެއްގަ އިންޑިޔާއިން ބޭސް އަޅާއިރުވެސް ދެނަހުރިކަމަށްވެސްނަހަދާ، އަހަރެމެން ނަމަ މިހާރު އެތާނގެ ކައިރީ މުޒާހަރާ ކޮށް އެތަނުން އެމީހުން ފައްސާލާވަރުކޮށްލީމުސް

    20
    1
  5. Anonymous

    ޔާމީނު ސަރުކާރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހަދާދިނީމަ އެތަން ރަސްމީކޮށް ހުޅުވާލަން ވެސް ނުކެރުނު ފިނޑި ބައެއް ތީ! މީގެ ކުރިން ކޮންވެންޝަން ސެންޓަރެކޭ ކިޔާފައި ހަރުގެއެއް އަޅާ އެތަން ވީރާނާކުރަން ބަހައްޓާފައި ހުއްޓާ އެތަން ތަނަކަށް ހަދާދިނީ ޔާމީނު ސަރުކާރުން! އެކަމަކު ލަދެއް ޙަޔާތެއް ނެތީމަ އަނގަފުޅާކުރާނެ. ރައްޔަތުންގެ ލާރިންވެސް ކަމެއް ކޮށްނުދެވޭ ވަގު ސަރުކާރެކޭމީ

    18
    1
  6. Anonymous

    މި ސޯއްބެއަކީ މީ ބޮޑު ފެއިލިޔާއެއް، މީނާ އެތައް ބަޔަކަށް އަޑިއަޑިން ބިންތައް ދީފި މަގާމުތައް ހޯދަދީފި މީނައަށް އައްޑޫއަށް ކުރެވުނު އެއްވެސް ކަމެއްނެތް މީނާގެ އަންބޮޑި ބޮޑު ކުރެވުނީ އަންނި ގެ ޕަޕެޓުން މީ

    18
    1
  7. Anonymous

    އޭ މި ސަރުކާރުން އަލަށް އުފަން ވާ ކުދިންނަށް ދޭން ބުނި ހަދިޔާފޮށި ލިބުނުތަ ހައްހައްހައް ހައްހައްހާ

    15
  8. ފަ

    އައްޑޫ ވ ކަޓު ޙިޔާލު ހުންނަ ބައިގަނޑެއް އުޅޭ އަތޮޅެއް،،،،، އިންސާނުން ސިފައިގަހުރި ޖަނަވާރުން ތަކެއް ..

    7
    17
  9. Anonymous

    ކޮބާ ޔާންޓޭ ޖަލަށް ލެވުމުން ވީ މޮޅެއް އެބައޮތްތަ ؟ ޔޫ އޭ އީ އިން ދޭން ބުނި އެހީވެސް ނުލިބުނުދޯ؟ މޯދީ ފައިގަ ދޫލާލަ ތިބޭ ނުކުޅެދޭ ސަރުކާރު ދެން މިހެންބުނީމަ ހަމަ ކީރިތިކުރެއްވެނީ ދެރަކަމެއްނުން

    13
    1
  10. ސުވާދީބުގެ ދޮންބެއްޔާ

    އައްޑޫގައި ކުރެވޭވަރުގެ ކަމަކާއި އުޅެންއެބަޖެހޭ ތަނެއްގައި ބަޔަކު ރަންބިސް އެޅިއަކަސް އަދި ހާލަތު އޮތްގޮތުން އައްޑުއަކަށް އެކަން ކާމިޔާބު ގޮތަކަށް ހިންގޭކަން ނެތް ބުނަން މިއުޅެނީ އައްޑޫގައި ޓްއަރިޒަމް ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ހިންގާގޮތަކަށް ހިންގޭކަށެއްނެތޭ އައްޑޫގައި އިންޓަނޭޝަނަލް މަރީނާއަކާއި ޕޯޓެއްހިންގިދާނެ ބޭރުގެ މުއްސަދިންނަށް ދިގުމުއްދަތަކަށް ދިރިއުޅެން ބިންދެވިދާނެ މިކަލަ ކަންކަން އަޑޫގައި ކާމިޔާބު ވެދާނެ ސީޕްލޭން ހިންގޭނީ ހުވަދޫގައި ރީތައްރައްތައް ހުރީ ހުވަދޫގައި މަސްވެރިކަން އޮތީ ހުވަދޫގައި ދަޑުވެރިކަން އޮތީ ހުވަދޫގައި ގިނަ ގުދަރަތީ ވަސީލަތްތައް އޮތީ ހުވަދޫގައި ސުވާދީބަށް ހަދަންވީ ރަގަޅު ބިޒިނަސް ޕްލޭނެއް

    11
    1
  11. ޙުސައިން ޢަލީ

    ސޯބެ؟ ނޯ (ހުވަދޫގެ މީހަކު (ލައްބަ) ތިކަމަށް ނުބުނާނެ؟؟؟؟؟؟

    9
    1
  12. ޛކ

    އަނެއްކާ ވަކި ދައުލަތެ އް އުފައްދާ..

    10
  13. ސައިކަލް މީހާަ

    "ރައީސް އިބްރާހިމް ނާސިރު ސިފައިންނާއެކު ވަޑައިގެން އެ ދައުލަތް އުވާލައްވައި، ދެކުނުގެ ތިން އަތޮޅު ވެސް ދިވެހި ދައުލަތުގެ ބާރުގެ ދަށަށް އަނބުރާ ގެންދެވިއެވެ." ކަނޑައެޅިގެން ދޮގެެއް. މައުލޫމާތު ފޯރު ކޮށްދިނުމުގައި ޒިންމާ ދާރުވާން އެބަޖެހޭ. ދުނިޔޭގެ ބޮޑުބާރެެއް އަޑީގައޮވެގެން 3 އަތޮޅުމީހުން ލައްވާ ކުރުވި ކަމެއް. ނާސިރު ދުންބާޑިޖެހީ އެނަގެ އުފަން ފޯއްމުލަކަށް. ނިކަމެތިކޮށް މަރާލީ ތިނަދޫމީހުން. އައްޑުއަށް ކާރިވެސް ވާކަށް ނުކެރި ހަޑިހާވާފަ ވެލިކައިގެން އަނބުރާ އައީ.

    9
    3
  14. ސައިކަލް މީހާަ

    "ރައީސް އިބްރާހިމް ނާސިރު ސިފައިންނާއެކު ވަޑައިގެން އެ ދައުލަތް އުވާލައްވައި، ދެކުނުގެ ތިން އަތޮޅު ވެސް ދިވެހި ދައުލަތުގެ ބާރުގެ ދަށަށް އަނބުރާ ގެންދެވިއެވެ." ކަނޑައެޅިގެން ދޮގެެއް. މައުލޫމާތު ފޯރު ކޮށްދިނުމުގައި ޒިންމާ ދާރުވާން އެބަޖެހޭ. ދުނިޔޭގެ ބޮޑުބާރެެއް އަޑީގައޮވެގެން 3 އަތޮޅުމީހުން ލައްވާ ކުރުވި ކަމެއް. ނާސިރު ދުންބާޑިޖެހީ އެނަގެ އުފަން ފޯއްމުލަކަށް. ނިކަމެތިކޮށް މަރާލީ ތިނަދޫމީހުން. އައްޑުއަށް ކާރިވެސް ވާކަށް ނުކެރި ހަޑިހާވާފަ ވެލިކައިގެން އަނބުރާ އައީ

    4
    3
  15. ހަގީގަތް

    ވަރަށް މޮޅުވާނެ ވާހަކަ އަބުރާލަން

  16. މިއަދު

    ޢައްޑުއަތޮޅަށް ސިޓީގެ ދަރަޖަ ދިނުމަކީ ގޯހެއް އެއީ މީހުންދިރިއުޅޭ 6 ރަށް ހިމެނޭއަތޮޅަކަށްވާއިރު ޤާނޫގައި އޮތީ އެގޮތަށްނޫން
    އައްޑުއަތޮޅަށް ސިޓީގެ ދަރަޖަދިން މިންގަނޑުންނަމަ ރާއްޖޭގައި ސިޓީގެ ދަރަޖަ ނުދެވެންވީ އަތޮޅެއްމަދު 10 ހާސްމީހުންގެ އާބާދީއެއް އޮންނަ ކޮންމެ އަތޮޅެއް އެއީ ސިޓީއަކަށްވާންޖެހޭނެ

    10
    1
  17. ހުވަދޫ ރައްްޔިތުން

    ހުވަދޫ އަތޮޅުގެ ރިސޯސް އައ އްޑޫ އަށް ނުދެވޭނެ.

    10
    2
  18. ހުވަދޫ ރައްްޔިތުން

    ހުވަދޫ އަތޮޅުގެ މު އްސަދީން އަތޮޅުގާ އިންވެސްޓްމަންޓް ތަ އް ގާ އިމު ކުރުމަށް ގޮވާލަން

    10
  19. Anonymous

    ކައުންސިލް އިންތިހާބު ފެށުނީ އެވެ. ސުވަދީބް މިއީ އަންނި ބޭނުން ކުރާ ނަމެކެވެ.

    14
  20. ރައްޔިތު

    ރާއްޖެ ގަޑުބަޑުކުރަން އަނެއްކާވެސް މަގޫދަނޑި ސަރުކާރެއް އުފައްދަންވީއޭތަ؟

    12
  21. ހާމިދު ޝާހިދު

    ތިއީ މިހާރު އެމްޑީޕީ އަޑީގައި އޮވެގެން ރާއްޖެ ބައިބައި ކުރަން ކުރާ މަސައްކަތުގެ އަނެއް ބޮޅު. މިފިލުމު ނިމޭއިރު އެހިސާބުގައި އަހުލީ ހަނގުރާމައެއް ނުފެށިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު. ރާއްޖެއަށް ރަނގަޅު ގޮތް އޮތީ، މައިސަރުކާރާ އެކު ހުރިހާ ކައުންސިލްތަކުން މަސައްކަތް ކުރުން. އެހެންނޫނީ، މިހާރު މިިހިނގާ ހިންގަން އުޅެ ނުހިނގާފައިފައި އޮތް ލާމަރުކަޒީ އުސޫލު އުވާލާ، އަލުން ކާތީބުންނާއި އަތޮޅުވެރިން ބައިތިއްބައިގެން ހިންގަންޖެހިދާނެ. އެގޮތް މާރަނގަޅު ކަންނަނޭންގެ އެކި ރަށްރަށުގައި އެކި އަތޮޅުތަކުގައި އެކި ޕާޓީތަކުގެ އަގްލަބިއްޔަތު އޮންނަ ކައުންސިލް ތަކެއް އޮތުމަށްވުރެއް. ރައްޔިތުން ކޮންމެ 5 އަހަރަކުން ވޯޓްލާ ހޮވާ ރައީސް އަކަށް ފުރިހަމަ އިހުތިޔާރު ދޭންޖެހޭ، އޭނާގެ އެޖެންޑާއާއެއްގޮތައް، ހުރިހާ ހިސާބަކަށްވެސް ތަރައްގީ ގެނައުމަށް. ބަދަލުގައި ބޭނުންވަނީ، އަތޮޅުވެރިންނާއި، ކަތީބުންނަށް ލަފާދޭ ބާރުގަދަ މަޝްވަރާ މަޖްލިސްތަކެއް ނުވަތަ ކޮމެޓީތަކަކަށް މެމްބަރުން ހޮވާފައި ބައިތިއްބުމަށް. އެކޮމެޓީގައި ކޮންމެ ޕާޓީއަކަށް އަގުލަބިއްޔަރު އޮތަސް އާހިރުގައި ކޮމެޓީގެ ނިންމުމާ ހިލާފަށްނަމަވެސް ސަރުކާރުން އިމްޕްލިމެންޓް ކުރަން ބޭނުންވާ މަޝްރޫޢުތައް އިމްޕްލިމެންޓް ވެގެންދާނެ. އޭގެ ފަހުން ކުރިމަތިވާ އެހެން މައްސަލަތަކެއް އުޅޭނަމަ އެކަމުގެ ޒިންމާ އެ މަޝްރޫޢުއެއް ހިންގި ސަރުކާރެއްގެ ވެރިން އުފުއްލަން ޖެހޭނެ .

  22. ވިސްނާލުމަށް އެދެމޭ

    ކޮން ސުވަ އިދީބެ އްތަ....ތި ސުވަ އިދީބެ ހެދުމުން ގެ އްލިގެންދިޔަ އީ ކިތަ އް ފުރާނަ..ކިތަ އް މީހުންގެ ދިރި އުޅުން ކިތަ އް އާ އިލާ...ތިނަދޫ ރަ އްޔިތުން ހޭލާ.. އަ އްޑޫމީހުން ދަމަންމި އުޅޭ ގު އި ރޯނުގަ ނުޖެހޭތި...ހުރިހާ ގެ އްލުމެ ދެންވެސްލިބޭނީ ތިނަދޫ އަށް....ވަކިވެގެން ހާސިލްކުރެވޭނެ މޮޅުތަކެ އޮތްނަމަ މިހާރު ވަކިވެގެން ތިބޭނީ ސީޝެލް މޮރިޝަސް ފަދަ ގަ އުމުތަ އް....ކޮ އްމެ އަތޮޅެ ވަކިވެގެން ބޮޑު ގަ އުމެ އްގެ ފަސްބަޔަށްލެވުނީމަ ލިބޭނެ މޮޅެ އޮތްނަމަ މަލިކުމީހުން މިހާރުތިބޭނީ ދި އްލީ ބެންގޮލޯރާ އެ އްވަރަށް ތަރަ އްގީވެފަ....ޑިޔަގޯގާސިޔާ އެމެރިކާގެ އަތްދަށުގަ އޮންނަތާ އެތަކެ އަހަރުވެ އްޖެ... އެގަ އުމުގެ ރަ އްޔިތުންނަ ލިބުނު މޮޅެދަ އްކަބަލަ...ޖީލުތަކެ ބިކަވެ ހާލުގަޖެހުނީ... އެމެރިކާގެ އަސްކަރީންނަ ފާގަތިކަން ލިބުނީ... ހާދަ ނުވިސްނޭ ޖާހިލުބަޔެކޭ ރާ އްޖޭގަ ސިޔާސީމީހުންގެ ގޮތުގަ މިތިބީ އަ އްޑޫގަ. މޑޕ ވެރިކަން ކުރަން ބޭނުންވަނީ ހަމަ އެކަނި މާލޭގަ..ދެންހުރި ރަ އްތަ އެކިގަ އުމުތަކަށް ބަހާހުސްކުރުން މި އޮތީ ރަ އްޔިތުންނަ ވިސްނަދީގެން..... ވަކިވެގެންނަ ހިޔާލުކުރާ މީހުންނަ ހަލާކުހުރި..

    10
  23. ސުވާދީވް މާސްޓަރ ޕްލޭން

    މަޢުލޫމާތާއި ފިކުރީ ހަނގުރާމައިގެ ދުވަސްވަރު އަދި ތަރައްޤީއާއި ދަމައްދުން ރޭހުގެ ދުވެލި ބާރުވެ ދުނިޔޭގެ ބައްރުތައް ވާދަކުރަމުންދާ އިރު އަލުން "ޔުނައިޓެޑް ސުވައިދީވް އައިލެންޑްސް އޮފް މޯލްޑިވްސް" އެއް އުފެދި ގުޅި ލާމެހިގެންދާ ގޮތުގައި ހިންގުމުގެ ވަކި ނިޒާމެއް ގާއިމް ކުރުން މުހިއްމު. އެކަމަކު އެ ނިޒާމު ގާއިމްކުރާނީ މައިސަރުކާރުގެ ތެރެއިން، ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި. އެހެނަސް މުސްތަގިއްލު އިގްތިސާދެއްގެ ވެރި، މުސްތަގިއްލު ތަރައްގީގެ ޕްލޭނެގެ ވެރި ބަޔަކަށް ސުވައިދީވް ވާންވާނެ. މި ޕްލޭންގެ ތެރެއިން މި ސަރަހައްދުގައި އިންޓަނޭޝަނަލް ސީ ޕޯޓްތަކާއި އެއަރޕޯޓްތައް ހުންނަންވާނެ. އަދި ކުރިއަރާފައިވާ ޓްއަރިޒަމްގެ މޮޑެލްތަކާއެކު ވިޔަފާރި ބަދަރުތަކުގެ އިތުރުން ބްރިޖުން ގުޅުވެން ހުރި ރަށްތައް ހުންނަންވާނީ ގުޅުވިފައި. އަދި އެއް ނެޓްވޯކެއް ހިއްސާކުރާ ކަރަންޓް، ފެން، ގޭސް ނެޓްވޯކްތައް ހުންނަންވާނެ. މިފަދަ ވަސީލަތްތައް ހުރިހާ ރަށްތަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދޭންވާނެ. އަދި ދުނިޔޭގެ ބޮޑެ މަހުޖަނުންނަށް ދިގު މުއްދަތަށް ރައްތައް ކުއްޔަށް ދިނުމާއެކު އިންވެސްމަންޓްތަކަށް ހުޅުވައިލެވެންވާނެ. .... ޖުމްލަކޮށް ދަންނަވާނަމަ ތިން އަތޮޅު ހިއްސާކުރެވޭ ތަރައްގީގެ އަދި ބިޒިނަސް މޮޑެލްތައް ހިންގައި އެ އިސްތިހާރުކޮށް އެ ޕްރޮމޯޓްކޮށް އިންވެސްޓަރުން ހޯދުމުގެ ފުރިހަމަ ބާރު މައިސަރުކާރުގެ ތެރެއިން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން ފާސްކޮށް މި އަތޮޅުތަކަށް ދޭންވާނެ. އޭރުން ތަރައްޤީއަށް ޓަކައި "ސުވައިދީވް" ހަނގުރާމައަކަށް ދާކަން ނުޖެހޭނެ. އަދި މައި ސަރުކާރަށް ބޮޑު ލުޔެއް ލިބިގެންދާނެ. މި މޮޑެލް އަޖުމަ ބެލުމަށް ވެސް ތަންފީޒުކުރަން ފެނޭ. ކާމިޔާބު ނަމަ ބޮޑު ތިލަދުންމަތި ވެސް މި ގޮތަށް ހިންގާނީ.

    3
    2
  24. ޟަރި

    ތިވެސް ބައިބައިވުމެއް.

  25. ިމުހައްމަދު

    އައްޑުއަތޮޅުގައި ތިބޭ ބަޔަކާ ގުޅުމުގެ އެއްވެސް ބޭނުމެއް ނެތް. ހުވަދުއަތޮޅުގައި ހުވަދުއަތޮޅުގެ ކަންކަން ކުރެވޭނެ ނިންމޭނެ ދަރިން ތިބޭނެ. ޢިލްމާއި ޙިލްމުވެސް ހުންނާނެ. ކުރިން ތިހެން ޖެހި މަކަރުވެރިކަމުގައި ވެގެން ދިޔަގޮތް ހަނދާނުގައި ހުންނާނެ. މިފަހަރު އައްޑޫ ބަޔަކު ބުނާގޮތަކަށް އެއްވެސް ކަމެއް ބަޔަކު ކުރާނަމަ ކުރިން ތެދުވިގޮތަށް އެކަމާ ދެކޮޅަށް ތެދުވާނެ ހިތްވަރު ހުރި ދަރިން މާގިނަވާނެ.

  26. ރެއްކާ

    ވަރަށް ކުރުކޮށް ބުނަންޏާމު ބުނެވޭނީ އައްޑޫ ކުރިނާރައި ވަޅުޖެހިފައި އޮތީ އައްޑޫމީހުންގެ ހުރި ކަންނެތްކަމާއި ވެރިންގެ ހުރި ފަރުވާ ކުޑަކަމުންނޭ. ހުވަދު އަތޮޅުގެ ރައްޔިތުން މަޑު މަޑުން ނަމަވެސް ކުރިއެރުން ހޯދަމުން އެދަނީ އެމީހުންގެ ވެރީންގެ ދުރުވިސްނުމާއި ރަނގަޅު ޕްލޭނެއް އޮވެމެ ރައްޔިތުން އެކަމަށް ފާރަވެރި ވެގެން ތިބުމުގެ ސަބަބުންނޭ.
    މިސާލަކަށް ރައްޔިތުން ބޭނުންވާކަންކަން ނުކުރެވި ހުރެ، މާދަމާ ރައީސް ސޯލިހް ގއ ވިލިގިއްޔަށް، ގދ ތިނަދޫ ގޮސްފިތަ ރަށުގެ ވެރިން ނުވަތަ ޕާޓީގެ އިސްވެރިން ރުހުނަސް ނުރުހުނަސް އެނުކުރެވި ހުރިކަންކަމުގެ ވާހަކަ ރައީސް މީހާއަށް އަޑު އިއްވާނެ. އަދި އެންމެ މޮޅުކަމަކީ އެއަޑު އިއްވަން ނިކުމެ ތިބޭނީ އެމްޑީޕީ ޕީޕީއެމް މީހުން އެކީގައި.
    އައްޑޫމީހުންގައިގަ މިކެރުމާއި ރަށު އަތޮޅު ޖޯޝްނެތް، އަތިރި މަށާ މައްޗަށް ފާހާނާ ކޮށްގެން ތިއްބާ ރައީސް މީހާ އަޔަސް ފިނިފެންމަލުން ގުލްދަސްތާކުރާނެ، އެއީ ތަހުޒީބީ މީހުން އުޅެނީ އެގޮތަށޯ. މިއަދުވެސް ރައީސް ސޯލިހް ނުވަތަ ރައީސް ނަޝީދު އައްޑުއަށް ދޭބަލަ، މުޅި މަގުފުރާލާނެ ރީނދޫކުލައިން އަސްލަމް އާއި ޗެކްމާކް އަހްމަދު ރަޝީދުމެން ސޯބެމެން ކާރުބުރާއި ސައިކަލްބުރާއި ބައިސްކަލް ބުރުޖަހައި ފުމެ އަރައި ޒުވާނުނެ މަގުމައްޗަށްނެރެ ގޭގޭގައި ތިބި މުސްކުޅިވެރިންނަށް ނަސޭހަތްދީގެން ޕާޓީވެރިމީހާއަށް އައްޑޫގައި ސަޕޯޓް އޮތްކަން ދައްކާން މިހުން އެއްކޮށްލާނެ. ވެރިމީހާއައިސް މޮޅުވާހަކަ ދައްކައި މެގަޕްރޮޖެކްޓް ހިންގާލަން ވައުދުވެފައި ރައްކާވާނެ. ވައްﷲ އައުލަމް.
    ނިކަން ފިސާރިވެގެން އެއްފަހަރުވެސް މާލެއިން އަންނަ ވެރިމީހާ އަންނަންވާއިރަށް އެންމެން ގެއަށްވަދެ ގޭގޭގެ ދޮރުތަންޑު އަޅައިގެން ތިބެބަލަ، އެމީހުން އައިސް ދައްކާނެ ވާހަކައެއް އަސްލަމާއި ޗެކްމާކާއި ނިޒާރަކާއި ސޯބެއަކާއި ދައްކާފައި ދާނެތަނަކަށް ގޮސްދާނެއެއްނު. ކަންކަން ކުރެވޭނީ ރައްޔިތުންވެސް ފިސާރިވެގެން. ރަނޑާލިން ތިބެގެން ލިބޭނެ ކުރިއެރުން ތިލިބެނީ.
    ސޯބެ އުޑުގައި ޖެހިފައި ބިމުގައި ޖެހިފައި ބުންޏަސް، ސޯބެމެން އަސްލަމު މެން ޗެކްމާކް ރަޝީދުމެން ގަބޫލުކުރިޔަސް ނުކުރިޔަސް ހަގީގަތަކީ ކުރިއެރުމާއި ތަރައްގީގައި ހުވަދު ފޯއްމުލަށް މިއަދު އޮތީ އައްޑުއަށް ވުރެން މާކުރީގައި.
    ތަފާތު ފެންނާނެ ހުވަދު އަތޮޅުގެ ބޮޑެތި ރަށްތަކަށް އައިސް ބަލާފައި އައްޑުއަށް ގޮސް ހިތަދޫ ކޯއްޓެއިން ގަމަށް ނަޒަރު ހިންގާލީމައި.
    ހުވަދޫމީހުންވެސް ކަންކަން ކުރުވަނީ މައިސަރުކާރުން، އެމީހުން އެކުރުވާން ބޭނުންވާކަމެއް އެބަކުރުވާ.
    އައްޑޫމީހުންނަށް އެކަމެއްނުވޭ، އައްޑޫގެ ވެރިން ނިދާހޭލައިގެންދޯކަމެއްވާނީވެސް ފުރަތަމަ. ނިދިބަރުމީހުންނަށް ވާނެވަރުން ތިވަނީ.

  27. ސަމީ

    ޥަކިވެ ނުގަންނާށޭ ކިޔާފަ ތިޔަ ބުނަނީ ސުވައދީބޭ. ޅަދު ކުޑަ ކިޔޭ ނުކިޔޭ އެއްޗެއް އި ގޭތަ

  28. ސަލާ

    ދެކުނުގެ ރައްޔިތުންނޭ ވިސްނާތި. މިއީ އެހެރެ ކެނެރީގޭ ނަޝީދު ހިންގާ ގޭސް ގަނޑެއް. އޭނާ ބޭރުފުށުން ކިތަންމެ ނަލަކޮށް ފެނިލިޔަސް ހިތްނުބައި ބޮޑު މައްކާރެއް އެއީ. އޭނާގެ ސަރުކާރުން އައްޑޫ ރައްޔިތުންނަށްވީ ވައުދު ނުފުއްދުނީމައި ދެން މިހާރު އައްޑޫގެ އެކުވެރިންނާއި އެއްބަނޑު ގާތްތިމާގެ މީހުންނާއި އައްޑޫމީހުންނާއި ޖައްސައި ފިތުނަ މިއުފައްދަނީ.
    މާދަމާ އައްޑޫއަށް ގޮސް ބުނާނެ އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ ބާކީކޮށްފިއޭ، ތިމަންނާގެ ވެރިކަމެއްގައި އައްޑޫ ރައްޔިތުން ބޮލުގައި ރަންތާޖުއަޅާނަމޭ. ހީވާކަހަލަ މިދެކެވޭ ވާހަކަތަކަކީ މިވެރިކަމަށް އައްޑޫ ރައްޔިތުންގެ ނަފްރަތު އުފައްދައި ރައީސް ނަޝީދަށް ހިތްލެންބުމުގެ ކަމެއްހެން. ގަބޫލުކުރައްވާ މިވެރިކަމަކީ ސީދާ ކެނެރީގެ ނަޝީދުގެ އޯޑަރަ ހުރިހާކަމެއް ހިނގާ އޭނާގެ ފުރިހަމަ ބާރު އޮތް ވެރިކަމެއް.
    އެއްބަޔަކު އަނެއްބަޔަކަށް ނުތޮޅެ، ހުތުރު ބަސްނުބުނެ ތިބުން ބުއްދިވެރި، އަހަރުމެންނީ މާދަމާވެސް އެއްތަށްޓަކުން ކާން ތިބިބައެއް. އެމީހުން އެތިބީ ލަންޑަނަށް ފުރަން ފޮށި ތަންމަތި ބަންނަންތައްޔާރަށް.

  29. ރޯމިޔޯ

    ކޮންމެ ދެރަށަކުން އެއްރަށަކު އެއަރޕޯޓް އަޅާ ކޮންމެ ދެ އެއަރ÷ޯޓަކުން އެއަރޕޯޓެއް އިންޓަރނޭޝަނަލް ކޮށް މީދެން ކޮންކަމެއް.ރާއްޖެ އަކީ ބަޔަކުދިނިއްޔާ ކައިގެން ތިބޭ ބަޔެއްް.،އެންމެ ކުޑަމިނުން ދަތް ކޮށްޓާ އިލޮށިވެސް މިގެންނަނީ ބޭރުން.އެވަރުގެ ބަޔެއްމީ.ދެކުނުގަ މިހާރުވެސް އެބަ އޮތް އިންޓަރނޭޝަނަލް އެއަރޕޯޓެއް.އެތަން ތަރައްގީ ކުރަންވީނުން.ސިޔާސީ ބޭނުމަކަށް ރައްޔިތުންގެ ފައިސާ ބޭނުން ނުކުރޭ.ކާޑެއްދޫ އިންޓަރނޭޝަނަލް ކުރަން ގޮވާއިރު މިއުޅެނީ ރީޖަނަލް އެއަރޕޯޓަކަށް އެތަން ރަނގަޅަށް ނުހިންގިގެން.ފާއިތުވި 15 އަހަރުވެސް މާކަބޮޑު ބަދަލެއް އައިއްސަ ނެތް.އިންޓަނޭޝަނަލް ކުރުމަކީ އިތިރަށް ޚަރަދު ބޮޑުވާނެކަމެއް.

    • ދީދީ

      ރޯމިޔޯ ބަޔަކު ނޫޅެޔޭ އިންޓަނޭޝަނަލް އެއް ނޭޝަނަލް އެއްކުރާކަށްވެސް. އައްޑޫ ހުވަދޫ އާއި ގުޅުވައިގެން މަޖިލީހުގައި އިންނެވި ހުވަދުއަތޮޅުގެ މެމްބަރަކު އެދެއްކިވާހަކައެއް އެދެއްކީ ބެލެވޭ ގޮތުގައި ދިވެހި ސަރުކާރުން ހާއްސަކޮށް ރައީސް ނަޝީދު ދެއްކިވާހަކައެއް. ހީވަނީ ސަރުކާރުން ނުވަތަ ރައީސް ނަޝީދު ބޭނުންވަނީ މިކަހަލަ ވާހަކައެއް އަޑެއް އިއްވާލީމައި އައްޑޫ މީހުންގެ ދެކޭގޮތް ބަލާލަން، ރައީސް ނަޝީދުމެން މިހާރު އައްޑޫ ރައްޔިތުން ދެކޭގޮތް ދެނެގަންނާން ބޭނުންވާ ސަބަބަކީ އައްޑޫ ރައްޔިތުންނަކީ މިސަރުކާރު ގެންނާން އެންމެ ބުރައެއް އުފުލި އެއްބަޔަކަށް ވެފައި، އައްޑޫގެ ކައުންސިލާއި މަޖިލިސްގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ދީނީމައިވެސް މިސަރުކާރަށް އައްޑުއަށް ކޮށްދެވުނުކަމެއްނެތް، އެސަބަބާއިހެދި އެންމެ ފަހުން ރައީސް ނަޝީދު އައްޑު އަށް ވަޑައިގަތުމުން އެމަނިކުފާނަށްވެސް ޝޮކެއްލިބުނު، ސަބަބަކަށްވީ ޒަމާނުސުރެއް އައްޑޫގެ ބޮޑު ތާއީދު އޮތް ނަޝީދު އައްޑުއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ދިޔައީ އަތޮޅުގައި ތިބި އެމްޑީޕީ ބޮޑުންކޮޅެއް އެކަނިކަމަށް ވެ މުޅި މީޑިއާގައި އެވާހަކަ ފެތުރި މަންޒަރު ފެނިގެން ދިއުން.
      މިސަބަބާއިހެދި ރައީސް ނަޝީދު އެހެރީ އައްޑޫ ރައްޔިތުން ބޮލަށް ސަވާރުވާނެ ފުރުސަތެއް ނުލިބިފައި، ދެން މިހާރު މެމްބަރަކު މެދުވެރިކޮށް މި އުޅެނީ ސްޓަންޓެއް ޖައްސައިގެން، ނިކަން އަވަހަށް މަންޒަރު ފެންނާނެ.
      ދެން އޮތީ ތަރައްގީއޭ ބުނާއިރު އެއާޕޯޓެއް ހެދީމައި އެއީ އަދި ތަރައްގީވުމެއްނޫން، ދާދި އިހަށްދުވަހު ފެނުނު މަންޒަރެއް ބުނެފާނަން، ގއ ކޫއްޑޫ އެެއަރޕޯޓުން ފުރި ހާލު ބޮޑު ބަލިމީހަކު ފްލައިޓައި ހިސާބަށް ގެންދިޔައީ އެއަރޕޯޓްގައި ބޭނުންކުރާ 1.5ޓަނުގެ ޕިކަޕެއްގައި. އެފަހުން ދުވަހެއްގައި ހަމަ އެއެއަރޕޯޓުން ފުރުވަން ގެންދިޔަ ބަލިކުއްޖަކު ޓާމިނަލުން ފްލައިޓަށް އަރުވާން ގެންދަންޖެހުނީ އެކުއްޖާގެ ބައްޕަގެ އަތްދަނޑިމަތީގައި.
      ގދ ކާޑެއްދޫ އެއަރޕޯޓުގެ ޓާމިނަލްގައި ހުންނަ ފާހާނާގެ ފެންވަރު ބަލާލަބަ، އެއީ މަތީފަންތީގެ ގެސްޓުންނަށް ހިދުމަތްދޭ ތަނެއްގައި ހުންނާންޖެހޭ ފެންވަރުތޯ؟
      މިއަކީ ހުވަދު އަތޮޅުގެ ނުވަތަ އައްޑު އަތޮޅުގެ ނުވަތަ ތިލަދުންމަތީގެ މައްސަލައެއްނޫން. މިއީ ސަރުކާރުގެ ނާގާބިލު ދޯހަޅިކަމުން ފެންނަ މަންޒަރު.
      ދެން ރިސޯޓް ހަދާވާހަކަ ދައްކަނީ ރިސޯޓް ހަދަނީ ސަރުކާރަކުން ނޫން، ރިސޯޓް ހަދަނީ ވިޔަފާރިވެރިން، ގިނަފަހަރަށް މިހާރު މިހަދާގޮތަކީ ރިސޯޓް ހަދަން ރަށެއްމިދެނީ އެބަޔަކާއި ސަރުކާރާއި އެއްބަސްވާ ގޮތެއްގެމަތީން އެއަތޮޅުގައި އެއަރޕޯޓެއް ނުވަތަ އެހެން ޕްރޮޖެކްޓެއް ހިންގާލާ ކަހަލަގޮތަކަށް. ރިސޯޓް ހެދީމައި އަތޮޅުތަށް ތަރައްގީ ވަންޏާމު އެކަން އެކުރަނީ ވިޔަފާރި ވެރިން.
      މިސަރުކާރުން ތަރައްގީގެ ގޮތުގައި ކުރެވުނު މާބޮޑުކަމެއް ދައްކާލަބަލަ، މުޅިންވެސް މިފެންނަނީ ޔާމީނުގެ ވަގު ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތަށް ނިމިގެން އަންނަތަން.
      އިންޑިޔާ އާއި ބައިއަތު ހިފައިފ ބަޔަކު ކުރާ ކޮންމެ ކަމެއްދާނީ ހަމަ ފިނިހަކަ ސްޕީޑްގައި. އިންޑިޔާ މީހުން އައްޑޫގައި މާސިންގާ އިމާރާތެއް އެބަހަދައެއްނު، ޗައިނާމީހުން އެއްއޮތްބޮޑު ބްރިޖްނިންމައި އަތްދޮވެލި އިރުވެސް އިންޑިޔާމީހުން އެތިބެނީ އިމާރާތާއި އޮޅުލައިގަނެގެން.
      މިސަރުކާރުގެ ފަރާތުން މުޅިންވެސް އިވެނީ ޝާހިދު އެކިގައުމުތަކަށް ދަތުރުކޮށް ފައިސާ ހޯދާވާހަކަ، ޔޫރަޕުން މިލިޔަންޑޮލަރު އެހީ ލިބޭވާހަކަ، އިންޑިޔާއިން ހިލޭ އެހީ އާއި ބިލިޔަން ޑޮލަރުގެ ލޯނާއި ހިލޭ އެހީގެ އައުޓްޑޯ ޖިމާއި ފުޓްބޯޅަ ޓާފް އާއި މަސްފެކްޓަރީއާއި ލިބޭ ވާހަކަ.
      ދެން އިވެނީ ސަރުކާރު ތެރެއިން މިލިޔަނުނ ވައްކަން ކުރާވާހަކަ.
      ލިބޭ ކަމަށް ބުނާ އެއްޗަކާއި ވަގަށް ނަގާކަމަށް ހާމަކުރާ އަދަދު ތަކާއި އަޅާކިޔާލީމައި ރައްޔިތުންނަށް ހޭދައެއްކުރާކަށް އެއްޗެއް އޮތްހެނެއް ހިއެއްނުވޭ.
      ކޮންމެއަކަސް ތަރައްގީ ކިތަންމެ ވަރަކަސް ވިޔަކަސް އެނގޭ އެއްކަމެއް އެބައޮތް، މާލޭގެ ބާޒާރުގެ ކޮންޓްރޯލް އިންޑިޔާ މީހުން އަތުލައިފި، އިކޮނޮމިކް މިނިސްޓްރީ މޭފުއްޕާފައި ކޮންޓްރޯލްކުރި އަލުވި ފިޔާ ބިހުގެ އަގުވެސް ކޮންޓްރޯލުން ނެއްޓިއްޖެ، ޑޮލަރުގެ ކަޅު ބާޒާރު އުފެދި 20-19 ރުފިޔާއަށް އަގުއަރައިފި. ބޭންކްތަކުން ކުރާ މުއާމަލާތް ކޮންޓްރޯލްކޮށްފި، އޭޓީއެމް ތަކުން ޑޮލަރު ނެގޭ މިންވަރު ބޮޑުތަނުން ދަށްކޮށް ކޮންޓްރޯލް ކޮށްފި، ބޭރަށް ފައިސާފޮނުވޭ ވަރާއި ބޭރުގައި ތިބެގެން ކާޑުން ފައިސާނެގޭ ވަރު ދަށްކޮށް ކިޔަވާ ކުދިންނާއި ބޭސްފަރުވާ ކުރާފަރާތްތަކަށް އިތުރު ތަކުލީފު ޖެހިއްޖެ. ބާޒާރުގެ އެއްޗެއްހި އަގުބޮޑުވެ ބައެއް އެއްޗެހި ހުސްވެއްގެ، އިމްޕޯތްކުރާ މުދަލުން ނަގާ ޑިއުޓީއަށް ގެނައި ބަދަލުން މީގެ ތިންމަސް ކުރިން 8 ރުފިޔާއަށް ލިބުނު ކޯކު ދަޅު މިހާރު ލިބެނީ 12 ރުފިޔާއަށް.
      ދެން ގައުމެއް ތަރައްގީވެ ކުރިއަރާނީ މިވަރަކަށްދޯ.
      އެހެންވީމައި މިހުރިހާ ކަންކަން ސަރުކާރުތެރޭގައި ތިބޭމީހުން މިދައްކާވާހަކަ އަކީ މިތިބަކަންކަން ފޮރުވަން ރައްޔިތުންގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލުމަށް ދައްކާވާހަކަތަށް ކަމަށް ވަރަށް ބޮޑަށް ބެލެވޭ.
      ރައީސް އޮފީސް ތެރޭގައި އެތިބޭ ދޮން ޕީއާރު މީހުން ދުވާލުދާ ހަތަރު ދަމު ކުރަނީ މިމަސައްކަތް.

  30. ބާދަލާ

    އަސްލުހާލަތުގެ ނަމުގައި ކޮމެންޓްކޮށްފައިވާ ބޭފުޅާއަށް ކަންހިނގާފައިވާ ގޮތް އެނގިފައިނުވާކަން ވަރަށް ރަނގަޅަށް އެބައެނގޭ.
    މިއަދު ޒުވާނުން އެބަޖެހޭ ގައުމުގައި ކުރިން ހިނގާފައިވާ މިކަހަލަ ކަންކަން އެނގި އެމައުލޫމާތު ފުރިހަމަޔަށް ލިބިގަންނަން.
    ތެދެއް ދިވެހި ސަރުކާރާއި ދެކޮޅަށް، އައްޑޫ ފުވައްމުލަށް ހުވަދުއަތޮޅު ހިމެނޭހެން ސަރުކާރެއް އުފެއްދި. އެއީ އެދުވަސްވަރު މިތިން އަތޮޅުގެވެސް ރައްޔިތުން ބޭނުންވެގެން އެނޫން އެހެން ގޮތެއްނެތިގެން ކުރިކަމެއް.
    ގާނޫނަކަސް އައިރުގާނޫނަކަސް އެއުފެދުނު ސަރުކާރުގައި ބައިވެރިވުމަށް މަޝްވަރާކުރުމަށް ހުވަދު އަތޮޅުން އައްޑުއަށް ވަޑައިގެންނެވި ހުވަދުއަތޮޅުގެ އިސްވެރިންނަކީ؛
    1. އަލްފާޞިލް އޮޅަދީދީ ކަތީބު
    2. އަލްފާޞިލް ގެދަރު އަލިމަނިކު (ވާދޫ)
    3. އަލްފާޞިލް ޔޫސުފު ސިދުގީ
    4. އަލްފާޞިލް މޫސާ ފަތުހީ
    5. އަލްފާޞިލް ހަކީމް ހުސެން އަފީފު
    6. އަލްފާޞިލް ގައްދަޑުގޭ އަބްދުﷲ ލަތީފު (ވާދޫ)
    7. އައްޝައިހް މުހައްމަދު ސަލީމް (ގައްދޫ)
    8. އަލްފާޞިލް އަބްދުލްމަޖީދު (ގައްދޫ)
    9. އަލްފާޞިލް ތުއްތު ކަތީބު (ދާންދޫ)
    10. އަލްފާޞިލް އިސްމާއިލް ކަތީބު (ކޮލަމާފުށި)
    މިބޭފުޅުން ނާއި ފުވައްމުލަކާއި އައްޑޫގެ އެކިރަށްރަށުގެ އިސް ރަށްވެހިން އައްޑުއަށް ވަޑައިގެން ބައްދަލުވުން ބޭއްވުނީ 3 ފެބްރުއަރީ 1959 ގައި.
    މިބައްދަލުވުމުގައި ދެކުނުގެ މިތިން އަތޮޅުގެ ރައްޔިތުން ބަނޑަށްޖެހިދާނެ ހާލަތެއްގައި ތިބުމާއި މާލޭގައި އޮތް ދިވެހި ސަރުކާރުން މިތިން އަތޮޅުގެ ރައްޔިތުންނަށް އަނިޔާވެރިވުމާއި، ވިއްކަން ގެންދާ މުދާކޮޅަށް ސަރުކާރުގެ ވެރިންގެ ނުފޫޒުވައްދައިގެން އަގު ކުޑަކުރުވައި އޮޑިދޯނިފަހަރު މާލޭގެ ފަޅަށުގައި ބޭއްވުމަށް ބޮޑުކޮށް ފީނެގުމާއި، އަދި މިތިން އަތޮޅުގެ ވިޔަފާރި އޮޑިތަށް އައްޑޫ ފޯއްމުލަށް ހުވަދޫ އިން ސިލޯނަށް ކުރާ ވިޔަފާރި ދަތުރުތަށް ހުއްޓުވަން ގަދަފައި ވިއްދާފައި ތިބުމުގެ ސަބަބުން މިތިން އަތޮޅު ދިވެހި ސަރުކާރާއި ވަކިވެ ވަކިދައުލަތެއް އުފެއްދުމަށް މިތިން އަތޮޅުގެ ރައްޔިތުންނަށް ފެންގޮތެއް ބެލުމަށާއި އަދި މިއުފައްދާ ދައުލަތުގެ ވެރިޔަކަށް އަބްދުﷲ އަފީފު ހުރުމަށް ފެންނަތޯ ބެލުމަށް މިބައްދަލުވުމުން ނިންމެވިއެވެ.
    މިގޮތުން 13 ފެބްރުއަރު 1959 މިތިން އަތޮޅުގެ އިސްވެރިން އިސްވެ ތިއްބަވައިގެން ރައްޔިތުން މިކަމުގައި ދެކޭގޮތް ހޯދައި ބެލިއިރު، މިތިން އަތޮޅުގެ ކުދިބޮޑު އެންމެނެ ތިބީ ދިވެހި ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް މިތިން އަތޮޅުގެ ވެރިން ނިންމާ ކޮންމެ ނިންމުމަކަށް ރުހިގެންނެވެ. އަދި ހުރިހާވެރިން އިއްތިފާގު ވަންޏާމު މިއުފައްދާ ދައުލަތުގެ އެންމެ އިސްވެރިޔަކީ އަބްފުﷲ އަފީފުކަމަށް ވެސް ރުހިގެންނެވެ.
    މިސަރުކާރު އުފެދިގެން ހިނގަމުން އައީ ގުޅިފައިވާ އަތޮޅުތަކުގެ މެމްބަރުން ހިމެނޭ މަޖިސްއަކުން، މިސަރުކާރުގައި ބޭންކަކާއި، ވަކިޕާސްޕޯޓަކާއި އެހެނިހެން އެޑްމިނިސްޓްރޭޝަންތަށް ގާއިމްކުރެވިފައިވޭ.
    އެހެންވީމައި ބަޢާވާތް ކުރިއްޔާމު އެކަން އެކުރީ އަކީ އަބްދުﷲ އަފީފު އެކަންޏެއްނޫންދޯ. އައްޑޫ ފޯއްމުލަށް ހުވަދޫގެ އެދުވަސްވަރުގެ ވެރިންނާއި އަދި ހުރިހާ ރައްޔިތުން އެކަމަށް ރުހިގަބޫލުވެގެންދޯ.
    މިއީ އެދުވަސްވަރު ތިބި އަޅުގަނޑުމެންގެ ކައުބަފައިން އެމީހުންނަށް އެދުވަސްވަރަށް ވިސްނުނު އެންމެ ރަނގަޅުގޮތް ކަމަށް އެމީހުން ނިންމި ކަމެއް. ދެން މިތާކު މިއަދަކު އަބްދުﷲ އަފީ ބަޢާވާތް ކޮށްފިއޭ ދީނުން ބޭރުވެއްޖެޔޭ ފީބާ ރޭޑިއޯހިންގިއޭ ކިޔާޔަށް އޮތީ ކޮން ޖާގައެއްތޯ؟
    ނޭގެންޏާމު ނޭގޭ ވާހަކަ ނުދައްކާނީ.
    އަބްދުﷲ އަފީފް އާއި ބެހޭގޮތުން އެދުވަސްވަރުގައި އަފީފް އާއި އެއްކޮށް އުޅުއްވި މީހަކު ބުނި އަޑު އެހިން،
    "އެއްދުވަހަކު ހަވީރުގެ ވަގުތެއްގައި ތިމަންނާވެސް އަފީފު އާއި އެކު ފިނިފެންމާގޭ ގޯތިތެރޭގައި ގޯޅިއާއި ވީފަރާތުގައި ހުއްޓައި ޖެހިގެން ހުރި ގޭގެ ކުއްޖަކު މާބަރަކަށް ރޯ އަޑު އިވިގެން އަފީފު ބުނެފިއޭ އެކުއްޖާ އެރޮނީ ކީއްވެގެންތޯ ބަލާބަލާށޭ ހީވަނީ ކޮންމެވެސް ބޮޑުކަމެއް ވެގެންހެންނޭ އެއުޅެނީ، ތަނެއް ބިންދައިގެން ގޮސްގެން ނުވަތަ ބޮޑު ބައްޔެއްނަމަ އަވަހަށް ބައްތެލި ތައްޔާރުކުރާށޭ ގަމު ހަސްފަތާލަށް ފޮނުވުމަށް، ތިމަންނާ އެގެއަށް ގޮސް ވެގެން އުޅޭގޮތެއް ބެލިއިރު މިވެގެން އުޅޭ ގޮތަކީ އެގޭ ކުއްޖަކު ހަވީރު ސައިނުލިބިގެން ރޮނީ. އެގޭގައި އެގަޑީގައި ސައިފަތް ނެތީމައި ސައިނެހެދުނީމައި އެކަމާއި ރޮނީކަމަށް. އަޅުގަނޑު އެކަމަކީ މާބޮޑުކަމަކަށް ނަހަދައި އަފީފުގާތުގައި ފަރުވާކުޑަގޮތަކަށް މިއޭ މިވީގޮތަކީ ބުނެފައި ދާން ހިނގައިގަތްތަނާ، އަނބިކަބަލުންނަށް ގޮވާފައި ވިދާޅުވިއޭ އަވަހަށް ކިރުސައި ތައްޔާރުކުރާށޭ، ދެން ތިމަންނާއަށް ގޮވާފައި މިހާރު އެގެއަށް ގޮސް އެގޭ ކުދިން ގޮވައިގެން އަންނާށޭ، ތިމަންނާއާއި ތިމަންނާގެ ދަރިން ކައިގެން ތިބިއްޔާ އެމީހުންވެސް ތިބެންވާނީ ކައިގެންނޭ. މީގެފަހުން އަފީފު ސީޝެލްސް އަށް ފުރަންދެން އެގޭކުދިން ކޮންމެ ދުވަހަކު ހަވީރު ސައިބުއީ ފިނިފެންމާގެއިންނޭ. އަދި މިނޫންވެސް ވަރަށް ގިނަ މީހުންނަށް ފިނިފެންމާގެއިން ކެއުމާއި ބުއިން ހަމަޖެހިފައި ހުރެޔޭ. ކަންކަމުގައި އެހީތެރިވާނެ މީހުން ތިބިއެއްކަމަކު މިހުރިހާ ކަމެއް ކުރައްވަނީ އަފީފުގެ އަނބިކަނބަލުން އަނީސާގެ ހުރެގެން އަމިއްލަ އަތްޕުޅުން ފަދައޭ"

    މާތްﷲ އަބްދުﷲ އަފީފަށް ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި. އާމީން.

  31. ނާނާ

    ހާ ދަ ދިގު ކޮމެންޓޭ މި ފެންނަނީ ދޯ. އިހިހިހިހިހި