ބޭ އޮފް ބެންގަލްގައި މިހާރު އުފެދެމުންދާ ކޮޅިގަނޑު ތޫފާނަކަށް ބަދަލު ވެގެން އަންނަ އިރު، މޫސުން ގޯސްވާނެތީ ރާއްޖޭގެ އުތުރަށް މަސްވެރިން ނުނިކުންނަން އިންޑިއާގެ މޫސުމާބެހޭ ގައުމީ އިދާރާ އިން އިލްތިމާސްކޮށްފިއެވެ.

އިންޑިއާގެ މެޓް އިން ބުނީ އިރު ދެކުނު ބޭ އޮފް ބެންގަން އާއި ދެކުނު އަންޑަމަން ކަނޑާއި، އިކުއަޓޯރިއަލް އިންޑިއަން އޯޝަން ގައި އުފެދިފައިވާ ކޮޅިގަނޑު، އެއް ދުވަސް ތެރޭ އިތުރަށް ބާރުގަދަވެ، ތޫނާފަނަކަށް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އަދި އެ ކޮޅިގަނޑު ކުރިއަށްއޮތް އެއް ދުވަސް ތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެ ތޫފާން އަަރައި ޑިސެމްބަރު ދެ ވަނަ ދުވަހު އެ ތޫފާން ދަތުރު ކުރާނެ ކަމަށް ބެލެވެނީ ދެކުނު ޓަމިލް ނެޑޫ ކަނޑަށް ކަމަށް އިންޑިއާ މެޓް އިން ވިދާޅުވިއެވެ.

މިއާއެކު ޓަމިލް ނެޑޫ، ޕުޑުޗެރީ އާއި ކަރައިކަލް، ކެރެލާ އާއި މަހޭލަކްޝާދްވީޕް އާއި ދެކުނު އަންދްރާ ޕްރަދޭޝް އަދި ދެކުނު ރަޔަލަސީމާއަށް މާދަމާ އިން ފެށިގެން ބުރާސްފަތު ދުވަހުގެ ނިޔަލަށް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އިންޑިއާ މެޓް އިން ބުންޏެވެ.

އަދި މާދަމާ އިން ފެށިގެން ޓަމިލް ނެޑޫ އާއި ޕުޑުޗެރީ އަދި ކަރައިކަލްއަށް ވަރަށް ބޯކޮށް ވާރޭވެހުމާއެކު، ވަރަށް ބޮޑަށް ގުގުރުން ފަދަ ކަންކަން ކުރިމަތިވާނެ ކަމަށާއި، ދެކުނު ޓަމިލް ނެޑޫ އާއި ދެކުނު ކެރެލާ އަށް ބުދަ ދުވަހުން ފެށިގެން ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އިންޑިއާ މެޓް އިން ވިދާޅުވިއެވެ.

މީގެ އިތުރުން، ދެކުނު އަންދްރާ ޕްރަދޭޝް ސަރަހައްދާއި، ރަޔަލްސީމާ އާއި ލަކްޝްދްވީޕް އަށް ބުދަ ދުވަހުން ފެށިގެން ބޯކޮށް ވެހުމާއި ބާރަށް ގުގުރުމާއި ވިދު ޖެހުން ފަދަ ކަންކަން ކުރިމަތިވާނެ ކަމަށްވެސް އިންޑިއާ މެޓް އިން ލަފާކޮށްފައި ވެއެވެ.

އިންޑިއާ މެޓް އިން ވަނީ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ އުތުރަށް މޫސުން ގޯސްވެ، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މަސްވެރިން މަހަށް ނުނިކުތުމަށް އިލްތިމާސްކޮށްފައެވެ.

އިންޑިއާ މެޓް އޮފީހުން މިގޮތަށް ހާމަކޮށްފައިވާއިރު، މި ސަރަހައްދުގެ ކޮޅިގަނޑުގެ ކަންކަން މޮނިޓަރ ކުރަމުންދަނީ އިންޑިއާގެ މެޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ހިނި

  ރާއްޖޭގެެ މައްޗަށް އަތްގަދަކުރަމުންދާ ކަމުގެހެކި މިއޮށްފެންނަންފެށީ!

  57
  11
  • ނައިކް

   އެ މީހުން ނުބުނެއޭ ރާއްޖޭގެ މަސްވެރިންނެކޭ ވެސް ރާއްޖޭގެ އުތުރެކޭވެސް.. އިންޑިއާ ކަނޑުގެ ވަކި ސަރަހަށްދެއް ބުނެފަ (އޭގެ ތެރޭގަ އުތުރުވެސް ހިމެނޭ) އެ ސަރަހަށްދު ރައްކާތެރި ނޫންކަމަށް ބުނެފަ އޮތީ މަސްވެރިކަންކުރަން.. ތަރުޖަމާކޮށް ސުރުހީ ހެދިދާނެ ބޭނުން ގޮތަކަށް.. ކުރަފި ސިކުނޑިން ކޮންމެކަމެއް ސިޔާސީ ކުރާނެ

   23
   53
   • ވިސްނާލުމަށް އެދެމޭ

    އިންޑިއާއިން މިގައު މުގަނެތޭ އެ މީހުންގެ ސިފައިންނެވެސް ބައިތިއްބާފައެއް... އެ މީހުން ނުބެހެޔޭ ރާއްޖޭގެ އެއްވެސްކަ މަކާ...އިންޑިއާ ކަނޑު ކިޔާ ސަރަހައްދެއްގަ ދިވެހި ރާއްޖެއޮތީތީވެ ބޯލަބާކިޔަ މަންވާން ޖެހެނީއޭދޯ...އިންޑިއާގެ ސަލާ މަތަށް އެހެން ގައު މުތައް އަޅުދާސްވާންނެހެނީއޭ.. މޑޕ މީހުންނަ ކީއްތަވެފަ ތިތިބެނީ ސިކުނޑިޔަށް...

 2. ކާފަދ

  ހާދަ ހެޔޮފުޅު އިންޑިއާއެކޭ.

  30
  4
 3. ކޮވިޑް

  ކޮބާ ދެން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ؟ މިކަން ވެސް އިންޑީޔާ އިން ކުރަން ފެށީ ތޯ ؟ އިންޑިޔާ އައުޓް

  64
  6
 4. ރާއްޖެ ލޯބި އިންޑިއާ

  ދިވެހިއުތުރަނޭޅޫ އަށާއި ދެކުނު ޓަމިލް ނެޑޫ އާއި ދެކުނު ކެރެލާ އަށް ބުދަ ދުވަހުން ފެށިގެން ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އިންޑިއާ މެޓް އިން ވިދާޅުވިއެވެ.

  21
  1
 5. ހހހހ

  ރާއްޖޭގެ ރައްޔިތުންގެ މައްޗަށްބއަމުރު މައުރޫފް ހިންގަން ފެށީ. ރާއްޖޭގެ މެޓް އޮފީސް އަވަހަށް އުވާލާ.

  26
 6. Anonymous

  މާނައަކީ ރާއްޖޭ އުތުރު ކަނޑުތައް އިންޑިޔާއަށް މިސަރުކާރުން ވަނީ ވިއްކާލާފައޭ! އަދި އެ ކަނޑުތަކުން އިންޑިޔާގެ މަސްވެރިން ޤަވާއިދުން މަސްބާނައޭ! ވާހް! އިބްރާހީމް މުޙައްމަދު ޞާލިޙް މިއީ ރާއްޖޭގެ ކަނޑުތައް ބެލެހެއްޓުމަށް އާ ވައްތަރެއްގެ ރާޑަރު ސިސްޓަމެއް ހަރުކޮށްގެން އުޅޭ މީހެއް؟؟؟؟؟؟؟؟

  24
 7. ދިދަ ދަނޑި

  ރާއްޖޭގެ އުތުރަށް މަސްވެރިކަން މާރަނގަޅު ވީމަ ދާއަޅަން ވެގެން ޖައްސާ ސްޓަންޓެއް.. އެހެންނޫނަސް އިންޑިޔާ މީހުނަކަށް ނޫން ދޯ އިނގޭނީ ރާއްޖެ މީހުން ދާންވީ ތަންތަނާ ނުދާންވީ ތަންތަން.. އިންޑިޔާ މީހުން މައިތިރިވެގެން ތިބެބަލަ..

  30
 8. ވިސްނާލުމަށް އެދެމޭ

  ކޮބާ ރާއްޖޭގެެ މެޓްއޮފީސް...ބަންދުވީތަ...ރާއްޖޭގެ މަސްވެރިންނަކުރާ އިލްތި މާސް އިންޑިއާއިންކުރީ މަ ރީއްޗެނޫން..ބޮޑު މޯދީގެ ސަރުކާރުން ކުޑަ މޯދީގެ ރައްޔިތުންނަ ލަފާދިނީ މަވެސް ބުނަންޖެހޭނީ ހާދަ ހެޔޮފުޅޭތަ...

 9. ހުއް

  ވަގުތު ކުދިންނަށް ހަމަ މިމީހުން އިންޑިއާއޭ ކިޔައިން ގޮވާ އަވަގުރާނަތަށް މަޖަލީ އަބަދު އިންޑިއާގެ ވާހަކަތައް ތިގެނެސް ދެނީ ހަހަހަ.

 10. މުހުއްމައިދީ

  މައްސަލައަކީ އިންޑިއާ ކަނޑޭ ކިޔާތީ. ބަލަ ޢަރަބި ކަނޑޭ ކިޔަސް ހުރިހާ ޢަރަބި ގައުމުތަކުން އެކަނޑަށް އަތްގަދަ ކުރޭތަޭ؟ މި ކަނޑަކީ އިންޑިއާ ކަނޑެއްް ނޫން. މިއީ މޯލްޑީވްސް އޯޝަން. އޭރުން ހުރިހާކަމެއް ވެސް ނިމުނީއެއްނު. މި ބަޔަކު ނޫނީ ނަމުން އިންޑިއަން އޯޝަން ކިޔާތީ ފަޔަށް ހިނިއަރައިގެން އުޅޭ ބަޔަކު އެބައުޅޭތޭ؟

 11. މިއަދު

  ވަރަށްރީތި ޕްލޭނެއްގެދަށުން ރާއްޖޭގެ މައްޗަށް އަތްގަދަކުރަމުންމިހިރަގެންދަނީ ދިވެހިން ހޭއަރާ ސަމާލުވޭ
  ރާއްޖޭގެ މައްޗަށް އަތްގަދަކުރަންބެހެއްޓި ރާޑަރުތަކުގެ ބޭނުންމިހިރަފެންނަންފެށީ ދެންބުނެފަނެ ރާއްޖޭގެ އުތުރުގެ ކަޑުތަކުންބާނާމަސް ދިވެހިންގެ ސިއްހަތާއި ނުގުޅެޔޭ އެހެންވީމަ އެސަރަހައްދުންމަސްވެރިކަން ކުރުން ރަނގަޅެއްނޫނެ

 12. ކަނބުލޮ

  ރާއްޖޭގެ މޫސުމާބެހޭ އިދާރާގައި މިހާރު އިންޑިއާ މީހުންތަ އުޅެނީ