މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް އަވަހަށް ލުއި ލިބިވަޑައިގެން މިނިވަން ވުމަށް ދުއާ ދަންނަވާ ކަމަށް އެމަނިކުފާނުގެ އެންމެ ބޮޑު ސިޔާސީ ވާަދަވެރިޔާ ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކޮށް މަޖިލީހުގެ ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ފުރަތަމަ ވެސް ފާހަގަކުރެއްވި ކަމަކީ ރައީސް ޔާމީން ޖަލަށްލިތާ އަހަރު ފުރުމާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ކަނޑުމަތީގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ހަރަކާތެވެ. ޝާހިދު ސިފަ ކުރެއްވި ގޮތުގައި އެއީ "ރައީސް ޔާމީން ޖަލަށް ލުމުން އުފާ ފާޅު" ކުރަން އިދިކޮޅު ފަރާތްތަކުން ކަނޑުމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ.

ޝާހިދު އެހެން ވިދާޅުވުމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނެވީ "ނުހައްގުން" އިއްވާފައިވާ ހުކުމެއްގެ ދަށުންނެވެ. "ނުހައްގުން" ހުކުމް އިއްވިޔަސް ރައީސް ޔާމީނަކީ ގައުމު ދޫކުރައްވައި ވަޑައިގަންނަވާނެ ލީޑަރެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އެހެން ވިދާޅުވުމުން ނަޝީދު ވިދާޅުވީ "އަޅުގަނޑު ވެސް ދުއާ ކުރާނީ ޔާމީނަށް ވީހާވެސް އަވަހަށް ލުޔެއް ލިބި މިނިވަން ވުމަށް،" ކަމަށެވެ. ނަޝީދު އިތުރަށް ވަކި އެއްޗެއް ވިދާޅުނުވެ އަލުން ފޮނަދޫ ދާއިރާގެ މެންބަރު ޝާހިދަށް ވާހަކަ ދައްކަވަން ފުރުސަތު ދެއްވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. ދައުލަތުން ވިދާޅުވާ ގޮތުގައި އެއީ ގއ. ވޮޑަމުލާ ލީޒްކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ އެއް މިލިއަން ޑޮލަރެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުގައި އެންމެ ފުރަތަމަ ބެއްލެވީ އޭރު އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއެވެ. އެކަމަކު މައްސަލައިގެ ހުކުމް އިއްވާ އަޑުއެހުމާ ހަމައަށް އައިސްފައިވަނިކޮށް ރައީސް ނަޝީދު ވެސް އިންނަވާ ޖޭއެސްސީއިން ހައިލަމް ސަސްޕެންޑްކުރިއެވެ. ހައިލަމް ސަސްޕެންޑްކުރީ ކްރިމިނަލް ކޯޓުގެ އެތެރޭގެ މީސް މީޑިއާ ގްރޫޕްއަކަށް އޭނާ ފޮނުވި މެސެޖަކާ ގުޅިގެނެވެ. އޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައީސް ނަޝީދުގެ ކަރުގައި ޗޭން ޖަހާފައިވާ ފޮޓޯއެއް ހިމެނެއެވެ.

އޭގެ ފަހުން އެ މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދެއްކުމުގެ ހުކުމެއް އިއްވީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ރަޝީދު ފަހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފައެވެ. އެހެންކަމުން އެއީ ރައީސް ޔާމީނަށް ހުކުމް އިއްވުމުން "ދިން ހަދިޔާއެއް" ގޮތުގައި އިދިކޮޅުން ސިފަކުރެއެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމަކީ ނުހައްގު ދައުވާއެއްކޮށް އިއްވާފައިވާ ހުކުމެއް ކަމަށް އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީން ދެކެއެވެ. ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕިއާރުސީ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތުކޮށް އިތުރު ދައުވާތަކެއް އުފުލާފައިވާއިރު ހައި ކޯޓުގައި އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލަ ކުރިއަށް ނުގޮސް ލަސްވެފައިވެއެވެ. މިކަމާ މެދު ވެސް އިދިކޮޅުން ކަންބޮޑުވުން ފާޅުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ހާލަތު

  އެކަމަކު ދިވެހި ރައްޔިތުން އެގޮތެއް ނޭދެއެވެ. ޔާމީނު ހިންގާފައިވާ ޖަރީމާތަކަށް ހައްގު އަދަބު ލިބުމަކީ އެންމެ ދިވެހިރައްޔިތުން އެދޭ ގޮތެވެ. 2018 ވަނަ އަހަރު ރައްޔިތުން ވަނީ އެ ބަސް އިއްވާފައެވެ.

  29
  131
  • ނިކް

   މި ކަލޭގެ އެއުޅެނީ ވެރިކަން ބަޢާވާތްކޮށް ބަރުލަމާނީ ހަދާ ބޮޑު ވަޒީރުކަންކުރަން.. ޔާމީނުގެ ހެލްޕު ބޭނުންވާނެތީ ވައިޖަހަނީ.. މީނާއަށް އެކަނި ނުވާނެ އެއްކަމެއްވެސް.. ޔާމީނަކީ ތިކަހަލަ ހޭދެބައި ދެވަންދިހާރެއް ނޫނޭ.. ކަލެއަށް ބާރެއް ލިބުމަށްވުރެއް މިހާރު މިއޮތްގޮތަށް އޮވެ 5 އަހަރު ނިމުންވެސް މާ ރަނގަޅު

   65
   13
  • Anonymous

   ނޫން އަޅުގަނޑުމެންނަށް ޔަގީން ދިވެހި ހުރިހާ އެންމެން އެދެނީ ނުހައްގުން ހެތްކެއްނެތި ކޮށްފައިވާ ހުކުމެއްކމަށް. އިނޝާﷲ މިގައުމުގެ ތިނުބައި ޖާހިލުންވެސް އަދި އެމަނިކުފާނުގެ ވެރިކަމަށް އެދި އާދޭސް ކުރާނެ. 2021 ކެތްވާނީ.

   77
   6
 2. ! على وحيد

  ލާދީނީ އެމްޑީޕީގެ ވަގު ނަސީދުތަ ތިހެންބުނީ އެބުނާކަމެއް ދަނީ ދިމާއިދިކޮޅައް

  71
  8
 3. އަސްލަމް

  މުނާފިގުން ދައްކާވާހަކަ ތަރުޖަމާ ކުރަންވާނީ ދިމާ އިދިކޮޅަށް. ﷲ ގެ ރަހުމަތުން މި ދިވެހި އުއްމަތް މިނުބައި ސަރުކާރާއި މިނުބައި ގޮތްކުޑަ މަޖްލިހުގެ އުނދަގުލުން ސަލާމަތް ކުރައްވާނދޭވެ. އާމީން.

  80
  8
 4. ކޖހގ

  ށ.އަތޮޅުގެ ދަރިންނަކީ އަޚްލާޤް ރަނގަޅު ބައެއްކަމަށް މީގެ ކުރިން ހީވެފައިއޮތީ. އެކަމަކު މަޖްލިހުގެ ފުނަދޫ ދާއިރާގެ ގޮތްކުޑަ މެންބަރުގެ ބަހުރަވައިން އެނގިއްޖެ އަހްލާޤާ ސުލޫކަކީ މިމީހުން ދަންނަ. ރައީސް ޔާމީނަށް ތިކީ އެއްޗެއްސަކީ އެމަނިކުފާނަށް ތާއީދުކުރާ 90 ހާސް މީހުނަށް ކީއެއްޗެހި. އެހެންނޫނަސް ގަޅިއުކާނީ މޭވާ އަޅާ ގަހަށް ދޮތްތޯ؟ ތިކަހަލަ ނާގާބިލް މީހުންގެ ނާގާބިލްކަން ފޮރުވުމަށް ކުރާކަމެއް އެހެންމީހުންނަށް އެއްޗެހި ކިޔުމަކީ. އެކަމަކު އާޚިރުގައި ކަންވާގޮތަކީ، މަލާމާތަކީ އަނެއްމީހާއަށް ކުރާ ފައިދާއަކަށް ވަނީ. ތިޔަބޭފުޅުން މާކް މައިވޯޑް. ތި ބަޖެޓް ފާސްކޮށްފިނަމަ ނުވަތަ ދިވެހިރައްޔިތުންނަށް ތިހެން މަކަރުހަދާ ހީލަތް ހަދާނަމަ 2021 އެއީ ތިޔަބޭފުޅުންގެ އެންޑް. ވެރިކަންނިމި މަޖްލިސްވެސް ނިމިދާނެ. ރައްޔިތުން އުތުރިއަރާނެ. އިންޑިޔާގެ 5000 ސިފައިން ބަރުހަތިޔާރާ އެކު ނުކުމެ މައިތިރިކުރެވޭވަރަށްވުރެ ހިތްވަރު ގަދަވާނެ.

  68
  7
  • ގައުމީ ލޭ

   ވަރަށް ފުރިހަމަ 💓

   32
   3
 5. Anonymous

  އިބްލީސް ދުނިޔެނިމެންދެން ހުންނާނެ. ތިހެން ބޮޑުވެފަ މިއަދު އިނދޭ، އިންޝާﷲ ނިކަމެތި ނިމުމަކުން ކަލޭ ނިމިގެންދާނެ.

  60
  3
 6. ދެބަން

  އަމަލާ ބަސް ދިމާނުވާ މީހެއް! ތިޔަހާ އިންސާފުވެރި މީހެއްނަަ ނާއިންސާފުން ހުކުމެއްކުރި އިރު ތިޔަހާ ހަމަޖެހިލާފަ އިނީ ކީއްވެޔޯ! ތިކަލޭގެ ބުނާ ކޮންމެ ވާހަކައެއް ރަނުން ރަނަށް ޤަބޫލު ކުރާބަޔަކު ތިޔަ ބުނާއިރަށް ޤަބޫލްކޮށްގެން މިހާރުތިބީ.

  44
  3
 7. ބުޅާވަތީ

  ބުޅާވެސް ތިޒާތުގެ ވާހަކަ ނުދަ އްކާ

  42
  2
 8. އ މ ރ ބ

  ދުއާ ކުރަންދަންތަންތޯ ރައީސް ނަޝީދުގެ ކައިރިން އަހާލަން ބޭނުން، އެހެން އަހަންޖެހޭ ސަބަބަކީ ޤުރްއާން ކިޔަވާ އޭގެ މާނަ ކިޔާތީވެސް އޭނަޔަށް އެބަ ބާރުފޯރާ، އުނދަގޫވޭ ވިއްޔާ އެހެންވީއިރު އެފަދަ މީހަކަށް ދުއާ ކޮށްދެވިދާނެ ކަމާމެދު ސައްކުއުފެދޭ، އެހެން ނޫނަސް ނަސީދު ބޭނުންނުވޭ ރައީސް ޔާމިން އުފަލުގާ އާއިލާޔާއެކު އުޅުމުގެ ފުރުޞަތުދޭކަން

  43
  4
 9. ޝަރަފް

  މަނިކުފާނު ތިކަހަލަ ސަކަރާތް ނުޖައްސަވާ...

  44
  1
 10. ހަގީގަތް

  ތިކަން ވަރަށް ރަގަޅައް ދެނެވޮޑިގެން ވާ ފަރާތެއް ވާކަން ހަދާން ކޮށްދެމެވެ

  51
  2
 11. 🤦

  އަންނި އެއްވެސް ކަމަކަށް އެދި ދުޢާ ކުރާކަން އެނގުނީމަ ހިތް އުފާ ވެއްޖެ❤️

  25
  4
 12. އައިޕީ

  އަންނި މާބޮޑައް ބޭނުންވޭ ޔާމީން މިނިވަންކުރަން.
  ދުވަސްކޮލަކުން ޕީޕީއެމް މީހުން އަންނި އައް ސަނާކިޔާނެ.

  3
  12
 13. ފާއިޒް

  މަކަރު ވެރި ހިޔަޅު ތީ މިޤައުމައް ޖެހިފަ އޮތް ބަލާ މުސީބާތެއް ކަލޭ ބަދު ދުޢާ ކުރާނެ ކަމެއް ނެތް އިންޝާ ﷲ 2023 ވަނަ އަހަރު މިޤަުމުގެ ރައީސް ކަމުގެ ހުވާ ކުރައްވާނި ރައީސް ޔާމިން....

  19
  2
 14. ނ

  ޔާމީނު ކަންކުރީ ކޮށްފައިވާ ވައްކަންތައް ފޮރުވަން ކަމަށް ބެލެވެނީ

  3
  13
 15. ނަޖްވާ

  ޔާމީނު ކަންކަންކޮށްފައިވަނީ ކޮށްފައިވާ ވައްކަންތައް ފޮރުވަން ކަމަށް ބެލެވެނީ! އެއީ މިހާރު އަވަށްޓެރި ޤައުމެއްގެވެސް ވެރިކަމަށް އައިސްތިބި މީހުން ކަންކުރި ފަދައިން ކަމަށް ބެލެވެނީ!

  14
 16. ބައްދަލު

  ނުހަށްގުން އަނިޔާލިބެމުންދާ ރައީސްޔާމީނަށް ﷲ ގެ ރަހުމަތް އޮހެމުންދާކަމުގެ އަލިގަދަ މިސާލެއް ޒާލިމުންގެ ހިތަކަށް ބިރުވެރިކަން ވައްދަވާ އިބައިލާހުގެ ރަހުމަތްވަންތަކަމާއިއެވެ ﷲ އަކުބަރު.

  20
  1
 17. ތަޚާނުގެ ޢަލިދީދީ

  އާމީން.

  14
  2
 18. ވަހީދާ

  މިއަށްވުރެ ތަންކޮޅެއް ބޮޑު ދޮގެއް ހެދިނަމަ އަދިވެސް ރަނގަޅުވީސް

 19. އެމަންޖެ

  މިގައުމުގެ ހަލާކު ކެނެރީގޭ ނަޝީދު.

  1
  1