މި އަހަރުގެ ރިޔާސީ އިންތިޙާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ރަނިން މޭޓަކަށް ހަމަޖައްސަވާނީ މާލެއިން ބޭރު ބޭފުޅެއްކަމަށް ވިދާޅުވެއްޖެއެވެ.

ފޭސްބުކް މެދުވެރިކުރައްވާ މިހާރު ކުރިއަށް ގެންދަވާ ލައިވް އެއްގައި ރައީސް ނަޝީދު ވިދާޅުވީ ނައިބު ރައީސަކަށް ހަމަޖައްސަވާނީ "އިހުލާސްތެރި ބޭފުޅެއް" ކަމަށެވެ.

"ނައިބު ރައީސަކަށް ހަމަޖައްސަވާނީ މާލެއިން ބޭރު ބޭފުޅެއް" މިހެން ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް، އެކަމުގެ އިތުރު ތަފްސީލަކަށް އޭނާ ވަޑައެއްނުގަނަންވައެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެކަމަށް ތަކުރާރުކޮށް މީގެކުރިން ވިދާޅުވިނަމަވެސް، ރައީސް ނަޝީދު މިއަދު ވިދާޅުވީ އިންތިހާބުގައި ވާދަކުރެއްވޭނީ އެމްޑީޕީގެ މެންބަރުން ކުރައްވާ މަސައްކަތެއްގެ މިންވަރުންކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ އިންތިޙާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހޯއްދަވަން ކުރައްވާ މަސައްކަތެއް ކަމުގައެވެ، އެހެންނަމަވެސް، މީގެކުރިން، ވިދާޅުވަމުން ގެންދެވީ މިހާރު ކުރައްވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުކަމަށެވެ.

"މިހާރު އަޅުގަނޑުމެން މި ކުރަނީ އިންތިޙާބުގައި ވާދަކުރުމުގެ ފުރުސަތު ހޯދަން ކުރާ މަސައްކަތެއް. ތިބޭފުޅުން ކުރައްވާ މަސައްކަތުން އެކަން އެނގިގެން ދާނީ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންތިޙާބު، މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމުގެ ގޮތުން ޔޫރަޕިން ޔޫނިއަން (އީޔޫ) އާއި އެމެރިކާއިން އެހީތެރިވުމަށް ތައްޔާރަށް ތިއްބެވިކަމަށެވެ. އަދި، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެމަސައްކަތް ފެނިގެންދާނެކަމަށް ޖަލު ހުކުމަކަށް ފިއްލަވައިގެން ހުންނެވި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް މިއަހަރުގެ އިންތިޙާބުގައި ވާދަކުރެއްވޭނެ ހުރިހާ ދޮރެއްވަނީ ބަންދުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އައްޑޫގޫބައްޑާ

    އިންޑިޔާމީހެއްތަ އެޔީ؟!

  2. ޙުސައިން މ. މުލި

    މިއޮއް ރަމަޟާން މަހު ކީކޭ ބުނާނީ

    • ކުރަފަތް

      އޭނާ ހިފާނަމަތާ ތެދެއްވެސްހަދާނީ.

      • ޔަންގް މޭން

        އޭނާ ނުހިފާކަމެއް ކިހިނެއް އެނގެނީ.

  3. ބަކުރު

    އަބަދުވެސް ތާރީޚުތައްދީގެން އެމްޑީޕީ ހިސޯރުކޮށްފަ ބާއްވާ. އެމްޑީޕީން އެހެން މީހަކު ޔާމީނާ ވާދަކޮށްގެން ވެރިކަމަށް އާދެވިއްޖެނަމަ މީނާއަށް ފުރުޞަތުލިބުން ފަސޭހަވާނެކަން އެނގޭއިރުވެސް ވެރިކަމުގެ ދަހިވެތިކަމުގައި ޕާޓީގެމީހުން ގުނބޯހައްދައިގެން މިއުޅެނީ އަޅެފަހެ މީ އަޖައިބެއްނު؟

  4. ރަދުން

    މިފަހަރުވެސް މުސްތަފާ ލުތުފީތަ؟

  5. ާއައިޝާ

    މަ ނުދެކެން މިވަރުގެ ބޮޑު މޮޔައެއް.

  6. ޢަލީ ހަމީދު

    ދުނިޔޭގަ ރައީސް ކަން ކުރިމީހުންތެރެއިން ގަމާރު ނަމްބަރ 1 އަމިއްލައެދުން ބޮޑު ނަމްބަރ 1 ދޮގާ މަކަރާ ހީލަތްތެރިކަމުގެ ނަމްބަރ 1 ...

    • ރީޝާ

      ތީ ނަންބަރ ވަން ދޯ ..

    • ރީޝާ

      ތީ ނަންބަރ ވަން ދޯ .. ނަންބަރ ވަން ނަންބަރ ވަން

  7. މާރިޔާ

    ރައީސް ނަޝީދަށް މިއަހަރުގެ އިންތިޙާބުގައި ވާދަކުރެއްވޭނެ ހުރިހާ ދޮރެއްވަނީ ބަންދުވެފައެވެ އަލްހަމްދުލިލްﷲ ވަރައްއުފާވެއްޖެ އާމިން

  8. ސުމްބުލި

    ވޯޓް ހަރާމް

  9. ޑޮންޑޮންފުޅި

    ކުއީން އެލްޒަބަތު ތަ؟

  10. Anonymous

    ނަޝީދަށް މިއިންތިޙާބުގައި ވާދަކުރެއްވޭނެ ހުރިހާ ދޮރެއްވަނީ ބަންދުވެފައެވެ " އަލްހަމްދުލިލްﷲ "

  11. ޜެޓޭ

    އިނގިރޭސި ވިލާތުގެ މޮޔައިންގެ ހޮސްޕިޓަލަކަށް މި ބުރާންތި ދައްކަންވެއްޖެ އެއްނު.

  12. އަޙްމަދް

    ހެހޭ:ގުނބޯ ރަނިންމޭޓު.

  13. ސ ނުން ސޮނިބެ (އަންނި)

    ނަސީދު ރަނިން މޭޓްކަން އޮތީ ނަތަންޔާހޫ އަށް

  14. ޑޯންވޮނާ

    ރަނިން މޭޓަކަށް މާލޭ ބޭފުޅަކު ނުނަގާނަން ކަމަށް ކެނެރީގެ ނަޝީދު ބުނާނަނަމަ ސީދާ މުތުލަޤަށް ދަ ރާއްޖެތެރޭ މީހަކު ރަނިންގް މޭޓަކަށް ގެންނަނަމަ އޭނާ އެކުރަނީ އެއީ މާލޭ މީހުންނަށް ވަރަށް ވެސް ބޭއިންސާފު ވެރިކޮށް އޭނާ ކުރާ ކަމެކޭ. އެގޮތަށް ނުބުނެވޭނެއޭ މާލޭ ބޭފުޅަކު ރަނިންގް މޭޓަކަށް ނުގެންނާނަމޭ އެހެން ވެއްޖެނަމަ އެމްޑީޕީ ތެރޭން މާލޭ ބޭފުޅުންނަށް އޮތް ފުރުސަތު ގެއްލުނީ ނޫންތޭ އައި ކުޑް ސްޓޭ އަވޭކް ޖަސްޓް ޓު ހިއަރ ދިސް އިގްނޮރެންޓް ސްޓޯރީ އޮފް ހިމް އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް އަައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް...

  15. ކާޅު

    ނަމުގެ ކުރިއަށް ކާޅު އަރުވާނީ ރާއްޖެތެރޭ މީހެއްގެ އޭ ދޮއްތޯ ތި ވިދާޅު ވީ...