ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން މެދުވެރިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެކި ފަހަރު މަތިން ފައިސާ ދެއްވާފައި ވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ އެގޮތަށް ވިދާޅުވީ، ރައީސް މައުމޫނަކީ އަލް އަޒްހަރުން ވަދައިގަތް މުދިމެއް ކަމަށާއި ފަތުރުވެރިކަން ކުރިއަރާފައި ނުވަނީ އެހެންވެ ކަމަށް ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވި ވާހަކައަކާ ގުޅުވައިފައެވެ. ދޮންބިލެތް އެގޮތަށް ވިދާޅުވުމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނަކީ ސިޔާސީ ބޭފުޅަކަށްވީ ނަމަވެސް އަލް އަޒްހަރު ޔުނިވަސިޓީން އެމަނިކުފާނު ހޯއްދެވި ތައުލީމަށް ޖޯކު ޖަހައިގެން ނުވާނެ ކަމަށެވެ. މައުމޫނަކީ ރާއްޖެ ދުށް ވަރަށް ބޮޑު މުފައްކިރެއް ކަމަށާއި އިމާމްވެ ނަމާދު ކުރުމަކީ ވެރިކަމުގެ ޝަހުސިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އެގޮތަށް ވިދާޅުވުމާ ގުޅިގެން ދިޔާނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ 2017 ވަނަ އަހަރުގެ ކުރީކޮޅު މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިންޓަމާކް ބިލްގައި މައުމޫނާއި ޖާބިރު ބައްދަލު ކުރައްވައި ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވި ގޮތުގެ މަތިން ޖާބިރުގެ ފަރާތުން ކަންކަން ކުރުމަށް އޭނާ އައްޔަން ކުރުމުން އަމާނާތްތެރިކަމާ އެކު އެ ފައިސާ ފާރިސް މެދުވެރިކުރައްވައި މައުމޫނަށް އެކި ފަހަރު މަތިން ހަވާލު ކުރެއްވި ކަމަށެވެ.

"އެހެންވީމަ އަމާނާތްތެރިކަމުގެ އަގަކީ މަނިކުފާނުގެ ސިޔާސީ މެޝިނަރީ ބޭނުން ކުރައްވައިގެން ހަގީގަތް އެއްފުށުން އަނެއް ފުށަށް ޖައްސަވައި ތެދު ބުނާ މީހާއަކީ ދޮގު ބުނާ މީހާގެ ގޮތުގައި ތަމްސީލްކޮށް އެ މީހާއަށް ފުރައްސާރަ ކުރިމަތިކުރުންތޯ އަޅުގަނޑު ސުވާލުކޮށްލަން ބޭނުން،" ދިޔާނާ ވިދާޅުވިއެވެ.

"މައުމޫން ކިތަންމެ މަތީ ފާހެއް ނަންގަވައިގެން ހުންނެވިޔަސް އެއީ ޝަރީއަތުގެ ކުރިމަތީގައި ފާޅުކަން ބޮޑު ގޮތެއްގައި އިތުރުފުޅު ހައްދަވާ ބޭފުޅެއް. ދިރިތިބި ބައިވަރު ހެކިން ތިއްބާ މައުމޫން އިތުރުފުޅު ހައްދަވަނީ ހާދަހާ ދެރަވަރުވީމައޭ، އަޅުގަނޑު ހިތަށް އަރާ،" ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ މިހެން ވިދާޅުވެފައި ވާއިރު، ޖާބިރު ވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ރައީސް މައުމޫން އޭނާގެ އަތުން ބޮޑެތި އަދަދުތަކުން ނަގާފައި ހުރި ފައިސާ އަނބުރާ ދެއްކުމަށް ގޮވާލާފައެވެ. އެހެން ނަަމަވެސް މިކަން މައުމޫން ދޮގުކުރައްވައެވެ.

މައުމޫން އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ނުދީގެން މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅިއެވެ. އޭގެ ފަހުން، ޖާބިރު މައުމޫނަށް މާފު ވެސް ކުރެއްވިއެވެ. އެކަމަކު ފަހުން ޖާބިރު ވަނީ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ބަބުރު

  ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނަކީ ސިޔާސީ ބޭފުޅަކަށްވީ ނަމަވެސް އަލް އަޒްހަރު ޔުނިވަސިޓީން އެމަނިކުފާނު ހޯއްދެވި ތައުލީމަށް ޖޯކު ޖަހައިގެން ނުވާނެ ކަމަށެވެ. މައުމޫނަކީ ރާއްޖެ ދުށް ވަރަށް ބޮޑު މުފައްކިރެއް ކަމަށާއި އިމާމްވެ ނަމާދު ކުރުމަކީ ވެރިކަމުގެ ޝަހުސިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
  ކޮބާތޯ ޝަހީމު ރ.މައުމޫނަށް ޖެއްސެވިޖޯކް ބުރުޤާ ނޭޅުމާ ބެހޭ ގޮތުން ތާރީހް އިޔާދަ ކޮށްލާއްވާ

  14
  38
 2. ސޮމަދު

  ލަޑަޔާ ވާނީ ލަޑާ..އޭގެ ދިރިހުރިމިސާލެއް ތިއީ..

  14
  3
 3. ސާމިޔާ

  އަހަންނަށްހީވަނީ ޖާބިރު ކޯޓަށްދާންވީ ދިޔާނާ ގޮވަ އިގެންހެން ؟ ތީތާކުށްވެރިވަނީ ދިޔާނާ!! ދިޔާނާ އެވަނީ ޖާބިރު އަށް އޮޅުވާލާފާ!!

  33
  2
 4. Angela

  ދެރަވަރު ކަމަށް ވިޔަސް އަދި މޮޅުވަރު ކަމަށްވިޔަސް އަހުންނަށް ވިސްނޭ ކަމަކީ 500 އެއްހައި ރުފިޔާއެއްގެ ވާހަކައެއްނޫން ދައްކަނީކީ މިލިއަން ރުފިޔާގެ ވާހަކަ އެހެންވީމަ ދިޔާނާއަކަސް ޖާބިރަކަސް މިހާ ގިނަ ފައިސާތަކެއް އެއްވެސް ލިޔުމެއްނެތި ނުދޭނެކަން . ޖަބިރަކީ ދެއިރު ދެދަޅަޔަށް ހިނދުކޮޅު އަންނަމީހެއް ފަދައިން އޭނާގެ ވާހަކަވެސް ހުންނަނީ އެގޮތަށް. މަޖަލިސްގަ ހަޅޭއްލި ޚިޔާނާތުގެ ފައިސާއިން އިބޫވެސް ބޭނުންކުރި ކަމަށް ކޮންތާކުން ހެކި ހޯދައިގެންބާ އެފަދަވާހަކަ ދައްކަނީ ، ދިޔާނާވެސް ފިރިމީހާގެ އަގު ހިފަހައްޓަން ދޮގުހަދަނި ކަމަށް ލަފާކުރެވެނީ އިސްލާމީ ޝަރީޢަތް ނުދަނެ ގާނުނުކިޔަވައިގެން ތިބޭމީހުން ކޮށްފަ ނުކުރަނެ ކަމެއްވެސް ހަމަ ނޭގޭނެ. ކޮބާ ފައިސާ ހަވާލުކުރި ލިޔުންތައް.

  25
  8
 5. ކުތުބު

  މި ފާރިޝްގެ ކަމަކުން މައުމޫނު ބަދުނަމުވީ ވެރިކަމުގެ ދަހިވެތިކަމުގައި މީހުންއަތުން ލޯނުތައްވެސްނެގިކަން ސާބިތުވަނީ

  25
  2
 6. މާމީ

  ޖާބިރު މައުމޫނައް ފައިސާދިނީ ޔާމީނުގެ ވެރިކަން ބަދަލުކުރަން ޚަރަދުކުރަން ނޫންތޯ؟ ވެރިކަން ބަދަލުވެއްޖެ ދެން އެކަން ނިމުނީ...

  61
  1
  • ެރެހެންދި

   އެބުނީތެދެ އް.. އެކަން އެ އޮތީނިމިފަ އަދި ޔާމީނު އެ އޮތީޖަލުގަ!

   37
   2
 7. ސޭކްސްތާން

  ރައީސް ޔާމީން ސަރުކާރު ވައްޓާލަން ޖާބިރުމެން ހަރަދުކުރިކަން އެނގޭ. މައުމޫނާ ގާސިމްވެސް ތިޔަ ހަޑިމުޑުދާރު ޢަމަލު ހިންގި. ކަލޭމެން ތިޔަ ހިންގި ޖަރީމާގެ ބަދަލު އަދަބެއްގެ ގޮތުގައި ފެނިގެން ތިޔަދަނީ. ކަލޭމެން އެއްބަޔަކު އަނެއް ބަޔަކާ ތަޅާފޮޅާ އަމިއްލައަށް ހަލާކުވެ ނެތިދާ މަންޒަރު އޮތީ މާދުރަކު ނޫން. އިންޝާ ﷲ.

  57
  3
  • މުހައްމަދު

   މިހާރުވެސް ފެންނަން ފަށާއިފި..

 8. އަހުމަދު

  ދިޔާނާ އަކީ މޮޅު ޤާނޫނީ ޢިލްމުވެރި އެއ އް.
  ކޮބަ އިތޯ ފަ އިސާ ހަވާލުކުރެ އްވި ލިޔެކިޔުން.
  ޢެއ އިން އެ އްޗެ އް މި އިން ނޫހަކަށް ދެ އްވަބަ އްލަވާ.
  ތިޔަ ވިދާޅުވަނީ ތެދުފުޅެ އް ނަމަ.

  40
  5
 9. އަހުމަދު ނީޒް

  ތިހާވަރުގެ ޤާނޫނު ދަންނަ ބޭފުޅުން މީހަކު ބުނާ އިރަށް ފަ އިސާ ތަކެ އް އެއ އްބަސް ވުމެ އް ނެތި ދިން ސަބަބެ އް އޮންނާނެ. އެއ އްގޮތަކީ ނާޖާ އިޒް ފަ އިދާ އެއ އް ހޯދުން. އެހެންވި އްޔާ އެކަން ވެފަ ތި އޮތީ.

  39
  1
 10. މަޢަ

  ދިޔާނާ ގާތު މަ ބުނީމެ ނޫން ފުރަތަމަ ރޭހުގާ ވެސް ތި އެރީ ފޯސް ފަޅި އަށޭ. މަ އުމޫން ވާނީ ހަމަ މަ އުމޫނަށް

  22
  3
 11. ދެބޯމޫސަ

  ޢެންދެރިމާގެއިން ނެރުނު ކަހޅުފޮޢްޓަކީ ހަގީގަތެޢްތާ

  30
  3
 12. ރިހާކުރުކުޑޭ

  ތިޔަވަރަށް ފަ އިސާދިން އިރު ދިޔާނާބުނިންތަ ޖާބިރުބުންޏޭ ޔާމީނުގެވެރިކަންނިމުނީމާ
  އެފަ އިސާ މިފަ އިސާ އަނބުރާގެންނަ އްޗޭ؟
  އެހެންބުނަންވެސްހަނދާނެ އްނުވިދޯ؟

  37
 13. ރަދީފް ހުސެން

  ސަރުކާރު ބަދލު ކުރަން ގެންގުޅުނު ކަޅުފޮށީގެ އެއ އްބަ އިގެ ވާހަކަ ދިޔާނާ ތިބުނީ. މިވަރުގެ ބަޔަކު ޖަލަ އްލީމަވީ އަނިޔާ އަ އް. އެކަމު ހުކުން ތަފްފީޒު ނުކޮ އް ދޫކޮލި އެންމެން ގޮޅިޔަ އް އެނބުރި ދާންޖެހޭ ދުވަސް އެބަކަ އިރިރޭ. ދިޔާނާވެސް ހިމެނޭގޮތައް.

  17
 14. އިބިލީސް

  ތިޔަ ފައިސާ އަކީ ޖާބިރު ދިންއެއްޗެއްކަމަށް ވަރަށް ގާތް. މައުމޫނަކީ ކާކުކަން ރަގަޅަށް ދަންނަ މީހުންނަށް އޭނަޔަކީ ކިހާވަރެއްގެ މީހެއްކަން އިނގޭނެ. އަދި މިތާ ކޮމެންޓްކުރާ މީހުން ކިތަންމެ ޝައްކެއް އުފަންދަން މަސައްކަތް ކުރިޔަސް މައުމޫނު ހުދު ފޮތިކޮޅަކަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެ.

  14
  4
 15. ސައީދު

  ޖާ ހުންނަނީ އަބަދު ޖޯކަރަކަށް ހެދިފަ. މައުމޫނު ފައިސާ ނެގި ކަން ސާބިތު ކުރާނީ ކޯޓުގަ. ނޫސް ތަކުގައެއް ނޫން

  12
  1
 16. ފަސާދަ

  ކަލެއާއި ޖާބިރާއި ދެމީހުންގެ މަައްސަލަ މިހާރު ބަލާހިސާބަށް ގޮއްސި.
  ފައިސާދީގެން ނަހަމަ ގޮތުގައި ރާއްޖޭގެވެރިކމަާއި ތޮޅުނު ބައިގަނޑެއް.

  21
 17. ސީދާސާދާ

  ރިޝްވަތު ނަގައިގެން ވެރިކަން ވައްޓާލަން އުޅުނުކަން މިހިރަފަޅާއަރަނީ.. ޔާމީން މި މީހުން ޖަލަށް ލީ ޙައްޤު ގޮތުގައިކަން އާޚިރުގައި މިއެނގި ހާމަވަނީ.. ވިސްނާލާ މިގައުމު އިސްލާޙްކޮށް ޤައުމު ތަރައްޤީގެ އާއުސްމިންތަކަށް ގެންގޮސްދިން ފަހުލަވާނު މިއަނިޔާވެރި ކޯލިޝަން ސަރުކާރުން ވަނީ ޖަލަށް ލާފަ ހުރިހަ ފާސިގުން ވަނީ އިތުރު ޖަރީމާ ހިންގަން ދައުލަތުތެރޭގަ ފެތުރިގެންފަ އެނީހުންނަށް އެކަންކުރުމަށް މަގުފަހިކުރި ރައްޔިތުން މިއަދު ވަނީ ރޮއެ ހިތާމަ ކުރާ ދަރަޖައިގަ!

 18. ޢަދުރޭ

  ކޮއްކޯ ދިޔާނާ ، ކަމަނާ ތިއޮތީ ވިދާޅުވެފަ. ޖާބިރުގެ ފަރާތުން ކަންކަންކުރުމަށް މައުމޫނު އައްޔަން ކޮށްފައި އެކަމަށްޓަކާ އެކިފަހަރުމަތިން މައުމޫނަށް ފައިސާ ދިންކަމަށް ، އެކަމަކު ޖާބިރު ދަޢުވާ ކުރަނީ މުޅިން އެހެން ސީޣާ އަކުން. ކިނބިގަސް ދޮށުގޭ ރަޖިސްޓްރީ ބާއްވާފައި މައުމޫނު އަމިއްލަފުޅު ބޭނުމަށް ލާރި ނެގި ވާހަކަ ޖާބިރު ދައްކަނީ .،. ކަމަނާ ފިރިމޮޔަވެފަ ހުއްޓަސް ތީ ބޮޑުވަރު . ޖާބިރު ހުދު ކަފަކޮޅަކަށް ހައްދަވަން ނޫޅުއްވާ . ހަމަ ވަރަށް ގިނައިން ޝަވާ ބޭފުޅެއް އެއީ .

  1
  1
 19. ޒާދީ

  މައުމޫނު ކޯޓައް ގޮސް ﷲ ގަންދީހުވާކުރަންވީނުން މައުމޫނަކީ ބޮުޑުދޮގުވެރިޔެ 80އަހަރު ވީމަވެސް ދުނިޔެއާއިހެދީ އުޅޭޖައްބާރު ދޮގުވެރިޔެ ތީކީދީނީއިލްވެރިޔެނޫބް