މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާމަން މުހައްމަދު ނަޒާކީ ޒަކީ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ޒަކީ ވަނީ އިސްތިއުފާގެ ސިޓީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އަށް ފޮނުވައިފައެވެ.

ޒަކީ އިސްތިއުފާ ދެއްވާފައި މިވަނީ އެމްޕީއެލްގެ ތެރޭގައި އަށް މިލިއަން ރުފިޔާގެ ވައްކަމެއް ހިނގާފައިވާ ކަން އޭނާ ފަޅާ އަރުވާލާފައި ވަނިކޮށެވެ. ޒަކީ ސިފަކުރެއްވި ގޮތުގައި އެމްޕީއެލް ތެރޭގައި ހިނގި ތެލުގެ ވައްކަމީ އެ ކުންފުނި "ފޭރުމެ"ވެ. އަދި މިކަމާ ގުޅިގެން އެއްވެސް މީހަކާ ދޭތެރޭގައި ފިޔަވަޅު އަޅާފައި ނުވާތީ އެ ޓުވީޓުގައި ޒަކީ ވަނީ ކަންބޮޑުވެވަޑައިގެންފައެވެ.

އެކަމަކު ފަހުން އެމްޕީއެލުން އިން ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި ތުހުމަތު ކުރެވޭ މުވައްޒަފުން މިހާރު ވަނީ ވަޒީފާ އިން އެކަހެރިކޮށްފައެވެ. އެކަމަކު އެއީ ކިތައް މުވައްޒަފުން ކަމެއް ބަޔާނުގައި ނުބުނެއެވެ. އެ މައްސަލަ މިހާރު ވަނީ އޭސީސީ އާއި ފުލުހުންގެ އިތުރުން އޮޑިޓަ ޖެނެރަލް އަށް ވެސް ހުށަހަޅާފައިވާ ކަމަށް، އެމްޕީއެލްއިން ބުންޏެވެ.

ޒަކީ އަކީ، މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މެމްބަރެކެވެ. ޒަކީ ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ދުވަސްވަރު މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފައެވެ.

ޒަކީ އެމްޕީއެލްގެ ޗެއާމަން ކަމަށް ހަމަޖެއްސީ ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ދެކުނުތަރި

  ސީއީއޯ ޝާހިދު އިސްތިއުފާ ދެއްވަން ޖެހޭ ތަނެއްގައި އިސްތިއުފާ ދެއްވީ ޒަކީ. ތިވަރަކުން ނުފުދޭނެ. އިސްތިއުފާދެއްވަން ޖެހެނީ ޝާހިދު. އެމްއެމް އެކްޕޯޓުގެ އެޖެންޓަކީ ވެސް ޝާހިދު.

  38
  3
 2. ފުއާދު

  ހެހެހެ ޒީރޯ ޓޮލެރެންސް ތިގޮވީ އަތައް،،އަދިވެސް އަގަގަދަކުރޭ ތިހިންވާނީ ..

  17
  1
 3. ސާހިދު

  ޝާހިދު އާއި އެކު ދެން ދަށަށް ޖެހިގެން ހުރިމީހާވެސް އިސްތިއުފާ ދޭންޖެހޭ.

  16
 4. ކުޑޭ

  ރައްޔިތުންނަށްދޭ ޚިދުމަތުގައި ތެދުވެރިވާންޖެހޭނެ ހަމަހަމަވާންޖެހޭނެ ބަރާބަރުވެރިއެއް

  24
  1
 5. މަހިބަދޫ މީހާ.

  ނަޒާކީ ޒަކީ އަކީ އަދާލަތު ޕާޓީގަވެސް ވަރަށް ރަގަޅު ޢިހްލާސް ތެރި ތެދުވެރި ބޭފުޅެއް.

  23
  2
 6. ޢަފްލާ

  ކޮރަޕްޝަނާފަސާދަ ޢާންމުވާ ތަނެއްގެ ވެރިއަކަށް އިޚްލާސްތެރި އަކު ނުހުންނާނެ ފަޅާ އެރުމުން ޒަކި އެކަން ހާމަކުރެއްވި އަދި ޒަކީ އިސްތިއުފާ ދެއްވުން އެއީ ހަމަ އިޚްލާސްތެރިކަން އެހެންނޫންނަމަ ސަނާ ކިޔާލަ ކިޔާލަ ހުންނާނީ ﷲ ޒަކީއަށް ހެޔޮގޮތްތަށް މިންވަެު ކުރައްވާށި އާމީން