މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވެފައި ވާތީ އެ އެކްސިޑެންޓުގެ މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ނަޒްރާ ނިޔާވީ 27 ވަނަ ދުވަހުގެ ރޭ 10 ޖަހާކަން ހާއިރު، ބާރު ސްޕީޑްގައި މާލޭ އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ބޮޑުތަކުރުފާނު މަގަށް ނިކުތް ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ދުވާ ޓްރެކް މައްޗަށް އަރައި ހިނގި އެކްސިޑެންޓެއް ގައެވެ. އެކްސިޑެންޓް ހިނގިއިރު ސައިކަލް ފަހަތުގައި އިން ނަޒްރާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށް ނިޔާވީ އިއްޔެ ފަތިހުއެވެ.

ސައިކަލް ދުއްވީ ލައިސަންސް ނެތް އުމުރުން 24 އަހަރުގެ ފިރިހެނެއް ކަމަށްވެއެވެ. ސައިކަލު ދުއްވަން އިނީ ނަޒްރާގެ ލޯބިވެރިިޔާ އާޒިފް އަބްދުލް ހަކީމެވެ.

އެކްސިޑެންޓްގައި ނިޔާވެފައިވާ ނަޒްރާއަކީ ޓިކްޓޮކްގައި މަޝްހޫރު ފަންނާނެކެވެ. ނެށުންތެރިއެއް ކަމަށްވާ ނަޒްރާއަށް ޓިކްޓޮކްގައި ފޮލޯ ކުރާ މީހުންގެ އަދަދު 17000 އަށް އަރައެވެ. އޭނާގެ ބައެއް ވީޑިއޯތައް ބަލާފައިވާ މީހުންގެ އަދަދު ލައްކައަކާއި ކައިރި ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ށަވިޔަނި

    ތީގަ އެބައޮތް ތަ އިތުރައްބަލަން ޖެހޭ ކަމެއް ފުރަތަމަ ކޮބާ ދުއްވިމާހާގެ ސައިކަލް ދުއްވުމުގެ ލައިސަންސް..

    28
    1
  2. އަރީ

    މަރުކޮމިޝަނާ ހަވާލު ކުރޭ

  3. ނުސޯ

    އަހަރެން ދެކޭ ގޮތުގައި މީ އަސްލު ދިވެހި ފިލްމެއް ހަދަން ވަރަށް ރީތި ވާހަކަ އެއް

    މި ވާހަކައިގެ މިވާ ގޮތަކީ ފުލުހުން ބުނަނީ ދުއްވަފަ ދިޔައީ ވަރަށް ބާރު ސްޕީޑެއްގައޭ ނަމަވެސް ލޯބިވެރިޔާ މިބުނަނީ ދުއްވަފަ ދިޔަ އީ ވަރަށް މަޑުންނެއް ނަމަވެސް މީހަކު ފޮށޭތީ ފަހަތް ބަލާ ލީމައޭ.. އެކްސިޑެންޓުވީ ހަގީ ގަތުގަ މީ ވަރަށް ރީތި ވާހަކަ އަކަށޤ ފިލްމް އެއް ހެދިދާނެ ކަހްއަލަ ވާހަކަ އެއް މި ގެ ޕެރްސްޕެޓްއިވެ އަސްލު ވަރަށް މުހިމްމު އަހަރެމެނަކަހް ޖަޖެހް ނުކުރެވެނެ އަސްލު އެތަނުގަ އެވަގުތު ކަން ހިންގާ ދިޔަ ގޮތއެއް ނަމަވެސް މީ ވަރަށް ރީތި ވާހަކަ އެއް ހަމަ

    1
    5