ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް ތަރައްގީ ކުރަން ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނުތަކަށް އަންނަ އަހަރު އެތައް ފައިސާ ދައްކަން ޖެހިފައިވާއިރު ހަގީގަތުގައި އެ ތަނަކީ ދިވެހި ދައުލަތުން ފައިސާއެއް ހަރަދުނުކޮށް ހިލޭ އެޅެން އޮތް ތަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ 34.9 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް ދިރާސާކޮށް މަޖިލީހުގެ ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓްގެ ބަހުސް މަރުހަލާގައި މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ކަރުދާހަކަށް ބައްލަވާފައި އަންނަ އަހަރު ދިވެހި ދައުލަތުން ދައްކަން ޖެހޭ ދަރަނިތައް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަތްޕުޅުގައި އޮންނެވި ކަރުދާހުގައިވާ ގޮތުން ލޯނުތަކަށް އަންނަ އަހަރު ރާއްޖެއިން 199.25 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އެއީ 3.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އެ ވަރުގެ ލޯނެއް ނުނަގާ ވެސް ކުރެވެން އޮތް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އެއީ ހިލޭ އެޅެން އޮތް ތަނެއްކަން، ވެލާނާ އެ ކިޔާ އިންޓަނޭޝަނަލް އެއާޕޯޓު. ފަންސަވީސް އަހަރު ދުވަހުގެ މުއްދަތަށް ބަޔަކު މީހުން އަޅާފައި ހިންގާފައި، އަޅާފައި އަޅުގަނޑުމެންނަށް ދީފައި މިހާރު ދާހާ ދުވަސް މިވީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި އިރު އެމަނިކުފާނުގެ ވެރިކަމުގައި ހުޅުލޭގައި އޮންނަ އެ އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް 25 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ކުއްޔަށް ދިނެވެ. އެ ގޮތަށް ކުއްޔަށް ދިނީ އެއާޕޯޓް ތަރައްގީ ކުރުމުގެ ބައެއް ކަންކަން ޖީއެމްއާރުން ކުރާ ގޮތަށް އެއްބަސްވުމުގައި ހިމަނައިގެނެވެ. އެކަމަކު އެއިން މަސައްކަތެއް ކުރިއަކަށް ނުދެއެވެ.

މީގެ އިތުރުން 2012 ގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން ފަހުން ވެރިކަމަށް ހަވާލުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އެ އެއްބަސްވުން އުވާލައި ޖީއެމްއާރު އަތުން އެއާޕޯޓް ނެެގީއެވެ. މިކަމާ ގުޅިގެން އާބިޓްރޭޝަނަށް ޖީއެމްއެމްއާރުން ހުށަހެޅި މައްސަލައިގައި ބަދަލުގެ ގޮތުގައި 250 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ފައިސާ ހޯދައި ޖީއެމްއާރަށް ދެއްކެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ފުއާދު

    އަންނަ އަހަރު ބަޖެޓު އަކީވެސް ބަޔަކު ހިލޭ ދޭން ބުނި އެއްޗެއް،،ދެން ކީއްކުރާ ބަހުސް އެއްތިކުރަނީ،،ވަރައްސަލާމް

    51
    1
  2. ސލ

    ހިލޭ ކަންކަން ކުރެވޭނެ ނަމަ އއ އެކަން ވާނީ ވަރަށް ނުރައއއ އްކާ
    ތެރި ކަމަކަށެވެ އަދި އެކުގެ މުސީބާތް ދިރިތިބީން އއ އުފުލަން
    ޖެހޭނެކަން ކަށަވަރެވެ.

    39
  3. އެމްޑީ

    ކިހިނެއް ހިލޭ އަޅަނީ؟ ދަނޑި ފަނާ ދޮންވެލިން؟

    27
  4. ގުއިދައިތަ

    އިންޑިޔާގެ އެކިޔާ "ހިލޭ އެހީ" ގެ ދަށުން އަޅާކަށް ބޭނުމެއް ނޫން. #އިންޑިއާއައުޓް

    32
  5. ހުސޭނުބޭ

    އެބުނާހެން! ކޮންމެ ޑޮލަރެއްގެ ފަހަތުގައި ޕޮލިހެއް ބަހައްޓައިގެން ޑޮލަރުވެސް ހިލޭ ލިބެން އޮތް! .......... ބޭބެ އިސްތިޢުފާ ދިން ދުވަހު ބޭބެގެ ބޮލުގައި ބަޑިޖައްސައިގެން ހުރީ ހާމާނު އުތަ؟

    26
    • ދޮންހުސޭނުބޭ

      ހުސޭނުބޭގެ ކޮމަންޓަށް ޑިސްލައިކްކުރި ދެވެރިންނަކީ ނަޝީދާއި އީވާ.

    • ޕީޖޭ

      މިކަލޭގެ ދައްކާވާހަކަ ކީކޭ ބުނާނީ އިސްރާއީލްގެ އެޖެންޓެއްތީ...އަންދުލަސް ފަދަ ދަރުސްއިން އެގުންފަދަ ދީނާއި ރައްޔިތުން ދުރުކުރުން މީނަގެ ކަމަކަށް އޮންނާނީ މަޑުމަޑުން މީހުން ދީނާއި ދުރުކުރުން މާސްޓަރފްލޭންއަކީ...އަދި ދައްކަން ނަމާދުކޮށް މިސްކިތްތައް އަޅާ އެކަންފާހަގަ ކުރާނެ...މީނަމީ ބަޔަކު މަރުދަން ޖެހި ވެރިކަން ހޯދީމަ އާއިލާ ގޮވައިގެން ރާއްޖޭން ބޭރު އުޅެފަ އައިސް ބަރުލަމާނީ މިގަވްމަށް ގެނެސް ބަގާވަތޭ ކިޔައިގެން ވެރިކަން ފޭރެން އެއުޅެނީ...މީގަވްމުގެ އަދި އެންޑީޕީގެ ހަލާކު...

      6
      1
  6. ހަސަންބޭބެ

    މި ކަލޭގެއަށް ވޯޓްދީ "އަޅުކަން" ކުރާމީހުންނާއި، މިކަލޭގެ ދައްކާ ވާހަކަ ލިޔާމީހުންގެ ވެސް ބޯގަޅިކަމާއެވެ. މިއީ ވެރިަކަމަށް ބޫތުކައިގެން ސިކުޑި ގޮވާފަހުރި މީހެކޭ! އެއަރޕޯޓާއި، މައިކާލޯގެ ފައްޓަރުބައިވެސް ބޭރުމީހުނަށް ވިއްކައިގެން ވެރިކަމުގެ ނިޒާމާއި ކުޅޭގެން ނަކަވެސް މީނަ ވެރިކަން ބޭނުންވާނެ. މި ކޮމެންޓަށް އެކިއެކި ސަބަބުތަކާއި ހެދި ޑިސްލައިކު ކުރާ މީހުންވެސް ހިތުގެ އަޑިން މިވާހަކަ ގަބޫލު ކުރާނެ!

    32
    3
  7. ޑަބިޔާ

    އަންނި އަށް ހިލޭ ވީކަމެއްނެތް. ބުނާނެ ހިލެޔޭ އެކަމަކު 26 އަހަރައް ވިއްކާލާގެން އޭރުން މީނައަށް ހިލޭ ވާކަމަށް ވާގޮތަކީ

    20
  8. ހެހެހެ

    މޯލްޑިޔަން ކުދިން ކޮޅެއް ހިލޭ މޯދީއަށް ސީޕްލޭން ދުއްވަން ދަސްކޮއްދީފިއެއްނު ހިލޭ ހިލޭ ހިލޭ
    ދެން ކުރަންވީނު ލަސްނުކޮއް

    18
  9. ާއަނިލް

    ކަލޯ އެހެންވެތަ ކަލޯސަރުކާރުގައި ޖީއެމްއާރ އާއި
    އެއާޕޯޓު ހަވާލުކުރީ

    16
  10. އަބްދޫ

    ނަސީދު ގެވާހަކަ ރަނގަލެއްނޫން.އެއީ ހިލޭ އެޅޭ ތަނެއްނޫން. ޖީއެމްއަރާ އެއާޕޯޓް ހަވާލުކުރުމުގެ ކުރިން 5 އެއާޕޯޓާ އެއަލައިނެއް ހިންގުމަށްފަހު ނެޓް ފްރޮފިޓް ގެ ގޮތުގާ 25 މިލިއަން ޑޮލަރު އެއަޕޯޓް ގެ ފައިދާއަށްލިބޭ. ޖީއެމްއަރާއެކު ކުރި އެގްރިމެންޓްގަ އޮތީ 78 މިލިއަންޑޮލަރު ދަވްލަތަށްދޭން. އެކަމަކު އެމްއެމްއޭ އަށް ޖަމާކުރީ 48 މިލިއަންޑޮލަރު ބާކީ 30 މިލިއންޑޮލަރަށް ވީގޮތެއްނެގޭ. ފިނޭންސްގެ ލިއުންތަކުގާ އެ 30 މިލިއަން ޑޮލަރު ލިބުނުކަމަށް ލިޔެ އެއާޕޯޓް ޖީއެމްއަރަށް ދިންއިރު އެއަޕޯޓް ގާހުރި މެއިންޓެނަންސް ގުޑްސް ގެ ސްޓޮކް ނަގާފާ ނުވޭ. އަދި އެއާޕޯޓްގެ ފުރިހަމަ އިންވެންޓްރީއެއް ނަގާފާ ނުވޭ.މެއިންޓެނަންސް ގުޑްސްގެ އަގަށްވެސް 78 މިލިއަން ޑޮލަރު ނާރާކަމެއްނޭގެ. އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދިނުމުގެ އެގްރީމެންޓްގަ އޮތީ އެއާޕޯޓްރަންވޭ ހެދުމަށް ފައިސާ ހޯދަންޖެހޭނީ ދިވެހިދަވްލަތުންގެރެންޓީ ދީގެން އެއާޕޯޓް މޯގޭޖް ކޮށްގެންކަމަށް . އެއާޕޯޓް ޑިވޮލޮޕްމެންޓް ޗާޖްގެ ގޮތުގާ ފުރާކޮންމެ ފަސިންޖަރެއްގެ އަތުން 27 ޑޮލަތަކާ އަދި އިތުރު ޗާޖަކަށް 2 ޑޮލަރު ޖުމްލަ ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 29 ޑޮލަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނަގައިދޭންޖެހޭގޮތަށް.މިފައިސާއަކީ ލޯނު ޕޭމެންޓް ދެއްކުމަށް ދަވްލަތުން ޖީއެމްއާރަށް ދޭންޖެހޭ ފައިސާ.. ހަގީގަތަށް ބުނާނަމަ އެއާޕޯޓް ޑިވޮލޮޕް ކުރުމަށް ލޯނު ނަގަންޖެހެނީ ވެސް ދިވެހިދަވްލަތުން އެލޯނު އަދާކުރަން ފައިސާދޭންޖެހެނީ ވެސް ދިވެހިދަވްލަތުން. ޖީއެމްއަރުން ކުރި އިންވެސްޓަކަ ނުލާ ކޮންމެ އަހަރަކު ނެޓް ފޮރޮފިޓްގެ ގޮތުގަ ޖީއެމްއާރަށް 52 މިލިއަންޑޮލަރު ދިޔައީ ލިބެމުން.މިއެގްރީމެންޓް ގަސޮއިކުރުވަން ހަވާލު ކުރީިއޭރުގެ އެމްޑީއަކަށް ހުންނެވި ބޭފުޅާ އެގްރީމަންޓް ގާސޮއިކުރަން ހެޔޮނުވާނެ ކަމަށް ވިދާޅު ވެ އެގްރިމްންޓް ގާ ސޮއިނުކުރުމުން އެމްޑިއާ ބޯޑް ވަކިކޮށް އާބޮޑެއް އައްޔަންކޮށް 24 ގަޑިއިރުތެރޭއެގްރީމެންޓްގާ ސޮއިކުރުވި އިރު އެގްރިމަންޓްގާ އޮތީ ކިކޭކަމެއް ސޮއިކުރި އެކަކަށްވެސް ނެގޭ.ޖީއެމްއާރުގެ އެގްރީމެންތަކީ ދިވެހި ދަވްލަތުގެ ބޮޑުންގެ ބަޔަކަށާ ޖީއެމްއަރަށް ފައިދަހުރި ދިވެހި ދަވްލަތަށް ގެއްލުންހުރި އެގްރިމްންޓެއް.

    35
    • ނޫރުލްގުރުއާނު

      ކެނެރީގޭ ނަޝީދު ކަލެއަށް ވާނުވާ ނޭގެންޏާ މި ލިޔުންކޮޅު ކިޔާލަބަލާށެވެ. މިކަލޭގެއާއި ބެހޭގޮތުން ދައްކަން ހުރި ވާހަކައިގެ ބާވަތުން އެންމެ ރަގަޅުގޮތަކީ އެއްޗެކޭ ނުކިޔާ ހުއްޓާލުމެވެ. މީނާ ހީކުރަނީ މީނަޔަށް ބަޔަކު ސަޕޯޓްކުރަނީ މީނާގެ މޮޅުކަމުން ކަމަށެވެ. ކަލެއަށް ސަޕޯޓްކުރާ ބަޔަކު އެކަންކުރަނީ ދުނިޔޭގެ އެދުން ބޮޑުވީމައެވެ. ދުނިޔޭގެ އެދުންވެރިކަމުގައެވެ.

      18
  11. ޙަސަނާ

    މިއީ ދޯ އެބުނާ ހޮޅި ވާހަކައަކީ؟ ހެހެހެ ސާބަހޭ އަންނި. ކަލޭ އަލިފު ލައިލާ އެއް ލިޔަންވީ.

    21
  12. ެއލ

    ކަލޭ އަނގައިގަ “ހިލޭ” ހީރަސް ޖަހައިދީފާނަން!

    24
  13. ކޮން ފޮރމިއުލާ އެއް

    " ދައުލަތުން ފައިސާއެއް ހަރަދުނުކޮށް ހިލޭ އެޅެން އޮތް ތަނެއް "
    އަދި ނުކަނޑާ ސާފު 3 އަހަރު އެބައޮތް. އެހެންވީމާ ތިފޮރމިއުލާ ބޭނުންކޮށްގެން ގިނަ އެއާރޕޯރޓްތައް އަޅަންވީނުން

    20
  14. ސސ

    ރަގަޅު ވާހަކައެއް. އެއަރޕޯޓު ޖީ އެމް އާރ އަށް ވެސް ދިނީ ހިލޭ. ތިއީ ފަސާދައިގެ އައްޕަ.... މީ ބޮޑު މުސީބާތެއް ގައުމަށް ފާކުރައްވާފައިވާ.

    18
  15. ގޯރޯ

    ކަލޭދަށްކާވާހަކަ މިއަދު ގަބޫލުކުރާނެ މީހަކު މިއުޑުދަށުގައިނެތް ކަލޭބުނީމެއްނޫންތޯ 2 ރިސޯޓާ ލެޕުޓޮޕަކުން ގައުމު ހިންގާނަމޭ ކަލޭގެ ގޭގެ ބަދިގެ ހިލޭއެޅިޔަސް އެއަރޕޯޓެއް ހިލޭނޭޅޭނެކަން ރަށްޔަތުން ގަބޫލުކުރޭ ވެލާނާ އެއަރޕޯޓު ވިއްކީވެސް ހިލޭ ބަދިގެ އަޅަންކަމަށް ގަބޫލުކުރެވޭ.

    12
  16. މަރުބޯލް

    މިކަލޭގެމެންގެ ވެރިކަން ލިބިގެން އެންމެ ފުރަތަމަ އައްޑުއަށް ކުރި ފުރަމާނަ ދަތުރުގައި ހިޔަލީ އަހްމަދުރަޝީދުގެ ގޭގެ ކޮޓަރީގައި ހުޅުވި ދުނިޔޭގެ ތިމާވެށީގެ އޮފީހަކީވެސް އައްޑޫ މޮޔައިން މޮޔަހައްދަންވެގެން މިކަލޭގެ ރޭވުމަކުން ކުރިކަމެއް.ކަރެންޓެއް ނެޓެއް ނެތި ތަނަކުން ގެނާ ކޮންޕިއުޓަރެއް ބަހައްޓާފަހުރިކަންވެސް ފަޅާއެރީ، ތަން ހުޅުވުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި އެތަކެތީ ގެނާގޭގެއަށް އަބުރާ އެތަކެތި ގެންދިޔަތަން ފެނުނީމައެވެ. އެކަމަކު އައްޑޫގަ ތިބޭ މީނާގެ ސަޕޯޓަރުންނަށް ވާނުވާ އެގޭކަމަކަށްނުވޭ.

  17. ޒެޑޯމް

    އެމްޑީޕީއަށް އެއަރޕޯޓް ހިލޭނޭޅެނީ ކޮންއެއްޗެއް ނުވަތަ ކޮންބާރެއް ނެތިގެންތޯއެވެ. ބޭކާރުވާހަކަ ދެއްކުމުގެ ބަދަލުގައި އަމަލުން ކަންކަން ކުރާށެވެ. ކަލޭގެ އަގަބޮޑުވެގެން އެކަން ބޮޑު އުދަގުލަކަށް ވެއްޖެއެވެ. ﷲގެ ކުޅަދުންވަންތަކަމާއި ދޭތެރޭ ކުޑަކޮށްނަމަވެސް ވިސްނަބަލާށެވެ. ހުރިހާބާރެއް ކަލޭމެނަށް ދިވެހިން ދިނީމަވެސް އަދިވެސް ތިކިޔަނީ އެސަރުކާރޭ އެސަރުކާރޭ. ބަލަ ވެރިކަމަށް އައީ އެސަރުކާރުން ވައްކަންކުރާތީއާއި ކުރާކަންކަން ތިންގުނަ ބޮޑުކޮށް ކުރާތީ އެކަން ހުއްޓުވުމަށްޓަކައެވެ. އެހެންވީމާ މިހާރަކު ވައްކަމެއް އަގުބޮޑުކޮށް ތަނެއް ނަހަދާނެތާއެވެ. އެހެންކަމުން ގަޅިއަނގަ ތެޅުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުންބޭނުންވަނީ އަވަސް ސްޕީޓްގައި ކަންކަންކޮށް އެކަމުގެ ފޮނިމީރު ލިބުމަށެވެ. ކުރީސަރުކާރުން ބޮޑުތަނުން ދައުލަތްދަވާލިވާހަކަ 2013ން 2018 އާއި ހަމަޔަށް ކަލޭމެން އައީ ދައްކަމުންނެވެ. އަދި މިހާތަނަށް އެއިން އެއްވެސްކަމެއް ބަލާ އެބަޔަކަށް ހުކުމްކުރިތަނެއް ނުފެނެއެވެ. ހަރާމް އެންމެ ހުކުމެއް ވަނީ ކޮށްފައެވެ. އެހުކުމްކުރީ ކަލޭމެން ރުހޭ މީހަކު ލައްވާ އެމީހާބުނިކަމެއް ކޮށްދޭގޮތުގެ މަތީންކަން ކަލޭވެސް ގަބޫލުކުރާނެއެވެ. ސްޕްރިންކޯޓަށް ޕްރޮމޯޓްކުރީ އެ ހަރާމްހުކުމުގެ ބަދަލުގައިކަން ގިނަބަޔަކަށް ވަނީ ފަޅާއަރާފައެވެ. ﷲކުޅަދުންވަންތަކަމާއިއެވެ. ސިއްރުތައް މިއޮއްގެން ފަޅާއަރަމުން ދަނީއެވެ. ﷲއަކުބަރު!

  18. ޒެޑޯމްދް

    އެމްޑީޕީއަށް އެއަރޕޯޓް ހިލޭނޭޅެނީ ކޮންއެއްޗެއް ނުވަތަ ކޮންބާރެއް ނެތިގެންތޯއެވެ. ބޭކާރުވާހަކަ ދެއްކުމުގެ ބަދަލުގައި އަމަލުން ކަންކަން ކުރާށެވެ. ކަލޭގެ އަގަބޮޑުވެގެން އެކަން ބޮޑު އުދަގުލަކަށް ވެއްޖެއެވެ. ﷲގެ ކުޅަދުންވަންތަކަމާއި ދޭތެރޭ ކުޑަކޮށްނަމަވެސް ވިސްނަބަލާށެވެ. ހުރިހާބާރެއް ކަލޭމެނަށް ދިވެހިން ދިނީމަވެސް އަދިވެސް ތިކިޔަނީ އެސަރުކާރޭ އެސަރުކާރޭ. ބަލަ ވެރިކަމަށް އައީ އެސަރުކާރުން ވައްކަންކުރާތީއާއި ކުރާކަންކަން ތިންގުނަ ބޮޑުކޮށް ކުރާތީ އެކަން ހުއްޓުވުމަށްޓަކައެވެ. އެހެންވީމާ މިހާރަކު ވައްކަމެއް އަގުބޮޑުކޮށް ތަނެއް ނަހަދާނެތާއެވެ. އެހެންކަމުން ގަޅިއަނގަ ތެޅުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުންބޭނުންވަނީ އަވަސް ސްޕީޓްގައި ކަންކަންކޮށް އެކަމުގެ ފޮނިމީރު ލިބުމަށެވެ. ކުރީސަރުކާރުން ބޮޑުތަނުން ދައުލަތްދަވާލިވާހަކަ 2013ން 2018 އާއި ހަމަޔަށް ކަލޭމެން އައީ ދައްކަމުންނެވެ. އަދި މިހާތަނަށް އެއިން އެއްވެސްކަމެއް ބަލާ އެބަޔަކަށް ހުކުމްކުރިތަނެއް ނުފެނެއެވެ. ހަރާމް އެންމެ ހުކުމެއް ވަނީ ކޮށްފައެވެ. އެހުކުމްކުރީ ކަލޭމެން ރުހޭ މީހަކު ލައްވާ އެމީހާބުނިކަމެއް ކޮށްދޭގޮތުގެ މަތީންކަން ކަލޭވެސް ގަބޫލުކުރާނެއެވެ. ސްޕްރިންކޯޓަށް ޕްރޮމޯޓްކުރީ އެ ހަރާމްހުކުމުގެ ބަދަލުގައިކަން ގިނަބަޔަކަށް ވަނީ ފަޅާއަރާފައެވެ. ﷲކުޅަދުންވަންތަކަމާއިއެވެ. ސިއްރުތައް މިއޮއްގެން ފަޅާއަރަމުން ދަނީއެވެ. ﷲއަކުބަރު!

  19. ޖަނާޒާ

    ޖަރީރާރާއްޖޭގައި ރައްޔިތުންގެތެރެއިން ބަޔަކު ގުއިރޯނެއްގައި ޖެއްސިދާނެ ފަހަރެއްގައި ހިލޭ

  20. މޮޔަ ސޮރު

    އިމްޑިޔާ މިލިޓަރީއަށް ރާއްޖެ ދިނުމުންވެސް އެމީހުންގެ ޚަރަދު މި ހަމަޖައްސަން ޖެހެނީ ދައުލަތުގެ ބަޖެޓުން. ދެން އެހެން ގައުމަކަށަ މިލިޓަީއަށް ރާއްޖެ ދިންނަމަ މުޅިބރާއްޖެ އޮންނާނީ ދެބުރިއަށްނަގާ އެއްރައް އަނެއްރަށާ ގުޅުވާފަ. ދެން ކަލޭ ދައްކާ ވާހަކަ އަޑުއަހާނީ މޮޔައިން

  21. މަރޭ

    ހިލޭކުރަނަމް ކޮންމެ ވެސް ކަމެއ ގުރުބާން ކުރަން ޖެހޭނެ. ލޯނު ނަގާފަ ހުރީ ފައިދާވާކަންކަން ކުރާން .ލޯނު ނެގުމަކީ މައްސަލައް ނުން. އެރިކަވާކުރެވޭނެ ގާބިލު ކަންކަ ކޮށްފަ ހުރީ.ލޯނެއ ްވެ ހޯދުމަކީ އެއީ ނުކުރެވޭނެ ކަމަކީ. ބުރިޖަކީވެސް ފައިސާހޯދަން ލޯނި ނަގާފަ އޮތްތަނެއް އެކަމަކު ފައިސާ ލިބޭބާ. ޔާމިނު ވިސްނާފަ ހުޜި 20-30 އަހަރުވާން ދެން މަދު ޅޯނު ނަގާ ތަންތަން ކޮޅު ހަދާ ރިޕެއަރ ކުރަށްއުޅޭކަށްނުންކަން އެގިއްޖެ. އޭގެ ބަދަލުގަ އެއްފަހަރާގައުމަށް ބޮޑުބަދަލެއް ގެންނަންކަން މިހާރު އެގިއްޖެ.

  22. ދިރާސާ

    އެދުމެއްނެތި ވެދުމެއްނުކުރާނެ ކިހިނެތްތޯ އެހާބޮޑުޚަރަދެއް އެހެންގައުމަކަށް ކުރާނީ ފަަހަރުގައި
    މުސްތަގުބަލްގައި އެއީ ގައުމުގެތަނަކަށްބައްލަވާނަމަ އަމިއްލަގައުމުގެ ތަރައްގީއާއި ކުރިއެރުމުގެ
    ހައިސިއްޔަތުން ކުރައްވާކަމެއްގެގޮތުގައި ކުރައްވާނަމަ ދިވެހިގައުމުގެ ވެލާނާއިންޓަނޭޝަނަލް
    އެއާޕޯޓެއްނޯންނާނެ މިހެންވާކަށް ދިވެހިދަރިއެއްގެ ހައިސިއްޔަތުން ނޭދެން ނަމަވެސް ގައުމު
    ވިއްކައިގެން،ނުވަތަ އަޅުވެތިކޮށްގެންނަމަވެސް އަމިއްލައެދުމެއްފުއްދަން ބޭނުވެލައްވާ ފަރާތްތަކުން
    ކުރައްވާފާނެ ވިސްނަވާ މިގައުމަކީ އަލިރަސްގެފާނާ،ބޮޑުތަކުރުފާނާ، ނޮވެމްބަރު3ގައި ޝަހީދުވެލައްވި
    ޙުސައިންއާދަމް ނިސްބަތްވާގައުމު މިގައުމުގައި އަދިވެސް މިގައުމުގައި އެފަދަފަރާތްތައް ތިއްބަވާނެ

  23. މިއަދު

    ރައިސް ނަޝީދު ވިދާޅުވިޔަސް ބުންޏަސް ތެދެއްވާނީ ހަމަތެދަކަށް ދެ ރިޒޯޓާއި ލެޕްޓޮޕަކުން ގައުމު ހިންގޭނެކަމަށްބުނި ރައީސަކަށް އެއާޕޯޓު ހިލޭ އެޅޭނެޔޭ ނުބުނެވެންވީ ސަބަބެއްނެތްތަ އަދި އިންޖޭރުންނާއި ފަންޑާނެތްނަމަވެސް ވައްމޭޒު ކޮފީއަކުން ބުރިޖުވެސް އެޅިދާނެޔޭ ބުނީމަވެސް އަތްޖަހާނެ ބަޔަކު ތިބޭނެތާ ރައިސްނަޝީދުގެ ތިފަދަ ކޮސްގޮވުންތަކަށް އަތްޖަހާ ދިވެހިން އެމްޑީޕީގެވެސް މިހާރު ވަރަށްމަދުވެއްޖެ ދުވަހެއް ދުވަހަކަށް ވަނީވެސް މަދު