މާލޭ މަގުތަކުގައި ވަޅި ހިފައިގެން އުޅޭ ގޭންގު ކުދިން ހައްޔަރުކޮށްގެން މައްސަލަތައް ހައްލު ނުވާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފޭސްބުކް މެދުވެރިކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މައްސަލަތައް ހައްލުކުރެވޭނީ އެކުދިންނާ (ގޭންގު މީހުންނާ) ވާހަކަ ދައްކައިގެންކަމަށެވެ.
"މާލޭގެ މަގުތަކުގައި ވަޅި ހިފައިގެން އުޅުމާއި ގޭންގު ކަންތައް ވަރަށް ބޮޑަށް މިކަންތައް މިދަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެއީ ހިފާ ހައްޔަރުކޮށްގެންނާއި ޓެގު އަޅުވައިގެން އަދި ކުއްތާ ގެނެސްގެން ހައްލުކުރެވޭނެ ކަންތައްތަކެއް ނޫންކަމަށާއި އެކަންކަން ހައްލުކުރެވޭނީ އެކުދިންނާއެކީގައި މަސައްކަތް ކޮށްގެން ކަމަށެވެ.
"އެއީކީއެއް އަޅުގަނޑު ނުދެކެން ހިފާ ހައްޔަރުކޮށްގެން، ޓެގު އަޅުވައިގެން، ކުއްތާ ގެނެސްގެން، ބިޑި އަޅުވައިގެން، އަނދަގޮނޑި ޖަހައިގެން، ގޮޅިއަށް ލައިގެން ހައްލުކުރެވެން އޮތް ކަމެއްކަމަށް." އޭނާ ވިދާޅުވިއެވެ. "އެކުދިންނާއެކު މަސައްކަތް ކޮށްގެން ހައްލު ކުރެވެން އޮތް ކަމެއް މި ކަމަކީ، ހައްލު ކުރެވޭނެ." ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން، ނަޝީދު ވިދާޅުވީ ގޭންގުތަކުގެ ކުދިންނާ ވާހަކަވެސް ދެއްކޭނެކަމަށާއި އެކުދިން ބޭނުންވާ ކަންތައް ހޯދޭނެކަމަށެވެ.
"އެކުދިންނާ ވާހަކަވެސް ދެއްކޭނެ...އެކުދިން ބޭނުންވާ ކަންތައްވެސް އަޅުގަނޑުމެންނަށް ހޯދޭނެ." ފޭސްބުކް މެދުވެރިކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
ޢެކުދިންގެ ސަޕޯޓް ހޯދާލީތަ....؟މަ ހީހީ ހަލާކު...??????
ހައްޔަރުކޮށް ގާނޫނީ ފިޔަވަޅު ނާޅާ އެމީހުންނަށް ބޯން ދީގެން ދޯ ޙައްލުވާނީ!! ބުއްޅަބެ އެމީހުން ގެންގުޅުނީ އެހެން!! އެންމެން އަބަދަކު ހަމައިގާ ތިބެން ނުޖެހޭނެކަމަށްބުނާ މީހާ މިރަމަޟާންމަހު މިހިރީ ހަމަޔަކު ނޫން!! ބުއްޅަބެއަކަށް ނޯވޭ ރަމަޟާން މަހެއް އެހެން މަހެއް!! ގިނަވަގުތު ހުންނަނީ އޭނާ ބުނާހެން ހޭބުއްދި ފިލާފަ!!!
ކޮބާ މިހާރު އެނގިއްޖެނުން އެއީ ކާކު ކުރުވި ކަމެއްކަން
ހެޔޮނުވާނެ. ކަލޭގެ ތި އަނގަ މައިތިރި ކޮށްބަލަ.
ކުޑަކުއްޖެއް ހޭރޭހެން އަބަދު ކޮންމެވެސް ތާކުންތާކު ނުޖެހޭ އެއްޗެއް ކިޔާލަ ކިޔާލަ ތި ހުންނަނީ
ހައްޔަރު ކޮށްލާފަ އަނެއް ދިރުން ބޭރުކޮށްލާނެވިއްޔާ..އެހެންވީމަ ހައްލެއް ނުވާނެއްނު..މިހާރު މިއޮތް ސަރުކާރާ ގާޒީންނާ ގުޅިފަ ތިބޭ ކުދިން ކޮޅެއްވިއްޔާ..ރީހެބިލިޓޭޓު ކުރެވޭނެ އެހެން ގޮތެއް ހޯދުން މުހިއްމީ
މިސޮރު ހަތްފެނުލާ ދޮވުނަސް މިނުވާނެ ހަމައެއް
ނަސީދު ހޯދި ތަޅާނެކުދިން މިހާރު ވަޅި ހިފައިގެންތިބީ
ޢެކުދިންނާ އެކު އުޅެލަން ރާއްޖެ އަންނަން ވީނުދޯ.ބޭރުގަހުރެ މޮޅުވާހަކަނުދައްކާ.ތީ ކުރަން އެގޭނެކަމަކީ.ކަރަތަކައް އުދުހިފަ ނޫސްތަކުގެ ފަލަސުރުހީތަކުން ޖާގަހޯދުން ކިތައްމެ މޮޅުވާހަކަދެއްކިޔަސް 2018ގެ ވޯަޓްކަރުދާހުން ޖާގައެއް ނުލިބޭނެ.ހުކުން ތަމްފީޒު ކޮއްލުން ބުއްދިވެރި.
ނަޝީދަކީ ދެން ދުވަހަކުވެސް މި ދިވެހި ރާއްޖޭގައި ވެރިކަން ކުރާނޭ މީހެއް ނޫން، މޮޔަފުޅުވީތޯ ނަޝީދު، މީނަ އުމަރު ނަސީރު ދެކެ އެހާބިރުގަންނަ ސަބަބަކީ އުމަރު ވެރިކަމަށް އަތުވެއްޖެނަމަ މީނަ ވެރިކަމުގަ ހިންގާފަ ހުރި ޖަރީމާތައް ބަލާ ޝަރީޢަތް ހިންގާ އުމުރުދުވަހައް ޖަލުގެ ތޭރިތަކުގެ ބިއްދޮށަޢް ލާނެކަން އެނގޭތީ. 5 އަހަރުގެ ވެރިކަމެއް ލިބުނީމަ އެ ހިފަހައްޓާނުލެވިގެން ދޫކޮށްލާފަ ގެއަށްދިޔައިރު ހިންގާފަ ހުރި ބޮޑެތިބޮޑެތި ޖަރީމާތައް ބަލާ ޝަރީ އަތް ހިންގައިފިނަމަ މީނަ ދުވަހަކުވެސް ސަލާމަތް ނުވާނެ.، ނަޝީދަކީ. ދީނަށް ހަޖޫ ޖަހާ ދީނުގެ ޙުކުމްތަކަށް ގޮންޖަހާ ﷲ އާއި ރަސޫލާ އަށް ފުރައްސާރަކޮށް ސްޕްރީމްކޯޓުގައި ތަޅު އަޅުވާ މަޖިލީހުގައި ތަޅުއަޅުވާ މުލިއާގޭގައި ބާ ހަދާ ފަޑިޔާރުން ހިފާ ހައްޔަރުކޮށް ޗާޓުން ބޭރައް ނިކުމެ ޤާނޫނު އަާސީއާ ޤާނޫނުތަކުގެ ބާރު ކަނޑުވާލާ އިޖޫތިމާއީ ފޭރާން ވީދާކުދިކުދިކޮށް އަޚްލާޤީ މިންގަނޑުތަކާއި ދީނުގެ ރިވެިތި އަދަބުތަކާއި، ދިވެހިންގެ ސަޤާފީ ހަމަ ތަކާއި ޑިމޮކްރަސީގެއުޞޫލުތައް މުގުލާފައިވާ ބޮޑު މުޖްރިމެއް އެއީ ، އަދި ނަޝީދަކީ ދިވެހިންނަށް ދުވަހަކުވެސްހެޔޮ އެދޭނެ މީހެއް ނުން ، އެއީ ދޮންމީހުންގެ އޭޖެންޓެއް، ޓެރަރިސްޓެއް،
އަދިވެސް ހީކުރަނީ ތޯއްޗެ ތިމައްނަ އަށް ވެރިކަމަށް ވާދަކުރެވޭނެޔޭ އެހެންކަމުން ގުންޑާއިންގެ ވޯޓްހޯދަން ވެގެން ބުނެލިއެއްޗަކާ ވައްތަރީ.
އެއްވެސްކަމެއްގެ ޙައްލު އެއީ ކަލޭ ދަންނަކަމެއްނޫން. އެހެންނޫންނަމަ ކަލޭގެ ވެރިކަން ނިމުނު އިރު ގައުމު ދަރާވިކި ފަގީރުވެގެނެއް ނުދިޔައީހެއްނު.....؟؟؟
ރައީސް ނަޝީދު އިތުރަށް ބުނުއަވާފައިވަނީ އެއީ ހިފާ ހައްޔަރުކޮށްގެންނާއި ޓެގު އަޅުވައިގެން އަދި ކުއްތާ ގެނެސްގެން ހައްލުކުރެވޭނެ ކަންތައްތަކެއް ނޫންކަމަށާއި އެކަންކަން ހައްލުކުރެވޭނީ އެކުދިންނާއެކީގައި މަސައްކަތް ކޮށްގެން ކަމަށެވެ. މާނައަކި އެކުދިންނާއެކު ވަޅިހިފާގެންނޭ އުޅެންވީއޭތަ......؟؟؟؟
އޭނަ އެބުނީ ތެދެއް! މި ކޮމެންޓް ޖަހާލަދީބަލާ
???????
???