ދައުލަތުގެ މުއައްސަސާތަކުގެ އޮޑިޓިންގ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ފިނޭންސުން އިންތިޒާމްކޮށްގެން "އިންޓާނަލް އޮޑިޓާރސް ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ފަށައިގެން ކުރިއަށްދާއިރު، މ ޕްރޮގްރަމްގެ ފުރަތަމަ ބެޗު ކާމިޔާބު ކަމާއެކު ވަނީ ނިންމާލާފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ޕްރޮގްރާމުގެ މަގްސަދަކީ އިންޓަރނަލް އޮޑިޓެއް ޕްލޭންކުރާނެ ގޮތާއި، ހިރާސްތައް ދަނެގަންނާނެގޮތާއި، އޮޑިޓްގެ ފީލްޑްވާރކް ކުރިއަށް ގެންދާނެގޮތާއި، އޮޑިޓްގެ މަސައްކަތުގައި ވިސްނުން ބަހައްޓަންޖެހޭނެގޮތާއި، އޮޑިޓް ރިޕޯޓް ލިޔުމުގައި ސަމާލުވާންޖެހޭ ކަންތައްތައް ބަޔާންކޮށް މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުން ކަމަށެވެ.

މި ޕްރޮގްރާމްގައި ކިޔަވާދެވޭ ބައިތަކަކީ:
- ޕްލޭނިންގ އެންޑް ރިސްކް އެސެސްމަންޓް- އޮފީސް ޓްއަރ
- ކްރިޓިކަލް ތިންކިންގ އެންޑް ޕްރޮފެޝަނަލް ސްކެޕްޓިސިޒަމް
- އޮޑިޓް އެގްޒެކިއުޝަން އެންޑް ފީލްޑްވާރކް –
- އިންޓަރނޭޝަނަލް ޕަބްލިކް ޕްރެކްޓިސް ފްރޭމްވަރކް
- އޮޑިޓް ރިޕޯޓް ރައިޓިން

މި ޕްރޮގްރާމް ކުރިއަށްގެންދަނީ 15 ގަޑިއިރަށް ކުރިއަވެ. މި ޓްރޭނިންގގައި ޖުމްލަ 7 ބެޗެއް ކުރިއަށް ގެންދެވޭނެއެވެ.