ވެނައިލް ކޯޓުގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބާރީ ވަކިކުރަން ފެންނަ ކަމަށް 67 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރެއް ވޯޓު ދެއްވާފައެއް ނުވެއެވެ.

ޖޭއެސްސީ އިން ގާޒީ ބާރީގެ ދެ މައްސަލައެއް ބެލިއެވެ. ފުރަތަަމަ މައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކށް ހިޔާނާތްތެރިވި ފައިސާ އިން އޭނާ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުމުގެ މައްސަލައެކެވެ. ދެވަނަ މައްސަލައަކީ 2014 އިން 2018 އަށް ގާޒީ ބާޒީ އަމަލީ ގޮތުން ވިޔަފާރީގެ ތެރޭގައި ބައިވެރިވެ މާލީ ބަޔާންތައް ހުށައަޅާފައިނުވާ މައްސަލައެވެ.

މީގެ އިތުރުން ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވަން ނިންމި ހުކުމް ގާޒީ ބާރީ ހުކުމް އިއްވުމުގެ ކުރިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފޮނުވިކަން ފާހަގަކުރެވުނު ކަމަށް ޖޭއެސްީގެ ބަޔާނުގައިވެއެވެ. އެ ދުވަސްވަރު އަދީބުގެ އަތްޕުޅުން ފަސް ލައްކަ ރުފިޔާ ބާރީއަށް ދީފައިވާ ކަމާއި، އޭނާ ބައްލަވައި ގަތް ފްލެޓަކަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ދެއްކިއިރު އެ ފައިސާ ހޯދި ގޮތެއް އެނގެން ނެތް ކަމަށް ބަޔާނުގައިވެއެވެ.

ބާރީގެ އިތުރުން ދ.ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުލް ރައްޒާގް މުހައްމަދު މަގާމުން ވަކި ކުރަންވެސް ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަނާޒާ

    އަދި ވެސް ވަކިނުވޭތޯ؟ ކުރަންފާސްވީއޭތޯ؟

  2. ނަައީމް

    އައްނި މީ ނުރައްކާތެރި އެއް ސަލަމަތްވާން އުދަގޫނާނެ ސަބަބަކީ ބޭރުގެ ފަރާތްތަކުގެ ނުފޫޒާއި ބާރު