މާދަމާ ފެށިގެން ސުޕްރީމް ކޯޓު ރިސެސްއަށް ދާން ނިންމާފައިވާ ކަމަށް އެ ކޯޓުން ވިދާޅުވެއްޖެއެވެ.

ޑިސެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ޖަނަވަރީ މަހުގެ ތިން ވަނަ ދުވަހާއި ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.

ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވި ކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އިދާރީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެ ކޯޓުން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވައެވެ. އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދްނާނާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން، އަލީ ރަޝީދާޢީ އިތުރުން، މަހާޒު އަލީ ޒާހިރާއި،ޑރ. އަލީ ރަޝީދެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަންގޯރު އަހުމަދު

    ދާތާކަށް ގޮސް ނައިސް ތިބޭ މިޤައުމުގަ އިންސާފަކީ ކުޅޭ އެއްޗަކަށް ވެ ނިމިއްޖެ ބޮގަރުބޯ މީހަ ކިބައިން ސަލާމަތް ވާން އުޅެގަ

  2. މިއަދު

    ފަޑިޔާރުންގެ ތިޗުއްޓީ އަކީ ޙައްގުނޫންގޮތުގައިނަގާ ޗުއްޓީއެއް ދަށުކޯޓުތަކުގައި ހުރިމައްސަލަތައް އަވަސްކުރުމަށް ޕްރެސަރުކުރަމުންދާއިރު ރައިސްޔާމީނުގެ މައްސަލައިގެ އަޑުއެހުންނިމި ޙުކުމް ލިއެނިމިފައިއޮތްއިރު އެޙުކުމް އަޑުއިއްވާލަން ނުކެރި 3 މަހަށްވުރެ ގިނަދުވަސްވެފައިވަނިކޮށް ތިދަނީ ޗުއްޓީއަށް ތިއީ ބާރުހުރި ފިޑިންނަކީ ސާބަސް ފިޑި ފަޑިޔާރުން