ކޮވިޑް-19 ފެތުރެމުން ދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބުރާސްފަތި ދުވަހު ލ.އަތޮޅަށް ފައްޓަވާ ދަތުރުފުޅުގައި ލ.ގަމަށް ވަޑައިގަތުމުން މަރުޙަބާ ދަންނަވަން ސްކޫލް ކުދިންނަށް މަޖުބޫރު ކޮށްގެން ސްކޫލް ކުދިން ނެރޭ ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފާޑުކިޔައިފިއެވެ.

ޝިޔާމްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވީ ގަމުގައި ހުންނަ ޚަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ދަރިވަރުން ރައީސް އަށް މަރުޙަބާ ދަންނަވަން ނިކުންނަން ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އެ ސްކޫލްގެ ޕްރިންސިޕަލް އަރިހުން އެދިވަޑައިގަތުމުންނެވެ.

ޚަމަދު ސްކޫލްގެ ޕްރިންސިޕަލަށް ގަމު ކައުންސިލްގެ ރައީސް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ރައީސް ޞާލިހް ގަމަށް ކުރައްވާ ދަތުރުފުޅުގައި ތިން އަވަށުގެ ކަރަންޓް އެއް ވިއުގައިން ގުޅާލަދެއްވުމާއި، ގަޅު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން ޚިދުމަތް ފައްޓަވައި ދެއްވުމާއި، ގަޅު ޒޯން ސްޓޭޑިއަމް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތު ޑިސެމްބަރ 03 ވަނަ ދުވަހުގެ ހަވީރު 16:00 ގައި އޮންނާނެ ކަމަށެވެ.

އެހެންކަމުން ސްކޫލްގެ ވީހާވެސް ގިނަ ދަރިވަރުން މިރަސްމިއްޔާތުގައި ބައިވެރިކޮށްދެއްވުން އެދޭކަމަށާއި ދަރިވަރުން ހާޟިރުވާންވާނީ ހަވީރީ ހެދުމެއް ނުވަތަ ޤައުމީ ހެދުމެއްގައި ކަމަށް ކައުންސިލް ރައީސްގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ސިޓީ ޓްވީޓް ކުރައްވަމުން މެންބަރު ޝިޔާމް ވިދާޅުވީ ރާއްޖޭގައި ކޮވިޑް އެންމެ ގަދައަށް އޮތީ މާލޭގައި ކަމަށެވެ. ރައީސް ޞާލިހް މާލެ އިން ގަމަށް ވަޑައިގަންނަވާތީވެ އިސްތިގުބާލުގައި ނިކުންނަން ސްކޫލް ދަރިވަރުންނަށް މަޖުބޫރު ކުރައްވަނީ ކީއްވެތޯ ޝިޔާމް ސުވާލު ކުރެއްވެވިއެވެ. "ޞާލިހް ވީމަ ކޮވިޑް ވެސް ސޯލިހް ވަނީތޯ؟ ކޮވިޑް ފެތުރެނީ ޕީޕީއެމް-ޕީއެންސީ މީހުންނާއި ރިސޯޓް މުވައްޒަފުން ދިޔައިމަތޯ؟" ޝިޔާމްގެ ޓްވީޓްގައި ސުވާލު ކުރައްވާފައި ވެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޞާލިހް އަންނަ ބުރާސްފަތި ދުވަހު ލ.އަތޮޅަށް ވަޑައިގަންނަވަނީ އާއިލާ އާއިއެކު ޗުއްޓީއަކަށެވެ. އެމަނިކުފާނު ޗުއްޓީ ހޭދަކުރައްވަން ހަމަޖެހިފައި ވަނީ ލ.އަތޮޅުގައި އޮންނަ ރާއްޖޭގެ އެންމެ އަގުބޮޑު އެއްރިސޯޓް ކަމަށްވާ ސިކްސް ސެންސަސްގައެވެ.

ސަރުކާރުގެ އިސްވެރިން ކަރަންޓީން ވުމެއްނެތި އަތޮޅުތަކަށް ދަތުރު ކުރާތީ ވަރަށް ގިނަ އާއްމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ސަރުކާރުގެ އިސްވެރިން ކޮންމެ ދުވަހަކު މާލެ އިން އެކިރަށްތަކަށް ދަތުރުކޮށް ދަނީ މީހުންނާއި ބައްދަލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހަނި

    ސަރުކަރު ގެ އިސްވެރިންގެގައިގަ ކޮވިޑެނުހުންނަނެއަމްރައިތްމިހަގައިގާކޮވިޑްހުންނަނި

    35
    2
  2. މާމީ

    ސަރުކާރުގެ ބޮޑުނަކީ ކޮވިޑު ޖެހޭބައެއްނޫން ނިކަމެތިރައްޔިތުން ނައް ކޮވިޑުޖެހޭކަމައް މައިމޫނާ ނިއްމަނީ

    40
    1
  3. ޖިންނި

    ނަން ވާނީ ޒައީމް

    36
    1
  4. މުހައްމަދު އަންޖުމް

    ކުރާނެ ތިޔަހުރިހާކަމެއް އެކަމު އެހެންމީހުން ނުކުރާއިރު ވެސްކުރާކަމަށް ހަދައިގެން އެންމެބާރަށް ހަޅޭއްލެވި އެކަކަށް ވަގުކިނބޫވާނެ ދެންފަށާ ކީރިތި ފުޅުކުރައްވަން އޭރުންހުރިހާ ފާފަތަކެއް ފިލާދާނެ މިހާރު މިމީހުންގެނެތޭ ރަގަޅުއެއް ކަމެއް ސަލްޓަންޕާކު ގަދަކަމުން ފޭރިގަނެފަ ދެނަމާދަށްވެސްބެލުމެއް ނެތި ކުޑަކުދިން އެތަނަށް ވައްދައިގެން އެކުދިންލައްވަ ސަކަ ރާތްޖައްސުވަނީ ނަމާދުކުރާ އަޑުއިވޭއިރުވެސް މިވަރުގެލާދީނީ ސަރުކާރެއް ރާޖެއަށް ފާވިކަމެއް އެނގިފައިނުވޭ ވީއިރު ސްކޫލްކުދިންލައްވަ ކޮންމެކަމެއްވެސް ކުރުވަފާނެ ބޯހަލާކު

    29
  5. ސޫއޫދު

    ރޯގާ ކޮންޓްރޯލްކުރީ ރައީސްގެ އައްޕުޅަށް ރޯގާ ނަންގަވާފައި ވީމަތިދަތުރުގަވެސް މާލެއިން ފުރުމުގެކުރިން ރޯގާ ނަގާކަޓުވާލާނެ ގަމުވެސް ދޮވެލިގޮތައް ކޮވިޑު ރައްޔިތުއްނައް ދައްކާފަ އެމްޑީޕީ ވެރިންގޮވީ މައުމޫން ދައުރުގަ ކުދިންނެރޭވާހަކަ އެބުނިހުރިހާ އެއްޗެއް ކަރުބުޑުގަ ދިރުވާނުލެވިތާޝިވީ ދިރުވާލެވުނު ބައެއް ހަޖަމުނުވުމުން ޖުއްލާބުގެ އެހީހޯދަނީ

    26
    1
  6. އައްޑޫ ލެއި

    ކަނޑު ފޭރޭ މީހުން އުޅޭތަނެއް ލ.ގަމަކީ

    16
    20
  7. އަތުލްބިހާ ވަޖްޕާއީ

    މަޢުމޫނު ގެ ފަރާތް ޕުޅުން ކޮޕީ ވީކަމަށް

    24
  8. ާައަހުމަދު

    މައުމޫން އުޅުއްވިހެން އުޅުއްވަން ބޭނުންފުޅުވަނީތޯ؟

    24
    1
  9. Balaa

    ޔާމީން ކުޅުދުއްފުށި އެއާޕޯރޓު ހުޅުވިއިރު އެތަނަށް ސްކޫލް ކުދިން ނެރެން ޖެހުން...
    އެހެންވީމަ އެއްތާކުއޭނުން މިޖެހުނީ

    4
    38
    • Anonymous

      އެއްތާކެއް ނޫން އެޖެހުނީ. ޔާމީން ކަމުނުގޮސްގެން ސޯލިހު ވަރެއް ނެތިގެން ވެރިކަމަށް އެރުވީ. އެރުވީމަ މާ ގެއްލުން ބޮޑު. ދެން ކިހިނެއް އެއްތާކު ޖެހިގެން މިއުޅެނީ.

  10. ނުހިކޭކަރުނަ

    ޝިޔާމު މަޖިލީހުގަ އުޅުނަސް ދިވެހި ކިޔަން އަދިވެސް ދަހެއް ނުވޭ؟ އެސިޓިގަ މަޖުބޫރު ކޮށްފަ އެބައޮތްތަ؟ ވީހާވެސް ގިނަ ދަރިވަރުން އައުމަކީ ވަރަށް ބޮޑު “އެދުމެކޭ” އޮތީ. ދެން ރައްޔިތުން ރޭސް ކުރަން އުޅުނަސް ބޮޑުވަރު. ރައީސް ޔާމިން މުވައްޒަފުންނަށް ބިރުދައްކައިގެން ޖަލްސާތަކަށް ގެންދިޔަޔަސް ޝިޔާމުމެންނަށް ވަރިހަމަވާނެ

    6
    40
    • Anonymous

      ދެން ކީކޭތަ އެބުނަނީ؟ ސިޓީގަ ލިޔަންވީތަ ނުނިކުންނަންޏާ ހައްޔަރުކުރާނަމޭ؟ އެހިސާބުންތަ މަޖުބޫރު ކުރިކަމަށް ވަނީ؟ ދައްކާ ވާހަކަ. ސިޓީގަ އެހެން ޖެހީމަ ގައިމު ޕްރިންސިޕަލަށް މަޖުބޫރުވީ ދޯ ކޮންމެވެސް ކުދިންތަކެއް އެތަނަށް ނެރެން.

      7
      1
  11. ނުކުރާކަމެއް

    ނޫނެކެ ނޫނެކެ ތީމަ ނުކުރުއްވާކަމެކެ 😂😂

    24
  12. ނަައީމް

    މިތިބަ ކުދިންނޭ ވިސްނާލަބަލަ ގައިމާދޭތެރޭގަ އައްނިއާއި ސޯލިހު މިގައުމު ކުރިޔަށް ގެންދާންނޭގގެން އެތިބަ ތެޅި ފޮޅެނީ ހިތުން ޔާމީންގެ ތަރައްގީ ގެންނަން އެކަމެއްވެސް ނުވި ހައްތަހާ ފަހަތަށް

    7
    1
  13. Anonymous

    އައްނި ނުދު ރުވަނީތޯ

    2
    2
  14. މޯދީ

    ރައީސް މައުމޫނަށް އެއްޗެހި ގޮވާފަ އެހުރިހާ ކަމެއް މިހާރުވެސް އެބަ ކުރޭ. ތާހިރެއްނު!

    6
    1
  15. މިއަދު

    ރަޢިއްޔަތުން ފުރަބަންދުކޮށް ރަޢިއްޔަތުމީހާގެ ޙައްޤުތައް ފޭރިގަނެގެން ލޯކަލް ކައުންސިލްއިންތިޚާބަށް ތިކުރާކެންޕެއިނުގެ ރަހަ އިރާދަކުރެއްވިއްޔަ ވަރަށް ހިތިކޮށްފެންނާނެ ރަޢިއްޔަތުންމިތިބީ ވަރަށްބޮޑަށް ހޭއަރީ ރަޢިއްޔަތުނެގެ ފައިސާއިން ވެރިންއުދުހިނަގަނީ ޑަސްބިން ހާވާއިގެން ކުނިތަކެތި ކައިގެން މާރުކޭޓް ގޮޅިތަކުގައި ޒުވާނުން ނިދިހަމަކުރަނީ
    ރަޢިއްޔަތުންނަށް އަޅާލާ އޯގާތެރި ސަރުކާރެއް ލާމަސީލު މިސާލަކީ މިއީތޯ؟

  16. ޖަނާޒާ

    ގަދަ 30 ހުގެ ހަދާންތަކާއި ޢިބްރަތް

  17. ސްކޫލް

    ޔާމިން އައި ދުވަހުވެސް މަޖުބޫރުކޮއްގެން ނެރުނު ކުދިން.

  18. ޕޕ

    ޕޕ މީހުންނަށް ހަޖަމެއް ނުވާނެ