22:01
ރާއްޖެ އިން އިތުރު 38 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.
BREAKING NEWS: Covid-19: Miadhu 38 Meehun Fassivejje https://t.co/8sVpHwDa6Z
— Vaguthu Online (@VaguthuOnline) December 1, 2020
21:20
ބަންގްލަދޭޝްއިން އިތުރު 31 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 6,675 އަށް އަރައިފި. އެގައުމުން އިތުރު 2,293 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު 467,225 ވަނީ އަރާފައި
21:19
ރޮމޭނިއާއިން އިތުރު 199 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 11,530 އަށް އަރައިފި. އެގައުމުން އިތުރު 4,272 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު 479,634 ވަނީ އަރާފައި
21:02
ނެދެލޭންޑްސްއިން އިތުރު 62 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 9,432 އަށް އަރައިފި. އެގައުމުން އިތުރު 4,045 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު 527،523 ވަނީ އަރާފައި
21:02
އިންޑޮނޭޝިއާއިން އިތުރު 136 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 17,081 އަށް އަރައިފި. އެގައުމުން އިތުރު5,092 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު543,975 ވަނީ އަރާފައި
20:54
20:50
20:48
20:48
20:48
20:48
20:47
20:47
20:46
20:46
15:07
ރައީސް އޮފީހުގެ މުވައްޒަފަކު ކޮވިޑު-19 އަށް ފައްސިވެއްޖެ.
BREAKING: Raees Offeehuge Muvvazafaku Covid-19 Ah Fassi Vehjjehttps://t.co/hDlTFK1BFD
— Vaguthu Online (@VaguthuOnline) December 1, 2020
09:44
ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެ.
BREAKING NEWS: Covid-19 Jehigen Ithuru Dhivesaku Niyaavejje https://t.co/2Th0ZsUbpo
— Vaguthu Online (@VaguthuOnline) December 1, 2020
މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ 17 މީހުންނެވެ. އިއްޔެ ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދިއުމަށްފަހު މިއަދު މިއީ އަނެއްކާވެސް ހިތްހަމަޖެހުން ލިބުނު ދުވަހެވެ. ނަމަވެސް އާއްމު ގޮތެއްގައި ފައްސި އެއްދުވަހު މަދުވި ނަމަވެސް އަނެއްދުވަހު ވަރަށް ބޮޑަށް އިތުރުވާތީ އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް މަތިން ހަނދާން ނައްތާލެވޭކަށް ނެތެވެ.
ދުނިޔޭގެ ހާލަތައް ބަލާއިރު ޔޫރަޕްގެ ގައުމުތަކުގައި އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ނަތީޖާ މިހާރު ވަނީ ފެންނަން ފަށާފައެވެ. އިއްޔެ މުޅި ދުނިޔެ އިން ކޮވިޑް-19 އަށް ފައްސިވީ ފަސްލައްކަ މީހުންނެވެ. އިއްޔެ އަކީ ފާއިތުވި ދެހަފްތާ ދުވަސް ތެރޭގައި ވެސް އެންމެ މަދު އަދަދެއްގެ މީހުން ފައްސިވި ދުވަހެވެ. އިއްޔެ ކޮވިޑް-19 ޖެހިގެން މަރުވީ ވެސް 7400 މީހުންނެވެ. އެހެންކަމުން އިއްޔެ އަކީ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހަށް ފަހު އެންމެ މަދު އަދަދެއްގެ މީހުން ފައްސިވި ދުވަހެވެ.
ރާއްޖޭގެ އެހެން އަދަދުތަކަށް ބަލާއިރު މިއަދު 37 މީހަކު ވަނީ ކޮވިޑް-19 އިން ރަނގަޅު ވެފައެވެ. މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ 11939 އަށް ވަނީ އަރާފައެވެ. ކޮވިޑް-19 ބަލިމީހުންގެ ގޮތުގައި މިވަގުތު ރާއްޖޭގައި ތިބީ 1019 މީހުންނެވެ. މިއަދަކީ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހަށް ފަހު ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު މިހައި ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.
ނަމަވެސް މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިއްޔެއަށްވުރެ އިތުރު ވެފައެވެ. އިއްޔެ 94 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައިރު މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 95 އަށް އިތުރު ވެފައެވެ.
މިއަދު 17 މީހަކު ކޮވިޑް-19 އަށް ފައްސިވީ 1499 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިހާތަނަށް 46 މީހަކު ވަނީ ނިޔާވެފައެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އެންމެ ފަހުން މީހަކު ނިޔާވީ ނޮވެމްބަރ 22 ވަނަ ދުވަހު އެވެ.
BREAKING NEWS: Covid-19: Miadhu 17 Fassi, Raajje In Fassivi Adhadhu 13000 Ah https://t.co/PNj0Fcyn9B
— Vaguthu Online (@VaguthuOnline) November 30, 2020
Covid-19 Vaccine Aanmukoh Beynun Kurumuge Huhdha Ah Moderna In Edhijje https://t.co/n7y1EraUrH
— Vaguthu Online (@VaguthuOnline) November 30, 2020
L.Gamu School Kudhinnah Majubooru Kohgen Raees Ah Maruhaba Kiyan Nereythee Faadukiyaifi https://t.co/791KQ1Bxol
— Vaguthu Online (@VaguthuOnline) November 30, 2020
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
ތިހެން ނުބުނޭ ޕީޕީއެމް ސަޕޯޓަރުންނަށް ހަމަ ނިދި ނުލިބޭނެ ފައްސިވާ ރޭޓު ދަށް ވަންޏަކާ. އޭރުން އެއްވުންތަކުގަ ގޮވާނެ އެއްޗެއް ނޯންނާނެ އެއްނުން 😀
ކަލެއަށް މާބޮޑަށް އެނގެނީ... އެއްދުވަހަކު މަދު ކޮއްފަ އަނެއް ދުވަހު ގިނަ ކުރަނީ ރައްޔިތުންނަށް ޖެއްސުން ކުރަން... ބޮޑު ލާދީނީ ސަރުކާރު
ސިއްޙީ ތަޖުރިބާކާރުންނާއި އެކިވަރުގެ ސިޔާސީ ބޭފުޅުން މީޑިޔާތަކަށްއަރާ ކޮވިޑް އިންޒާރު ދެމުންދަނީ ރަށުފަންތީގެ ނިކަމެތިންނާއި ސިޔާސީގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ސަރުކާރުގެ އިސްސަފުގައި މަސައްކަތްކުރާ މީހުންނަކީ ކޮވިޑްފްރީބައެކީތަ؟
ގައުމުގެ ހާލަތު މިހާ ދަތި އިރުވެސް، އެމްޑީޕީން ބަލަނީ ރައްޔިތުން އަތުން ކޮންމެސް ނަމެއް ކިޔައިގެން ލާރި ހޯދައިގެން ވެރިކަން ކުރަން. މީ ވަރަށް ދެރަކަންތައް، ވިޔަފާރި ނުވާތާ ވިޔަފާރި ކުރެވޭނެ މަގުތައްވެސް ބަންދުކުރަނީ. މުޅި ގައުމު މި އޮތީ ނިކަމެތި ހާލަތުގަ.