22:01

ރާއްޖެ އިން އިތުރު 38 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:20

ބަންގްލަދޭޝްއިން އިތުރު 31 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 6,675 އަށް އަރައިފި. އެގައުމުން އިތުރު 2,293 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު 467,225 ވަނީ އަރާފައި

21:19

ރޮމޭނިއާއިން އިތުރު 199 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 11,530 އަށް އަރައިފި. އެގައުމުން އިތުރު 4,272 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު 479,634 ވަނީ އަރާފައި

21:02

ނެދެލޭންޑްސްއިން އިތުރު 62 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 9,432 އަށް އަރައިފި. އެގައުމުން އިތުރު 4,045 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު 527،523 ވަނީ އަރާފައި

21:02

އިންޑޮނޭޝިއާއިން އިތުރު 136 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 17,081 އަށް އަރައިފި. އެގައުމުން އިތުރު5,092 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު543,975 ވަނީ އަރާފައި

20:54

ޗިލީއިން އިތުރު 20 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 15,430 އަށް އަރައިފި. އެގައުމުން އިތުރު 1,121 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު 552,864 ވަނީ އަރާފައި

20:50

އިރާގުން އިތުރު 48 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 12,306 އަށް އަރައިފި. އެގައުމުން އިތުރު 2,218 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު 554,767 ވަނީ އަރާފައި

20:48

ބެލްޖިއަމްއިން އިތުރު 98 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 16,645 އަށް އަރައިފި. އެގައުމުން އިތުރު 746 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު 577,345 ވަނީ އަރާފައި

20:48

ޔޫކްރޭނުން އިތުރު 221 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 12,548 އަށް އަރައިފި. އެގައުމުން އިތުރު 12,498 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު 745,123 ވަނީ އަރާފައި

20:48

އިރާނުން އިތުރު 382 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 48,628 އަށް އަރައިފި. އެގައުމުން އިތުރު 13,881 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު975,951 ވަނީ އަރާފައި

20:48

ޖަރުމަނުން އިތުރު 183 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 17,045 އަށް އަރައިފި. އެގައުމުން އިތުރު5,856 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު1,075,619 ވަނީ އަރާފައި

20:47

ޕޮލޭންޑުން އިތުރު 449 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 17,599 އަށް އަރައިފި. އެގައުމުން އިތުރު 9.105 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު999,924 ވަނީ އަރާފައި

20:47

20:46

އިންޑިއާއިން އިތުރު 164 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 137,823 އަށް އަރައިފި. އެގައުމުން އިތުރު 14,845 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު 9,478,099 ވަނީ އަރާފައި

20:46

އެމެރިކާއިން އިތުރު 191 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 274,523 އަށް އަރައިފި. އެގައުމުން އިތުރު 5,574 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު 13,925,612 ވަނީ އަރާފައި

15:07

ރައީސް އޮފީހުގެ މުވައްޒަފަކު ކޮވިޑު-19 އަށް ފައްސިވެއްޖެ.

09:44

ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެ.


މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ 17 މީހުންނެވެ. އިއްޔެ ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދިއުމަށްފަހު މިއަދު މިއީ އަނެއްކާވެސް ހިތްހަމަޖެހުން ލިބުނު ދުވަހެވެ. ނަމަވެސް އާއްމު ގޮތެއްގައި ފައްސި އެއްދުވަހު މަދުވި ނަމަވެސް އަނެއްދުވަހު ވަރަށް ބޮޑަށް އިތުރުވާތީ އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް މަތިން ހަނދާން ނައްތާލެވޭކަށް ނެތެވެ.

ދުނިޔޭގެ ހާލަތައް ބަލާއިރު ޔޫރަޕްގެ ގައުމުތަކުގައި އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ނަތީޖާ މިހާރު ވަނީ ފެންނަން ފަށާފައެވެ. އިއްޔެ މުޅި ދުނިޔެ އިން ކޮވިޑް-19 އަށް ފައްސިވީ ފަސްލައްކަ މީހުންނެވެ. އިއްޔެ އަކީ ފާއިތުވި ދެހަފްތާ ދުވަސް ތެރޭގައި ވެސް އެންމެ މަދު އަދަދެއްގެ މީހުން ފައްސިވި ދުވަހެވެ. އިއްޔެ ކޮވިޑް-19 ޖެހިގެން މަރުވީ ވެސް 7400 މީހުންނެވެ. އެހެންކަމުން އިއްޔެ އަކީ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހަށް ފަހު އެންމެ މަދު އަދަދެއްގެ މީހުން ފައްސިވި ދުވަހެވެ.

ރާއްޖޭގެ އެހެން އަދަދުތަކަށް ބަލާއިރު މިއަދު 37 މީހަކު ވަނީ ކޮވިޑް-19 އިން ރަނގަޅު ވެފައެވެ. މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ 11939 އަށް ވަނީ އަރާފައެވެ. ކޮވިޑް-19 ބަލިމީހުންގެ ގޮތުގައި މިވަގުތު ރާއްޖޭގައި ތިބީ 1019 މީހުންނެވެ. މިއަދަކީ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހަށް ފަހު ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު މިހައި ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.

ނަމަވެސް މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިއްޔެއަށްވުރެ އިތުރު ވެފައެވެ. އިއްޔެ 94 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައިރު މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 95 އަށް އިތުރު ވެފައެވެ.

މިއަދު 17 މީހަކު ކޮވިޑް-19 އަށް ފައްސިވީ 1499 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިހާތަނަށް 46 މީހަކު ވަނީ ނިޔާވެފައެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އެންމެ ފަހުން މީހަކު ނިޔާވީ ނޮވެމްބަރ 22 ވަނަ ދުވަހު އެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފަރީ

    ތިހެން ނުބުނޭ ޕީޕީއެމް ސަޕޯޓަރުންނަށް ހަމަ ނިދި ނުލިބޭނެ ފައްސިވާ ރޭޓު ދަށް ވަންޏަކާ. އޭރުން އެއްވުންތަކުގަ ގޮވާނެ އެއްޗެއް ނޯންނާނެ އެއްނުން 😀

    4
    8
    • އަލީ

      ކަލެއަށް މާބޮޑަށް އެނގެނީ... އެއްދުވަހަކު މަދު ކޮއްފަ އަނެއް ދުވަހު ގިނަ ކުރަނީ ރައްޔިތުންނަށް ޖެއްސުން ކުރަން... ބޮޑު ލާދީނީ ސަރުކާރު

      3
      2
  2. މިއަދު

    ސިއްޙީ ތަޖުރިބާކާރުންނާއި އެކިވަރުގެ ސިޔާސީ ބޭފުޅުން މީޑިޔާތަކަށްއަރާ ކޮވިޑް އިންޒާރު ދެމުންދަނީ ރަށުފަންތީގެ ނިކަމެތިންނާއި ސިޔާސީގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ސަރުކާރުގެ އިސްސަފުގައި މަސައްކަތްކުރާ މީހުންނަކީ ކޮވިޑްފްރީބައެކީތަ؟

  3. ޖިނާން

    ގައުމުގެ ހާލަތު މިހާ ދަތި އިރުވެސް، އެމްޑީޕީން ބަލަނީ ރައްޔިތުން އަތުން ކޮންމެސް ނަމެއް ކިޔައިގެން ލާރި ހޯދައިގެން ވެރިކަން ކުރަން. މީ ވަރަށް ދެރަކަންތައް، ވިޔަފާރި ނުވާތާ ވިޔަފާރި ކުރެވޭނެ މަގުތައްވެސް ބަންދުކުރަނީ. މުޅި ގައުމު މި އޮތީ ނިކަމެތި ހާލަތުގަ.