ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ގުޅިގެންދާ މާލޭގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއިއްޒު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެޓްވީޓުގައި މިނިސްޓަރ މުއިއްޒު ވިދާޅުވެފައިވަނީ ބްރިޖާ މާލެއިން ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބްރިޖު މަޝްރޫޢުގެ ބައެއްގެ ގޮތުގައިކަމަށެވެ. އަދި، އެމަސައްކަތް ކުރަމުންދަނީ ބްރިޖުގެ ކޮންޓްރެކްޓަރުކަމަށްވެސް، ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރު މުއިއްޒުގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ މި މަގުތައް ނިމުމުން، ރިންގު ރޯޑުގެ ބަޔަކާ ގުޅިގެންދާނެކަމަށެވެ. އަދި، މި މަގުތައް ތަރައްޤީކުރުން، ޖުލައި މަހުގެ 26 ވަނަ ދުވަހަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެކުރިން، ހައުސިން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ބްރިޖަށް ދާ އުޅަނދު ފަހަރު ތޮއްޖެހުން ކުޑަކުރުމަށް މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން، މަގު ފުޅާކޮށް ނިމޭއިރު ހަތަރު ލޭން ހިމެނޭނެކަމަށްވެސް، އެމިނިސްޓްރީން ވި×ދާޅުވެފައިވެއެވެ.

މި މަގުތައް ތާރު އަޅާ އިތުރަށް ފުޅާކޮށްގެން ތަރައްޤީ ކުރާއިރު، މަގުތައް ނިމުމުން، މަގުގެ ދެ ފަރާތުގައި ދެ މީޓަރު ދުވާރެއް ލުމަށް ހަމަޖެހިފައިވާއިރު މަގަށް ހިޔާވާ ގޮތަށް ގަސް އިންދުމަށް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަޓުމުއީޒު

    މިހާރުވެސް ހައުސިންގ އަށް އެސްޓީ އޯ އިން ހައުސިންގ އަސް ދިން ފުޑު ކޯޓު ބިޑުން މޮޅުވި ފަރާތަށް ހަވާލު ނުކޮށް އެހެން މީހަކަށް ދޭން ބޮޑެތި ޖަރީމާ ޖައްސަނީ. ކޮރަޕްޝަންގެ އައްޕަ މުއީޒު