އެއްވެސް ދީނެއް ގަބޫލު ނުކުރާކަން ފާޅުގައި އިއުލާންކޮށް އިސްލާމްދީނަށާއި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ދިވެއްސަކު އަނެއްކާވެސް މީސް މީޑިއާގައި ފުރައްސާރަ ކުރަމުން އެބަގެންދެއެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރަމުން ގެންދާ މީހަކީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ ޢަލީ އާނިމް މުފީދެވެ. އޭނާގެ ފޭސްބުކް އާއި ޓްވިޓާގައި އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާ އެތައް ޕޯސްޓެއް އެބަހުއްޓެވެ.

އިސްލާމްދީނާއި މެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ޖަމިއްޔާތަކުންނާއި އިލްމުވެރިން ގެންދަނީ އާމިންގެ މައްސަލަ ސަމާލުކަމަށް ގެނެސް އޭނާގެ އަމަލުތައް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ. ނަމަވެސް އަދި މިހާތަނަށް އޭނާ އާއިމެދު އެއްވެސް ފިޔަވަޅެއް އެޅިކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ދާރުލްއަރްގަމް ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ އާނިމް އަކީ ދީނަށް ހަޖޫ ޖަހާ ފުރައްސާރަ ކުރަމުން އަންނަ އެއްވެސް ދީނަކަށް ނޫޅޭ ކަމަށް ދަޢުވާ ކުރާ މީހެއް ކަމަށާއި އޭނާ ދީނަށް ފުރައްސާރަ ކުރާތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. ނަމަވެސް ފުލުހުން އޭނާ ހައްޔަރުކޮށް ދަޢުވާ ކުރުމުގެ ބަދަލުގައި ހިމާޔަތް ދީފި ކަމަށާއި އޭނާ ވަނީ މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫން ވެސް ފަތުރާފައި ކަމަށް ދާރުލްއަރްގަމް އިން ބުނެއެވެ.

އާނިމް ވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވެސް ބުރުގާ ނާޅައި ހުރުމުން އެކަމާއި ފަހުރުވެރިވާކަމަށް ބުނެ ދާދިފަހުން ޓްވީޓެއް ކޮށްފައެވެ. އޭގެ އިތުރުން އޭނާ ކޮށްފައިވާ ބައެއް ޓްވީޓްތަކުގައި އިސްލާމްދީނަކީ ޖޯކެއް ކަމަށް ސިފަކޮށް ތަފާތު ވާހަކަތައް ދައްކާފައި ވެއެވެ.

Social media ga dheenah hajoojahaa furassarakuramun anna agnostic (evves dheenakah) noolhey kamah dhauva kuraa meeheh....

Posted by Dar Al-Arqam on Sunday, November 29, 2020

އިސްލާމްދީނަށް ދިވެހިން ފުރައްސާރަ ކުރުން ފާއިތުވި ދެއަހަރު ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. އިސްލާމްދީނަށް ފާޅުގައި ފުރައްސާރަ ކުރަމުން ގެންދާ ބައެއް މީހުން ހައްޔަރު ކުރުމުގެ ބަދަލުގައި ސަރުކާރުން ހިމާޔަތް ދީގެން ބައެއް މީހުން ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައި ވެސް ވެއެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް ދިވެހިން ހިންގާ ދެމަޖިއްޔާއެއްކަމަށްވާ އެމްޑީއެން އާއި އުތެމަ އިން ރިޕޯޓްތަކެއް ނެރުމުން ވެސް ރިޕޯޓް ނެރުމުގައި އުޅުނު އެއްވެސް މީހަކަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. އާދަނު

    މިއީ ވަކި ފަރާތްތަކެއްްގެ ތަރުޙީބު ލިބިގެން ކުރާކަމެއްްކަމަށް ވިސްނެނީ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

    104
    7
    • އީތޭން

      ހާދަ ނުލަފާ މީހެކޭ މިއީ... މީނަ ހައްޔަރުކޮށް ފިޔަވަޅު އަޅާ... އެމްޑީޕީ ވެރިކަމަށް އައީ އެތަށް ބައިވަރު މުސްލިމް ދިވެހިންނެއް ވޯޓް ދީގެން.... އެމްޑީޕީން އެކަން ހަދާން ބަހައްޓާތި... ކުރީ ފަހަރު ވެރިކަން ވެއްޓުނީ ވެސް ތިހެން އުޅެން ހަދާއިގެން

  2. Anonymous

    އެކަމު ސޭކު އަނީލު ބޮޑީ ގާޑުންގެ ހިމާޔަތުގަ އެބައުޅޭ ނިރުބަވެރިން ތިމަންނަގެ ފުރާނައަށް ނުރައްކާ ކޮށްފާނެއޭ ކިޔާފަ، އަސްލު އެބުނާ ބަޔަކު އައްޑޫގަ އުޅޭނަމަ މިކަހަލަ ލާދީނީ މީހުނަށް ނޫންތޯ ފުރަތަމަ ނުރައްކާވާނީ، އެހެންވީމާ އަނީލު ސޭހު މި ބުނާ ބަޔަކު އެބައުޅޭބާ

    55
    13
  3. ޑރ ރިޔާޒް

    މީނާ އަކީ މަކަރަވެރި، ދޮގުވެރި، ގޮތް ދޫނުކުރާ މީހެއް!
    މިނާ ދިފާޢުގައި މުޖޫ ނައީމްވެސް ޓުވިޓުކޮއްފައިވޭ!
    ރައްޔިތުންގެ ސަމާލުކަމަށް މިކަންތައް ގެނެވޭ ކޮންމެ ފަހަރަކު ޓުވީޓުތައް ޑިލީޓުކޮށް، ތިމަން އަކީ މުސްލިމެއްކަމަށް ދަޢުވާކުރޭ! ދެން އެވާހަކަތައް ހަދާންނެތުމުން، އަނެއްކާވެސް ދީނަށް ހަޖޫ ޖެހުމާއިގެން މީނާ ކުރިއަށް ދޭ!

    68
    7
  4. Anonymous

    ތިކަހަލަ ކިތަންމެ އެއްޗެއް މިތާ އެބައުޅޭ، ގިނައީ ވަރަށް ސިއްރުން އުޅޭ މީހުން

    83
    5
  5. ޱަނަމް

    ކުއްވެރި ކުރަން ހަރުކަށި އިބާރާތުން...ތި ވަރަށް ފުރައްސާރަ ކުރާއިރު ކަމާބެހޭ ފަރާތްތައް މަޑުންތިބޭތީވެ
    ޕޮލިހުންގެ މަތީ އޮފިސަރުން ހަދާންބަހައްޓަންޖެހޭ މިއީ .ތިކަމުގެ ހިތިރަހަ ﷲ ކައްވަޅުގައިދައްކާނެކަން މިއަދު ފައިސާގެ މަތީގައިނިދި ދާނެ..އަބަދު އެވަގުތު ވެސް ނޯންނާނެ..

    72
    4
  6. ސަމްސިއްޔާ

    ނަމަނަމަ ގައުމުގެ ވެރިއަކާ، ވެރިއެއްގެ އަނބިމީހާ އައީ ނުބެހޭތި. ވަގުތުން ހިފާހަތްކަރުކޮށް ހުކުން އިއްވާނެ.

    65
    1
  7. ފަނީ

    މާ ގައްޑާވެގެން ނޫޅޭތި. މިދެން ސަފުން ކާކު، ބަލާލަން ކަމުދާ އެއްޗެއްވެސްނޫނޭ. ޗިޕޭ

    64
    7
  8. މިއަދު

    މިހާރުގެ ސަރުކާރު ހިމެނޭ ކޯލިޝަން ދަމަހައްޓަން،އެކޯލިޝަންގެ ލީޑަރުން ބޭނުންވަނީ ތިފަދަކަންކަމަށް ހިއްވަރުލިބޭތީބާ؟

    46
    2
  9. ހާމިދު ޝާހިދު

    މިފަދަ މީހުން ނަށް ނަސޭހައް ލައިދީ ރަނގަޅު ނުވާނަމަ ރާއްޖޭގެ ސިޓިޒަންޝިޕުން ވަކިކޮށްލާފައި ފޮނުވާލީމާ ރަނގަޅުވާނެ. އެހިތްވަރު ސަރުކާރުގައި ހުންނަންވާނެ. އެހެނީ އޭނާގެ މައިންބަފައިންނަކީ އިސްލާމުން ކަމަށް ވީހިނދު އެމީހުންގެ ޒިންމާއެއްވެސް މިކަމުގައި އޮންނަންވާނެ. އެމިހުންވެސް ތަހުގީގަށް ހައްޔަރު ކުރޭ. އަދި ދަރި ކޮށްޓްރޯލް ކުރުމަށް މުހުލަތެއް ދީ.

    48
    8
  10. ޑައެލޯގް

    މިއީ އެމެރިކާއާއި ޔަހޫދީން ރާވައިގެން އިސްލާމީ ގައުމުތައް ބައިބައިކޮށް ފުޑުކޮށްލަން ރާވައިގެން ހިންގާކަމެކެވެ. މިކަމަށް އެމީހުންނަގާނީ ސެކިއުލާއަށް ލޯބިކުރާ އެގައުމެއްގެ އެމީހުންގެ ޕަޕެޓެކެވެ. އެގޮތުން ރާއްޖޭން ނަގާފައިވަނީ އަންނިއެވެ. ދެން މިނިވަންކަމޭ ޑިމޮކްރަސީގެ ނަމުގަ ފުޑާލީ އެއްބައި ވަންތަކަމާއި ދީނީއިލްމު ވެރިންގެ އަގެވެ. ދެންވަރަށް ފަސޭހައިން ބޯކާލެވޭނެއެވެ. އެހެނީ ދެން ރައްޔިތުން އަޑުއަހާނެ މީހަކުނުހުންނާނެއެވެ.

    44
    6
  11. ޢަލީ

    އިސްލާމް ދީނަށް ފުރައްސާރަ ކުރީމާ އަމުދުން މިސަރުކާރުން ހައްޔަރެއް ނުކުރާނެ ނޫންތޯ އިއްޔެ ޑްރަގާއެކު މަގުމަތިން ފުލުހުން ހިފެހެއްޓި ބަންގާޅީއަކާ ގުޅޭގޮތުން އެމްޕްލޯޔަރަށް ފުލުހުން ގުޅާފައި ބުނީ އޭނާ ހިފެހެއްޓޭނީ 24 ގަޑިއިރުވަންދެންކަމަށް ދެން ޖެހޭނީ ދޫކޮށްލާށޭ. މިހިރީ ހާލަތު. ނެތޯ ބަންދުގައި މީހުން ބަހައްޓާނެ ޖާގައެއް މިހާރު. އެކަމަކު ސިޔާސީ ބޭނުމުގައި މީހަކު ހައްޔަރު ކުރަން ވެއްޖެނަމަ ޖާގަ އޮތީ ބަންޑުންވާވަރަށް.

    40
    3
  12. ސީ ހަމީދު

    ދިވެހިން ހިންގާ ދެ ޖަމިއްޔާއޭ ނުބުނޭ. ރަނގަޅު ގޮތަކީ ސަރުކާރުން ހިންގާ ދެޖަމިއްޔާއޭ ބުނުން.

    48
    1
  13. ޔ

    އިސްލާމް ދީން ހިމާޔަތް ކުރަން މައުމޫން އިރުގައި ހެދި ގާނޫނު ގެ ދަށުން ފިޔަވަޅު އަޅަން މިހާރުގެ އިސްލާމިކް މިނިސްޓަރ ނިދާފައި ތޯ ހާދަ ހެއްވައޭ ދޯ ކޮބައިތަ މައުމޫން ކޮބައިތޯ ގާސިމް ... މިގައުމު އޮޔާލާނެ މިއީ ހަމަ ރަާވައިގެން ޔޫރަޕްގެ ދޮން ފަރަންޖީގެ އެދުމަށް ދެން އަންނަ ދައުރު ހޯދުމަށް ކުރާ ކަންކަން ބަލަން ތިބޭ މަތިވެރި މާތް ﷲ ގެ ވާގިފުޅާ އެކު އެމް ޑީޕީ މިގައުމުގައި ފައިލްވާނެ

    43
    2
  14. އިސް

    އިސްލާމްދީނާއި ދެކޮޅަށް މަސައްކަތްކުރި އެމްޑީއެންގެ މެންބަރުން:
    1. ސުޖޫން - ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް
    2. އެމްޑީއެން ހަމީދު - ފުލުހުންގެ އިސްވެރިޔާ
    3. ޝަމީމް - ޕްރޮސެކިއުޓާޖެނެރަލް
    4. އެންސީއަޓީގެ ވެރިޔާ

    45
    1
    • ޕީޖޭ

      ކޮބާތިމީހުންގެ ވެރިޔާގެ ނަން ކެނެރީގޭ ބުއްޅަބޭ

      4
      1
  15. ކާފަބޭ2020

    މަޑުކަށިފިކުރެގެމީހެއްވީމަ މިސަރުކާރުން ސެލިއުޓްނަގާނެ! އެއީ ހައިރާންވާންވީކަމެއްނޫން ހައިރާންވާންވީ މިހުރިހާދުވަހު ދީނާޤައުމަށްޓަކާކަރުންނާރުނަގާފަ ހަޅޭއްލެވި ޝޭޚުންނާ ސިޔާސީމީހުންވީތަނެއް މިރާއްޖޭގެވަރުގަދައިންޓެލް އަށްވެސްނޭންގުނީތީ! ޔަގީނުންވެސް އިންތިޚާބުނިމޭއިރަށް މިއަޑުފަށްގަނޑާއެކު އަނެއްކާވެސްހޯބޯލަވަންފަށާނެ!

    28
    3
  16. އަހްމަދު

    ތީ މިއަދު ސަރުކާރުގެ ސިޔަާސަތު

    21
    2
  17. ނާދިރު

    މުސްލިމް ޤައުމެއްގައި ކަނޑައެޅިގެން ސަރުކާރުން ފިޔަވަޅު ނާޅާނެކަން ނޭޅޭނެކަން އަޑިއަޑިން ޑރ. ޔަޤީންކަން ދީގެން މިކަން މިމަގުން ކުރާކަމަށް އަޅުގަނޑު މި ތުހުމަތު ކުރަނީ. އެއީ ކަމެއް ވާއިރަށް އަދާލަތު އިލްމުވެރިން ބުނާނެ މިކަން އަޑިއަޑިން ކުރާނަމޭ.. އެހެންވީމާ މިއޮތީ އަޑިއަޑިން ކޮށްފަ.
    އައްޑޫގަ ހާދަ ބައިވަރު އިލްމުވެރިން އޮބަ ތިއްބޭ.. ކޮބާތަ އެމުހުން

    21
    2
  18. ޖޫދު

    ރަސޫލާ ދުޢާދެއްވިފަދަ ވެރިޔެއްގެ ވެރިކަން މިއޮތީ! ކޮބައި ކަންނެލިދޯނި އިލްޔާސް ؟

    34
    1
  19. އަންނި

    ތި އަންނިގެ ބޮއްވާއެއް

    21
    1
  20. ރަޝީދު

    މިކަހަލަ މީހުންތިބޭނީ މިނިވަންކަމާއިއެކު ދޫކޮށްފައި ޕްލިހުންވެސް އަދި އެހެން ބަޔަކުވެސް މިކަމާއިގެން ނޫޅޭނެ.ޕޮލިހުންވެސް ބަލަނީ ސައިކަލުގަ ސްޓިކާޖެހޭތޯ..ހިތަންއަރާ ސްޓިކާޖަހާއިރު ޕޮލިހުންނަން ނުފެނޭބާއޭ ހުޅުމާލޭ ޕޭމަންޓްތަކުގައި ގޮނޑިޖަހައިގެން ސައިބޯން ތިބޭމީހުން މިމިހާރު އާއްމު ކަމެއް..

    18
  21. ޙާލަތު

    ﷲ އީ ހުސްޠާހިރުވަންތަ އިލާހު... އެންމެހައި އުނި ސިފަތަކުން ހުސްދުރުވެވޮޑިގެންވާ އިލާހު. އެކަލާންގެއަށް ފުރައްސާރަ ކުރުމަކުން އެކަލާންގެ މަތިވެރިކަމަށް ކުޑަނަމަވެސް ބަދަލެއް އައުމެއް ނުވޭ. ތިޔަ ކަހަލަ ކިތަންމެ ޝައިޠާނެއް ނިމި ދިޔައީ ނިކަމެތި ކަމާއެކު... ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހިއްޕެވުން ނުހަނު ގަދަފަދަވެގެންވޭ.!!! ﷲ އަކްބަރު !!! ﷲ އަކްބަރު!!! ﷲ އަކްބަރު!!!

    36
    2
  22. އަލަދަންޑި

    އިލްޔާސާ އިޔަޒް ވަރަށް އަވަހށް މިކަމާ ޓުވިޓް ކުރައްވާނެ މިސަރުކާރުން ސޯލިހުވިމަ ވާގޮތްކަމަށް ސަރުކާރާ ބެހޭ ކަމެއްނުނޭ އެއީ އެހެން ކުރުކަމެއް ނޫންކަށް ތީ ގައްދަަރު 2 މުއްލާއިން

    21
  23. އިންޑިއާ އައުޓް

    ﷲގެ ކޯފާޔައް ބިރުވެތިވޭ ހުރި ހިތާމައެއްގެ ބޮޑުކާމާއެވެ ކޯފާއެއް އައުމުމް ރޮއެ ހޭރި ދުވަމުންގޮސް މިސްކިތައް އްރާ ﷲ ގެ މަގައް ރުޖޫއަ ވެއްޖެއީމޭ ބުނާ ބަޔަކަށްނުވަމާ

    32
    2
  24. މ

    މެލޭޝިޔާ އަކީ 100 މުސްލިމް ގަައުމެއް ނޫން އެކަމު އެގައުމުގެ ޓީޗަރަކު މިފަދަ ކަމެއް ކުރުމުން ވަގުތުން ހައްޔަރުކުރީ އަދި 10 އަހަރަށް ޖަހަލަށް ލީ 10000 ރިންގެޓުން ޖޫރިމަނާ ކުރީ މިތާ މިގައުމުގެ ސަރުކާރުން ކީއް މިކުރަނީ މިކަމަށް ޑރ. އިޔާޒު ޖަވާބު ދެއްވަ ބައްލަވަ ބުނުއްވީމެއްނު ރައީސް ސޯލިހު ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން އެބައޮތޭ ކެއްތެރިވާށޭ 2023 ގައި ތޯ ފިޔަވަޅު އަޅުއްވަނީ

  25. ލަލަ

    ޗީ ޖަހާ ވައްތަރެއް.. އީމާންކަން ނެތް މީހާ ﷲ ހުތުރު ކުރައްވާނެ

  26. ރޯމީ

    މުހައްމަދު އަމީނު ދައުރު ގަޑުވަރުތެރޭގަ އުޅުނު މީހަކު ބުނި. ކޮށްކޯއޭ، މިތާ ރާބޮވިދާނޭ، ޒިނޭވެސް ކުރެވިދާނޭ، މާބޮޑު މައްސަލައަކަށް ނުވާނޭ، އެކަމަކު ނަމަނަމަ މިއިން ޅ.. ގެ އަބުރާ ނުބެހެއްޗޭ، އެހިސާބުން ދުވަސް ދިޔައިއްޔޭ.

  27. ހަސަން

    މީގެ ކުޑަދުވަސްކޮޅެއް ކުރިން އޮޑިއަކުން ވައްކަންކުރި މީހަކު ބަޔަކުވެގެން ޒަހަމްތަކެއްކޮށް ހަފުސްކޮއްލި. ވިޖިލަންޓް ޖަސްޓިސްއަކީ އެއްވެސް ގޮތެއްގައި ބަލައިގަނެވޭނެ ކަމެއްނޫން. ހަމަ މިގޮތަށް ދީނަށް ފުރައްސާރަ ކުރާމީހުންނަށްވެސް ވިޖިލަންޓް ޖަސްޓިސް ދީގެން ނުވާނެ. ޝަރުއީ ހަމަތަކުގެ މަތިން ކަންކަން ނިންމަން ޖެހޭނީ. މަގުމަތިން ބަޔަކުވެގެން ޝަރުއީ ހުކުމްތައް ތަންފީޒުކުރެވިގެން ނުޥަނެ.

  28. އަޙްމަދް

    ފުރާންސުމީހުން ނަބިއްޔާ صلى الله عليه وسلم އަށް ފުރާސާރަކޮށް ކާޓޫނު ކުރަހާ ހެދީމަ ލޭކެކިގެން އުޅުނު ޢަދާލަތު ޕާޓީ ޝޭޚުންތަކާ ޖަމިއްޔަތުއް ޙަލަފުގެ ޝެޚުންތަކާ ޕީސް ފައުންޑެޝަންގެ ޝޭހުންތަށް ކޮބާތޯ؟؟؟؟

  29. ނަން

    ސަރުކާރުން ރަސޫލާއަށް ފުރައްސާރަކުރާ ބަޔަކަށް ހިމާޔަތްދޭނަމަ، އިލްމުވެރިން ވެރިޔާއަށް ބުނެދެންވާނެ ،

  30. ިިއަލީ

    #މާތްނަބިއްޔާގެ ދިފާޢުގައި

  31. އަޙްމަދް

    ނަބިއްޔާއަށްޓަކައި އޮންނަންޖެހޭ ލޯތްބަށް ބަލާއިރު، މީސްތަކުން 3 ބަޔަކަށް ބެހިގެން ދެއެވެ.
    ފުރަތަމައީ: ހައްދުފަހަނައަޅައި ދިޔަ މީހުންނެވެ. އެބައިމީހުންނަކީ ނަބިއްޔާ  ދެކެ ލޯބިވާކަމަށް ދަޢުވާކޮށް،الله އާއިއެކަލާންގެ ރަސޫލާ ޝަރުޢުކުރައްވާފައި ނުވާ އައު ކަންތައްތަކެއް، ނުވަތަ ބިދުޢަތަކެއް އިސްލާމްދީނަށް ގެނެސްގެން، އެކަންކަން ކުރާ މީހުންނެވެ. މިސާލަކަށް، ނަބިއްޔާ  އަށް ޘަނާކިޔުމުގައި ހައްދުފަހަނައަޅައި ދިޔުމާއި، އަޅުކަމުގެ ބައެއް ވައްތަރުތައް– މިސާލަކަށް: ދުޢާކުރުން- الله ފިޔަވައި އެނަބިއްޔާ  އަށް ކުއްތަންކުރުމާއި، އެކަލޭގެފާނުގެ ނަންފުޅުން
    ހުވާކުރުން ފަދަ ކަންކަމެވެ.
    ދެވަނައީ: ފަރުވާކުޑަކުރި މީހުންނެވެ. މިއީ ނަބިއްޔާ އަށް އަދާކުރަންޖެހޭ ޙައްޤުތަކަށް އިހުމާލުވެ، ފަރުވާކުޑަކު ިރ
    މީހުންނެވެ. އަދި އެމީހުންގެ ގާތުގައި އެމީހުންގެ އަމިއްލަ ނަފްސުތަކާއި، މައިންބަފައިންނާއި، އަނބިދަރިން އެނަބިއްޔާ އަށްވުރެ ލޮބުވެތިކަން ބޮޑުވެގެން ވެއެވެ. އަދި ކިއެއްތަ! އެމީހުންގެ ތެރޭގައި އެ ނަބިއްޔާ  ދެކެ ރުޅި އަންނަ މުނާފިޤުންވެއެވެ. އެކަލޭގެފާނަށް ފާޅުގައި ބަދުބަސް ބުނާ ކާފަރުން ވެއެވެ. އެކަލޭގެފާނު އަށް މައްކާގެ މުޝްރިކުން ކަންކުރި ފަދައިން، ހުތުރު ލަޤަބުތަކުން ލަޤަބުދީ ހަދާ މީހުން ވެއެވެ.
    ތިންވަނައީ: މެދުމިނުގައިވާ މީހުންނެވެ. އެމީހުންނަކީ އެކަލޭގެފާނު ދެކެ ލޯބިވުމުގައި ހައްދުފަހަނައަޅައި ދިޔަ ބައެއް ނޫނެވެ. އަދި އެލޯބި އަދާކުރުމުގައި އިހުމާލުކޮށް ފަރުވާކުޑަކުރި ބައެއްވެސް ނޫނެވެ. އެމީހުންނަކީ މިއުއްމަތުގެ ސަލަފުއް ޞާލިޙުންނެވެ.(ޖަމިއްޔަތުއްސަލަފު)ގެ ވަހަކައެއް ނޫނެވެ.
    ސަލަފުއްޞާލިޙުން އެބޭކަލުންގެ މަންހަޖުގެ މަތީގައި ތިބި އެންމެހާ މީސްތަކުންނެވެ. ފަހެ، މި ލޯބީގެ ޙުކުމަކީ ވާޖިބުކަން އެމީހުން ޤަބޫލުކުރެއެވެ. އަދި މި ލޯބިވާ މީހާ އަދާކުރަންޖެހޭ ކަންކަން އެމީހުންގެ ޢަޤީދާއާއި، ބަސްތަކާއި، ޢަމަލުތަކުގައި
    އެމީހުން އަދާކުރިއެވެ.

  32. ﷲއަށްބިރުވެތިވޭއަނިޔާވެރިންނާދުރައްދޭ

    ޔާﷲއި ބައިލާހުއާ އި ބައިލާހުގެ ރަޝޫލާއަށް ފުރައްސާރަކުރާ އަދުއްވުންނިކަމެތިކޮށް ނެތިކުރަށްވަވާދޭ އާމީން

  33. Anonymous

    މިކަހަަލަ މީހުން ނައް ހިމާޔައް😡😡😡😡😡 އިސްލާމް ދީނައް ލޯބި ވާ ޕޯސްޑު ކޮއްފިނަމަ ޗަލައް😂😂 ކަށި ތައް ބަލަން

  34. ވިސްނާ

    މިފަދަ މީޙުންނަށް ދޭހިދުމަތްތައް ކަނޑާލަންވީ....އެކައުންޓް ފުރީޒް ކުރަންވީ.....މީނާ ހައްޔަރުކުރޭ

  35. އަލިފް

    ހައްދު ފަހަނަ އަޅާފަ ހުރި މީހެކެވެ.