ކޮވިޑް-19 އަށް އެމެރިކާގެ ފައިޒާ އާއި ޖަރުމަންވިލާތުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިން ދެވޭނެ ވަސީލަތްތައް ދިވެހިރާއްޖޭގައި ގާއިމުވެފައި ނެތް ކަމަށް ސިއްހީ ދާއިރާގެ ބައެއް ފަރާތްތަކުން ބުނެފިއެވެ.

ފައިޒާ ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 70 ޑިގްރީ ސެލްސިއަސްގައެވެ. އެފަދަ ވަސީލަތެއް ދިވެހިރާއްޖޭގެ އިތުރުން މިސަރަހައްދުގެ އެހެން ގައުމެއްގައި ވެސް ނެތެވެ.

ކޮވިޑް-19 އަށް މޮޑާނާ ކުންފުނިން އުފެއްދި ވެކްސިން ވެސް ބެހެއްޓޭނެ މާގިނަ ވަސީލަތްތަކެއް ރާއްޖޭގައި ނެތެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް މޮޑާނާ ވެކްސިން ބެހެއްޓިދާނެ ވަސީލަތްތައް އެބަހުއްޓެވެ. މޮޑާނާގެ ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 20 ޑިގްރީ ސެލްސިއަސްގައެވެ.

މިހާރު ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން ރާއްޖޭގައި ފަސޭހަ ކަމާއިއެކު ބެހެއްޓޭނީ އޮކްސްފޯޑް އާއި އެސްޓްރާޒެނެކް އިން އުފެއްދި ވެކްސިނާއި ރަޝިއާ އިން އުފެއްދި ވެކްސިނެވެ. އެދެވެކްސިން ބަހައްޓަން ޖެހެނީ 2 ޑިގްރީ ސެލްސިއަސްއާއި 8 ޑިގްރީ ސެލްސިއަސްގައެވެ.

އާއްމު ގޮތެއްގައި މިހާރު ބޭނުންކުރާ ވެކްސިންތައް ބަހައްޓަން ޖެހެނީ 1.7 ޑިގްރީ ސެލްސިއަސް އާއި 7.8 ޑިގްރީ ސެލްސިއަސްގައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮވިޑް-19 ވެކްސިނަށް ހާއްސަކޮށް އުފައްދާފައިވާ ވެކްސިންތައް ބޭނުންވާ ފިނިހޫނުމުގައި ސަޕްލައިކޮށް އަދި ބޭނުންވާ ފިނިހޫނުމިނުގައި ރައްކާކޮށްފައި ބެހެއްޓުން އެއީ އެންމެ އުނދަގޫ އެއް މަސައްކަތައް ވާނެއެވެ. ވެކްސިން ރައްކާކޮށްފައި ބަހައްޓާނެ ވަސީލަތްތައް ގާއިމު ކުރަން އެތައް ބިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.

"ވެކްސިނަކީ ހާއްސަ ފިނިހޫނުމިނެއްގައި ބަހައްޓަން ޖެހޭ އެއްޗެއް. ވެކްސިން ބަހައްޓަން ޖެހޭ ފިނިހޫނުމިން ފިޔަވައި އެހެން ފިނިހޫނުމިނެއްގައި ބެހެއްޓުމުން ވެކްސިން ހަލާކުވެގެންދޭ. ވެކްސިންގެ ބޭނުން ކެނޑިގެންދޭ." އޮކްސްފޯޑްގެ ސައިންސްވެރިޔަކު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޒާ

    މިހާ ޓެކްނޮލޮޖީ ކުރިއަރާފައިވާ ޒަމާނެއްގައި ތިޔަބުނާ ފިނިހޫނު މިނަށް ފްރީޒާއެއް ހެދޭނެ ގޮތެއް ނެތުމީ ހާދަ ނުކުޅެދުންތެރި ކަމެކެވެ.

    43
    • Anonymous

      ފެބްރުއަރީ ނިމުމާއެކު، ޖަރުމަނާ ޔޫރަޕަށްވެސް ވެކްސިންގ ބޭނުމެއް ނުކުރެވޭނެތާދޯ؟ އެމީހުންނަށްވެސް ސަމަރ ފެށޭނެ.

      14
  2. Anonymous

    އޭގެ އިތުރަށް، އިންޑިޔާގެ ކުންފުންޏަކުން އޮކްސްފޯޑް ވެކްސިން ޓެސްޓް ކުރުމަށް އޮތީ ނަގާފައި. ޓެސްޓް އޮބްޖެކްޓްތަކުގެ ގޮތުގައި ރާއްޖޭންވެސް ބައެއް އޭގެ ތެރެއަށް ލެވިދާނެ ނޫންތޯ.

    3
    11
  3. މިއަދު

    ފައިޒާވެކުސިން ބަހައްޓާނެތަން ރާއްޖޭގައިހުރި މިސަރުކާރުން އެތަންތަން ސުންނާފައިކުރީ ރައިސް ޔާމީނު ރަސްރަޏިބަގީޗާގައި ތައްޔާރުކުރި
    ވިންޑް ޕާކަކީ ކުޑަކަމަކުން އަޕްގުރޭޑް ކޮއްލެވުނީސްތަމެއް

    1
    5
  4. އިބްރާހީމް

    ކަލޭމެންނަށް ގޮތެއްނެތިއްޔާ ޔާމީން ހެދި ވިންޓަރ ޕާރކް ތެރޭގައިބަހައްޓާ. ބޯހަލާކު

  5. ހާލުފޮޅި

    ރާއްޖޭގައި ދެވޭނީ އިންޑިޔާގެ ގެރި ވެކްސިން އެކަނި...

  6. މޯޑް

    ދެން ގެރިގޮރު ބޯމީހުން ވެކުސިން ހެދީމަ ނޫނީ ރާއްޖެއައް ލިބޭނެ ބާ؟

    4
    1
  7. ާައަޙްމަދް

    އެވަރުންވެސް ވެކްސިން ޖަހުވަން އުޅެެނީ މަރުން ސަލާމަތް ވާނެ ކަމަށްތޯއެވެ.

  8. ދޮ ން ބޮހާއިބޭ

    ރ ޔާމިނަށް އެކަނި ފައިޒާ ބެހެއްޓޭނީ އެނގިއްޖެ!