ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ސިފައިންގެ ވަޒީފާ އަށް ކުރިމަތިލުމުގެ ޝަރުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތެއް ކަމުގައިވުމާއި ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި ޢުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމާއި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމެވެ.

މީގެ އިތުރުން އިސްކޮޅުގައި ފިރިހެނުން 5 ފޫޓް 5 އިންޗި، އަންހެނުން 5 ފޫޓް 3 އިންޗި ހުންނަން ޖެހޭނެއެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުމަކީ ވެސް ޝަރުތެކެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މިޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއު ތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ.

މި އިޢުލާންގެ ބޭނުމަށް ޢުމުރުފުރާ ބަލާ ތާރީޚަކީ 20 ޑިސެންބަރު 2020 އެވެ.

ޑިފެންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ސިފައިންގެ ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް ޑިފެންސްގެ ވެބްސައިޓް އަދި އެމްއެންޑީއެފްގެ ވެބްސައިޓް އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ޑިސެންބަރު 17 ވަނަ ދުވަހު 14:00 ގެ ނިޔަލަށް އެމްއެންޑީއެފްގެ މަރުކަޒުތަކުންނެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސްގެ [email protected] އީ-މެއިލް މެދުވެރިކޮށްވެސް ފޯމް ބަލައިގަނެވޭނެއެވެ.

އޭރިއާ ތަކުގައި އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށް އެދޭ ފޯމްގައި ބަޔާންކުރެވިފައިވާނެއެވެ. ސިފައިންގެ ވަޒީފާ އާއި ބެހޭ އިތުރު މަޢުލޫމާތު 3322607 އެކްސްޓެންޝަން 2141، 2142 އިން އަދި އެމްއެންޑީއެފްގެ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތަފާތު

    މިއޮތީ އިސްކޮޅުގައި އަންހެނުންނާ ފިރިހެނުން ތަފާތުކޮށްފަ.
    އިންސާނީ ހައްގު

    9
    9
  2. ާާކޮބީ

    ފިރިހެނުން 5 ފޫޓް 5 އިންޗި، އަންހެނުން 5 ފޫޓް 3 އިންޗި

  3. މުހައްމަދު

    ވަރަށް އަނިޔާވެރި ވެރިން އުޅޭ ތަނެ އް.