އެމްޑަބްލިއުއެސްސީގެ ހޮޅިއެއް ވަޅުލަން ކޮނުމަށް ފަހު ބުރި ކޮށްލާފައި އޮތް ކަރަންޓު ކޭބަލެއްގައި މީހަކު ޖެހި އަނިޔާ ވެއްޖެ އެވެ.

ހާދިސާ ހިނގި ގޮތް އެނގޭ މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ހޮޅި އެއް ވަޅުލަން ކޮނެ ކަރަންޓް ކޭބަލެއް ބުރިކޮށްލާފައި އޮތުމުގެ ސަބަބުން އަންހެނަކު ކަރަންޓުގައި ޖެހި ފަރުވާ ދެމުންދާ ކަމަށެވެ.

ފުލުހުން ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރު ކޮށްދީފައެވެ. ފުލުހުން ވިދާޅުވީ ގަލޮޅުގެ ގެއެއްގައި މީހަކު ކަރަންޓުގައި ޖެހުނު މައްސަލައެއް އިއްޔެ މެންދުރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. ކަރަންޓުގައި ޖެހިފައިވަނީ 38 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މައްސަލަ ތަޙްޤީޤު ކުރަމުން ގެންދާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އައިޖީއެމްއެޗުން ބުނީ ކަރަންޓްގައި ޖެހުނު މީހާ އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

ކަރަންޓް ކޭބަލްތަކުގައި ޖެހިގެން ރާއްޖޭގައި ހިތާމަވެރި ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ. މިފަދަ ބައެއް ހާދިސާތަކުގައި މީހުން ނިޔާވެފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަންގޯރު އަހުމަދު

    މިހާރު ތިޔަ ތަނެކޭ ގއ ވިލިނގިލީ ޕާޓޭންގެ އައްޑާއެކޭ އެއްވެސް ތަފާތެއް ނެތް

    2
    2
  2. ޅަބޭ

    ރާއްޖޭގެ މިންގަނޑުން، ތީގަ ކުއްވެރިވާނީ އެ އަންހެން މީހާ.

    4
    2
  3. ބުރުނީ55

    ކޮންނައިރު ސްޕަވައިޒަރެއް ބަހައްޓަނީ އެންނުން. ހުރިހާޒިންމާ ހަވާލުކުރަނީ ކޮންނަފަރާތާ! ކޮންނަން ތިބެނީ ބަނގްލަދޭޝް މީހުން. ހުރިހާކަމެއް ބޮއްސުން ލާފަ!!

    2
    2