ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރުންނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަލީދު އަބޫ އަލީ ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ސަފީރު މިހެން ވިދާޅުވެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓަކަށް ދެއްވި ޖަވާބު ޓްވީޓެއްގައެވެ.

ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރަން ޖެހޭ ކަމަށާއި މެދު އިރުމައްޗާއި ދުނިޔޭގެ ސުލްހަ ލިބެން އޮތީ ފަލަސްތީނުގައި ސުލްހަ ގާއިމްކޮށްގެން ކަމަށެވެ. ޝާހިދަށް ޝުކުރު ދަންނަވަމުން ފަލަސްތީނު ސަފީރު ލިޔުއްވާފައި ވަނީ "އެކުގައި އަލްއަގްސާގައި ނަމާދު ކުރެވޭނެ ދުވަހެއް އަންނާނެ" ކަމަށެވެ.

1967 ވަނަ އަހަރު ކުރެހުނު ސަރަހައްދީ އިމުގެ މައްޗަށް ބިނާވެގެންވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރެވި، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމުގައި ވާން ޖެހޭކަމަށް އދ. އިން ކަނޑައެޅިއެވެ. އެކަމަކު ބައިނަލްއަގްވާމީ އުސޫލުތަކާ ވެސް ހިލާފަށް އިޒްރޭލުން ދަނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަނާޒާ

    ހިބަރު ވަދު ލިބޭތޯ ތިޔަ ސަރަހައްދުން. ރިޔާސީ އިންތިޚާބުގައި ދޮގުވަޢުދު ބޭނި ޒާތުގެ#

    13
    5
  2. ސަލާހު

    ސާބަހޭ ޝާޑޫ. އަހަރެމެން މިތިބީ ފަލަސްތީނުރައްޔިތުންނާއެކު.

    11
  3. ފިޒާމް

    މިހާަރުވެސް ކޮނޑުމަތީގަ އިއޮތޫ ކާރޕެޓު ގަނޑެއް.

    9
    4
  4. ީދ9

    grateful ދޯ އިންނާނީ