މިފަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ކޯލިޝަން ނުހެދެންޏާ ނުހެދޭނީ އެމްޑީޕީއާއި ހެދިކަމަށް ކުރީގެ އެޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަޙީދު މިހެން ވިދާޅުވީ މިރޭ ޖޭޕީއަށް ސޮއި ކުރެއްވުމަށް ޖަރުމަން ވިލާތުގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ އެމްޑީޕީއިން ވަކިވެވަޑައިގެންނެވީ މިއަދުއެވެ. އަލީ ވަޙީދު ވަނީ އެމްޑީޕީއާއި ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މިރޭ ވާހަކަ ދައްކަވާފައެވެ.

އަލީ ވަހީދު ވިދާޅުވީ، މި ފަހަރު ކޯލިޝަން ނުހެދޭނީ އެމްޑީޕީން އެކަމަށް ބޭނުން ނުވެގެން ނޫންގޮތެއް ނޯންނާނެކަމަށެވެ.

2013 ވަނަ އަހަރު "އުފެދިފައި އޮތް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ކޯލިޝަން އަދި އަދާލަތު ޕާޓީއާއެކު އޮތް ކޯލިޝަން ވަރުގަދަކޮށް އަދި އޭގެ ފަހުން ކުރީގެ ނައިބް ރައީސް ޑރ. ޖަމީލު އަހުމަދު ކޯލިޝަނާއި ގުޅިވަޑައިގަތުމާއި، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އުފެދިގެން ދިޔުމާއި މި ނޫންވެސް މިކަން ކުރުމަށް އަޅުގަނޑަށް ސިޔާސީ ފަރާތްތަކުން ދެއްވި އެހީތެރިކަމަށްޓަކައި ޝުކުރުވެރިވަން". އަލީ ވަހީދު ވިދާޅުވިއެވެ.

އަދި އޭގެ ފަހުން އެމްޑީޕީގެ ޗެއާ ޕާސަން ކަމުން އޭނާ އިސްތިއުފާ ދެއްވިކަމަށާއި، އޭގެ ފަހުންވެސް އެމްޕީގެ މެންބަރުންނާއި ހަމައިން ފެށިގެން އިސްވެރިންނާއި ހަމައަށްވެސް ތިބި ފަރާތްތަކާއި ދޭތެރޭ ކަންތައްކޮށްފައިވާނީ ވަރަށް އިހުތިރާމާއި އެކުކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، އޭނާ އިސްތިއުފާ ދިނީވެސް އަދި މިގޮތަށް މި ނިންމެވުން ނިންމަން ޖެހުނީ "އަޅުގަނޑު އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހުތިރާމް އޮތް ކަމުގައި ވިޔަސް ކާބިޔާބު ހޯދުމުގައި ހިޔާލު ތަފާތުވުންތައް ހުރީމަ" ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ދިވެހި ރާއްޖެ މި އޮތް ހާލަތުގައި ދިވެހި ރާއްޖެއަށް ބޭނުންވަނީ ދިވެހި ރާއްޖޭގައި ބައިބައިވެފައި އޮތް އިޖްތިމާއީ ފޭރާން އޭގެ މެދަށް ގެނެސް އަމުނާލެވޭނެ ވެރިކަމެއް". އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، މިވަގުތު އެންމެ ރަނގަޅު ޕްލެޓްފޯމަކީ ޖުމްހޫރީ ޕާޓީކަމަށާ ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ގައުމު ސަލާމަތުގެ އައްސޭރިއަށް ގެންދެވޭނެ ސަމުގާއެއް ކަމަށެވެ. އަލީ ވަހީދު ވަނީ ޖުމްހޫރީ ޕާޓީ މެކުހަށް ޖައްސަވާނކަމަށްވެސް ވިދާޅުވެފައެވެ. އަދި ހަގީގީ ޖުމްހޫރީ ވެރިކަމެއް ގާއިމްކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.

އެމްޑީޕީއާއި ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިހާރު ވާދަކުރައްވާ ރައީސް ނަޝީދުގެ ކެމްޕެއިންގެ ހަރަކާތްތައް ސްކައިޕާއި މިސް މީޑިއާ މެދުވެރި ކުރައްވަމުންގެންދަވާއިރު، އޭރު އެކަން ކަމުނުދިޔަ ކަމަށެވެ.

އޭނާ ވަނީ ގައުމު އޮތް ހާލަތު ރަނގަޅުކޮށް، އަނިޔާވެރިކަން ނިންމުމަކަށްވެސް ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް ހަތަރު ލީޑަރުން ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ ތެރެއިން މަސައްކަތް ކުރާނެކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލައިސާޓު

    ވާނުވާ އިނގިގެން ހަބަރުތަށް ލިޔެބަލަ

  2. ސިސް

    ޢަލީ ވަޙީދު ދެންތީ ކާކު ؟މީދެން މާ މޮޅު

    މީހެއްތަ؟ޙަމަ ހެވެނީ. އެހާ ހެޔޮ މީހަކު

    ދޫކޮށްފަ އެ އައީ ކީއްވެބާ؟ ރަނިންމޭޓްކަން ލިބޭނޭ ބުނީތަ ކަލޯ

  3. އާއިޝާ

    އެސޮރު އަނެއްކާވެސް އަނގަ ފަޅާފި.

  4. ސ ނުން ސޮނިބެ (އަންނި)

    ކަރާ ޢަލީ ވަހީދު މަންމަ ޤުރުއާން ކިޔަވާދީގެން ލިބުނު ފައިސާއަށް 2 ފުލެޓް ގަތް... މިފަހަރު ޤާސިމްބެ އެކައުންޓްތަށް މޮޕް އަޅާލާނެ

  5. އޮފްކަރާ

    އެންމެން ތެޅެނީ ވެރިކަަމަށް... މީނަ ވަކި ނައްޓާނުދާނެދޯ!

  6. ޖޮއްބެ

    އެހެންތަ ސަމުގާއެކޭ ބުރުއްޓޭ އަކީ؟ މިހާރުވެސް ދިވެހިދައުލަތަށް ދައްކަންވާ ދަރަނިނުދައްކާ ވެރިކަން ވަށްޓާލަން ލާރިތައް ތަޅަކީ ބޫންބޫން ވެސް އެގަތީ އަނެއްކާ ލާރިގަނޑެއް ދީފަ.

  7. ރަށްދު

    ރިސްފަގެ ތުހުތުރު ފައިސާ ބަނޑު އަޅައިގެން ދައްކާ ވާހަކަ

  8. މާމިގިލީ މީހާ

    ގާސިމް ވެރިކަން ބޭނުންވެގެން. ކޯލިސަން ނުހެދިގެން ތިޔައުޅެނީ.. އެމްޑީޕީޔާ ހެދި އެއް ނޫން... މިއީ ހަގީގަތަކީ. ގާސިމް ވެރިކަމާހެދި. ކާއްބަގަނެގެން އެއުޅެނީ..

  9. ށސސސސ

    ކަލޭދާ ކޮންމެތަނަކީ ރަނގަޅުތަން. ޑީއާރުޕީ ރަނގަޅު އެމްޑީޕީ ވަރެއް އޭރުނެތް. މިހާރު ޖުމްހޫރީޕާޓީވަރުގެ މޮޅުތަނެއްނެތް. ތިޔަށްކިޔާނީ ހަކުރުދެންޏާ ބޮޑުބޭބެ.

  10. ދިސްވޭ

    ރަނިން މޭޓަކަށް މާލޭ ބޭފުޅަކު ނުނަގާނަން ކަމަށް ކެނެރީގެ ނަޝީދު ބުނުމަކީ އެއީ އޭނާ ނަސްލީ ތަފާތު ކުރުން ތަކެއް ގެންގުޅެނީ ކަމަށޭ މަމެން މިދެކެނީ. މިރާއްޖޭގެ ވެރިކަމަށް އެންމެ ރަނގަޅު ވާނީ އަބަދުވެސް މާލޭ މީހުންނޭ ދަ ރާއްޖެތެރޭ މީހުން އަތުވެއްޖެނަމަ އެއަންނަ ބަޔަކު ބަލާނީ މާލެ އަށް ކޮށްދޭން ޖެހޭ ކަންކަން ނުކޮށް ދަ ރާއްޖެތެރެއަށް ކަންކަން ކޮށް ދިނުމަށޭ. އެގޮތަށް ނޫންތޭ ކެނެރީގެ ނަޝީދުގެ ވެރިކަމުގައި އޭނާ ވެސް ކަންކަން ކުރީ. މިސާލަކަށް އައްޑޫ ހިތަދޫ އާއި އަދި ހުޅުދޫ މީދޫގައި އެޅި ފްލެޓްސް ތައް އެރަށް ރަށުގައި ނާޅާ މާލޭގައި އެޅިނަމަ އެއިން އިގްތިސާދީ ފައިދާ އެއް ނިކުންނާނީ. މިހާރުވެސް ދުވާލަކު 100 މީހުންގެ ރޭޓުން އައްޑޫން މާލެ ސަރަހައްދަށް ބަދަލުވާން ބޭނުންވާ އިރު އެމެން ބޭނުންވަނީ އަގުހެޔޮ ކޮށް ފްލެޓްސް ތައް ލިބުމެވެ. އެކަން އެމެންނަށް ކުރެވޭނީ އެއީ ސީދާ އެމެން ނަށް މާލެ ސަރަަހައްދުން ފްލެޓްސް ތައް ދީގެން ކަން އެއީ ކަށަވަރު ކަމެކެވެ.

  11. ތުއްތު

    ގަާސިމަށް ވެރިކަމަށްް ކުރިމަތި ލެވޭތަ