ފެބްރުއަރީ 7، 2012 ގައި ފުލުހުން ނުކުމެ ދެއްކި ނުކިޔަމަންތެރިކަމަކީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކިއްޖެނަމަ އެއީ ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.

އެ ދުވަހަކީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައި ދުވަހެވެ. ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒަހާރާގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

އެ ދުވަހުގެ ހަނދާންތައް އާ ކުރައްވައި އެ ދުވަހު ހިނގި ހަމަނުޖެހުންތަކުގެ ފޮޓޯއާ އެކީ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދުވަހު ފުލުހުން ނުކުމެ ދެއްކި ނުކިޔަމަންތެރިކަމަކީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކި ފުލުހުންގެ ގާނޫނަށް އިސްލާހު ގެންނަން ވިސްނައިފިނަމަ އެއީ ޒަމާންތަކެއް ވަން ދެން ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

އެހެންކަމުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލް ދިރާސާކޮށް ނިމި މަޖިލީހުން އެ ބިލް ފާސްކުރާއިރު ހަތެއް ފެބްރުއަރީގައި ހިނގައިދިޔަ ކަންކަމަށް ރިއާޔަތް ކުރަން ޖެހޭނީ ކަމީ އެ ޓްވީޓްއިން އެމަނިކުފާނު ދެއްވަން ބޭނުންފުޅުވާ މެސެޖް ކަމުގައި ބެލެވެއެވެ.

އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލްގައި ރައްޔިތުންގެ މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކަށް އޮންނަ 241 ކޮމިޓީއަށް ބޮޑެތި ބާރުތަކެއް ދެވޭ ގޮތަށް ހިމަނައިފައިވެއެވެ.

ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ ބަދަލުތަކަށާއި، ފުލުހުންނަށް ލިބޭ އިނާޔަތްތަކާ ގުޅޭ ކަންކަމަށް ބަދަލު ގެނައުމަށާއި ތަހުގީގަށް ބަންދު ކުރާ މީހުންނާ މެދު އަމަލު ކުރާ އުސޫލުތައް ބަދަލު ކުރަން ހޯމް މިނިސްޓަރަށާއި ފުލުހަށް އެންގުމުގެ ބާރު އޮވެ އެވެ. އަދި އެ އެންގުންތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ކޮމިޓީއަށް ބާރުތަކެއް ލިބޭ ގޮތަށް އޮތުމުން ބިލަށް ފާޑުކިއުންތަކެއް ވެސް އަމާޒުވެފައިވެ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެއީ ފުލުހުންގެ މުއައްސަސާގެ ތެރެއަށް މިހާރުގެ ސަރުކާރުންނާއި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުންގެ ސިޔާސީ ނުފޫޒު ވެއްދޭ ގޮތަށް ފަރުވާކޮށްފައިިވާ ބިލެކެވެ.

މިކަމާ ގިނަ ކަންބޮޑުވުންތަކެއް އިތުރުވެފައި ވަނިކޮށް ކޮމިޓީ މަރުހަލާގައި ބިލުގެ އެ ބާބަށް ބަދަލުތަކެއް ގެނައި ކަމަށް ހަސަން ލަތީފް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ތަހުގީގަށް ހުރަސްއެޅޭނެ އެއްވެސް މައުލޫމާތެއް ދިނުމަށް އަދި ކަމއް ކުރުމަށް ފުލުހުންނަށް ނޭންގޭނެ ކަމަށް ބިލްގައި ބަޔާންކޮށްފައިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

 1. ބުއްޅަބޭ

  ގާބިލް ނޫން މީހުން ވެރިކަމަށް ގެނައުމަކީ ގައުމަށް އައްދާރުވުން.
  އެއަރޕޯޓް ބަޔަކަށް ދިނުމުން ގެއލުނީ ކިތައްވަޒީފާ އަދި ކިތައްދިވެހިންފެ ވިޔާފާރި.
  ރާއްޖެއަށް ގެއްލުންވީ ކިތައް މިލިޔަން ޑޮލަރު ؟
  ފިލްމުތަކުންވެސް ގާޒީން ވަގައްނެގީމާ އަހަރެން ވަރަށްފޫހިވޭ.

  94
  3
  • އިތޭން

   އެމްޑީޕީ ވެރިކަމުގަ ލާދީނީ ބައިގަނޑުގެ އުންދަގޫ ބޮޑު... މިހާރު އެމްޑީޕީި އަށް ވޯޓް ލުން ހުއްޓާލާ ޕާރޓީން ވަކިވާންވީ.... އެމްޑީޕީ ވެރިކަމުގަ އައްޑޫ އަތޮޅުގަ ފާޅުގަ ލާދީނީ މީހަކު އުޅޭއިރު އެކަމެއް ނުހުއްޓުވޭ... ކިހާ ދެރަކަމެއް... ވައުދާ އަހުދާ ހިލާފް ތިވަނީ

   37
 2. ގަންޖާބުއްޅަ

  އެއީ ނުވާކަމެއް...، ގަންޖާބުއްޅަ އަކީ ހުރި ހަލާކެއް

  80
  3
 3. ސަކީ

  8 ފެބުރުވަރީ އަކީ ބިރުވެރި ދުވަހެއް. އެދުވަސް އެއީ ރާއްޖެއަށް ވަރަށް ބޮޑު ގެއްލުމެއް ލިބުނު ދުވަހެއް.

  94
 4. ކަމަނަ

  3 ނޮވެމް ބަރަކީވެސް ނުވާކަމަކަށް ހެދުމަކީ. ބޮޑުގެއްލުމެއް.

  101
 5. އަހްމަދު

  ޝަރުޢީކޯޓެއްގެއިސްޤާޒީއެއް ޤާނޫނާޚިލާފަށް ހައްޔަރުކުރުން އެއީ ނުހޮގާކަމެއްކަމަށްނިންމާ އެކުއްކުރިފަރާތަށް އެކުށުންބަރިއްޔަވެހުރުމުގެފުރުޞަތު ދިނުންއެއީ މިގައުމުގެ ޝަރުޢީ ދާއިރާއަށް ލިބޭވަރަށްބޮޑު ނިކަމެތިކަމަކށްނޫނީ ނުވާނެ އެކަން އަލުންބެލެންޖެހޭ

  55
  1
 6. އެއީ ވީކަމެއް!

  އެއީ ވީކަމެކެވެ. މިބުނީ ރައީސް ނަޝީދު ބިރުފުޅުން އިސްތިޢުފާ ދެއްވި ވާހަކައެވެ. އަދި ޖެހިގެން އައި 8 ފެބްރުއަރީ އަކީ ވެސް ވީކަމެކެވެ. މިބުނީ ނަޝީދު ގެ އެންގެވުމަށް ބަޔަކު ނިކުމެ މާލެ އާއި އަތޮޅު ތެރޭގައި ހުރި ސަރުކާރުގެ އިމާރާތްތަކާއި، ވެހިކަލް ތަކުގައި ހުޅުޖެހި ވާހަކައެވެ. ރައީސް ނަޝީދު ފިނޑިކަމުން އިސްތިޢުފާ ދެއްވީމައި، ރާއްޖެއަށްވީ އެއްވެސް ގެއްލުމެއް ނެތެވެ. މިބުނީ އޭގެފަހުން ނަޝީދަށްވުރެ ރަނގަޅު ވެރިން ލިބުނު ވާހަކައެވެ. އެކަމަކު ނަޝީދުގެ އޯޑަރަށް ތަންތާ ހުޅުޖެހުމުން ރާއްޖެއަށާއި ރައްޔިތުންނަށް ވީ ގެއްލުން ދުވަހަކުވެސް ފޫނުބެއްދޭނެ ވާހަކައެވެ. 7 ފެބްރުއަރީ 2012 އެއީ އުފާވެރި ދުވަހެކެވެ. އެއީ ފާހަގަ ނުކުރާ އެކަމަކު މިނިވަން ދުވަހެކެވެ.

  67
  1
 7. ކޮރޯނާ

  ކަލޭ މި ޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގަ ބެހެއްޓުން އެއީ މި ރާއްޖެއަށް ދެވޭނެ އެންމެ ބޮޑު ގެއްލުމަކީ. ކޮސް ނުގޮވާ މޯދީ ދަށުވެ އޮވެބަލަ.

  56
  2
 8. މާމީ

  ދިވެހިންނައް ޖެހުނު ބޮޑު ބަލާއެއް

  53
  2
 9. ބުއްޅަބެ

  އަށެއް ފެބްރުއަރީއަކީ ނުވާ ކަމަކަށް ދެކޭނަމަ އެއީ ރާއްޖެއަށް ދެވޭނެ އެއްމެބޮޑު ގެއްލުން އެދުވަހު ތިޔަ ބައިގަނޑު ނުކުމެ ރައްޔިތުންގެ މުދަލާއި މީސްތަކުންގެ މުދަލަށް ދިން ގެއްލުންތައް ހަނދާންކުރަންޖެހޭ!

  52
  3
 10. Anonymous

  ގައުމުގެ ހުރިހާ ވުޒާރާތަކަށް ކަލޭ ޢަމުރު މައުރޫފު ހިންގޭގޮތަށް ގާނޫނު ހަދަން އުޅުމަކީ ވަރަށް ޖަނަވާރު ސިފައެއް. މިހާރު ގައުމުގެ ސަލާމަތީ ބާރުތަކާ ބަދަލުހިފަންވެގެން ހަދަންއުޅޭ ގާނޫނެއް ތިއީ، ބޮޑު މުޞީ ބާތެއް.

  39
  3
 11. ދުންތަރި

  ފެބުރުއަރީގައި ވެރިކަން ދޫކޮާށްލާފަ މުޒާހަރާކޮށް މުޅި ޤައުމުގަ ހުޅުޖަހާ އެތަށް މިލިއަން ރުފިޔާގެ މުދަލާ ޝަރުޢީލިޔުންތައް އަންދާލި އަންދާލުން ނުވާކަމަކަށް ހެދުމަކީޤައުމަށް އިއާދަނުކުރެވޭފަދަ ބޮޑު ގެއްލުމަކަށްވާނެ

  46
  2
 12. ސަމީ

  8 ފެބްރުއަރީ ގަ މުޅި ރާއްޖޭގަ ހުޅިޖެހި ބައިގަނޑު ތިޔައީ، އޭގެ ބަދަލު ހޯދަން ޖެހޭނެ މިމީހުން އަތުން، ކޮން ހަތެއް ފެބްރުއަރީ އެއް ކިޔާ ކަށް ވެރިކަން ކުރަން ނޭންގިގެން ފިލާފަ

  44
 13. ޕާކިން ސްޓިކާ

  7 ފެބްރުއަރީގަ ރައްޔިތުން އުފަލުން ނެތް ގޮތެއް.. އެމްޑީޕީ ޖަނަވާރުން ކިބައިން ގައުމު މިންޖުވީ.. 3 ނޮވެމްބަރު ވާހަކަ ކީއްވެތޯ މަނިކުފާނަށް ބުނަން ނުކެރުނީ

  46
  2
 14. ނޫއިގްތިސާދުގެ ދޯހަޅިކަން

  3 ނޮވެމްބަރު ހަދާންނެތުނީދޯ.. ލަދުކުޑަ

  50
  3
 15. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

  އަދިވެސް އެމްޑީޕީ އިން މޮޅެތި ވާހަކަ ދައްކަން ލަދެއް ހަޔާތެއް ނުހުންނާތީ ކޮސްވޭ.. މިހާރު ކާއެއްޗެއް ކެވެނީކީ ނޫން އަގުބޮޑުކަމުން. ނުވިތާކަށް އަބަދު ކޮންމެސް ޖޫރިމަނާއެއް ނޫނީ ޓެކްސް އެއް ނެގުމުގަ

  48
  2
 16. ބުއްޅަ

  ކަލޭމެންތީ މި ގައުމަށް ޖެހިފައޮތް ބޮޑު ބަލާވެރިކަމެއް

  46
  3
 17. ރޭޕް ސަރުކާރު އިސްތިއުފާ

  އެމްޑީޕީގަ ގިނައީވަގުން. މީ މާ ބޮޑު ދެރަ ކަމެއް

  45
  2
 18. އަޙްމަދު

  ތިމާމީހާއިސްތިއުފާދީފައަމިލައަގައިންއެވާހަކަޓީވީއަށްއަރާގޮވިހަދާންވޭތައެއީހަމަފެންވަރުއިސްތިއުފާދިންރައީސްތީ

  41
  2
 19. އިޒުރޭލު

  މީބައްޔެށް ޖެހިފަހުރިމީހެއް ފަބުރުއަރީ 7 އައީ މީނަގެސަބަބުންކަން ރާއްޖޭގެ އެންމެކުޑަކުއްޖާވެސް ދަނޭ

  43
  3
 20. މިއަދު

  7 ފެބުރުއަރީގައި އަމިއްލައަށް އިސްތިއުފާދީފައި ފަހުންގޮސް ބަޣާވަތްކުރިއޭ ބޮލުގައިބަޑިޖެއްސިއްޔޭ ކިޔައިގެން ހެދި ދޮގުއެއީ ނަހަދާދޮގެއްކަމަށްހެދުމާއި ފެބުރުއަރީ 12،13 ގައި ހިންގި ބޮޑުހުޅުގެ ކަންތައްތަކާއި 1988 ނޮވެމްބަރ 3 ގައި ކެނެރީޢާއިލާއިން މިގައުމުގައި ހިންގި ކަންތައްތަކަކީ ނުހިނގާކަންތައްތައް ކަމަށްހަދަން ސަރުކާރުންނާއި އެޢާއިލާތަކުން ކުރާ މަސައްކަތަކީ މިގައުމަށް ދެވޭނެ އެއްމެބޮޑު އަނިޔާ

  27
  1
 21. ބުއިން

  3 ނޮވެންބަރަކީ ނުވާކަމެއްކަމަށް ހެދުމަކީ ބޮޑުގެއްލުމެއް

  23
  1
 22. ހުސޭނުބޭ

  ބޮއިގެން ބުރާންތިވެފައި ތިބޭ އެއްޗެހިންނަށް ނުވާ ކަންތައްވެސް ވާކަމުގައި ފެންނާނެ!

  26
  1
 23. ޣޮޑީ

  7ފެބްރު އަރަިއަކީ އިސްލާމް ދީނާ މިގައުމަށް ލިބުނު ކާމިޔާބިގެ ދުވަހެއް އެދުވަސް އަބުރާ އަލުން ގެނައުމަކީ މިހާރު ނުވުމަށް ވުރެ ކައިރީގާ ވާކަމެއް ހެން ހީވަނީ މިހާރު މިދާވަރުންދަންޏާ. އިންސަފެއް ހަމެއެއްލަމަ އެއްނެއް ހުސްވަގުން ދީނަށް ފުރައްސާރަ ކުރުން މިނިވަންކަން ގަދޫ ކޮލުން ބޭރުވެއްޖެ ކެއްތެރިކަން މިއޮގެން ކޮޅުން ލަނީ

  25
  1
 24. އަހުމަދު

  8 ފެބްރުއަރީ 2012 ވެސް ބިލުގަ ހިމަނަން ފެނޭ

  18
 25. ޕީޖޭ

  ޤާނޫނާއިޚިލާފު ކަންކަން ކުރުވަން ފުލުހުންނަށް މަޖުބޫރު ވުމުން ނިކުތީ...އެކަންގޯސް... ދެން ޤާޒީ ހައްޔަރުކުރުން ޑެންމާކްގައި ދެއްކި ވާހަކަ، މަސްތުވާތަކެތީގެ ޤާނޫނު2011... ހާޑިންހަމް މަޖިލީހަށް ވެއްދުން...އެއަރޕޯޓް އިންޑިޔާއަށް ދިނުން...ތަންތަނުގައި ރޯކުރުން..ރީކޯ މޫސަލައްވައި ފުލުހުންނާއި ސިފައިންގެ އާއިލާތަކަށް ހަމަލަދީ ފުލުހެއްގެ ބަނޑުބޮޑު އަންހެނުންގައިގާ ސައިކަލުން ޖެއްސުން...މިސްކިތްތައް ހުޅުވައި އަދުންއަޅުވައި މުޅިރާއްޖޭ ރާވިއްކާން އުޅުން...
  މިހާރު ބައެއް މަޖިލިސް މެމްބަރުން މެދުވެރިކޮށް ދީނާއި ސެއިޚުންގެ އަގު ވެއްޓުން...މީހުން ދިރިއުޅޭ ރަށްރަށުގައި ރަވިއްކަން ހުއްދަ ދިނުން...ގެސްޓު ހައުސްތައް ހުޅުވައި ފައިސާ ދައްކައިގެން ރައްޔިތުން ހައްލާ ދޮނމީހުންގެ ކަލްޗާ މިގަވްމުގެ ކުޑަކުދިންގެ ބޮލުތެރެއަށް ވެއްދުން...ދީނާއި ދުރުކުރުމުގެ ގޮތުން ފުލުހުންގެ ހުވާގައި އިސްލާމްދީން ފަހަތަށް ޖައްސައި ހިއުމަންރައިޓްސް ކުރިޔަށް ލުން...ދީނާއި ސިޔާސަތާއި ވަކިކުރުން...

  17
 26. ރައްްޔިތުން

  ތީ ނުކިޔާ. ތިމާ ހުރުމުން ވާނެ ގެއްލުން ބޮޑުވާނެތީ ވެރިކަން ދޫކޮށްލާފަ ގޮސް ފެން ތިހެން ގޮވިޔަސް ފެން އެގޮޑި ނުލި ބޭބނެ

  13
 27. dhogeh?

  e ee vee kameh. kaley isthiufaa dhin. aneh dhuvahu nukume nuvaa kamekey govi. ekamaku eheneh nehedheyne. kaley hama isthiufaa dhin.jehigen ai dhuvahu rayyithun gaiga hulhuves jehi.

 28. ބޮޑު ފަރަންޖީ

  ސީދިބޭ ވަރަށް ދެރަވޭދޯ އެދުވަސް ހަނދާން ވީމަ. ހިނދުކޮޅު އަންނަންޏާ އެހެންވެދާނެ

  19
 29. ހަސަންކޮއި

  ގާނޫނުންބޭރުވުމުންވީގޮތް

  15
 30. ކަޓީ ޗާއެވާލާ

  ލާހިކައެއް ނޫން ކަލެއަށް މީގެ ފަހުން އެއްވެސް އިންތިހާބެއް ކާމިޔާބު ކުރާކަށް .ޖަލަށް ގޮސް ހުކުމުގެ އަނެއްބައި ފުރިހަމަ ކުރަން ތައްޔާރުވޭ....

  16
 31. ޑަބިޔާ

  ސިފައިންތޯ ނުކިޔަމަންވީ ބަލަ ތިބޭފުޅާ އިގިހުރެ ސިފައިންލައްވާ ގައުރުގާނޫނު އަމަލެއް ހިންގުމަށް އަންގާ ގަދަކަމުން އެކަންކުރުވާ. ސިފައިން ފަސީހުއާ ބައްދަލުކުރެވޭނެ ގޮތެއް ހަދާދެން ބުނީމަ ތިމާމީހާ ނިކުމެ ބުނެވުނު އެއްޗެއް ހަދުމަނެތީތޯ. ހިދުކޮޅުގަ ހުރީމަ އެހެން ވާނެ.

  14
 32. އައްޑޫ މީހާ

  ވަރަށް ރަނގަޅު ވާހަކައެއް މިހާތަނަށް އިސްތިއުފާ ދޭން ނުޖެހޭ ހާލަތެއްގައި އިސްތިއުފާ ދީފައި ދެން ހޭލެވުމާއިއެކު އިސްތިއުފާ ނުދެމޭ ކިޔާފައި އުޅުނު ދުވަސް

  19
 33. ޢަލިބެ

  7 ފެ ބުރުއަރީގައި ބޮއެގެންހުރެ ކަލޭއިސްތިއުފާ ދިނީ. 8 ފެ ބުރުއަރީގައި ކަލެއާއި ކަލޭގެ އައުވާނުން ނުކުމެ ގައުމު އަންދާލީ. މިދެކަމަކީވެސް ހަމަ ވީކަމެއް. ލި ބުނު ގެއްލުމުގެ ބބބބ ބަދަލު ކަލޭ ދޭންޖެހޭނެ.

 34. ބޭޗާރާ

  7 ފެބުރުވަރީއަކީ ކާމިޔާބުގެ ދުވަސް. އެއީ ނުބައި މީހެއްގެ ނުބައި އެޖެންޑާއަކުން މި ގައުމުގައި އޮތް ދީން ސަލާމަތް ކުރެއްވި ދުވަސް. ދީނުގެ ހައްދުތައް ގާއިމުކުރުން ހުއްޓުވުމަށް ހިންގަން އުޅުނު ނުބައިކަމުން ވެރިކަމުން ދުރުކުރެއްވި ދުވަސް. މި ގައުމުގައި އެދުވަސް ބޮޑުކޮށް ފާހަގަކުރަންވީ. އެދުވަހަށް ކިޔަންވީ 7 ފެބްރުއަރީ 2012، ދިވެހިރާއްޖޭގައި އިސްލާމްދީނަށް ނަސްރު ލިބުނު ދުވަސް. ނުވަތަ ދިވެހިރާއްޖޭގައި އިސްލާމް ދީނަށް ކާމިޔާބު ލިބުނު ދުވަސް. މިގޮތަށް.

 35. އަލީ

  ގައުމަށް ޖެހިފައިވާ ކެނެރީ ވައިރސް އަވަހަށް ނެތުނިއްޔާ ކަލާކޮ

 36. ވަތަނީ

  7 ފެ ބ.ބުރުއަރީ މައްސަލަ މިސަރުކާރަށް ނު ބެލޭނެއެވެ
  2023ގަ އޮންނަ ވެރިކަމުގައި، މޑޕ ހިންގާފައިވާ ވައްކަން
  ތަކާއި ޖަރީމާތަކާއި ޓެރަރިޒަމްގެ ކަންކަން ބަލައި އިންސާފް
  ގާއިމް ކުރެވޭނެއެވެ ރާއްޖެ އަންދާލައި ޒަމާންވީ ލިޔެކިއުން
  ތަކާއި އާއްމު ރައްޔިތުންނާއި ދައުލަތަށް ދިން ގެއްލުން
  އަގުކޮށް ބަދަލު ހޯދޭނެއެވެ. އިންސާ ﷲ.

 37. ޒަބީބު

  7 ފެބްރުއަރީއަކީ ނުވާކަމެއްގެ ގޮތުގައި އެންމެ ފަހުން ވާހަކަދެއްކި އަޑު އަހަރެން އެހީ ނަޝީދު ފަރާތުން. އެއީ ޔާމީން ސަރުކާރާ ދެކޮޅަށް އެމްޑީޕީ އާއި ޖޭޕީ އާއި، އަދާލަތް ޕާޓީ އެކުގައި މުޒާހަރާ ކުރި ދުވަސްވަރު. އަހަރެން ޓީވީ ބަލަން އިންދާ ލައިވްކޮށް ދައްކަން ފެށީ ސީގަލް ކަންމަތީގައި ނަޝީދު ވާހަކަދައްކާތަން. އެވާހަކައިގައި ނަޝީދު ބުނީ ކޯނީ ރިޕޯޓަކީ ތިމަންމެން އެންމެން ރުހިޤަބޫލު ވެގެން އެކުލަވާލީ ކޮމިޝަނެއްކަމަށާއި އެއިގެ ނަތީޖާ ތިމްންމެން އެންމެން ޤަބޫލު ކުރާ ކަމަށް. އެގޮތުން ކޯނީގެ މަހްފޫމާއި އެއްގޮތަށް ތިމްންނާގެ ވެރިކަން ނިމުނީ ތިމަންނާގެ ސަރުކާރު އެކުލެވިގެންވީ ކޯލިޝަން ރޫޅުމުން ކަމަށް. އެގޮތުން މިސާލުޖަހާ ނަޝީދު ބުނީ ޔާމީނުގެ ވެރިކަން އެކުލަވާލެވުނު ކޯލިޝަން ރޫޅިފައިވާކަމަށާއި، އެގޮތުގެ މަތީން ތިމްނާގެ ވެރިކްމުގެ ހައިސިއްޔަތުވެސް ގެއްލުނު ގޮތަށް ޔާމީނު ސަރުކާރުގެ ހައިސިއްޔަތުވެސް ގެއްލިފައިވާ ކަމަށެވެ.

  ވީމާ ނަޝީދު ގާތުގައި ބުލެލަން ބޭނުންވަނީ 7 ފެބްރުއަރީގެ ހާދިސާގައި ނަޝީދު ބޭނުން އިރަކު ބޭނުން ކުލައެއް ޖައްސައިގެން މީހުން ގުމބޯ ހެއްދުނު ދުވަސް މަޒީއާއި އެކުވެގެން ހިނގައްޖެޔޭ. އެމްޑީޕީގައި ނަޝީދު ނޫނަސް ލީޑަރުން ތިބިކަން ރައްޔިތުންނަށް އެންގި ކަށަވަރު ވެއްޖެޔޭ! އަދި ނަޝީދުގެ އެއްވެސް ލީޑާރޝިޕެއްވެސް އުރަތްޕެއްވެސް ނެތްކަން ހާމަވެ ފަލީހަތްވެސް ވެއްޖެޔޭ! އަދި އޯގާތެރި ރައީސް، ގެ ތާކިހަލާއި، ޑިމޮކްރެޓިކް ރައީސްގެ ތާކިހާ އަޅައިގެން ނަޝީދު އުޅެނީ ނަޝީދުގެ ކަށީގައި އަދި ފިތުރަތުގައި ހުރި ނުބައި ނުލަފާކަމާއި ޚުދުމުޚުތާރު ސިފަ ފޮރުވަން ކަން ވެސް އެނގި ހާމަވެ ފަލީހަތް ވެއްޖެޔޭ! ދެން އިތުރަށް ނަޝީދުގެ " 7 ފެބްރުއަރީގެ ހަސަދައިގެ ޖަޒުބާތުއް ތަރާނާ" އަޑުއަހަން ދިވެހިންނަށް ވަގުތެއްވެސް ބޭނުމެއްވެސް ނެތޭ!

 38. ޝިޔާމް

  އަދި 8 ފެބުރުއަރީގެ ބޮޑު ހުޅުވެސް......

 39. ލައިޓް

  ގެއްލުނީ ކަތިވަޅި، މަރިޔަނބު އަދި ކޮށިދަނޑު! ވަﷲ އަޢުލަމް!

 40. ކޮވިޑް

  8/022012 ގައި މި ޤައުމުގެ ތަންތާންގައި ހުޅުނުޖަހާ ކަމަށް ހެދިދާނެތޯ؟ ސަރުކާރުގެ މުދާ ތައް އަންދާ އަޅިޔައް ނަހަދާ ކަމަށް ވާނެތޯ؟އެތައް ރައްޔަތުންގެ މުދަލުގެ ރަޖިސްޓްރީތައް އަންދާ ނުލާ ކަމަށް ވާނެތޯ؟ މަނިކުފާނު މީ ނުވާކަމެއްކަމަށް ހަމަ ތިގޮތަށް ބުނަން ކެރޭނެތޯ ؟ލަދެއް ހަޔަތެއްގެ ކަންފުޅެއް ވެސް ނެތީ އޭ ހަމަ...

 41. ރޯދަ މުބާރިކް

  7 ފެބްރުއަރީ ކަލަންޑަރުގަ އިންނަ ދުވަހެއް! ވީ މާ މަޖްލީހު ރައީސް ވިދާޅުވަނީ ރަންގަޅަށް! ކޮންމެ އަހަރަކުވެސް ފެބްރުއަރީ 7 އޮންނާނެ!...... ބޯ ހަލާކު!!!