މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 38 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އިއްޔެ ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ 17 މީހުން ނަމަވެސް މިއަދު އަނެއްކާ ފައްސިވި އަދަދު މިވަނީ އިތުރު ވެފައެވެ.

މިއަދު ހަމައެކަނި މާލޭ ސަރަހައްދުން ވެސް 34 މީހުން ފައްސިވިއެވެ. އޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުން ތިން މީހުން އަދި ހިންގަމުންދާ ރިސޯޓަކުން އެކަކު މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންނަށްވުރެ ބަލިން ރަނގަޅުވި މީހުންގެ އަދަދު މަދެވެ. މިއަދު ކޮވިޑް-19 އިން ރަނގަޅުވީ 29 މީހުންނެވެ. ނަމަވެސް މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މަދުވެފައެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 89 މީހުންނަށެވެ. އިއްޔެ 94 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދިޔައެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 1027 އަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގެރިމަސް

    މިއީ ވެސް މި ސަރުކާރުގެ ބަލާވެރިކަން..: ޔާމީނު ކަންނޭގެ ގޯސްވާނީ މި 5 އަހަރު ކަމެއް ވިޔަސް

    6
    3