އިސްލާމްދީނަށް ކުޑައިމީސްކޮށް، ފުރައްސާރައާއި މަލާމާތް ރައްދުކޮށް އަދި މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ހަޖޫ ޖަހާފައި ހުރި ބައެއް ޕޯސްޓުތައް ފަތުރަމުންދާ ޢަލީ އާނިމް މުފީދުގެ މައްސަލަ ބަލައިދިނުން އެދި "ރައްޔިތުންގެ އިއްތިހާދު" އިން ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއެވެ.

ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަދު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ މި މައްސަލައަކީ މިދިވެހި ފަސްގަނޑުގައި އަޅައި ނުލައި ދޫކޮށްލެވިގެން ވާނެ މައްސަލައެއް ނޫންކަމުން، އެމީހާ މިހާރުން މިހާރަށް ހައްޔަރުކޮށް، ހައްޔަރުގައި ބައިންދައިގެން މައްސަލަ ވީހާވެސް އަވަހަކަށް ތަޙްޤީޤުކޮށްދެއްވައި، ޝަރުއީ ގޮތުން އެފަދަ ކަންކަމަށް މާތް ﷲ ބާވައިލައްވާފައިވާ ޙުކުމްފުޅު ތަންޒީޛު ކުރުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް ރައްޔިތުންގެ އިއްތިހާދުގެ ފާރާތުން އެދި ހުށަހަޅާކަމަށެވެ.

މިސަރުކާރުގައި ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން މިފަދަ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މާ ބޮޑަށްވެސް ލަސްވެ ކަންކަން ދިގުލައިގެން ދާކަން ވެސް ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި އެކަމުގެ ޒިންމާ އެޅިފައިވާ ފަރާތްތަކުން ވަމުންދާ އިހުމާލު ނުވަތަ ބަރުހެލިކަން އެއީ ފަހުން ޖަވާބުދާރީވެ ހިސާބު ބެއްލެވޭނެ ކަންކަން ހަނދުމަކޮށްދޭކަމަށް ވެސް ސިޓީގައި ވިދާޅުވެފައި ވެއެވެ.

އޭނާ އާއި އޭނާގެ ޢާއިލާއަށް ނުރައްކާ އޮތް ކަން އެންގުމަށްޓަކައި އައްޑޫގައި ހުންނަ ފުލުހުންގެ މަރުކަޒުން އެމީހާއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވާ ކަމަށާއި ފުލުހަށް ހާޒިރުވުމަށް ވެސް އަންގާފައިވާ ކަމަށް އެމީހާގެ ޓުވިޓާގައި 29 ނޮވެންބަރު 2020 ގައި ބުނެފައި އެބައޮތްކަން ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ.

އާނިމް އިސްލާމްދީނަށް ފުރައްސާކޮށް ކޮށްފައިވާ ޕޯސްޓްތަކުގެ ސްކްރީން ޝޮޓްތައް ރައްޔިތުންގެ އިއްތިހާދު ޖަމިއްޔާ އިން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޗޮކޮސް

    އިސްލާމްދީނާ ޚިލާފް ވާހަކަތައް ކިތަންމެ ވަރަކަށް ދެއްކިޔަސް މިސަރުކާރުން ފިޔަވަޅު ނާޅާނެކަން އެބައެނގޭ.
    ރައްޔިތުން ނުކުމެ މިފަދަ މީހުންނަށް ފިޔަވަޅު އަޅަންވީ. އަހަރުމެންނަކީ މުސްލިމުން. މިފަސްގަނޑުގައި ލާދީނީ މީހުންގެ ބާރުކެނޑުވޭނީ އަހަރުމެން މިކަމަށް ޢަމަލީގޮތުން ފިޔަވަޅު އަޅައިގެން.

    34
    1
    • ކ

      100%

  2. މާމީ

    ދީނައް ފުރައްސާރަ ކޮއް ރަސޫލާއައް ހަޖޫޖަހާ މީހުނައް މިސަރުކާރުން ދޭނީ ބޮޑެތި މުސާރަލިބޭ ވަޒީފާ. އެކަން މިހާރުވެސް ފެންނަން އެބަހުރި..

    30
  3. ކޮވިޑް

    ހަމަ ބޭކާރު ކަމެއް ތީ. އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލަ ބަލަން ޖެހޭނީ މެއް.ސީ ހަމީދު ހައްޔަރު ކޮށްފަ އެހެންނޫ ކޮބާ ތަ ބޭނުމަކީ؟ ދެން އަޑު އިވޭނީ ޢަލީ އާނިމް ވެސް ފުރައިގެން ދާތަން ކޮންމެވެސް ބޮޑު ޤައުމަށް. ހަޤީގައި ބަލާއިރު ފަންޑު ކުރާނީ އެމް.ޑީ.ޕީ. ގެ ނޫނީ ސަރުކާރުގެ ކޮންމެވެސް މީހަކު.... މީ ވޭތިވެދިޔަތަނުގައި ކަން ހިގާފައި ވާގޮތް......

    24
  4. ހުސާމް

    ފުރައްސާރަ ކުރަމުންދާ މީހާގެ މައްސަލަ ހުށައެޅިދާނެ ހުށައަޅައިގެން ކުރެވޭނެ އެއްވެސް ކަމެއްނޯންނާނެ މައްސަލަ ހުށައަޅާ މީހުންނަކީ ހަރުކަށި ވިސްނުމުގެ މީހުން ކަމުގައި ނިންމާ
    އަދަބުލިބުން ކައިރީ މައްސަލަ ހުށައަޅާމީހުނަން

    15
  5. ސޯލިހް

    ޒައިދު ބުނާނެ އަޅާ ނުލާށޭ އިޔާސް ބުނާނެ ނަސޭހިއް ދޭށޭ ހެހެއެމީ ހުނަ ހެދި މިހެން ވަނީ ކަ އޮތް ގޮތް ފޮރުވާތީ އޭނަ ޔަ އޮތް ހުކުމަކީ ގަތުލްކުރުން މި އަނިގެ ބޯއިސް ކޮޅު

  6. ގ

    ޝޭހް އިމްރާން، ޝޭހް އިލާޔަސް ކޮބާ މި ވެރިކަން ގެނައްސަ.....