ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުގެ ނަން އިއްވައި މަޖިލިހުގެ ތަޅުމުން މިއަދު ބޭރުކޮށްލައިފިއެވެ.
ޝަރީފްގެ ނަން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިއްވާފައި ވަނީ މަޖިލިހުގެ ޖަލްސާ ފެށުނުތަނާއެވެ. މަޖިލިހުގެ ޖަލްސާ ފެށުނު ވަގުތު ޝަރީފާއި އިތުރު މެމްބަރަކު ހިތްހަމަނުޖެހުން އުފެދިގެން ޒުވާބު ކުރާ އަޑު އިވުނަސް އެ ދެ މެމްބަރުން ދެއްކި ވާހަކައެއް ސާފެއް ނުވެއެވެ.
އޭގެ އިރުކޮޅެއް ފަހުން ނަޝީދަށް އަމާޒުކޮށް ވެސް ޝަރީފް ވާހަކަތަކެއް ދެއްކެވިއެވެ. ނަމަވެސް ޝަރީފް ނުރުހުން ފާޅު ކުރެއްވީ ކޮން ސަބަބަކާއި ހުރެކަން އޭނާޣެ އަޑު ސާފު ނުވާތީ އެނގޭ ވަރެއް ނުވެއެވެ.
ނަޝީދު ވަނީ ޝަރީފުގެ ނަން ތިން ފަހަރު ވިދާޅުވުމަށް ފަހު ސާޖެންޓް އެޓް އާމްސް އަށް ޝަރީފް މަޖިލީހުން ނެރެދެއްވުމަށް އަންގަވައިފައެވެ.
ޝަރީފް "ވަގުތު" އަށް ވިދާޅުވީ އޭނާ ހިތްހަމަޖެހިވަޑައިނުގަތީ ފުލުހުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކާ ގުޅިގެން ކަމަށެވެ. އެ އިސްލާހަކީ ނަޝީދު ބޭނުންފުޅުވެގެން ހުށަހަޅާ އިސްލާހެއް ކަމަށާއި އެ އިސްލާހު ހިފައިގެން އޭނާގެ ގާތަށް ވަޑައިގަތީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ކަމަށް ވިދާޅުވިއެވެ.
" ނޮން ކޮމިޝަންޑް އޮފިސަރުން ވަކިވާގޮތަށް އޮތް އިސްލާހެއް އިސްލާހަކީ. ބޭނުމަކީ މަގާމުން އެ މީހުން ވަކިކޮށްފަ ބޭނުން ބަޔަކު އައްޔަން ކުރުން. ކުރިންވެސް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހީވާ ގޮތުން ހުށަހެޅި. ފާސް ނުވީމަ މިހާރު ކޮމިޓީއަށް ނޫނީ ފްލޯއަށް އެކަން ގެންނަން އެ އުޅެނީ. މިއީ މުޅި ފުލުހުންގެ މުއައްސަސާ ސިޔާސީވެ އިތުރަށް ގަޑު ބަޑު ވެދާނެ ކަމެއް." އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ ގާނޫނަށް އެފަދަ އިސްލާހެއް ހުށަހަޅަނީ ފުލުހުންގެ ކިބައިން ބަދަލު ހިފަން ކަމަށް އޭނާ ސިފަ ކުރެއްވިއެވެ.
މިއަދު ޝަރީފު މަޖިލީހުން ނެރުނީ އެމަނިކުފާނުގެ ވެރިކަން ބަދަލުވި ގޮތާއި މެދު އުފެދުނު ޚިޔާލު ތަފާތުވުމުން ކަމަށް ނަޝީދު ވަނީ ފަހުން ވިދާޅުވެފައެވެ. އަދި ޚިލާފު އުފެދެނީ ހައްސާސް މައްސަލަތަކާ މެދު ބަހުސް ކުރާ އިރު އުފެދޭ ޚިޔާލު ތަފާތު ކުރުންތަކާ ގުޅިގެން ކަމަށާއި އެއީ މާޒީގައި އެތައް ބަޔަކަށް ލިބުނު ހިތްދަތިކަމާއި ގުޅޭ ވާހަކައަކަށްވުމުން އެއީ ވަރަށް ޖަޒުބާތީ ވާހަކަތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ހަމަ ބަދަލު ހިފަނީ ޖެލެސްވެގެން ދެވަނަ އެހެންކަމެއްވެގެންނޫން
ބޮޑުވަޒީރަކަށް ވާންވެގެން
މަޖްލީސް ކެމްޕެއިން ކުރެއްވި ދުވަސްވަރު ރައީސް ނަޝީދު ވިދާޅުވިއެވެ، މަޖލީސް މެމްބަރުންގެ މަސައްކަތް ބަރޯސާވެފަ އޮންނާނީ ހަމަ އެއމެ ކަމަކަށެވެ. އެއީ ރައްޔިތުންގެ އާދޭހާއި، ރައްޔިތުނގެ ކަނބޮޑުން ތަކަށާއި، ރައްޔިތުންގެ އިހްސާސާއި، ރައްޔިތުނގެ ބޭނުންތަކަށް އެކަނިކަމަށެވެ.. މިބޭފުޅުން ދައްކަވާ އެއްވެސް ވާހަކައެއް "އެއްވެސް ވާހަކައެއް" ދިވެހިރައްޔިތުން މިހާރު ގަބޫލެއް ނުކުރޭ..! ޑިމޮކްރަސީގެ އައްޕަ ކަމަށް ހެދިގެން ހުރި ޑިމޮކްރަސީގެ ރުންޑިއެއް.