އިޚުތިޔާރުގައި އޮތް ނަމަ، ހުރިހާ ކަމެއް ހުއްޓާލާފައި ކުރާނީ ފެރީ ނިޒާމްގެ މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އަސްލަމް ވަނީ ރާއްޖެ ފެރީގެ ނިޒާމަކުން ގުޅާލުމުގެ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއްކަން ޤަބޫލުކުރައްވާ ކަމަށެެވެ.

ރާއްޖެ ފެރީގެ ނިޒާމުން ގުޅުވާލުމަށް 100 މިލިއަން ރުފިޔާ މިި އަހަރުގެ ބަޖެޓުގައި ހިމަނައި ހއ، ހދ، އަދި ށ.އަތޮޅުގައި އެ މަސައްކަތް ނިންމާފައިވާ ކަމަށާއި އަދި ޑިސެމްބަރު 15 ގެ ނިޔަލަށް ރާއްޖޭގެ މުޅި ޓްރާންސްޕޯޓް ނެޓްވޯކް އަށް ހޭދަވާނެ ވަރު ބަލާ ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަންނަ އަހަރު ބަޖެޓުގައި އެ މަސައްކަތަށް 50 މިލިއަން ރުފިޔާ ހިމެނުނު ނަމަވެސް އެއީ އެ މަސައްކަތް އެންމެ ފުރިހަމަ އަށް ކުރެވޭނެ އަަދަދެއް ނޫން ކަމަށް އަސްލަމް ވަނީ ފާހަގަކުރައްވާފައެެވެ.

"އެ މަސައްކަތް ފަށައިގަނެވިދާނެ. އަޅުގަނޑު ނުދަންނަވާނަން އެ މަސައްކަތަށް އެއީ ޒައްރެއްގެ މިންވަރޭވެސް. އަޅުގަނޑު ހިތުގެ އަޑިން ޤަބޫލު ކުރާ ކަމެއް އަޅުގަނޑުމެން މިތިބަ ހިސާބުން އެހެން ހިސާބަކަށް ދެވޭނީ ރާއްޖޭގެ ފެރީ ނިޒާމް ރަނގަޅުވެގެން. ލާމަރުކަޒުވެސް އަސްލު ކުރެވޭނީ ދަތުރުފަތުރުގެ ނިޒާމް ރަނގަޅުވެގެން ކަން. އަޅުގަނޑުގެ އިޚުތިޔާރުގައި އޮތް ނަމަ، ހުރިހާ ކަމެއް ހުއްޓާލާފައި ކުރާނީ ފެރީގެ ނިޒާމްގެ މަސައްކަތް." އޭނާ ވިދާޅުވިއެވެ.

އަސްލަމް ވަނީ ފެރީގެ ނިޒާމް ހަރުދަނާކުރުމަކީ ވަރަށް ބޮޑު އަމާޒެއްކަން ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. އަސްލަމް ވަނީ ފެރީގެ ނިޒާމް ރަނގަޅު ކުރަން އެކަށީގެންވާ ބަޖެތެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަބަރޭ

    ތެދުފުޅެއް ފެރީގެ ނިޒާމު ރަގަޅު ކުރަންޏާ ބޮޑުބަޖެޓެއް ބޭނުންވާނެ ވަރަށް ގިނައިން ފޯނުކުރަށްވަން ވެސް ޖެހިވަޑާއި ގަންނަވާނެ އެހާބުރަކޮށް އުޅުއްވާއިރު އާއިލާބޭފުޅުންނަށް ވެސް ގުޅުއްވާ ކުރެޑިޓްޕާސްވެސް ކުރަށްވަންޖެހިވަޑާއި ގަންނަވާނެތާ ފޯނު ބިލަށް ވެސް 3 ލަށްކަވަރު އަހަރަކަށް އަރާނެ

    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    12
  2. ހުސޭނުބޭ

    އެހެންވެ ދޯ ކަލޭމެންގެ މީހުން ކުންފުނި ހަދައިގެން އެންމެ ދަތުރެއްވެސްނުކޮށްދީ ގެއްލުންވީއޭ ކިޔާފައި ބައިތުލްމާލުން 300 މިއިއަން ކޮންމެ މީހަކު ކާލަނީ!

    12
  3. ތުއްތު

    އިހްތިޔާރު އޮތީމަތާ ތިނަދޫ ބޭރުތޮށިލާން ލިބުނު ބަޖެޓުން ފަރެސްމާތޮޑާގެ ބޭރުތޮށިލީ. އިހްތިޔާރު ނެތްނަމަ އެކަންވެސް ނުވީހެއްނުން. ކާޑެއްދޫ ތަރައްގީކުރަން ލިބުނު ބަޖެޓުންވެސް އިހްތިޔާރު އޮވެގެން ތިނިންމަނީ ފަރެސްމާތޮޑާ އެއާޕޯޓު ނޫންތޯ