ލ.ގަމުގައި ތެޔޮ ބައުޒަރެއްގައި ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު 10:00 ކަންހާއިރު ލ.ގަން ލިންކް ރޯޑްގައި މިއެކްސިޑެންޓް ހިނގީ ބައުޒަރު ދުއްވާފައި ދަނިކޮށް ސައިކަލް ފަހަތުން އައިސް ބައުޒަރުގައި ޖެހިގެންނެވެ. އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން އިން މީހާއަށެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ގަމު ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލް ސާފުކުރަން ހޮސްޕިޓަލްގެ އޮފިޝަލުންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ހޮސްޕިޓަލްގެ ބަހެއް ނުލިބުނެވެ. ނަމަވެސް "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ބޯ ފަޅައިގެން ގޮސް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

މިދިޔަ މަހު ވެސް ގަމުގެ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު ނިޔާވެފައި ވެއެވެ. އޭނާ ނިޔާވީ މަގުމަތީ ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅަބޭ

    ސާބަހޭ ކަލޯ. އިންޗިއަކައްވެސް ދުއްވަންވާނީ 150 ގަ ހިފާލާފަ. މޮޅު ކަލޭ.

    4
    3
    • Anonymous

      ކަލޭ ވާނުވާ އެނގިހުރެ އަނގަ އަރުވައްޗޭ 🤬

  2. ޢަލީ

    އަވަސް ޝިފާ މިންވަރުކުރައްވާށި " އާމީން "

  3. ގެރި

    މިކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ.. މި ސަރުކާރު އައީ ކުރީ ސަރުކާރު ދުވަސްވަރު ހިނގި ހުރިހާ ކަމެއް ޔާމީން ބޮލުގަ އަޅުވާ ދޮގާ މަކަރުން

    2
    1